Skip to main content

އަނބިމީހާ ފިރިމީހާގެ އައިބުތަކުގެ ވާހަކަ އެހެން މީހުންގެ ގާތު ދެއްކުން

ސުވާލު:1. ކައިވެނިކޮށްގެން އުޅޭއިރު އަނބިމީހާ ފިރިމީހާގެ އައިބުތަކުގެ ވާހަކަ އެހެން މީހުންގެ ގާތު ދައްކާ މަލާމާތް ކުރުމާއި، ފިރިމީހާ ހިތް ނުރުހޭ ވާހަކަތައް ފިރިމީހާއޭ ކިޔައިގެން އަނބިމާހާ އައިލާ މީހުންގެ ގާތުގައި ދައްކައިގެން ފިރިމާހާއާއި މެދު އެމީހުންގެ ހިތުގައި ނަފްރަތު އުފެއްދުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯއެވެ؟ އަދި މިފަދަ އަމަލުތައް ކުރާ އަންހެނުންގެ ހުކުމަކީ ކޮބައިތޯއެވެ؟ 2. ޕީރިއަޑުގެ މައްސަލައެއް ނުވަތަ އެނޫންވެސް އެއްވެސް މަޖުބޫރު ކަމެއްނެތި ފިރިމާހާ ބޭނުންވެގެން އުޅޭ ވަގުތުތަކުގައި އަނބިމާހާ އެދުން ފުއްދަން ނުދިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 


ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:  
އިސްލާމްދީނުގައި ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ޙައްގުތަކެއްވެއެވެ. ހަމައެފަދައިން އަނބިމީޙާގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތަކެއްވެސް ވެއެވެ. އަދި ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ޙައްގު ތަކެއްވެސް ވެއެވެ.
އަނބިމީހާ އަށް ޚާއްޞަވެގެންވާ ޙައްގުތައް:
އަނބިމީހާގެ ޙައްގުގައި ފިރިމީހާގެ މައްޗަށް ލާޒިމްވެގެންވާ މާލީ ޙައްގުތަކެއް ވެއެވެ. އެއީ ކައިވެނީގެ ރަނާއި، ނަފަގާ ނުވަތަ ދިރިއުޅުމުގެ ޚަރަދުތައް، އަދި ހުންނާނެ ތަނެކެވެ.
މާލީ ޙައްގުތައް ފިޔަވާ އެހެނިހެން ޙައްގުތަކުގެ ތެރޭގައި ހުރިހާ އަނބިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުން، ރިވެތި ގޮތުގައި ދިރިއުޅުން، އަނބިމީހާ އަށް އަނިޔާ ނުކުރުން ހިމެނެއެވެ.
މާލީ ޙައްގުތައް:
1.     ކައިވެނީގެ ރަން: ކައިވެނީގެ ރަނަކީ ކައިވެނީގެ ޢަގްދު ކުރުމުގެ ސަބަބުން އަނބިމީޙާ އަށް ދޭންޖެހޭ މާލީ އެހީއެކެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބު ވެގެންވާ އެއްޗެކެވެ. ސޫރަތުއް ނިސާގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. )وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً)މާނައަކީ: " އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!". ކައިވެނީގެ ރަނުގެ ޙިކްމަތަކީ ކައިވެނީގެ ޢަގްދުގެ މަތިވެރިކަން އަންގައިދިނުމެވެ. އަދި އަންހެނާގެ މަގާމު މަތިވެރި ކުރުމެވެ.
ކައިވެނީގެ ރަނަކީ ކައިވެނީގެ ޢަގްދުގެ ޝަރްޠެއް ނޫނެވެ. އަދި ކައިވެނީގެ ރުކުނެއްވެސް ނޫނެވެ.
2.      ނަފަގާ، ނުވަތަ ދިރިއުޅުމުގެ ޚަރަދުތައް: އަނބިމީހާ ފިރިމީހާ އަށް ފުރިހަމަ އަށް ކިޔަމަންތެރިކަން އަދާ ކުރާހާ ހިނދަކު އޭނާގެ ޚަރަދުތައް ދީ ހެދުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އަނބިމީހާ ނުކިޔަމަންތެރިވެއްޖެނަމަ ޚަރަދު ދޭކަށް ނުޖެހޭނެއެވެ.
