ފައުޖީ ކަލޭ ޒިންދާބާދު! ދިވެހި އަސްކަރިއްޔާ މެދުވެރިކޮށް ރައްޔިތުންގެ ވެރިކަން އަނބުރާ ހޯދާދިނުމަށް ބައިނަލް އަޤްވާމީ ދުނިޔެއިން ވިސްނަފާނެ: ދުނިޔޭގެ ނަޒަރުގައި ރާއްޖޭގައި އޮތީ ޓެރަރިސްޓުންގެ ވެރިކަމެއް!
ޑރ. ސައުދު :
އިޖުތިމާއީ
އިލްމުވެރިންނާއި ޢަސްކަރީ މުފައްކިރުންގެ ނަޒަރުގައި ޤައުމިއްޔަތުގެ ބަހާތައްކަމުގައި ބެލެވޭ، އެޤައުމެއްގެ ޤާނޫނާއި ޤަވާޢިދު، ޝަރުޢީ ނިޒާމާއި ޢަދުލު އިންސާފު،
ޤުދުރަތީ ވަޞީލަތްތަކާއި އިޤްތިޞާދީ
ސިނާޢަތްތައް،
ދީނާއި އާދަކާދަޔާއި ޘަޤާފަތް، އަދި އެޤައުމެއްގެ މަދަނީ ޚިދުމަތް ދިނުމުގެ އިންތިޒާމްތަކާއި، ފަރުދީ ޙައްޤުތަކުގެ ކުރިން ކަށަވަރުކުރަން ޖެހެނީ އެޤައުމު
ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ ސަލާމަތްކަން ނުވަތަ ސެކިއުރިޓީ ޤާއިމުވެފައި އޮތުމެވެ. ދުނިޔެއާއި ދިވެހިންގެ ނަޒަރުގައި ރާއްޖޭގެ ދާޚިލީ
ހަމަޖެހުން ވަނީ ގެއްލިފައެވެ.
ޢަދުލު
އިންސާފު ގެއްލި އަމަންޢާއްމު ނެތިވެ ޤައުމީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ.
ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލު ދިވެހި ޢަސްކަރިއްޔާގެ ސަފުތަކުގައި ހިމެނޭ ފައުޖީންގެ މެދުގައި ދަނީ އިތުރުވަމުންނެވެ. ރާއްޖޭގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން މިހާރު ޤައުމަށާއި، ސަރަހައްދީ އަދި ބަވަނަ ދުނިޔޭގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާ ނައްތާލުމަށްޓަކައި، ބައިނަލް އަޤްވާމީ މުޖުތަމަޢުއިން-'ވެސް' ދިވެހި ސިފައިން މެދުވެރިކޮށް އަސްކަރީ ޙައްލެއް ހޯދުމަށް ވިސްނަފާނެކަމަށް ބެލެވޭ ސަބަބުތަކެއް އެބަހުއްޓެވެ. މިލިޔުމުގައި ކުރުގޮތަކަށް ބަލައިލާނީ އެފަދަ ސަބަބު ތަކުގެ މައްޗަށެވެ.
ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލު ދިވެހި ޢަސްކަރިއްޔާގެ ސަފުތަކުގައި ހިމެނޭ ފައުޖީންގެ މެދުގައި ދަނީ އިތުރުވަމުންނެވެ. ރާއްޖޭގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން މިހާރު ޤައުމަށާއި، ސަރަހައްދީ އަދި ބަވަނަ ދުނިޔޭގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާ ނައްތާލުމަށްޓަކައި، ބައިނަލް އަޤްވާމީ މުޖުތަމަޢުއިން-'ވެސް' ދިވެހި ސިފައިން މެދުވެރިކޮށް އަސްކަރީ ޙައްލެއް ހޯދުމަށް ވިސްނަފާނެކަމަށް ބެލެވޭ ސަބަބުތަކެއް އެބަހުއްޓެވެ. މިލިޔުމުގައި ކުރުގޮތަކަށް ބަލައިލާނީ އެފަދަ ސަބަބު ތަކުގެ މައްޗަށެވެ.
ޤައުމީ
ސަލާމަތަކީ ކޮބާ
އާދޭހެވެ!
