އިހަވަންދޫ އިންޖީނުގޭގެ
އެގްޒެކްޓިވް ޑިރެކްޓަރުކަމުގެ މަގާމަށް އިހަވަންދޫ ކުދިމާގޭ އަލްފާޟިލް އަދުނާނު
ޢަބުދުﷲ ހަމަޖެއްސުމަށްފަހު 24 ގަޑި އިރު ހަމަނުވަނީސް އޭނާ އެމަގާމުން ވަކިކޮށްފި
ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެން ފަށައިފި އެވެ.
ޢަދުނާނު ޢަބުދުﷲ އިހަވަންދޫ
އިންޖީނު ގޭގެ ވަޒީފާއެއް ދެއްވި ކަމަށާއި ނަމަވެސް މިހާރު އޭނާވަނީ އެމަގާމުން
ވަކޮކޮށްފައިކަމަށް ޕީޕީއެމްގެ ވަރަށް އިސް ހަރަކާތްތެރިއަކު ރަށްގޮވާއަޑަށް
ކަށަވަރުކޮށްދެއްވިއެވެ. ވަކިކުރި ސަބަބެއް ހާމައެއް ނުކުރި އެވެ.
އިއްޔެ 7 ޖޫން ބުރާސްފަތި ދުވަހު
އަދުނާނު ޢަބުދުﷲ އިންޖީނުގޭގެ ވަޒީފާއަށް ނިކުންނަވައި ސޮއިކުރެއްވި ކަމަށް
އިންޖީނުގޭގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ނަންނުޖެހުމަށް ޝަރުޠުކޮށް
ރަށްގޮވާއަޑަށް މައުލޫމާތު ދެއްވިއެވެ.
އެހެންނަމަވެސް އިއްޔެ އަދުނާނު
މާލެ ދުރުވިކަމަށާއި މާލެ ދުރުވީ ޑ.ރ. ޕީ އަށް ސޮއިކުރައްވަންކަމަށް ރަށުގެ ގިނަ
މީހުން އެއްވެ އުޅޭ މައިޒާން ތަކުގައި ވާހަކަ ދެކެވެއެވެ. މިހާރު އަދުނާނު
ހުންނެވީ މާލޭގައެވެ.
އަދުނާނު ޢަބުދުﷲ އަކީ ދައުލަތަށް
ގިނަ ދުވަހު ޚިދުމަތް ކުރައްވައި 2 ޕެންޝަން ހޯލްޑަރެކެވެ. އަދުނާނު އަދާކުރެއްވި
ވަޒީފާތަކުގެ ތެރޭގައި ކޯޓް ނަންބަރު 7 ގެ ޣާޒީކަމާއި އިހަވަންދޫ ބޮޑުކަތީބުކަން
ގިނަދުވަސްތަކެއް ވަންދެން އަދާކުރައްވައި ، ނަގައިގަތް ވެރިކަމުގައި އަދުނާނު
ހުންނެވީ މަތިއުތުރު ޕްރޮވިންސް ކޯޑިނޭޓަރެއްގެ މަގާމުގައެވެ.
އަދުނާނު ޢަބުދުﷲ އަކީ ރައީސް ނަޝީދު ގާތް މިތުރެކެވެ. އެމްޑީޕީގެ އިހަވަންދޫ ގެ ހާޑްކޯ މެންބަރެކެވެ.
އަދުނާނު ޢަބުދުﷲ އަކީ ރައީސް ނަޝީދު ގާތް މިތުރެކެވެ. އެމްޑީޕީގެ އިހަވަންދޫ ގެ ހާޑްކޯ މެންބަރެކެވެ.
Comments