Skip to main content

Posts

Showing posts from June, 2013

TRAINING PROGRAMMES FOR IHAVANDHOO CSC STAFF

އިހަވަންދޫގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލަށް މުވައްޒަފުން ފައްކާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި މަނިކު އިހަވަންދޫގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލަށް މުވައްޒަފުން ފައްކާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ޖޫންމަހުގެ 26 ހުން 29 ށެވެ. 
ފިލްމީ ތަރި މުއާޒް ކައިވެނިކޮށްފި ފިލްމީ ތަރި އަބްދުﷲ މުއާޒް ކައިވެނި ކޮށްފިއެވެ. ކައިވެނީގެ ގޮތުން މުއާޒްއާ ގުޅި އޭނާގެ އަންބަކަށް ވެފައި ވަނީ ޝިޔާން (ޝާއްކޮ) އެވެ.
މާތްﷲގެ ދީލަތިވަންތަ ކަން މުހައްމަދު އަބުދުއްޞަމަދު إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا, من يهده الله فلا مضل له ومن يضلل فلا هادي له. وأشهد أن لا إله إلاّ الله و أن محمد الرسول الله, وصلّ الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم. ހަމަކަށަވަރުން އެންމެހާ ޙަމްދު ވަނީ الله سبحانه وتعالى އަށް . އަޅަމެން الله سبحانه وتعالى އަށް ޙަމްދު ކުރަން. އަދި އެފަރާތުގެ މަދަދާއި ފާފަ ފުއްސެވުމާއި އެދެން. އަދި އަޅަމެންގެ ނަފްސުތަކާއި ، އަޅަމެންގެ   ޢަމަލުތަކުގެ ނުބައިކަމުން الله سبحانه وتعالى ގެ ރައްކައުތެރިކަމަށް އެދެން.     އަދި الله سبحانه وتعالى ގެ ޞަލަޥާތާއި ސަލާމް ، އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ލައްވާށި . އާމީން. އަރަހުށި މާތްﷲ އަޅުތަކުންނާމެދު އެކަލާނގެ ދީލަތިވަންތަކަމާއި، އޯގާވަންތަކަމުގެ ނިހާޔަތެއް ނެތް. އެކަލާނގެވަނީ ކޮންމެ ހެޔޮ އަމަލަކަށް 10 ގުނަ ޘަވާބު ދެއްވާނެކަމަށް ވަޢުދު ކުރައްވާފަ. އެކަލާނގެ ވަހީކުރައް...

Story of Luqman, The Wise (Luqman al-Hakim)

Many, many years ago there lived a scholar called Luqman.  But he was very wise. He was an African who was caught as a slave and sold in another country.Luqman was so wise and respected that a Surah in the Qur’an also is called by his name (Surah Luqman, Chapter 31).  އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ . ( 13 ) އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ .) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ . ( 14 ) އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނު...

އިތުރު ޖަމާއަތެއް ރަޖިސްޓްރީ ކުރުމުގެ މަގުމަތީގައި

އަނެއްކާވެސް އިތުރު ޖަމާޢަތެއް އަދުސަމް ބޭގަމް ޑިމޮކްރަސީއާ ބީރައްޓެހި އަޅުވެތިކަމުގެ ކަސްތަޅުތަކުން ބަނދެވިފައިވާ ބައެއް މުޖުތަމަޢުތަކުގައި ކަންތައްތައް ހިނގާބީދައިން އަޅުގަނޑުމެންގެ މިމުޖުތަމަޢުގައިވެސް ހިނގާބައެއް ކަންތައްތައް އެބަހުއްޓެވެ. ކުރިންވެސް ދެންނެވިހެން ، އިންތިޙާބުތަކާ ދިމާކޮށް ކުލަބު ޖަމާޢަތްތައް ހެދުމެވެ. ކުލަބު ޖަމާޢަތްތައް ހެދުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއްވެސް ނޫނެވެ. އަޅުވެތިކަމާއި ދިމާއިދިކޮޅު މިނިވަން ކަމުގެ މަތުލަބެއް  ނަމަވެސް، އިންތިޙާބު ދަކާދިމާކޮށް ފުލުފުލުން ކުލަބު ޖަމާޢަތްތައް ހެދުމަކީ ލޮލުގައި އަޅާގަންނަ ކަމެކެވެ. 