ޤައުމީ ސަލާމަތަކީ ޤައުމެއް ދެމިއޮތުމަށް އެތެރެއާއި ބޭރުން އަދި ޤުދުރަތީ ގޮތުން ކުރިމަތިވެދާނެ ކޮންމެ
ނުރައްކަލަކުން ރައްކާވެ ތިބުމުގެ
ފިޔަވަޅު
ދުރާލާ އެޅުމެވެ. މައިގަނޑު ގޮތެއްގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތުތައް ކަމުގައި އަސްކަރީ މުފައްކިރުންނާއި، ޢިލްމުވެރިންނާއި، އަދި ޤައުމުތަކުގެ
ސަރުކާރުންނާއި ބައިނަލް އަޤުވާމީ
މުޖުތަމަޢުން
ކަނޑައަޅާ ޤަބޫލުކުރާ ޙާލަތުތަކަކީ، (ހ) ހަތިޔާރު އެޅި ބޭރުގެ ޢުދުވާނަކާއި ކުރިމަތިލާން ޖެހުން، (ށ)
ޤުދުރަތީ މުޞީބާތަކާއި ކުރިމަތިވުން
އަދި (ނ) ޤައުމުގެ އެތެރޭގައި ދާޚިލީ ހަމަޖެހުން ގެއްލި، ޤާނޫނުގެ ބާރުކެނޑި، ޢަދުލު އިންސާފު ނެތިވެ އަމަންއާއްމު ގެއްލި ދިއުމެވެ. މިއިން ކޮންމެ ޙާލަތަކުން ދިމާވާ
ނުރައްކަލާއި ކުރިމަތިލާ، ޤައުމުގެ
ރައްޔިތުންގެ
ކުރިމަތީގައިވާ ބިރު ނައްތާލަނީ އެޤައުމެއްގެ އަސްކަރިއްޔާ ނުވަތަ ސަލާމަތީ ބާރުތަކުންނެވެ. މިނަޒަރިއްޔާތުގައި ޤައުމީ ސަލާމަތުގެ ފަލްސަފާގައި ޤައުމެއްގެ އެތެރޭގެ
ޤާނޫނުތަކާއި، ޤަވާޢިދު އަދި ޝަރުޢީ
ނިޒާމުގެ
ކުރިއަށް އަންނާނީ ޤައުމީ ސަލާމަތެވެ. ސަބަބަކީ އެންމެ ފުރަތަމަ ޤައުމީ ސަލާމަތާއި ނުލާ، އެއްވެސް
ޤައުމެއްގައި، ޤާނޫނާއި ޤަވާޢިދު އަދި
ޝަރުޢީ
ނިޒާމެއްވެސް ދެމިއެއް ނޯންނާނެއެވެ. ޤައުމީ ސަލާމަތްކަން ނެތިއްޖެ ނަމަ ފަނޑިޔާރުންނަށްވެސް ޤާނޫނު ހަދާ
މީހުނަކަށްވެސް ނުތިބެވޭނެއެވެ.
އެހެންވެ
ދުނިޔޭގެ ނަޒަރުގައި، ސަރަހައްދީ ސަލާމަތާއި، ބައިނަލް އަޤްވާމީ ސުލްޙަ ޤާއިމުކުރުމަށްޓަކައި،
ދިވެހިރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް
ވެރިކަމެއް
ޤާއިމުވެފައި އޮތުމަކީ މުހިއްމުކަމެކެވެ. ސަބަބަކީ ބަވަނަ ދުނިޔޭގެ ސިޔާސަތުގައި ދިވެހިރާއްޖޭގެ ސަރަޙައްދީ މަޤާމުގެ މުހިއްމު ކަމެވެ.
ބަވަނަ
ދުނިޔޭގެ ސިޔާސަތުތަކުގައި ރާއްޖޭގެ ސަރަޙައްދީ މަޤާމުގެ މުހިއްމުކަން:
ދިވެހިރާއްޖެއަކީ
ބަވަނަ ދުނިޔޭގެ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރަޙައްދީ ގޮތުން މުހިއްމު މަޤާމެއްގައި އޮތް ޤައުމެކެވެ. ދިވެހިރާއްޖެ މެދުގައި އޮތުމަށް ފަހު ރާއްޖޭގެ ވަށައިގެން
އިންޑިއާ ކަނޑުގެ މައްޗަށް އިޤްތިޞާދު
ބިނާވެފައިވާ
40 އަށް ވުރެ މަދު ނޫން ޤައުމު އެބައޮތެވެ. އިރުމަތީ އެފްރިކާ ބައްރުގެ އައްސޭރީގައާއި، ދެކުނު
އޭޝިޔާގެ އައްސޭރީގައާއި، އަރަބި
ގަލްފްގެ
އައްސޭރިއާއި، އިރުމަތީ އޭޝިޔާގެ އައްސޭރީގައާއި، އޮސްޓްރޭލޭޝިޔާގެ އައްސޭރީގައެވެ. މުޅި ދުނިޔޭގެ އިޤްތިޞާދުގައި ބައިވެރިވާ މުދަލާއި ޤުދުރަތީ ވަޞީލަތްތަކުގެ
ދެބައިކުޅަ އެއްބަޔާއި ގާތަށް
ދަތުރުކުރަނީ
މި ކަނޑުތަކުން ނުވަތަ ތުރާކުނާއި މަލިކާއި ދެމެދުންނެވެ. މުޅި ދުނިޔޭގެ އިޤްތިޞާދު ހިންގުމަށް ބޭނުންވާ ތެލުގެ ދެބައިކުޅަ އެއްބައި ދަތުރުކުރަނީވެސް ހަމަ މިމަގުންނެވެ.
