19 ޖަނަވަރީ
2012
ގާނޫނު އަސާސީ އާއި
ބައިނަލް އަގުވާމީ އުސޫލްތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން
ގިރިފުއްޓަށް ގެންގޮސްފައިވާ ގޮތަށް
ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ހައްޔަރުކޮށްފާނެތީ ކަންބޮޑުވާ ކަމަށް ޑީއާރްޕީން ބުންނެވެ.
ސަރުކާރު
ޒިންމާދާރުވެ ގާނޫނާ ހިލާފަށް ހިންގާ އަމަލުތައް ހުއްޓާނުލާހާ ހިނދަކު މުޒާހަރާގެ ހަރަކާތްތައް ހުއްޓާނުލަން މުޒާހަރާގެ
ބައިވެރިން މާތްﷲ ގަންދީ ހުވާކުރިއެވެ.
ފުލުހުން
ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ.
މުހައްމަދު ޖަމީލް ދޫކޮށްލުމުގެ އަމުރަކަށް އެދި
އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ
އަޑުއެހުން ބާއްވިއެވެ. ޑރ. ޖަމީލް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް
ކަނޑައަޅައި އޭނާ ވަގުތުން ދޫކޮށްލަން އަމުރުކުރިއެވެ.
ސާކްގެ ސެކްރެޓަރީ
ޖެނެރަލް ކަމުން އިސްތިއުފާ ދެއްވުމަށް ފާތިމަތު ދިޔާނާ ސައީދު ނިންމިއެވެ.
މެންދުރުފަހު އިސްތިޢުފާދެއްވި އެވެ.
ކަންކަން ހަމަ މަގަށް
އެޅުވުމަށްޓަކައި، އެއިރެއްގައި ކުރައްވަން ޖެހުނު ކަމެއް، ޖެހިލުންވެވަޑައިގަތުމެއްނެތި ކުރައްވަމުން
ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ
މުހައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އދ.
މަހިބަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްދެއްވުމަށްޓަކައި
މިއަދު މެންދުރުފަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް
އޮފީހުން ބުންޏެވެ.
ރާއްޖޭގައި މިހާރު
އޮތް ހަމަނުޖެހުންތަކަކީ "ބަނަ ވިލާގަނޑެއް" ކަމަށް ސިފަކުރައްވައި، ސަރުކާރު ހަމަ މަގަށް އެޅެންދެން ގާނޫނީ
އިމުގެ ތެރެއިން ސިލްސިލާއެއްގެ ގޮތުގައި
މުޒާހަރާކުރާނެ ކަމަށް ސިޔާސީ އެންމެ އިސް ބައެއް ފަރާތްތަކުން ބުންޏެވެ.
18 ޖެނުއަރީ
2012
·
ފުލުހުންގެ އޮފިސަރުންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވި އެވެ.
މިބައްދަލުވުމަކީ އަބުދުﷲ ޣާޒީ ހައްޔަރުކުރުމާއި ގުޅިގެން ފުލުހުންގެ ތެރޭގައި
އޮތް ކިޔާލުތަފާތު ވުމާއި ހިތްހަމަނުޖެހުން ހަމަޔަކަށް އެޅުވުމަށް އަދި އަބުދުﷲ
ޣާޒީ ހައްޔަރުކުރީ ގާނޫނީ ހަމަތަކުގެ މަތިންކަން ފުލުހުންނަށް
ކަށަވަރުކޮށްދެއްވުމަށް ރައީސް ބައްދަލުކުރެއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ފުލުހުން ލީކްކޮށްލިއެވެ.
·
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަގާމުން ވަކިކުރަން އެމްޑީޕީން މަސައްކަތްކުރި ކަމުގައި ވިޔަސް، ގާނޫނާ
ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ
އަބްދުﷲ މުހައްމަދު ހައްޔަރުކުރި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް
އަހްމަދު މުއިއްޒު ވިދާޅުވިއެވެ.
·
މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްއެންޑީއެފުން ހައްޔަރުކޮށްގެން ގެންދިޔަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހުންނެވީ
ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ކަމަށް
ސިފައިންގެއިން އޭނާގެ އާއިލާއަށް ރޭގަނޑު އެންގިއެވެ.
·
މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން ފަސްޖެހެމުން ދިޔައެވެ.