އިހަވަންދޫއަށް ނެގައި އަންބަރުމަސް

ދެވަނަ ބައި އަލްމަރުހޫމް އަބުދުﷲ މޫސާ /ގުލްފާމްގެ އިހަވަންދޫ ދެކިގެން ގެނާ ބޮޑުމަސް މިރޭ ދޮރަކަށް މަގޭ އަރުވާފިއޭ                             މެކިގެން އެތާ ވާތައްޖަހާ  ހޮރަކަށް އެ މީދާ ލައިފިއޭ  މާވަހަރުތައް ގިނައިން ނަގާ  އާމިނަ މުހައްމަދު ހުރެއެތާ                                ހާމާނު މުދަލޭ މީ ކިޔާ ގާމާނު ދެ އަތަށް ދީފިއޭ 
އިހަވަންދޫއަށް ނެގައި އަންބަރުމަސް މަޒީދުމަންއައުމަދާ މިގެނެސް ދެނީ އިހަވަންދޫ އަށް ލަފާކުރެވޭގޮތުގައި 1968 ގައި ނެގައި ބޮޑު އަންބަރު މަހުގެ ވާހަކަ އެވެ. މިކަން ދަންނަ, ކަންހިނގިގޮތް އެނގޭ ހަނދާންހުރި ވަރަށް މަދު މީހެއް ނޫނީ ރަށުގައި މިހާރަކު ނެތެވެ. މިއަންބަރު މަހުގެ އަންބަރުން މުޅިރަށްވަނީ ތަނަވަސްވެފައެވެ. މިހާރު ނަމަ، ރަށުގެ ރައްޔިތުން މުއްސަނދިވާނެއެވެ.  މިގެނެސްދެނީ މިއަންބަރު މަހުގެ ހަނދާނުގައި މިރަށު ގުލްފާމްގެ އަބުދުﷲ މޫސާ ހައްދަވާފައިވާ ޅެމެކެވެ. އެޅެމުގެ ފުރަތަމަ ބާބު އެވެ.  ޅެން ވިދާޅުވުމަށްފަހު ތިރީގައިވާ މަސައްކަ ފުރިހަމަކުރައްވާ ކޮމެންޓް ކުރައްވާށެވެ.

ދަރިން ތަރުބިއްޔަތު ކުރުން

ރަނގަޅު އާދަތައް ކުޑަކުދިންނަށް ދަސްކޮށްދިނުން ފާތުމަތު އަނީސާ ކުޑަކުދިން ގެންގުޅޭ އާދަތަކުން އެ ކުދިން ތަރުބިއްޔަތު ކުރުމަށް މައިމީހާ ގެންގުޅޭ އުކުޅުތައް ވަރަށް ރަނގަޅަށް ހާމަވެ އެވެ. ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ބޭނުންވާނީ އެމީހުންގެ ދަރިންނަށް ރަނގަޅު އާދަތައް ދަސްކޮށްދިނުމަށެވެ. ނަމަވެސް މިކަން ކާމިޔާބުވާނީ ކުދިން ގެންގުޅެން ޖެހޭ ރަނގަޅު އާދަތަކަކީ ހަގީގަތުގައި ކޮބައިކަން ރަނގަޅަށް ދެނެގަނެވިގެންނެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. އެހެންކަމުން އެކުދިންގެ ގައިގައި ރަނގަޅު އާދަތައް ހަރުލައްވަން މަސައްކަތްކުރާ އިރު އެ ކުދިންނަކީ ވެސް ވަކި ފަރުދެއްކަމާއި އެކުދިން އަމިއްލަ އަށް ކުރަން ވެސް ބައެއް ކަންތައްތައް ދޫކުރަން ޖެހޭނެކަން ދަންނަންޖެހެ އެވެ.