އަނބިމީހާ އަށް ޚަރަދު ދިނުމުގެ ޙިކްމަތަކީ: ކައިވެނީގެ ޢަގްދު ކުރެވުމާއި އެކު އަންހެނާ ހުންނަނީ ފިރިމީހާގެ މިލްކަކަށް ވެފައެވެ. އަދި ފިރިމީހާގެ އިޛްނަ އަކާއި ނުލައި ގެއިން ނިކުތުމަކީ އެކަނބުލޭގެ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މީގެ އިތުރުން އަނބިމީހާގެ ހަށިގަނޑުން ފިރިމީހާ އުފާ ލިބިގަންނާތީވެ ވެސް ޚަރަދު ދޭން ޖެހެއެވެ.
ޚަރަދު ދިނުމުގެ މަގްޞަދަކީ: އަނބިމީހާ އަށް ބޭނުންވާނެ ކާއެއްޗިއްސާއި ދިރިއުޅޭނެ ގެއަކާއި މިނޫންވެސް ބޭނުންވާނެ ތަކެތި ހޯދައިދިނުމެވެ. ސޫރަތުލް ބަގަރާގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. )وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ)މާނައަކީ: " އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި،އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ".އަދި ސޫރަތުއް ޠަލާގް ގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. )لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّـهُ)މާނައަކީ: "ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުންހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ رزقދަތިކުރައްވާފައިވާ މީހާ، ފަހެ،އެމީހާޔަށް اللَّهދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ".
އަބޫސުފްޔާން-ރަޟިޔަﷲ ޢަންހު- ގެ އަނބިކަނބަލުން ހިންދު ބިންތި ޢަތަބާ-ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ގެ އަރިހުގައި އަބޫސުފްޔާން ޚަރަދު ނުދެއްވާ ވާހަކަ ޝަކްވާ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. " خذي ما يكفيكِ وولدَكِ بالمعروف " . މާނައަކީ: "ކަނބުލޭގެ އަށާއި ކަނބުލޭގެ ދަރިންނަށް ވާވަރަށް ނަގާށެވެ".
عن عائشة قالت : دخلت هند بنت عتبة امرأة أبي سفيان على رسول الله صلى الله عليه وسلم فقالت : يا رسول الله إن أبا سفيان رجل شحيح لا يعطيني من النفقة ما يكفيني ويكفي بنيَّ إلا ما أخذت من ماله بغير علمه فهل علي في ذلك من جناح ؟ فقال رسول الله صلى الله عليه وسلم : خذي من ماله بالمعروف ما يكفيك ويكفي بنيك . رواه البخاري ( 5049 ) ومسلم ( 1714). މާނައަކީ: ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. އަބޫސުފްޔާނުގެ އަނބި ހިންދު ބިންތި ޢަތަބާ- ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ހަމަކަށަވަރުން އަބޫ ސުފްޔާން އަކީ ދަހި މީހެކެވެ. އޭނާ އަށް ނޭނގި އޭނާގެ މުދަލުން އަހަރެން ނެގި އެއްޗެއް ފިޔަވާ އެހެން އެއްޗެއް، އަހަންނަށާއި ދަރިންނަށް ނުދެއެވެ. މިގޮތަށް އޭނާ އަށް ނޭނގި ނެގުމުގެ ސަބަބުން އަހަރެން ފާފަވެރިވާނެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ކަނބުލޭގެ އަށާއި ކަނބުލޭގެ ދަރިންނަށް ވާވަރަށް ނަގާށެވެ".
وعن جابر : أن رسول الله صلى الله عليه وسلم قال في خطبة حجة الوداع : " فاتقوا الله في النساء فإنكم أخذتموهن بأمان الله واستحللتم فروجهن بكلمة الله ، ولكم عليهن ألا يوطئن فرشكم أحدا تكرهونه ، فإن فعلن ذلك فاضربوهن ضربا غير مبرح ، ولهن عليكم رزقهن وكسوتهن بالمعروف " . رواه مسلم ( 1218 ) .މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޖާބިރު ގެ އަރިހުން ރިވާވެގެންވެއެވެ. ޙައްޖަތުލް ވަދާޢުގެ ޚުޠުބާ ގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން އަނބިންނަށް ޓަކައި ޓަކައި ﷲ އަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން އެކަނބަލުންނަކީ ތިޔަބައިމީހުންނާއި ޙަވާލުވެފައިވާ ﷲ ގެ އަމާނާތެކެވެ. އަދި އެކަނބަލުންގެ ފަރްޖުތައް ހުއްދަކޮށްފައިވަނީ ﷲ ގެ ޝަރީޢަތާއި އެއްގޮތަށެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްގަކީ ތިޔަބައިމީހުންގެ ގެއަށް ތިޔަބައިމީހުން ނުރުހޭ މީހަކު ނުވެއްދުމެވެ. އެކަނބަލުން އެގޮތަށް ކަންތައް ކޮށްފިނަމަ އަނިޔާ ނުވާ ވަރަށް ޖަހާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްގަކީ އެކަނބަލުންގެ ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމެވެ".