17 ޖެނުއަރީ
2012
·
ފުލުހުންގެ ސީނިއަރ 10 އޮފިސަރަކު އެމީހުންގެ ފިކުރު ސަރުކާރުގެ
ސިޔާސަތުތަކާއި ދެކޮޅުކަން ކޮނިޝަނަރ އޮފް ޕޮލިސް އާ ބައްދަލުކޮށް ހާމަކުރިއެވެ. "ފުލުހުންނާއި
ސިފައިން ހިންގި ބަޣާވާތް" ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ނަޝީދުގެ
ވެރިކަން ވައްޓާލުން މިނަމުގައި އަމީން ފައިސަލް އާއި މުހައްމަދު އަސްލަމު (8 ޖޫން
2012 ) ގައި ނެރުނު ފޮތުގައި
ބަޔާންކޮށްފައިވަނީ މި 10 ފުލުހުންނަކީ ؛ ޗީފް ސްޕްރިންޓެންޑެންޓް ހަސަން ހަބީބު،
އަބުދުﷲ ފައިރޫޝް، ހުސެއިން އާދަމް، އަހުމަދު ސައުދީ އާއި ސްޕްރިންޓެންޑެންޓް އަހުމަދު މުހައްމަދު (ޓޫފޯ
)، މުހައްމަދު ޖަމްޝީދު، އަހުމަދު އަބުދުއް ރަޙުމާނު، އަބުދުﷲ އަހުމަދު އާއި ޗީފް
އިނިސްޕެކްޓަރ އަބުދުލް މަންނާނު ޔޫސުފް ، މުހައްމަދު ޔޫސުފް (މޯންސީ ( އެވެ.
·
އަބުދުﷲ ޣާޒީ ހައްޔަރުކުރުމާއި ގުޅިގެން ސިލްސިލާ މުޒާހަރާތައް ފެށުނެވެ. މުޒާހަރާ
އޮންނަނީ އެމް.އެމް.އޭ ސަރަހައްދުގައެވެ. މުޒާހަރާގައި އިއްތިހާދުގެ މުޒާހީރީން
ގޮވަނީ އަބުދުﷲ ޣާޒީ ދޫކޮށްލުމަށާއި ގާނޫނީ އިމުގެ ތެރެއަށް ސަރުކާރުވަނުމަށެވެ.
·
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދަނވަރުގެ ވަގުތެއްގައި ސިފައިން ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި ބަންޑާރަ ނައިބު އަދި ފުލުހުންނަށް ވެސް ނޭނގޭ ކަމަށް އެ ފަރާތްތަކުން ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުންޏެވެ.
·
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، އެމްއެންޑީއެފް އިން ހައްޔަރުކުރި މައްސަލަ ތަހްގީގުކޮށް ދިނުމަށް ހިއުމަން
ރައިޓްސް ކޮމިޝަން އޮފް ދެ މޯލްޑިވްސް
(އެޗްއާރުސީއެމް) ގައި އެދިވަޑައިގެންފައިވާ ކަމަށާއި މި މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ
ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވި އެވެ.
·
ސިފައިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ
އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ހިއުމަން
ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުންޏެވެ.
16 ޖެނުއަރީ
2012
ކްރިމިނަލް ކޯޓުގެ
އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން މިއަދު ޗިޓް ފޮނުވިއެވެ.
ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ބުނެފައިވަނީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ ރޭގަނޑު 8:30 އަށް ކަމަށެވެ. ފުލުހުން ފޮނުވާފައިވާ ޗިޓާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރާއިރު ހަމަ އެ ގަޑިއަށް ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ރޭގަނޑު 8:30 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވިއެވެ. ޑރ. ޖަމީލް ހާޒިރުކުރަނީ ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ފުލުހުން ކުރާ ތަހުގީގަށެވެ. 15 ވަނަދުވަހުގެ ރޭ ޑރ. ޖަމީލް ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރު ނެރުއްވީ ވެސް އަބްދުﷲ ގާޒީ އެވެ.
ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ބުނެފައިވަނީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ ރޭގަނޑު 8:30 އަށް ކަމަށެވެ. ފުލުހުން ފޮނުވާފައިވާ ޗިޓާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރާއިރު ހަމަ އެ ގަޑިއަށް ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ރޭގަނޑު 8:30 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވިއެވެ. ޑރ. ޖަމީލް ހާޒިރުކުރަނީ ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ފުލުހުން ކުރާ ތަހުގީގަށެވެ. 15 ވަނަދުވަހުގެ ރޭ ޑރ. ޖަމީލް ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރު ނެރުއްވީ ވެސް އަބްދުﷲ ގާޒީ އެވެ.