ރާއްޖެ ވަށައިގެންވާ މިބައްރުތަކުގައި
ދުނިޔޭގެ
އާބާދީގެ 5 ބިލިއަނަށްވުރެ މަދުނޫން ޢަދަދަކަށް މީހުން ދިރިއުޅެއެވެ. އެހެންކަމުން ދުނިޔޭގެ ބޮޑެތި ކޯޕަރޭޝަންތަކާއި، އިޤްތިޞާދީ ބާރުތައްކަމުގައި ހިމެނޭ ޤައުމުތަކުން
އުފައްދާ ތަކެއްޗާއި ވިޔަފާރި މުދާ
ވިއްކުމަށް
އޮތް އެންމެ ބޮޑު މާރުކޭޓު އޮތީ ރާއްޖޭގެ ވަށައިގެންނެވެ. ވުމާއިއެކު ދުނިޔޭގެ އިޤްތިޞާދުގައި މުހިއްމު ބޮޑެތި ޞިނާޢަތްތައް ކަމުގައިވާ މެރިޓައިމް ޓްރޭޑާއި،
އޭވިއޭޝަން އިންޑަސްޓްރީ ފަދަ
ސިނާޢަތްތަކުގެ
ބޮޑެތި ވިޔަފާރިތަކުން، ދިވެހިރާއްޖެއަކީ ދުނިޔޭގެ މެރިޓައިމް ޓްރޭޑް އަދި އޭވިއޭޝަން އިންޑަސްޓްރީގެ ހަބެއް ނުވަތަ މައިވިޔަފާރި މަރުކަޒުގޮތުގައި
ޤާއިމުކުރުމަށް ބޭނުންވާނެއެވެ. ނަމަވެސް
ރާއްޖޭގައި
އެފަދަ ކަމެއް ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުތަކެއް ނެތެވެ. އަދި ފުރިހަމަ ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމުކުރެވިގެން ނޫނީ އެފަދަ ޤާނޫނީ އޮނިގަނޑުތަކެއް
އެކުލަވާލުމަށް ފުރުޞަތެއްވެސް
ނުލިބޭނެއެވެ.
މިހެންވުމާއިއެކު ދުނިޔޭގެ ބޮޑެތި
އަސްކަރީ
އަދި އިޤްތިޞާދީ ބާރުތަކަށް
ރާއްޖޭގައި ހަމަޖެހޭ ޑިމޮކރެޓިކް ހެޔޮވެރިކަމެއް ޤާއިމުވެފައި އޮތުމުގެ މުހިއްމުކަން ވަރަށް ވެސް
ބޮޑެވެ.
ދުނިޔޭގެ
ބާރުތައް ދިވެހިރާއްޖެއާއި މެދު ބިރުގަންނަ ނުވަތަ ކަންބޮޑުވާ ސަބަބުތައް:
ކުރިން
ދެންނެވި ފަދައިން ރާއްޖެއަށް މޫނު އަނބުރައިގެން އިންޑިއާ ކަނޑަށް ހުޅުވިފައިވާ 40 ވަރަކަށް ޤައުމުގެ
ތެރެއިން ކޮންމެ ޤައުމެއްގައި މުސްލިމް
މައިނޯރިޓީ
އާބާދީއެއް އޮވެއެވެ. އެހެންވެ ހައްދު ފަހަނައަޅާފައިވާ އިސްލާމީ ޖަމާޢަތަކުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށްފިނަމަ މުޅި އިންޑިއާކަނޑުގެ މިދެންނެވި 40
ޤައުމުގައި އޮތް މުސްލިމް އާބާދީތަކާއި
ނެޓްވޯކެއް
އަޅައި ރާއްޖެއަކީ މިދެންނެވި މުސްލިމް މުޖުތަމަޢުތަކުގެ (ޕްރޮކްސީ) ވެރިކަން ކުރާ މައިރަށަކަށް ހަދައި، އިންޑިއާ ކަނޑުގައި ވަރުގަދަ އަދި ހަރުކަށި އިސްލާމީ ދައުލަތެއް ޤާއިމުކޮށްފާނެކަމަށް ދުނިޔޭގެ ބާރުތަކުން ވިސްނާނެއެވެ.
ވަކިން ޚާއްޞަ ގޮތެއްގައި ސަޢޫދީ
އަރަބިޔާއާގެ
ތާޢީދާއިއެކު ޕާކިސްތާނު ކުރިއަށް ނުކުމެ މި ވިސްނުން ތަންފީޒުކުރަން މަސައްކަތް ކުރާނެކަމަށް ދުނިޔޭގެ ބާރުތަކުން ޝައްކުކުރާނެއެވެ. ހަމަ އެގޮތަށް
އީރާނުންވެސް މިވިސްނުން ގެންގުޅޭނެކަމަށް
ދުނިޔޭގެ
ބާރުތަކުން ވިސްނާނެއެވެ. އޭރުން ރާއްޖޭގެ މައްޗަށް މިއިން ކޮންމެ ބަޔަކު ބާރާއި ނުފޫޒު ފޯރުވިޔަސް މުޅިދުނިޔޭގެ ފިޔަފާރިއާއި އިޤްތިޞާދު އެބަޔަކަށް ކޮންޓްރޯލް
ކުރެވޭނެއެވެ.