whistle-blowing

ކަށިގަނޑު ފުމެލުން ކޮރަޕްޝަނުގެ ޢަމަލަކާ ގުޅޭ ގޮތުން އެނގޭ މަޢުލޫމާތެއް ކަމާބެހޭ ފަރާތަކަށް ދިނުމަށް ކިޔަނީ ކަށިގަނޑު ފުމެލުން ނުވަތަ ވިސްލް ބްލޯވިންގއެވެ.    "ޓީމް އިހަވަންދޫ"  އިދާރީ މަސައްކަތްތައް ކުރުމަށް އިހަވަންދޫ ކައުންސިލް އިދާރާގެ ތަކެތި ބޭނުން ކުރަމުންދާކަމަށް ވަރަށް އިތުބާރު ކުރެވޭ މަސްދަރަކުން ރަށްގޮވާއަޑަށް ޚަބަރު ދީފިއެވެ.  މިޖަމްއިއްޔާގެ ލެޓަހެޑްގައި ލިޔެފައިވާ ސިޓީތަކެއްް އިހަވަންދޫ ކައުންސިލް އިދާރާގެ ކޮމްޕިއުޓަރެއްގައި އިންދާ އެ އޮފީހުގެ އެޑްމިން އޮފިސަރަކަށްވަނީ ފެނިފައެވެ.  މިސީޓީތަކުގައި ވަނީ ރަށުގެ މިސްކިތްތައް މަރާމަތުކުރުމަށް ތަފާތު އެކިފަރާތްތަކަށް އެހީ އެދިފައެވެ. މިސޓީތަކުގައި މިސްކިތްތަކަށް ބޭނުންވާ ތަކެތިވެސް ބަޔާންކޮށްފައި ވެއެވެ.  "ޓީމް އިހަވަންދޫ" ގެ މަސްއޫލްވެރިންގެ ތެރޭގައި އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ އާއި ކައުންސިލްގެ މެންބަރު މުހައްމަދު ސިރާޖް ހިމެނެއެވެ.  ކައުންސިލް އިދާރާގެ ރިސޯސްތައް ބޭނުންކޮށްގެން "ޓީމް އިހަވަންދޫގެ" އިދާރީ މަސައްކަތްތައް ކުރާނަމަ، އެއީ މަގާމްގެ ނުފޫޒް...
"ވަރިހަމަ" ދިވެހިރާއްޖެ އަށް މަރުހަބާ! އާސިޔަތު މުހައްމަދު ސައީދު ދާދި ފަހުން ސަރުކާރުގެ ދެ އިދާރާއެއްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލަށް ދިޔައީ ވަރަށް އާދައިގެ ދެ ކަމެއް ބޮއްސުންލައިގެންނެވެ. އެއް ތަނުގައި ކަރަންޓް ވަޔަރިން މައްސަލައެއް ދިމާވެގެން ބޮކިތައް ނުދިއްލި، އަލިކަމެއް ނެތްތާ ހަފްތާއެއް ވޭތުވީ އެވެ. އަނެއް ތަނުގެ އެއާކޮންޑިޝަންތައް ހަލާކުވެގެން މުވައްޒަފުން ގަދަ ހޫނުގައި އެތައް ދުވަހަކު މަސައްކަތްކުރަން ޖެހުނީ އެވެ. މިއީ މުވައްޒަފުން ހަޅުތާލަކަށް ދިޔުމުން ނޫނީ ހައްލު ނުކުރެވޭ ވަރު މައްސަލަތަކެއް ހެއްޔެވެ؟ ލައިސަންސް ދޫކުރާ ޓްރާންސްޕޯޓް އޮތޯރިޓީ އާއި އައިޑީ ކާޑު ދޫކުރާ ނެޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓްގެ މަސައްކަތް ހުއްޓި އާއްމުންނަށް ބޮޑެތި އުނދަގޫތައް ޖެހުނު އިރު މިއިން ކަމަކާ އަޅާނުލާ އޮތީ ކީއްވެގެން ހެއްޔެވެ؟ މިއީ އަދި ވަރަށް ކުޑަކުޑަ ކަމެކެވެ. ރާއްޖޭގައި މި އޮތް "ވަރިހަމަ" އުސޫލުގެ ވަރަށް އާދައިގެ މިސާލެކެވެ. 
ޓީމް އިހަވަންދޫ ރަޖިސްޓްރީކޮށްފި ގުފުތަލުގެ އަޖީޒް ޓީމް އިހަވަންދޫގެ ބޭފުޅުންނާ ގާސިމް ބައްދަލުކުރައްވަނީ ފޮޓޯ: މުހަމައްދު އަކޯ ފޭސްބުކު ޓީމް އިހަވަންދޫ ގެ ނަމުގައި އިހަވަންދޫގައި ޖަމާޢަތެއް ރަޖިސްޓްރީވުމުގެ މަގުމަތީގައިވާ ކަމަށް ކުރީން ރަށްގޮވާއަޑުގައިވާނީ ދަންނަވާފައެވެ.     ޓީމް އިހަވަންދޫ ނަމުގައި ހޯމް މިނިސްޓްރީ ގައި މިހާރުވަނީ އެޖަމާއަތް ރަޖިސްޓްރީކޮށްފައެވެ.  މިޓީމްގެ މަސްއޫލްވެރިންނަކީ އިހަވަންދޫ ކައުންސިލް އިދާރާގެ އެސިސްޑެންޓް ޑިރެކްޓަރ އަދި އެ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ މުހައްމަދު އިބްރާހިމް އާއި އިހަވަންދޫ ރަށު ކައުންސިލްގެ މެންބަރު އިހަވަންދޫ ހިޔަލީބާޣު މުހައްމަދު ސިރާޖް އާއި ތައުބާ މިސްކިތުގެ މުދިމު މާހިރީމަންޒިލް ޢަލީ މާހިރު އެވެ.