3.      އަނބިމީހާ ދިރިއުޅޭނެ ތަނެއް ހޯދައިދިނުން. ފިރިމީހާ އަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަނބުލޭގެ އަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއް ހޯދައިދިނުމެވެ. ސޫރަތުލް ޠަލާގް ގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ)މާނައަކީ: "ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، عدّةގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ!".
މުދަލާއި ގުޅުން ނެތް ޙައްގުތައް:
1.     އަނބިންގެ މެދުގައި ހަމަހަމަކޮށް ކަންތައް ކުރުން. އެއް އަންބަށްވުރެ ގިނައިން ތިބި ކަމުގައިވަނީނަމަ ހުރިހާ އަނބިންގެ މެދުގައި ޢަދްލުވެރިކޮށް އިންޞާފުން ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އެގޮތުން އެކަނބަލުންނާއި އެކު ރޭކުރުމުގައްޔާއި ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމުގައި އިންސާފުވެރިވާން ޖެހޭނެއެވެ.
2.      ރިވެތި ދިރިއުޅުމަކުން ދިރިއުޅުން. އަނބިމީހާ އަށް އޯގާތެރިވުމާއި އެކު ރިވެތި ދިރިއުޅުމަކުން އެކަނބުލޭގެ އާއި އެކު ދުވަސްތައް ހޭދަ ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. ސޫރަތުއް ނިސާގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ)މާނައަކީ: "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!". ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ)މާނައަކީ: "އަދި شرعىހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށްވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސްحقވެގެން ވެއެވެ". ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (استوصوابالنساءخيرا) މާނައަކީ: "އަނބިންނާއި މެދު ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ".
3.     އަނބިމީހާ އަށް ގޯނާވާނެ އެއްވެސް ކަމެއް ނުކުރުން. ދުރުހިލޭ މީހުނަށް ގޯނާކޮށް އަނިޔާކޮށް ހެދުމަކީވެސް އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، އަނބިމީހާ އަށް ގޯނާވާނެ ކަމެއް ކުރުމަކީ ވަކީން ބޮޑަށް ގޯސް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. " لا ضرر ولا ضرار "މާނައަކީ: "ގެއްލުންދިނުމެއްވެސް އަދި ގެއްލުން ހޯދައިގަތުމެއްވެސް ނެތެވެ".
އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތައް:
އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ޙައްގަކީ ވަރަށްވެސް މަތިވެރި ޙައްގެކެވެ. ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ )މާނައަކީ: "އަދި شرعىހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށްވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސްحقވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއްލިބިގެންވެއެވެ".
މިގޮތުން އަނބިމީގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތަކަކީ:
1.     ފިރިމީހާ އަށް ކިޔަމަންތެރިކަން އަދާ ކުރުން. ސޫރަތުއް ނިސާގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. މާތް ﷲ ފިރިހެނުން ލައްވާފައިވަނީ އަންހެނުންގެ ބެލެނިވެރިންތަކެއްގެ ގޮތުގައެވެ. އެހެންކަމުން، އެކަނބަލުން ރަގަޅު ގޮތުގައި ބަލަހައްޓާ ޚަރަދުދީ ހެދުމަކީ ފިރިންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. މިކަމަށްޓަކައި އަނބީން ފިރިންނަށް ކިޔަމަންތެރިވާން ޖެހެއެވެ.  (الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ) މާނައަކީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائمވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށްއަނެއްބަޔަކު اللَّهމާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ".