އިސްލާމީ
ހަރުކަށި ޖަމާޢަތަކުން ރާއްޖޭގެ މައްޗަށް ބާރުފޯރުވަފާނެކަމަށް ދުނިޔެ ބިރުގަންނައިރު އަނެއްކޮޅުން ދުނިޔޭގެ
ވަކި އަސްކަރީ އަދި އިޤްތިޞާދީ
ބާރަކުން ރާއްޖެ އެބައެއްގެ ނުފޫޒާއި ބާރުގެ ދަށަށް ގެންގޮސްފާނެކަމަށްވެސް ދުނިޔެ ބިރުގަނެއެވެ. މިސާލަކަށް ޗައިނާއިން ރާއްޖޭގެ މައްޗަށް ގަދަވެގަނެވިއްޖެ
ނަމަ އެމީހުން ދުނިޔޭގެ އިޤްތިޞާދު
ކޮންޓްރޯލް
ކުރާ ބަޔަކަށް ވީއެވެ. ހަމަ އެގޮތަށް އިންޑިއާ ރާއްޖޭގެ މައްޗަށް ގަދަވެގަތަސް ދުނިޔޭގެ އިޤްތިޞާދު ކޮންޓްރޯލް ކުރާ ބަޔަކަށް އެމީހުން ވެގެން ދާނެއެވެ. ހަމަ
އެފަދައިން އެމެރިކާ ނުވަތަ ޔޫރަޕުން
ރާއްޖޭގެ
މައްޗަށް ގަދަވެގަނެވުނަސް އެއިން ކޮންމެ ބަޔަކު ދުނިޔޭގެ އިޤްތިޞާދު ކޮންޓްރޯލް ކުރާ ބަޔަކަށް ވެގެންދާނެއެވެ.
މިހާތަނަށް
ދުނިޔެއަށް ރާއްޖެއިން ފެނުނު މަންޒަރު ވަރަށް ބިރުވެރި:
ރާއްޖެއާއި
މެދު ކަންބޮޑުވާ ބައިނަލް އަޤްވާމީ މުޖުތަމަޢުއިން ބަލާބެލުމަށް މިހާތަނަށް، ރާއްޖޭން އެމީހުންނަށް
ފެނުނީ އެމީހުން ބިރުގަންނަ ހުރިހާ
ކަމެކެވެ.
އެންމެ ފުރަތަމ 2008 ވަނަ އަހަރު، ރައީސް މައުމޫނުގެ ބާރުގަދަ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ
އެމްޑީޕީއާއި އެކު ރާއްޖޭގައި ތިބި
އިސްތިރާކީންނާއި،
ދީނީ ޢިލްމުވެރިންނާއި އަދާލަތު ޕާޓީ
އިއްތިހާދުވެގެންނެވެ.
އިންތިހާދުވި އިސްތިރާކީންގެ އެންމެން ރައީސް ނަޝީދާއި ވެކިވެގެން ދިޔުމުންވެސް ރައީސް ނަޝީދުގެ ސަރުކާރަށް ގުޑުމެއްވެސް ނޭރިއެވެ. ނަމަވެސް ދީނީ މޫނުމަތި
ރަމްޒުކޮށްދޭ އަދާލަތު ޕާޓީ ރައީސް
ނަޝީދުގެ
ސަރުކާރާއި ވަކިވިތާ 3 މަސް ދުވަހުގެ ތެރޭގައި އެމީހުން ތިބީ އިސްތިރާކީންނާއި ރައީސް މައުމޫނު
ގޮވައިގެން ރައީސް ނަޝީދުގެ ސަރުކާރު
ވައްޓާލުމަށް
ފަހު، އަނބުރާ ދިވެހި ސަރުކާރާއި ހަވާލުވެގެންނެވެ. ވީމާ ދުނިޔޭގެ ނަޒަރުގައި ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި އިސްލާމުންގެ ބާރު ވަރަށްވެސް ގަދައެވެ.
ދުނިޔޭގެ ނަޒަރުގައި ދިވެހިރާއްޖެ
ޓެރަރިޒަމްގެ
ހާއްޔަކަށްވެ ނިމިއްޖެ އެވެ. އެހެންވެ އެމީހުން ދެކޭގޮތުގައި ދެން އޮތީ ރާއްޖޭން ޓެރަރިޒަމް
ނައްތާލުމެވެ.
