Skip to main content

Posts

Showing posts from June, 2019

ފަލަކީ ގޮތުން މިއަދު ރޯދަމަސް ނިމި، މާދަމާ އަކީ ޢީދު

ފަލަކީ ގޮތުން މިއަދު ރޯދަމަސް ނިމި، މާދަމާ އަކީ ޢީދު އަހުމަދު އަބްދުﷲ ސައީދު އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމާ އެކު، އީދަށް ހަނދު ފެނޭތޯ ބަލަން ނުކުންނާނެ އެވެ. ނަމަވެސް، ބުރޫނާއީ، ޢުންމާން، މަޣްރިބު، އީރާން، ސްރީ ލަންކާ، ބަނގްލަދޭޝް، ޕާކިސްތާން އަދި އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކުގައި ހަނދު ބަލަން ނުކުންނާނީ މާދަމާ އެވެ.  އިސްލާމީ ގިނަ ގައުމުތަކާ އެކު އަޅުގަނޑުމެން ރަމަޟާން މަސް ފެށީ، ހުސްވި މެއި މަހުގެ 6 ވަނަ ދުވަހު އެވެ. އެއީ ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ (މެއި 4 ވީ ހޮނިހިރު ދުވަހު) އިރު އޮއްސުނު އިރު، ޝައުބާން މަސް ނުނިމޭތީ އާއި ރަމަޟާން މަހުގެ ހަނދު އުފަން ނުވާކަން، ފަލަކީ ޢިލްމުން ކަށަވަރުވާތީ، ޖެހިގެން އައި ދުވަސް (މެއި 5) އެއީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައިގެންނެވެ.   ފަލަކީ ޢިލްމުން ކަށަވަރުވާ ގޮތުގައި ރަމަޟާން މަހުގެ ހަނދު އުފަންވީ، މެއި މަހުގެ 5 ވަނަ ދު