ރަސްބެރު ޗެލެންޖް-2012
އިހަވަންދޫ ރަސްބެރު ޗެލެންޖް -2012 ގްރާންޓް ފިނާލޭ ފައިނަލް ޝޯގެ ހިތްގައިމު ގުލްޝަނުގައި އަޅުގަނޑު އިނީ މި ޝޯ ޝަރަފްވެރިކޮށްދޭ ށެވެ. ޝޯ އިންތިޒާމްކޮށްފައިވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުން އިމަގު ޖަމާއަތުންނެވެ. ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ ހއ. އަތޮޅު ކައުންސިލުންނެވެ. މި ޝޯ ގައި ބެރުޖަހާ ލަވަ ހުށަހަޅާދީފައިވަނީ އިހަވަންދޫގެ ވަރަށް ފަންނުވެރި ޒުވާން ކުދިންތަކެކެވެ. ރަސްބެރު ޗެލެންޖްގައި ޖިންސުން ލަޠީފުންގެ ޓީމެއްވެސް ލަވަ ހުށަހަޅާދިނެވެ.
މުބާރާތުގެ އިންސާފުވެރި ފަނޑިޔާރުންނަކީ ވަރަށް ގާބިލް ބޭފުޅުންކޮޅެއް ކަމަށް ކުޅިބަލަން ތިބި މީހުން އިންސާފުކުރިއެވެ. އެއީ އުތީމް ހުސެންބޭ ކިޔާ މީހެކެވެ. ކެލާ އެޑަމް އެވެ. އިހަވަންދޫ ރާނާގޭ މުހައްމަދު ރަޝީދު / ކައުންސިލަރު މުހައްމަދެވެ.
މޫސީގު ( މިޔުޒިކް ) އަކީ، އިންސާނީ ޠަބީޢަތް އެންމެރުހެވޭ އެއްކަމަށްވުމާއެކު ދިވެހި ޖަޒީރާތަކުގެ މީސް އެންމެ ޝައުގުވެރި ކުރުވާ އެއް ފަންނެވެ. މިޔުޒިކުވަނީ ހިތުގެ ވިންދާގުޅިފައިކަމުން މިގުލްޝަނުގައި އަޅުގަނޑުއިނީ ދެފައިގެ ފަލަމަސްގަނޑުގައި އަތުން ޖަހާލަޖަހާލައެވެ. އަޅުގަނޑުގެ ކަނާތްފަރާތުގައި އިންނެވީ އަތޮޅު ކައުންސިލްގެ މެމްބަރު އިހަވަންދޫ ހަޒާރުމާގެ އަބުދުﷲ ހުސެއިންނެވެ. އެބޭފުޅާ އިންނެވީ ކަނާއަތުގެ އިގިލިތަކުން، ވާތުގެ ނުފުށުގައި ބެރުގެ ހަމައަށް އިގިލި ޖައްސަވާށެވެ. މިހެންނުވާންވީ ސަބަބެއް ނެތެވެ.
އިލްމުވެރިން އެންމެ ކުރުކޮށް ވިދާޅުވަނީ އެއްގޮތެއްގައި މިޔުޒިކަކީ ދެއަޑެއް ލާމެހިގުޅިގެން އެދެމެދުން ބާނިލެވިގެންދާ ހިމޭން ހިނދުކޮޅެކެވެ. އަދި އެއީ ދިރިހުރިހާ އެއްޗެހި އެއްދިމާއަކަށް ގެންދިއުމުގެ ބާރެވެ. އެހެންވެ، މުޅިރަށްއެއްކޮށް އޮތީ އިހަވަންދޫ ބޮޑު އިސްޓޭޖް ކުރިމަތީގައެވެ.
އަބުދުލްހާލިޤްމޫސާގެ ޅެންވެރިކަމުން މުއްސަނދިވެފައިވާ ލަވަތައް ކަސަބު ޓީމުގެ ޖިންސުންލަޠީފުންގެ ހިތްގައިމުއަޑުން ، ޓްވީޓްކުރަމުން ދިޔައިރު، އެވީ ބެރުފަޅާއިން ބެރުފެޅިތަނެއް އަޅުގަނޑަކަށް ނަސީބަކުން ނުފެނުނެވެ.