ޑިމޮކްރަސީއާއި
ހެޔޮވެރިކަން ދެމެހެއްޓުމުގައި އިސްތިރާކީންގެ ވަބާ:
ދުނިޔޭގެ
ނަޒަރުގައި މިހާރު ރާއްޖޭގެ ޑިމޮކްރަސީއާއި ހެޔޮވެރިކަން ދެމެހެއްޓުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާއަކީ އިސްތިރާކީންނެވެ. އިސްތިރާކީންނަކީ
ކޮންމެ ކަމެއް ކުރުމުގައި ފައިސާ
ބަހައްޓައިގެން
ކަންކަން ޙާޞިލުކުރާ މީހުންނެވެ. ދައުލަތުގެ ސަރަހައްދުގައި ހިމެނޭ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދުތައް ކޮންޓްރޯލްކޮށް އެވަސީލަތްތަކުން ވިޔަފާރިކޮށް
މުއްސަނދިވާ މީހުންނވެ. ދީނާއި
ގައުމިއްޔަތުގެ
މޫނުމަތި އަޅައިގެން އެމީހުން ދަނީ ޖާހިލުކަމާއި އަނދިރި ކަމުގައި ތިބެގެން ދުނިޔޭގެ މަސްލަޙަތަށްވެސް ހުރަސް އަޅަމުންނެވެ. ރާއްޖޭގެ ވިޔަފާރީގެ ދެބައި ކުޅަ
އެއްބަޔަށްވުރެ ގިނަ އިންވެސްޓަރުންނަކީ
ބޭރުގެ
ނުވަތަ ހުޅަނގުގެ އިންވެސް ޓަރުންނެވެ. ޔޫރަޕްގެ ޓުއާއޮޕަރޭޓަރުންނާއި، ބޭރު ޤައުމުތަކުގެ ރިޒޯޓުވެރިން އަދި އެހެނިހެން ވިޔަފާރިވެރިންނެވެ. ބޭރުގެ
އިންވެސްޓަރުންނަށް ރާއްޖެއާއިމެދު އޮތް ބިރަކީ މިމީހުންގެ ވާދަވެރި ދިވެހި ބޮޑެތި ވިޔަފާރިވެރިންނެވެ. އާދެ! ރާއްޖޭގެ އިސްތިރާކީންނެވެ. އިސްތިރާކީން ތިބީ
ދައުލަތުގެ ތިން ބާރުގައި ވަކި
ހިއްޕައިގެންނެވެ.
ސަރުކާރުގަ އެމީހުންނެވެ. ޤާނޫނު ހަދާ މަޖުލީހުގައި އެމީހުންނެވެ. އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގައި އެމީހުންނެވެ. ދައުލަތުގެ ތިންބާރު ވަކިވެފައި
އޮންނަން ޖެހޭނެކަމުގައި ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮތް އިރު އެމީހުން ވަނީ ފައިސާ ބަހައްޓައިގެން މަޖުލީހުގެ ތެރެއަށް ވަދެފައެވެ.
މަޖުލީހުގައި ތިބެގެން ދައުލަތް
ހިންގުމަށް
ބޭނުންވާ ޤާނޫނުތައް ހެދުމުގެ ބަދަލުގައި އެމީހުން ދަނީ މަޖުލީހުގައި ތިބެގެން ސީދާގޮތެއްގައި ސަރުކާރު ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. ޢަދުލު އިންސާފުގެ ބާރުގެ
މައްޗަށާއި މިނިވަން މުޢައްސިސާތަކުގެ
މައްޗަށް ބާރު ފޯރުވަމުންނެވެ. އަމިއްލަ މަސްލަޙަތު ރައްކާ ކުރަމުންނެވެ. ތަކުރާރުކޮށް ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފު އެތައް ޤާނޫނެއް ހަދައިފިއެވެ. ވެރިކަން
ހިންގުމުގެ މުޅި ނިޒާމުގެ ޗެކް އެންޑް
ބެލެންސް
ނުވަތަ އެއްބާރު އަނެއްބާރަށް ފާރަވެރިވެވޭނޭ ގޮތްތައް، އެމީހުން ހަދާ ޤާނޫނުތަކުގެ އެހީގައި ދަނީ
ކަނޑުވާލަމުންނެވެ.
ދުނިނޭގެ
ނަޒަރުގައި ރާއްޖޭގެ ޤާނޫނުހަދާ މަޖުލީހުގައި އޮތީ މުޖުރިމުންގެ ވެއްޓެއް:
ދުނިޔޭގެ
ނަޒަރުގައި ރާއްޖޭގެ ޤާނޫ ހަދާ މަޖުލީހުގައި ތިބީ އިސްތިރާކީންގެ ނުބައި ނުލަފާ ބައިގަނޑެކެވެ.
އެމީހުންގެ ނަޒަރުގައި މަޖުލީހަކީ ކުށުގެ
ރިކޯޑްތައް
މަތިމައްޗަށް އޮތް މުޖުރިމުންތަކެއް ތިބި މުޖުރިމުންގެ މާޙައުލެކެވެ. އެންމެ ކުރުގޮތަކަށް މަޖުލީހުގައި ތިބި މީހުންގެ ރިކޯޑްތަކަށް ބަލާ އިރު ފެންނަނީ
މިދަންނަވާ މުޖުތަމަޢު ގަބޫލު ނުކުރާ
ކުށްތައް
ކޮށްފައި ތިބި މީހުންގެ ބައިގަނޑެކެވެ. އޭގެ ތެރޭގައި މީހުން މެރުމުގެ ކުށުގައި ތުހުމަތުގެ އިގިލި
ދިއްކުރެވުނު މީހުން އެބަތިއްބެވެ.
