Skip to main content

Posts

Showing posts from December, 2014

ކުށުގެ ވެށިން ދަރިފުޅު ސަލާމަތް ކުރަން އެދޭނަމަ

ކުށުގެ ވެށިން ދަރިފުޅު ސަލާމަތް ކުރަން އެދޭނަމަ ލިޔުނީ :ޑރ. އައިޝަތު އަލީ ނާޒް ކުށެއް ކުރެވުމުން އެއީ ކިތަންމެ ކުޑަ ކުށެއް ކަމުގައި ވީނަމަވެސް އެކުރެވުނީ ކުށެއްކަން އަދި ކުށް ކުރުމުގެ ތެރެއިން އެހެން މީހެއްގެ ހައްޤަކަށް އަރައިގަނެވިއްޖެކަމާއި އެހެން މީހެއްގެ މުދަލަކަށް،ތަނަކަށް، އެއްޗަކަށް ގެއްލުމެއް ދެވިއްޖެކަމާއި އަދި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޙިލާފުވެވި ނުވަތަ ދީނުގައި ޙަރާމް ނުވަތަ މަނާކަމެއް ކުރެވިއްޖެ ނަމަ އެއީ ގޯސް އަދި އަދަބު ހައްޤުވާ ކަމެއް ކަން ދަރިފުޅަށް އެންމެ ފުރަތަމަސް ވިސްނައި ދިނުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ބެލެނިވެރިޔާއެވެ .

އިބުނު ސީނާ 980-1037މ

ލިޔުނީ: ޝެއިޚް އަހުމަދު ދީދީ އިބްނުސީނާއަކީ މުސްލިމުންގެ އެންމެބޮޑު ބޭސްވެރިޔާއެވެ. އާދަޔާޚިލާފަށް ހަނދާންގަދަ މައުލޫމާތު ވަރަސް މުއްސަނދި ލާމަޘީލު ޢިލްމީ ޝަޚުޞިއްޔަތެކެވެ. އިބްނުސީނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު ސަތޭކައަށްވުރެން ގިނައެވެ. ބޭސްވެރިކަމުގައި ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ އަލްޤާނޫނުއެވެ. މިފޮތް އެކުލެވިފައިވަނީ ފަސް މުޖައްލަދަށެވެ. ފަސްވަނަ މުޖައްލަދުގައި ޢައްޠާރީބޭހުގެ ބާވަތްތަކާއި ޢަޤާޤީރުގެ ޔޫނާނީންނާއި ފާރިސީންނާއި ހިންދުމީހުންނާއި ޗައިނާމީހުން ބޭނުންކުރި ވަރަށްގިނަ މުފްރަދު ބޭހާއި މުރައްކަބު ބޭސް ބަޔާން ކުރައްވާފައިވެއެވެ. އިބްނުސީނާގެ ފުރިހަމަ ނަމަކީ އަބޫޢަލިލްޙަސަން އިބްނު ސީނާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 980މ. ގައި އަފްޣާނިސްތާނުގެ އުތުރު ރަށެއްކަމަށްވާ ޙަރްމައިތިން ގައެވެ. އެރަށް މިހާރު އޮތީ ތުރުކިސްތާނުގެ (އުޒުބަކިސްތާނުގެ) ބުޚާރާކާރީގައެވެ. އޭނާގެ މަންމައާއި ބައްޕައަކީ އަފްޣާނިސްތާނުގެ ދެބޭފުޅުންނެވެ. ހިޖުރީގޮތުން ހަތަރުވަނަ ޤަރުނުގެ ފަހުކޮޅުގައި އުމުރުން ދިހަ އަހަރުވެސް ފުރިހަމަ ނުވަނީސް އިބްނު ސީނާ ބުޚާރާ ސަހަރުގެ އެކިއެކި ތަޢުލީމީ މުއައް

އަންނަ އަހަރު އިހަވަންދޫ ދާއިރާއަށާއި އިހަވަންދޫއަށް ގިނަ ކަންތައްތަކެއް ކޮށްދޭނަން: މެންބަރު މުހައްމަދު ޢަބުދުﷲ ( މުހައްމާ)

2015 ވަނަ އަހަރު އިހަވަންދޫ ދާއިރާ އަށާއި ޙާއްޞަކޮށް އިހަވަންދޫއަށް ގިނަކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޢަބުދުﷲ ( މުހައްމާ) ވިދާޅުވެއްޖެއެވެ. މެންބަރު މެހެންވިދާޅުވީ މައިކަޕް 2014 ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ. މައިކަޕް ފުޓްބޯޅަ މުބާރަތުގެ ބާނީއަކީ ވެސް އިއްޒަތްތެރި މެންބަރެވެ. 

އިރުއޮއްސޭ ތަން ހުޅަނގަށް ނުބަލައެއް ނުފެންނާނެ

އަލީ ޚާލިދު އިރަށް ބަލަން އިރުމައްޗަށް ކުރިމަތިލައިގެން ހުރެގެނެއް އިރު ދައުރުވަމުންދާ ގޮތެއް ނުފެންނާނެ އެވެ. އިރު މެދުޖެހިގެން ގޮސް އަޅުގަނޑުމެންނަށް އިރު އޮއްސޭނީ ހުޅަނގަށެވެ. އެހެންވީމާ އިރަށް ބެލުމަށްޓަކައި ހުޅަނގު އުދަރެހަށް ބަލަން ޖެހޭ ވަގުތު ވެސް އާދެ އެވެ .  މި އަހަރުގެ ޖުމްހުރީ ދުވަހުގައި ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިގްތިސާދީ ކުރިއެރުން ހޯދުމަށް އިރުމައްޗަށް ބެލުމުގެ ސިޔާސަތު ގެންގުޅުއްވާ ކަން ވަނީ ހާމަކުރައްވާފަ އެވެ. އަދި އެ ސިޔާސަތު ގެއްގުޅުއްވަން ޖެހޭ ސަބަބު ވެސް ވަނީ ކޮންމެވެސް ވަރަކަށް ހާމަކުރައްވާފަ އެވެ .