ސަންދާނު އަހައްމައިދީގެ ޑިމޮކްރަސީ ލެބް
ތުއްތު މަނިކު
ސަންދާނު އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) އަކީ ދިވެހި ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާޙީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ޑިމޮކްރެސީގެ "ކަޅުހިލަ" އެކްޓިވިސްޓެކެވެ.
މައުމޫނުގެ 30 އަހަރުވީ ވެރިކަމަށް ފާޑުކިޔުމުގައި ދެމިހުންނަވައި، އެމް.ޑީ،ޕީގެ ވަތަން އެދޭގޮތަށް އިއްތިހާދުވެ މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް 2008 ގެ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރައްވައި، ވަތަން އެދޭ އިއްތިހާދުން ވަކިވެ، މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި ފާޅުގައި ބައިވެރިވި ޑިމޮކްރެސީގެ ލޯބިވެރި އެކެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އެންމެބޮޑު ޕްރެޝަރެއް ދިން އިދިކީލި ފަރާތްތަކުގެ ތެރޭގައި ގައުމީ ޕާޓީގެ ކައުންސިލް މެންބަރު އަހައްމައިދީ ހިމެނެއެވެ. އަހައްމައިދީ ވަނީ ނަޝީދުގެ ވެރިކަމުގައި ހައްޔަރުވެސް ކޮށްފައެވެ.
ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2011 ގައި އިންގިލާބުކޮށްލުމަށްފަހު ، ވެރިކަމަށް އަރައިވަޑައިގެން ހުންނެވި، ވަހީދު ހަސަންމަނިކުގެ ސަރުކާރުގައި ހިއުމަން ރައިޓްސް އެމްބެސަޑަރު މަގާމް އަހައްމައިދީއަށްވަނީ އަރުވާފައެވެ.
އިންސާނީ ޙައްގުތައް ކުރިއަރު ރައްކާތެރިކުރުމަށް މާގިނަ ކަމެއް ވަހީދު ހަސަންމަނިކަށް ލަފާނާރުވައި އަހައްމައިދީވަނީ މިމަހުގެ 3 ވަނަ ދުވަހު މަގާމުން އިސްތިޢުފާ ދެއްވާފައެވެ.
އިސްތިޢުފާދެއްވުމަށްފަހު އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވީ އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި އުފައްދާފައިވާ މަދަނީ ޖަމިއްޔާ، "ޑިމޮކްރަސީ ލެބް" އިން އިސްލާހީ މަސައްކަތް ހިންގުމަށް ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ތެރޭގައި އޮތީ ކޯޅުން. އެހެންވެ އަޅުގަނޑަށް ވިސްނުނީ މަދަނީ ޖަމިއްޔާއެއްގެ ތެރެއިން އިސްލާހީ މަސައްކަތް ހިންގުން މާ ރަނގަޅުވާނެ ކަމަށް. އެހެންވެ ޖަމިއްޔާއެއް އުފެއްދީ،" އޭނާ ވިދާޅުވި އެވެ.
އަހައްމައިދީ ވިދާޅުވީ ވަހީދު ހަސަންމަނިކުގެ ސަރުކާރުންނާއި ގައުމީ ޕާޓީ ވަކިވަނީ "ޑިމެކޮރަސީ ލެބް" ގައި މަސައްކަތް ކުރަންވަން ކަމަށެވެ. "އެނޫން އެހެން ސަބަބެއް ނެތް" ހަވީރަށް ދެއްވި ބަސްދީގަތުމެއްގައި ދީދީ ބުންޏެވެ.
ނަމަވެސް އަހައްމައިދީ ކުރައްވާފައިވާ ޓްވީޓްގެ ރާގު މުޅި ތަފާތެވެ. އެކީ ލަވަޔަކާ ނުގުޅެއެވެ. މުޅިން އަމިއްލަ ރާގެކެވެ. އެޓްވީޓްގައި އަހައްމައިދީ ބުނަނީ 7 ފެބްރުއަރީ 2011 ގެ ފަހުން ވަރަށް ކެތްކުރެވިއްޖެކަމާއި ޑރ. ވަހީދު ހަސަންމަނިކު އަހަރެމެންނަށް ދަސްވެއްޖެކަމަށާއި، ޑރ، އަފުރާޝީމް އަލީގެ މަރުގެ އަސްލުވެސް އޭނާއަށް އެނގޭކަމަށާއި ، ޑރ ވަހީދު ހަސަންމަނިކަކީ އިންސާނެއް ނޫން ކަމަށެވެ.