އެއްޖިންސުން
ކުޑަ ފިރިހެންކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރެވުނު މީހުން އެބަތިއްބެވެ. ދޮންދަރިންގެ ތެރެއިން ކުޑަ އަންހެން ދަރީންނަށް ޖިންސީ ގޯނާ
ކުރިކަމުގެ ތުހުމަތުގެ އިގިލި
ދިއްކުރެވުނު
މީހުން އެބަތިއްބެވެ. ޑްރަގުގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގެ އިގިލި ދިއްކުރެވުނު މީހުން އެބަތިއްބެވެ. ގޭންގުތަކަށް ފައިސާ ދީގެން ސިޔާސީ ހަމަނުޖެހުން
ހިންގާކަމުގެ ތުހުމަތުގެ އިގިލި ދިއްކުރެވޭ މީހުން އެބަތިއްބެވެ. ދައުލަތާއި ދެކޮޅަށް ބަޣާވާތްކުރި ކަމުގެ ތުހުމަތުގައި އަދަބު ލިބުނު މީހުން
އެބަތިއްބެވެ. ޒިނޭކުރި ކަމުގެ ތުހުމަތު
ކުރެވި
އަދަބު ލިބިފައި ތިބި މީހުން އެބަތިއްބެވެ. ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ބެދި އަދަބު ލިބިފައި ތިބި
މީހުން އެބަތިއްބެވެ. މަކަރާއި
ހީލަތާއި،
ވައްކަމާއި ޓެކުމުގެ ތުހުމަތުގެ އިގިލި ދިއްކުރެވުނު މީހުން އެބަތިއްބެވެ. ރާބުއިމުގެ ތުހުމަތުގައި ބެދި އަދަބު ލިބިފައިތިބި މީހުން އެބަތިއްބެވެ. މީގެ އިތުރުން މުޅިރާއްޖޭގެ
އާބާދީގެ 30 އަހަރުން ދަށުގެ
މީހުންގެ
އެވްރެޖް ތަޢުލީމީ ފެންވަރަށްވުރެ މަޖުލީހުގައި ތިބި މީހުންގެ އެވްރެޖް ތަޢުލީމީ ފެންވަރު ދަށެވެ.
ވުމާއި އެކު ދުނިޔޭގެ ނަޒަރުގައި މުޅި
މަޖުލީހަކީ
ކުށްކުރުމުގެ ރިކޯޑް އޮތް ގިނަބަޔަކު ތިބި ނާތަހުޒީބު މުޖުރިމުންގެ ވެއްޓެކެވެ. އެހެންވީމާ މުޖުރިމުންގެ ވެއްޓަކުން ޖަމާޢަތުގެ ވެރިކަން ހިންގާނޭ ޤާނޫނުތައް
ނުހެދޭނެކަމަށް މުޅި ދުނިޔޭގެ
އިލްމުވެރިންވެސް
ހިތުގެ އަޑީން ޤަބޫލު ކުރާނެއެވެ. މިއަދުގެ ދިވެހި ޒުވާނާ އަމުދުން މިކަން މާބޮޑަށް ޤަބޫލުކުރެއެވެ.
ދުނިޔޭގެ
ނަޒަރުގައި މިހާރު ރާއްޖޭގައި މިއޮތީ ޓެރަރިސްޓުންގެ ވެރިކަމެއް:
ދުނިޔޭގެ
ނަޒަރުގައި މިހާރު ރާއްޖޭގައި މިއޮތީ ވަރަށް ނުރައްކާތެރި ޙާލަތެކެވެ. ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުނުކުރެވުމުގެ ސަބަބުން ދައުލަތުގެ އަމަންއާއްމު ވަނީ
ގެއްލިފައެވެ. މަގުމަތީގައި މީހުން
މެރުންވަނީ
އިތުރުވެފައެވެ. މިނިވަންވިޔަފާރިއަށް ބޭނުންވާ ޤާނޫނީ ޙިމާޔަތް ވަނީ ގެއްލިފައެވެ. މިއަދު މީހަކު
ކުރަމުންދާ ވިޔަފާރި މާދަމާ
އެހެންމީހެއްގެ
ނަންމައްޗަށްވެސް އެއްވެސް އުޞޫލެއްނެތި ބަދަލު ކޮށްލަފާނެއެވެ. އިސްތިރާކީން ދަނީ ކޮންމެ ކަމެއް ކުރަންވީމާ ފައިސާބަހައްޓައިގެން އެކަމެއް
ކުރަމުންނެވެ. ވޯޓު ގަންނަނީއެވެ. ސިޔާސީ
ޕާޓީތަކަށް
މެމްބަރުން ގަންނަނީއެވެ. ކަންކަމުގައި ދޮގުހެކި ދޭނޭ ހެކިންވެސް ގަންނަނީއެވެ. ފައިސާ ބަހައްޓައިގެން ދައުލަތުގެ ރިކޯޑްތައް ވަގަށް ނަގާ ލިޔެކިޔުންތައް
މުވައްޒަފުން ލައްވާ ބަދަލުކުރުވާވެސް
ހަދާކަމަށް
ދެކެވޭ ވާހަކަތައް ރައްޔިތުންގެ ތެރޭގައިވަނީ ޢާއްމުވެފައެވެ. ދުނިޔޭގެ ނަޒަރުގައި އަދި އަމުދުން
ހުޅަނގުގެ ޤައުމުތަކުގެ ނަޒަރުގައި
މިހުރިހާ
ކަމަކަށްވުރެވެސް ބިރުބޮޑު ކަމެއް އެބަހިނގައެވެ.