2.     ފިރިމީހާ އެއްދާން ކުރަން އެދިއްޖެ ކޮންމެ ޙާލަތެއްގައި އެކަމަށް އިޖާބަ ދިނުން. ފިރިމީހާ އެއްދާން ކުރަން އެދިއްޖެ ޙާލަތެއްގައި އަނބިމީހާ އެކަމަށް ޙައިޟުގެ ސަބަބުން ނުވަތަ ފަރްޟު ރޯދަ އެއް ހިފައިގެން ހުރުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން މެނުވީ ފިރިމީހާގެ އެދުމަށް ފުރަގަސް ދިނުމަކީ ވަރަށް ވެސް ނުބައިކަން ބޮޑު ކަމެކެވެ. عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : " إذا دعا الرجل امرأته إلى فراشه فأبت فبات غضبان عليها لعنتها الملائكة حتى تصبح " رواه البخاري ( 3065 ) ومسلم ( 1436 ).މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ފިރިމީހާ އޭނާގެ އަނބިމީހާ އަށް އެއްދާން ކުރުމަށް ގޮވާލާ ހިނދުގައި އެކަމަށް އެކަމަނާ ފުރަގަސްދިނުމުގެ ސަބަބުން ނުވަތަ އެކަމުން މަނާވެގަތުމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން ހުރެ ނިދައިފިނަމަ އަނެއްދުވަހުގެ ހެނދުނު ވަންދެން މަލާއިކަތުން އެކަމަނާ އަށް ލަޢްނަތް ދޭނެތެވެ".
3.     ފިރިމީހާގެ ހުއްދަ ނެތި އޭނަގެ ގެއަށް އެއްވެސް މީހަކު ނުވެއްދުން. عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : " لا يحل للمرأة أن تصوم وزوجها شاهد إلا بإذنه ، ولا تأذن في بيته إلا بإذنه ، ...." . رواه البخاري ( 4899 ) ومسلم ( 1026) .މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ފިރިމީހާ ރަށުގައި ހުރިނަމަ އޭނާގެ އިޛްނަ އަކާއި ނުލައި ސުންނަތް ރޯދަ އެއް ހިފުން އަނބިމީހާ އަށް ހުއްދަވެގެން ނުވެއެވެ. އަދި ފިރިމީހާގެ ގެއަށް އޭނާ ނުރުހޭ މީހަކު ވެއްދުންވެސް ހުއްދަވެގެން ނުވެއެވެ".
4.     ފިރިމީހާގެ އިޛްނަ އާއި ނުލައި ގެއިން ނުނިކުތުން. އިމާމް ޝާފިޢީ އާއި އަޙްމަދު ބިން ޙަންބަލް-ރަޙިމަހުމުﷲ- ވިދާޅުވިއެވެ. "އަނބިމީހާގެ ބަލިވެފައިވާ ބައްޕަ އަށް ޒިޔާރަތް ކުރުމަށްވެސް ފިރިމީހާގެ ހުއްދަ އަކާއި ނުލައި ގެއިން ނިކުމެގެން ނުވާނެއެވެ".
5.      އަނބިމީހާ ފިރިމީހާ އަށް ނުކިޔަމަންތެރި ވެއްޖެނަމަ އަދަބު ދިނުމުގެ ޙައްގު ފިރިމީހާ އަށް ލިބިގެންވެއެވެ. ސޫރަތުއް ނިސާގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ)މާނައަކީ: "އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ،ފަހެ، އެކަނބަލުންނަށް نصيحةދޭށެވެ! އަދި، އެކަނބަލުންނާއެކުއެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަނުވާގޮތުން) ޖަހާށެވެ!".
6.      ފިރިމީހާ އަށް ޚިދުމަތް ކޮށްދިނުން. ފިރިމީހާ އަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ފުރިހަމަ އަށް އަދާކޮށް ދިނުމަކީ އަނބިމީހާ ގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ.
7.      ފިރިމީހާ އާއި އެކު ރިވެތި އުޅުމަކުން އުޅުން. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ)މާނައަކީ: "އަދި شرعىހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށްވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސްحقވެގެން ވެއެވެ".
އިސްވެ ބަޔާން ކުރެވުނު ވާހަކަ ތަކުން ދޭހަވަނީ އަނބިމީހާ ފިރިމީހާ އަށް އިހްތިރާމް ނުކޮށް، އަޅާ ނުލާ އުޅުމަކީ އިސްލާމްދީން ގަބޫލުކުރާ ކަމެއް ނޫން ކަމެވެ. والله أعلم.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.