Warah hivvaru koffin 7 Feb 2012 Fahun Dr.Waheed aharennah Dhasvejje. Dr.Afrasheem Ge Maruge Aslu ves eynaa ah ingey. Eynaa Akee InsaanehNoon
— sandhaanu ahmed didi (@Sandhaanu_Didi) July 3, 2013
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމަށް ފާޑުކިޔައި، އީމެއިލުން ފޮނުވި
"ސަންދާނު" ނޫހުގެ މައްސަލައިގައި ޖަލަށްލި އަހަންމައިދީ ވިދާޅުވި ގޮތުގައި
އޭނާގެ ޑިމޮކްރަސީ ލެބްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޝަރުއީ ނިޒާމު
ހަރުދަނާކުރުމާއި ޑިމޮކްރަސީއަށް އަހްލުވެރިކުރުމާއި އިންސާނީ ހައްގުތަކަށް
ހޭލުންތެރިކުރުވުން އަދި ގައުމުގެ އެއްބައިވަންތަކަށް ދެމެހެއްޓުމަށް
މަސައްކަތް ކުރުން ހިމެނެ އެވެ.
ސަންދާނު އަހައްމައިދީއަށް ފާޑު ވިދާޅުވާ ޑިމޮކްރެޓިކް އެކްޓިވިސްޓުން ބުނަނީ 7 ފެބްއަރީގައިވެސް އަހައްމައިދީމެން އެކުރެއްވީ އެވިދާޅުވާ " ޑިމޮކްރަސީ ލެބް" ގެ ތަހުލީލެއް ކަމަށެވެ. ގައުމެއްގައި ބަގާވާތް ފާޅުގައި ކުރައްވައިފިނަމަ ގައުމުގެ ރައްޔިތުންގެ އިހްސާތަކާއި ވިންދު ބަދަލުވާނެ ގޮތްކަމަށެވެ. އަދި ބާގީ ސަރުކާރެއްގައި މަގާމެއް ރައްޔިތުން ބަލާގެންފާނެތޯ ކުރަމުން ދިޔަ ތަހުލީލުތަކުން ނަތީޖާ މުޅިން ނެގަޓިވް ވީމާ އިސްތިއުފާ ދެއްވީ ކަމަށެވެ.
ކުޑަ ދަށުގައި ވާހަކަ ދަައްކަން ތިބި ވަކިފަރާތަށް ނުޖެހޭ ސިޔާސީ މަޝްރަހު ދިރާސާކުރާމީހުން ބުނަނީ "ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓޭނީ ޤައުމުގެ އެއްބައިވަންތަކަން
ގެއްލޭ ގޮތް އެނގިގެން ކަމަށާއި ޤައުމުގެ އެއްބައިވަންތަކަން އެނގޭ މީހަކު 7
ފެބްރުއަރީ 2012 ފުލުހުން ނާއި ސިފައިން ބަޣާވަތަކަށް ފަހު ޤާއިމުކުރި
ސަރުކާރު ގައި ބައިވެރިނުވާނެ ކަމަށެވެ. އެ ބަޣާވަތަކީ ރައްޔިތުންގެ މެދުގައި
ހަމަނުޖެހުމެއް އޮތް ނަމަ އޮތް ހަމަނުޖެހުމެއްގެ އަޞްލެވެ. ޑިމޮކްރަސީ އަށް
މީހުން އަހުލުވެރިކުރުމުގެ އިޙުސާސުގެ ޒައްރެއްގެ މިންވަރު ވެސް ހުރި
މީހަކު ބަޣާވަތަކަށް ތާއީދުނުކުރާނެ ކަމަށެވެ. ބާޣީ ސަރުކާރެއް ޤަބޫލުކޮށް އެ
ސަރުކާރަށް ޚިދުމަތްކުރި މީހަކަށް ޑިމޮކްރަސީގެ 'އަލިފުބާ' އެނގޭނެ ކަމަށް
ނުދެންނެވޭނެކަމަށެވެ. ޝަރުޢީ ނިޒާމު ހަރުދާނާކުރުމަށް ހުރަހަކަށްވި މީހަކު
މަޤާމުން އެކަހެރިކުރުން ބަހަނާއަކަށް ހަދައިގެން ޤާނޫނު އަސާސީ އާއި
ޤާނޫނުތައް މުގުރާލައި ބަޣާވަތްކުރި ބައެއްގެ ތެރެއިންވި މީހަކަށް ޝަރުޢީ
ނިޒާމު ހަރުދަނާކުރުމަށް އެއްވެސް ކަމެއް ކުރެވޭނެ ކަމަށް ޤަބޫލުނުކުރޭ ކަމަށެވެ.