އެއީ
އެމީހުންގެ ނަޒަރުގައި އިސްތިރާކީންނާއި ދީނީ ޢިލްމުވެރިން ނުވަތަ ދަންނަބޭކަލުންނާއި ވަނީ ގުޅިފައެވެ.
އެހެންވީމާ އިސްލާމީ ހަރުކަށި
މީހުންނާއި
އިސްތިރާކީންވަނީ އެކަތިގަނޑަކަށް ވެފައެވެ. ނުވަތަ އެމީހުންގެ ބަހުރުވައިންނަމަ ދިވެހިރާއްޖޭގެ ހައްދު
ފަހަނައަޅާފައިވާ އިސްލާމިސްޓުން
ނުވަތަ
ޓެރަރިސްޓުންނަށް މިހާރު ފަންޑުކުރާ ބަޔަކީ ދިވެހިރާއްޖޭގެ އިސްތިރާކީން ނުވަތަ ބޮޑެތި ވިޔަފާރިވެރިންނެވެ. މިކަން ބަދަލުވެގެން ދާނެގޮތެއްކަމަށް އެމީހުން ދެކޭނީ
އާޚިރުގައި އިސްލާމިސްޓުންގެ
ވެރިކަމަކަށް
އިސްތިރާކީން ފަންޑްކުރާނެއެވެ. އަދި ބަދަލުގައި އިސްލާމިސްޓުން އިސްތިރާކީން ބޭނުންވާ ބޮޑެތި ވިޔަފާރިތަކާއި ދައުލަތުގެ ވަސީލަތްތައް އެމީހުންނަށް ދޭނެއެވެ.
ދެން ފެންނާނީ ސަރަހައްދީ ހަރުކަށި
އިސްލާމިސްޓުންގެ
ދައުލަތެއް ކުރިންދެންނެވުނު 40 ވަރަކަށް ޤައުމުގެ މުސްލިމް އާބާދީތައް ގުޅިފައިވާނޭހެން އިންޑިއާ ކަނޑުގައި، ދިވެހިރާއްޖެ ނާރެހެއްގެ ގޮތުގައި އޮވެގެން
ފެއްޓިގެން ދާތަނެވެ. މިފަދަ އިސްލާމިސްޓު
ވެރިކަމަކުން
ދުނިޔޭގެ ވިޔަފާރި އަގަޑަ ބަގަޑަކޮށް ހުއްޓުވާލާނެ ކަމުގެ ބިރު ހުޅަނގާއި، އިރުމައްޗާއި، އުތުރުކަރައިގެ ވެރިންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ.
މައްސަލައިގެ
ޙައްލަކީ ދިވެހި އަސްކަރީ ޙައްލެއް ކަމުގައި ދުނިޔެއިން ދެކިފާނެ:
ދުނިޔޭގެ
ނަޒަރުން ރާއްޖޭގެ ވެރިކަން ހިނގާގޮތަށް ބަލާއިރު، ދިވެހިރާއްޖޭގައި ހެޔޮވެރިކަމެއް ނެތެވެ. ޑިމޮކްރަސީގެ އުޞޫލުތަކެއް ނެތެވެ. ޤާނޫނު ހަދާ މަޖުލީހުން ދަނީ
ޤާނޫނު ހެދުމުގެ ބަދަލުގައި
މަޖުލީހުގައި
ތިބެގެން ސަރުކާރު ހިންގަމުންނެވެ. އަދި މަޖުލީހުގައި ތިބެގެން އެމީހުން ދަނީ ޝަރުޢީ ނިޒާމަށްވެސް ބާރުފޯރުވާ، އަދުލު އިންސާފުގެ ބާރުވެސް ކޮންޓްރޯލް ކުރަމުންނެވެ.
އެހެންވެ ވެރިކަމުގެބާރު
މަޖުލީހުގެތެރެއިން
ދެމެހެއްޓުމަށްޓަކައި ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕޭ ކިޔައިގެން މާނައެއް ނެތް ވޯޓިން ބްލޮކްތައްވެސް މަޖުލީހުގެ ތެރެއިން އެއްބަޔަކު އުފައްދައިފިއެވެ. ޤާނޫނު
ހަދަން އޮންނަ މަޖުލިހެއްގެ ތެރޭގައި
އަޣުލަބިއްޔަތެއް
ނެތް އިތުރު ވޯޓިން ބްލޮކެއް
ޖޮއިންޓް
ޕާލަމެންޓަރީ ގްރޫޕެކޭ
ކިޔައިގެން ހެދުމުގެ ބޭނުމަކީ ދައުލަތުގެ ވަސީލަތްތަކަށް ބާގެއިން ކުރުން ފިޔަވާ ދެވަނަ ބޭނުމެއް ނޫންކަން
މުޅިދުނިޔެއަށް އެގެއެވެ. ވީމާ
ޤާނޫނު
ހަދާ މަޖުލީހުގެ އެއްވެސް އިތުބާރެއް ނެތެވެ. ރާއްޖެއިން ވަނީ ސުލްޙައާއި ހަމަޖެހުން ގެއްލިފައެވެ.