ދަންބެރުގެ ޓީމުގެ އަޒުމީލްގެ ބެރުގެ ބީޓްގައި، ބޮޑުބެރުގެ ޓެމްޕޯ އެމުނިއެކުވެފައިވާ ރިދަމްއާއެކު، ފިނިރޯޅިގޭ މުހައްމަދު އިރުފާންގެ ލަވަތަކުން ، އިހަވަންދޫގެ ޒުވާން ޖިންސުން ލަޠީފުންގެ ހިތްތައް ދިޔައީ ތޮރުފަމުންނެވެ. އެއީ ޒަމާނީ ބޮޑުބެރުގައެވެ. ތަރުހީބުގެ އަޑުން މުޅި ގުލްޝަންވަނީ ގުގުމާލާފައެވެ. ފަނޑިޔާރުން ބުނަނީ ހަބޭސް މިހެންނެވެ. ލަވަކިޔަން އެންމެ މޮޅީ މުހައްމަދު އިރުފާން ކަމަށެވެ.
މިމުބާރާތުގެ ޝޯވއެއް އަތޮޅު މާރަންދޫގައިވެސް ދިނެވެ. މާރަންދޫގައި ދިން ޝޯވްގައިވެސް ، މާރަންދޫގެ ޒުވާން އަންހެންކުދިންގެ ހިތްތަކާކުޅެލީ މުހައްމަދު އިރުފާނެވެ. މުހައްމަދު އިރުފާނުގެ ހިތްގައިމު އަޑެވެ. މާރަންދޫ ޝޯވ ނިންމާފައި ރަށަށްއައީ އޭނާގެ "ފެއަރ ޕްލަސްގެ ޖަޒުބާތު"ގައި އެރަށުގެ ޒުވާންނުން ޖައްސާފައެވެ.
ގަދަ އާރު ޓީމް ، ތިންބެރަށް ތިންމީހުންނާއެކު ހަސަންބޭ މޫސާގެ އައްޒާމު (11 އ) ނަގާކިޔަމުން ދެންތިބި ކުދިން ޅާބުކިޔަމުން އިސްބެރުގައި ފުނަޖަހަމުން ޒުވާބުކިޔަމުން އަތްތިލަބަޑިޖަހަމުން ކުޅެމުން ދިޔައިރު ، އިމަގު ޖަމްއިއްޔާގެ މުއައްސިސް އިނީ ގައިން ހީބިހިނަގާފައެވެ. އެހާކުޑަކުއްޖަކު އެފެންވަރަށް ބެރުޖަހާތީއެވެ. އެއީ މުޅިމުބާރާތުގެ އެންމެމޮޅު ބެރުވެރިޔާއެވެ. ސޯމާލިޔާގެ ނެށުމެއް ކަމަށް ބުނެވޭ ބަބުރުލަވައަށް އެޓީމްގެ ބޮކިހަސަނާއި ، މަލަކާ ނާފިޒް ގަމީސް ބާލައިގެން ނަށަމުން ދިޔައިރު މުޅި އޯޑިއޮންސް އޮތީ ، އެހަރަކާތްތަކަށް ނަޒަރުދީގެންނެވެ. އެންމެ މޮޅު ނެށުތެރިޔަކީ ނާޒިފް އެވެ.
ލަސްލަވަ، މެދުލަވަ، އަވަސްލަވަ މިތިންބައި ލަވަހުށަހަޅައިދިން މިމުބާރާތުގެ އެންމެ މޮޅު ޓީމަކީ ގަދަ އާރެވެ. އިނާމަކަށް 5000 ހާސް ރުފިޔާ އެވެ. ސެޓްފިކެޓާއި ތައްޓެވެ.
އިހަވަންދޫގައި އުވެމުންދާ ޘަގާފީ ކުޅިވަރުތައް އިމަގު ޖަމްއިއްޔާއިންވަނީ ޒުވާނުންގެ ހިތްތަކުގައި ޝައުގުވެރިކޮށްފައެވެ. ބަށިކުޅުމާއި ބޮޑުބެރުގެ ރޫހެއްވަނީ ގެނެސްދީފައެވެ.

Comments