ސިޔާސީ ފިކުރުތަކާއި ދުރަށް ދިއުމަށް ގަސްކޮށްގެން އިބުރާހިމްބެ ހުއްޓަސް ސަންދާނު އަހައްމައިދީގެ " ޑިމޮކްރަސީ ލެބް" ވަދެ ވާހަކަ ދައްކާ ނުލާ ފަރުނުޖެހިގެ އިބްރާހިމްގެ އޮވެ ބުނަނީ" ހާވަންޖެހޭ ހުރިހާ ހަޑިއެއްހާވަފަ، ގައުމަށް ބަގާވަތެއްގެނެސް ގައުމު
އިދަޖައްސައިލައިފަ ދެން ތިމަންނައަށް ވިސްނެނީ މިހާރު އިސްލާހީ މަސައްކަތް
ކުރަންވިއްޔޭ ބުނަން އަހައްމައިދީމެން ލަދުކޮބައިހެއްޔެވެ. ޑިމޮކްރަސީ
ލެބޭ ކިޔާފަ އިސްތިއުފާ ދިނުމުން ތިކަން އަހަރެމެން ހެޔޮހިތުން ބަލައި
ގަންނާނެކަމަށް އެއްގޮތަކަށްވެސް ހީނުކުރައްޗެވެ. މިގައުމަށް މިހާރު
ދިމާވެފައިވާ ހުރިހާކަމެއްގެ ޒިންމާ އަހައްމައިދީ ނަގަންޖެހޭނެއެވެ. ތިޔަ
ލެބުން ވެސް ނުކުންނާނީ އެއިރެއްގައި އަހައްމައިދީ ހިތާވާ ކަމެއް ކަމީ
ސައްކެތްނެތްކަމެކެވެ."
"ކުރިން މައުމޫނަށް އޭގެ ފަހުން ރައީސް ނަޝީދަށް ނުގޮވާއެއްޗެއްނެތް. ދެން
ކިހިނެއްތޯ މަދަނީ ޖަމްއިއްޔާއެއް ހިންގާނީ ރާއްޖޭގެ އެންމެބޮޑު
ސިޔާސީދެޕާރޓިއަށް ނުގޮވާއެއްޗެއް ނުކިޔާއެއްޗެއްނެތް. މިވަރުން މަދަނީ
ޖަމްއިއްޔާ ހިންގިދާނެކަމަށް ފެނޭތޯ؟ ތިމާގެ އަމިއްލަ ހާލާއިމެދު
ނުވިސްނުނު މީހަކަށް އެހެންކަމެއްގައި ކުރިއަށްދެވިދާނެކަމަކަށް
ނުފެނޭ.ތިމާއަށް މިއަދާހަމައަށްވީ ހުރިހާއެހީއެއް އަދި
ނުވިތާކުކުރަންޖެހުނު އޮޕަރޭޝަނެއް ކުރުމުގެ ހުރިހާ ޚަރަދެއް
ކޮށްދެއްވި އެމް ޑީ ޕީއިން ކަމަށްވެފައި އެޕާރޓީއާއިމެދު ސަންދާނު
ދެކިލެއްވިގޮތާއި، ގޮވިއެއްޗެހި ހަދާނުންއަދިވެސް ނުނެތޭ. ދެން ކިތަންމެ
ރަގަޅު މީހަކަށްވާން އުޅުނަސް ދެނެއް އެކަމެއް ބަލައި ނުގަނެވޭނެ. ތިކަން
ހުއްޓާލާ. ސަޕޯރޓެއްނެތް."
އިތުރަށް ރުޅިވެރިކަމާއެކު ވާހަކަ ދައްކަމުން އިބްރާހިމްބެ ބުންޏެވެ.
Comments