ސާބިތު ނުހިފޭ
ވާހަކަތަކެއް ދެއްކެވި ކަމަށް ތުހުމަތު ކޮށްފައިވާ ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ
މައްޗަށް ހިންގާ ތަހުގީގަށް އެނާ ފުލުސް އޮފީހަށް
ހާޒިރުކުރި ތަނުން ދޫނިދޫ އަށް ގެންދިޔައެވެ.
ޖިނާއީ ކޯޓުގެ އިސް
ގާޒީ އަބްދުﷲ މުހަންމަދު ފުލުހުންގެ އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓަށް އަމަލު ނުކުރުމަށް ހައި ކޯޓުން
އަމުރު ނެރުނެވެ. ޗިޓާ ގުޅިގެން
އަބްދުﷲ ގާޒީ ހުށަހެޅުއްވި މައްސަލައިގައި، ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ޗިޓާ މެދު ވަކިގޮތެއް
ނިމެންދެން އެއަށް އަމަލު ކުރުން ފަސް
ކުރުމަށެވެ. "މޯލްޑިވްސް ޕޮލިސް ސަރވިސްގެ (ނަންބަރު) "ހާޟިރުވުމަށް އަންގާ ޗިޓު" ބާތިލްކޮށްދިނުމަށް އެދި
ކްރިމިނަލް ކޯޓުގެ އިސްގާޟީ ރ. ހުޅުދުއްފާރު، ބަހާރުގޭ ޢަބްދުﷲ މުޙައްމަދު ހުށަހަޅާފައިވާތީ، އެ ޗިޓާއި
މެދު ވަކިގޮތެއް ކަނޑައެޅެންދެން އެޗިޓަށް އަމަލު
ކުރުން ފަސްކޮށްފީމެވެ".
މާލޭގައި ވަރުގަދަ
މުޒާހަރާއެއް ކުރިއެވެ. އެމްޑީޕީގެ ބަޔަކު މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ވަނުމާ
އެކު ހަމަނުޖެހުން އުފެދުނެވެ.
ކްރިމިނަލް ކޯޓުގެ
އިސް ގާޒީ ދިރިއުޅުއްވާ ގޭގެ ސިފައިން ދޮރު ވައްޓާލުމަށް ފަހު އަބްދުﷲ ގަޒީ
އެގެއިން ނެރެގެން ދަންވަރު ސިފައިންގެ
ބެލުމުގެ ދަށަށް ގެންދިޔައެވެ.
ފަނޑިޔާރަކު
ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރުގެ ދަށުން ކަމަށް ފަނޑިޔާރުންގެ
ގާނޫނުގެ 12 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާއިރު އެފަދަ އަމުރެއް ހައި ކޯޓުން ހޯދުމެއް ނެތި 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ
ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ ހައްޔަރު
ކުރުމަކީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނާ ހިލާފަށް ކޮށްފައިވާ
ހައްޔަރު ކުރުމެއް ކަމަށް ވާތީ އަބްދުﷲ
ގާޒީ ވަގުތުން ދޫކޮށްލުމަށް އެމްއެންޑީއެފަށް އަންގާ އަމުރެއް ހައިކޯޓުން މެންދަމުން އަލިވެ 2:30 ގައި ނެރުނެވެ.
"ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން
ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނު އަސާސީ
އާއި، ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު
ކުރުމުގެ އުސޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫލާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ގަނޫނު އަސާސީ އާއި
ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ
ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށް ގާނޫނު ނަންބަރު
2010/ 13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންވެފައިވާއިރު،
އަދި އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫން ވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށާއި އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފެނިއްޖެ ނަމަ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ކަނޑައެޅި ބަޔާންވެފައިވާ އިރު،
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހަންމަދު 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ހައްޔަރުކޮށްފައި ވަނީ، މި ބަޔާން ކުރެވުނު ގާނޫނީ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނުވާތީ އާއި، އަދި އެ މުއައްސަސާގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއިން ކަމަށް ނުވާތީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހަންމަދު ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަމުރުކޮށްފީމެވެ." ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
އަދި އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫން ވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށާއި އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފެނިއްޖެ ނަމަ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ކަނޑައެޅި ބަޔާންވެފައިވާ އިރު،
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހަންމަދު 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ހައްޔަރުކޮށްފައި ވަނީ، މި ބަޔާން ކުރެވުނު ގާނޫނީ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނުވާތީ އާއި، އަދި އެ މުއައްސަސާގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއިން ކަމަށް ނުވާތީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހަންމަދު ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަމުރުކޮށްފީމެވެ." ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
15 ޖެނުއަރީ 2012
ޑރ. ޖަމީލް ފުލުސް
އޮފީހަށް ހާޒިރުވާން އެންގުމުން ރޭގަނޑު 8:30 ގައި ފުލުހުންގެ މައި މަރުކަޒަށް ވަޑައިގަތްތަނުން އޭނާ
ހައްޔަރުކޮށްގެން ފުލުހުން ވަނީ ދޫނިދު އަށް
ގެންގޮސްފައެވެ. ފުލުހުން ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިޔަ ޑރ. ޖަމީލް ކޯޓު އަމުރަށް ދޫކޮށްލިއެވެ. އިދިކޮޅު ޕާޓީތަކުގެ މީހުންނާއި
އެމްޑީޕީ މީހުން ކޯޓު ދޮށަށް އެއްވެ އަޑުއުފުލިއެވެ.