ބޭރުގެ ވިޔަފާރިވެރިންނަށް އަދި
އެތެރޭގެވެސް
ވަކި ވިޔަފާރިތަކަކަށް ނޫނީ ޤާނޫނީ އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އެހެންކަމުން ދިވެހިރާއްޖޭގެ
ޤައުމީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ.
އަދި މިކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލް އަޤްވާމީ ސަލާމަތާއި ސުލްޙައަށްވެސް ވަރަށް ބޮޑެތި ނުރައްކާ ތަކަކާއި ކުރިމަތިލާން ޖެހިދާނެކަން ބައިނަލް
އަޤްވާމީ ދުނިޔެ ވަރަށް ރަގަޅަށް
ދަނެއެވެ.
މިހެން
މިކަންތައްތައް ހުރުމާއި އެކު ބައިނަލް އަގްވާމީ މުޖުތަމަޢުއިން މިހާރު، ރާއްޖެއަށް އަސްކަރީ ޙައްލެއް
ހޯދުމުގެ ވިސްނުން ގެންގުޅުމަކީ އެއީ
އެއްވެސް
ޙާލެއްގައި ދުރުކަމެއް ނޫނެވެ. ނަމަވެސް މީގެ މާނައަކީ ބޭރުގެ ލަޝްކަރެއް ރާއްޖެއަށް އަރައިގަތުމެއް
ނޫނެވެ. އޭގެ ބަދަލުގައި ބައިނަލް
އަޤްވާމީ
މުޖުތަމައުއިން، އދ އާއި، ކޮމަންވެލްތް ފަދަ ޖަމާޢަތްތައް ކުރިމަތީގައި ބައިތިއްބައިގެން، އެމެރިކާއާއި އިންޑިއާ އަދި އިގިރޭސިންނާއި ޗައިނާވެސް މަޝްވަރާ ކުރުމަށްފަހު
ދިވެހި އަސްކަރިއްޔާ ލައްވާ އިސްރޯލެއް
ކުޅުވުމަކީ
ވަރަށް ގާތްކަމެކެވެ. އާއްމު ލޯތަކަށް ނުފެންނަގޮތަށް އެތެރެއިން ފިއްތައިގެންނެވެ. ވަކި މުއްދަތެއްގެ ތެރޭގައި ޤާނޫނުތަކާއި ޤަވާއިދުތައް އިޞްލާޙުކޮށް، ތިންބާރު
ވަކިކޮށް ވެރިކަމުގެ ނިޒާމުގައި ޗެކް
އެން
ބެލެންސް ޤާއިމު ކުރުމަށްފަހު އަވަސް އަދި މިނިވަން އިންތިޚާބަކުން ރައްޔިތުންގެ ވެރިކަން ރައްޔިތުންނާއި
އަލުން ޙަވާލުކުރާ ގޮތަށެވެ.
ލަޝްކަރީން
ނުވަތަ ދިވެހިފައުޖީންގެ ހިތްތަކުގައިވާ، ޤައުމީ ލޯތްބާއި، ޤައުމީ ޖޯޝް އަދި ދީނާއި ޤައުމުގެ ރައްޔިތުންގެ ދިފާޢުގައި ފިދާވެ ދިޔުމުގެ ވަރުގަދަ ޢަޒުމަކީ ރާއްޖޭގައި މިހާރު
އޮތް ސިޔާސީ ހަމަނުޖެހުން ތަކުގެ
ނިމުމުގެ
ސިއްކަ ޖަހާދޭނޭ އެންމެ އިތުބާރުހުރި ހަތިޔާރު ކަމުގައި ދުނިޔެ ޤަބޫލުކުރާތީއެވެ.
މި
ފުރުޞަތުގައި ދިވެހި ލަޝްކަރީންގެ ސަފުތަކުގައި ހިމެނޭ ކޮންމެ ފައުޖީއަކަށް ވަކިވަކީން
އިލްތިމާސްކުރަމެވެ. ޤައުމީ ސަލާމަތުގެ އައްޑަނަ މޭމައްޗަށް އުފުލާލާ ހަމަ ކޮންމެ ފައުޖީއަކު ހުޝިޔާރުވެ ހުންނާށެވެ. އަދި ޤައުމީ ސަލާމަތަށްޓަކައި ތެދުވެ ކަމަރު
ބަނދެހުރި ކޮންމެ ދިވެހި
ފައުޖީއަކާއި
ދިމާލަށް ކުރުކޮށްވެސް ދިގުކޮށްވެސް ގޮވާލެވެން އޮތީ އެއް އަޑަކުން އެއްވާހަކައެކެވެ... 'ފައުޖީ ކަލޭ ޒިންދަބާދު' އެވެ.
Comments