. އިންޓަރވިއު ކުރަން ތިބި ފަރާތްތަކާއި ސަލާންކުރުން
އިންޓަރވިއު ނިމުމުން އިންޓަރވިއުކުރި ފަރާތްތަކަށް ޝުކުރު އަދާކުރާށެވެ. މިފަދަ ފުރުސަތެއް ދިންކަމަށްޓަކައި ޝުކުރު
އަދާކުރާށެވެ. އަމިއްލަ ނަފުސަށް އިތުބާރާ
އޮތްކަން ސާބިތުކޮށްދެމުން އިންޓަރވިއު ނިންމާލުމަށްފަހު އެނބުރިދާށެވެ.
އިންޓަރވިއު
ކުރާ ކޮޓަރިއަށް ވަންނަ އިރު ހިނިތުން ވުމާއެކު ވަންނާށެވެ. އިށީނުމުގެ
ކުރިން އިންޓަރވިއު ކުރާފަރާތްތަކާއި ސަލާންކުރާށެވެ. ކޮންމެހެން
އަތާ އަތް ޖޯޑުކޮށް ސަލާން ކުރުމުގެ ބޭނުމެއް ނެތެވެ.
2. ތިމާގެ އަމިއްލަ ނަފުސަށް އިތުބާރު އޮތްކަން ދައްކާ ސާބިތުވާށެވެ.
ހިނިތުންވުމާއެކު އިށީންނާށެވެ. އަދި
ތިމާގެ އަމިއްލަ ނަފުސަށް އިތުބާރު އޮތް ކަން ދައްކާށެވެ. އެހެނީ ތިބާ ތިއިނީ އިންޓަރވިއުއަށް
ފުރިހަމައަށް ތައްޔާރުވެގެންނެވެ. ތިބާގެ
ހިނިތުންވުމުން މުޅި މާހަލު ބަދަލުކޮށްލާށެވެ.
3. ލޮލާ ލޯ ދިމާކުރުން
އެންމެ ފުރަތަމަ ހަމަޖެހިލައި އަމިއްލަ ނަފުސަށް
އިތުބާރު ހޯދާށެވެ. ލޮލާ ލޯ ސިދާ
ނުކުރެވޭނަމަ ތިބާ ދައްކާ ވާހަކަތައް އެއީ ފޫހި އަދި އަޑު އަހަން ޝަޢުޤުވެރި ނޫން
އެއްޗަކަށް ވެދާނެއެވެ. ހަމަ އެއާއެކު
ތިބާ އަކީ ރޫޑު މީހެއްގެ ގޮތުގައި އިންޓަރވިއު ކުރާން ތިބި ފަރާތްތަކުން
ބަލާފާނެއެވެ. މީގެ މާނައަކީ ތާއަބަދު
ލޮލާ ލޯ ސީދާކުރުމެއް ނޫނެވެ. އެއީ އެހާ
ރަނގަޅު ގޮތެއް ނޫނެވެ. ވުމާއެކު ތިބާގެ
ވާހަކަތައް އަޑުއެހުމަށް ޝަޢުޤުވެރިވާފަދަ މިންވަރަކަށް މިކަން ކުރެވޭތޯ ބަލާށެވެ.
4. ސާފުކޮށް ފާޅުވާގޮތަށް ވާހަކަދެއްކުން
ބުނަން އުޅޭ އެއްޗެއް ނުބުނުވި އުޅޭނަމަ ތިބާގެ ނަފުސަށް އިތުބާރު ނެތްކަމަށް
ބެލެވިދާނެއެވެ. އާދައިގެ ގޮތަކަށް
ސާފުކޮށް ފާޅުވާގޮތަށް ވާހަކަ ދައްކާށެވެ.
އަކުރު ތަކާއި ބަސްތައް ބަނޑަށް ހިންދާނުލާށެވެ. އަވަސް އަރުވާލުމުގެ ބޭނުމެއް ނެތެވެ. ވަގުތު ނަގައިގެން ސާފުކޮށް ފާޅުވާނޭހެން
ވާހަކަ ދައްކާށެވެ. މިއިންޓަރވިއުއަށް ތިބާ
ތައްޔާރުވީމު ނޫންހެއްޔެވެ؟ މާބޮޑަށް
ކަންބޮޑުވެ ނަހަދާށެވެ.
5. ތެދުވެރިވާށެވެ.
އެއްވެސް ސުވާލަކަށް ޖަވާބު ނޭނގޭކަމަށް ވާނަމަ
ނޭނގޭކަމަށް ބުނާށެވެ.
6. އެއްވެސް ކަމަކާމެދު ދޮގު ހަދާ އެކަމެއް މާ މޮޅުކުރަން ނޫޅޭށެވެ.
ދޮގު ހެދުމާއި ދޮގު މަޢުލޫމާތު ދިނުމުން މުޅިން
އެއްކިބާވާށެވެ. އަދި ހުރިހާ އެއްޗެއް
އެނގޭކަމަށް ހެދިގެން ބޭކާރު ވާހަކަތައް އެއްގޮތަކަށްވެސް ނުދައްކާށެވެ. މިފަދަ ކަމަކުން ފައިދާއެއް ލިބުމުގެ
ބަދަލުގައި ގިނަ ފަހަރަށް ލިބޭނީ ގެއްލުމެވެ.
7. ވަޒީފާއާއި މެދު ޝަޢުޤުވެރިވާކަން ދައްކާށެވެ.
ވަޒީފާއާއި
މެދު ޝަޢުޤުވެރިވާކަން ފާޅުކުރުމަކީ
ވަރަށް މުޙިއްމު ކަމެކެވެ. މިވަޒީފާއަކީ
ތިމާއަށް ވަރަށް މުހިއްމު ވަޒީފާއެއްކަން ހާމަކޮށްދޭށެވެ. އިންޓަރވިއު
ކުރެވޭއިރު ފޫހިވެފައި ނުއިންނާށެވެ. އެއްގޮތަށްވެސް އާފުރެ މޫނު މަތި
ފުސްވެފައި
ނުއިންނާށެވެ. އަދި ފަރާތް ފަރާތް
ނުބަލާށެވެ. ދޭތެރެ ދޭތެރެއިން
ހިނިތުންވުން ފާޅުކޮށް ބޮލުގެ އިޝާރާތްތައް ގެންގުޅޭށެވެ. ލޮލާ ލޯ
ދިމާކުރުން ގެންގުޅޭށެވެ.
8. ސުވާލުކުރަން ފަސްނުޖެހޭށެވެ.
އޮޅުން ނުފިލާ ކަމެއް އޮވެއްޖެނަމަ ފަސްނުޖެހި ސުވާލުކޮށް އޮޅުން
ފިލުވާށެވެ.
9. ނިމުން ޝުކުރު އަދާކުރާށެވެ.
Comments