ހޯމް މިނިސްޓަރުގެ ގޭ ދޮށަށް ބަޔަކު އެއްވެ އިސްތިއުފާ އަށް ގޮވިއެވެ. ޑރ. ޖަމީލް ދޫކޮށްލުމުގެ
އަމުރު ނެރުއްވަމުން ގާޒީ ދެ ނުކުތާއެއް ފާހަގަކުރެއްވިއެވެ. ގާޒީ ވިދާޅުވީ
ފުލުހުންގެ ފަރާތުން ޖަވާބުދާރީވެވޭ ފަދަ މީހަކު ކޯޓަށް ހާޒިރުވެފައިނުވާ ކަމަށާއި ޑރ. ޖަމީލް ހައްޔަރުކުރީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ފުލުހުންގެ އިސް ބޭފުޅެއް ކަމަށްވާ
ރިޔާޒް ވިދާޅުވެފައިވާ ކަމަށް ފުލުހަކު
ޝަރީއަތުގައި ބުނި އިރު، އެކަން ކޮށްފައިވަނީ ގާނޫނު
އަސާސީއާ ޚިލާފަށް ކަމަށް ސީދާ ޑރ. ޖަމީލް ވެސް ޝަރީއަތުގައި ވާހަކަދެއްކެވިއެވެ.
14 ޖެނުއަރީ 2012
ސަރުކާރަށް ދޮގު ތުހުމަތުކުރާ
ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ބިރުދައްކަމުން ދަނީ
ސަރުކާރަށް ގޮތް ހުސްވެގެން ކަމަށް 23
ޑިސެމްބަރު އިއްތިހާދުން 14 ޖެނުއަރީގައި ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.
މަދަނީ އިއްތިހާދާއި ސިޔާސީ އަށް
ޕާޓީއެއް ގުޅިގެން އުފައްދާފައިވާ، 23 ޑިސެމްބަރު އިއްތިހާދުން ނެރުނު ނޫސް ބަޔާނުގައި ބުނީ
ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކި
ކަމަށް ބުނެ، ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އަބްދުލް މަތީނާއި އެ ޕާޓީގެ
ކައުންސިލް މެމްބަރު އަހްމަދު އިބްރާހިމް
ދީދީ (ސަންދާނު އަހައްމައިދީ) ހައްޔަރުކުރުމަކީ
ސަރުކާރުން ހިންގި ޚުދުމުހްތާރު ފިނޑި އަމަލެއް ކަމަށެވެ. އެ ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމުގެ އިތުރުން ދިވެހި
އެއްވެސް ރައްޔިތަކަށް ނުހައްގުން
އަނިޔާއެއް ނުދިނުމަށް ސަރުކާރަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ
ޑރ. ޖަމީލާއި އަހަންމައިދީ ފުލުސް
އޮފީހަށް ރޭގަނޑު 9:00 އެހާއިރު ހާޒިރުކުރި އެވެ. ޑރ. ޖަމީލާއި އަހަންމައިދީ
ފުލުސް އޮފީހަށް ހާޒިރުކުރުމުން ފުލުސް އޮފީސް ކައިރިއަށް އެއްވި މީހުންގެ ތެރެއިން އަށް މީހަކު
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެއެންމެންވެސް އެރޭ ދޫކޮށްލިއެވެ. ޑރ. ޖަމީލާއި އަހަންމައިދީ ވެސް ބޭނުންކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގެވެ.
Comments