ބަޔަކު ރާއްވައިގެން ހިންގާ ކަމެއްކަމަށް އިންޖީނުގެއިން ތުހުމަތުކޮށްފި
މިހާރަކަށް އައިސް ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެމުންދަނީ މީހަކު ނުވަތަ ބަޔަކު ރާވައިގެން ހިންގާއަމަލެއް ކަމަށް އޮޕަރނޯޓް ޔޫޓިލިޓީސް އިހަވަންދޫ އިންޖީނުގެއިން ތުހުމަތުކޮށްފިއެވެ. މިކަން ތުހުމަތުކޮށްފައިވަނީ ކަސްޓަމަރުންގެ ސަމާލުމަށް އިންޖޫނުގެއިން މިމަހުގެ 10 ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައެވެ.
ކަރަންޓް ކެނޑެމުންދަނީ 8 ނޮވެމްބަރު 2012 ވަނަ ދުވަހުގެ ރޭ އިރާކޮޅުން ފެށިގެންނެވެ.
ބަޔަކު ނުވަތަ މީހަކު މިކަން ކުރަމުންދަނީ އިންޖީނުގޭގެ މުވައްޒަފުންގެ އުއްމީދުތަކާއި ކުޅެ ، މުވައްޒަފުންގެ މުރާލިކަން ނަގާލުމަށާއި ، އިންޖީނުގެއާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލުމާލުމަށެވެ. މިއަމަލަކީ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށާއި މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރ އަހުމަދު ނަޝީދު ސޮއިކުރައްވާ ނެރެފައިވާ އިޢުލާންގައި ވެއެވެ.
މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ އަގުބޮޑު އެތައް މުދަލަކަށް ގެއްލުންވުންވެ ބަޔާން ނުކުރެވޭ ފަދަ ދަތި އުނދަގޫތައް ދިމާވާނެކަމެއް ކަމުން މިއަމަލު ކުރާބަޔަކު ވަގުތުން މިއަމަލު ހުއްޓާލުމަށް ނަޞޭޙަތްތެރިވެފައި ވެއެވެ.
އެހެންކަމުން މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާތީ ތުހުމަތު ކުރެވޭ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް މައްސަލަ ތަހުގީގުކުރުމަށް ތަހުގީގީ މުއައްސަސާތަކަށް ރަށްގޮވާއަޑުން ގޮވާލަމެވެ.

Comments