ދެވަނަ ބައި
އަލްމަރުހޫމް އަބުދުﷲ މޫސާ /ގުލްފާމްގެ އިހަވަންދޫ
ދެކިގެން ގެނާ ބޮޑުމަސް މިރޭ ދޮރަކަށް މަގޭ އަރުވާފިއޭ
މެކިގެން އެތާ ވާތައްޖަހާ ހޮރަކަށް އެ މީދާ ލައިފިއޭ
މާވަހަރުތައް ގިނައިން ނަގާ އާމިނަ މުހައްމަދު ހުރެއެތާ
ހާމާނު މުދަލޭ މީ ކިޔާ ގާމާނު ދެ އަތަށް ދީފިއޭ
ދަނގަޑާއި ހިލައާ ހުންނަ ދުއްޔެއް އަދި މިތާވާނޭ ކިޔާ
ނަގަރާ ކަލޭ ގޮސް މޮޔަވެގެން މަދަނާ ރިހާކުރު ބޮއެފިއޭ
ކަލުބޭ ކިޔާ ކުޑަ ބަފުތުވެސް ދަޅުފާޑު ކާނާއޭ ކިޔާ
ބަޅު އަނބުރަމުން ގޮސްފާ ގެނާ މޭ ކުޅިއެކީ އެ ގޮވާފިއޭ
ހަލަވެލިވެގެން ރަށުގައި އުޅޭ ނަލަރިވެތި ކުލަހުރި ބައިގެބޭ
އަލަނާސި ދަޅު ކަމުގައިހަދާ ދުއިސައްތަ ދަޅު ގެނުވައިފިއޭ
ދަނބުގޭ ގެނާ އަނބެކޭ ކިއާ ދުވެގޮސް އަމަހުގާ އަނގަޖަހާ
އަބުރެން އެސަބުރެއްނެތި އެމަހު ނޮޅިއާއި ތުންގަނޑު ބޮއިފިއޭ
މަތަނުވެވިގެން ގޮސްފައި އެތާ ކަތަކަ ވެގެން އައިސަގެ ޢަލީ
އަތަމާ ކިޔާ ތުންބަށް ލޯގަނޑަކު ތެޔޮ އެ އަޅައިފިއޭ
މީ ޒަންޖަބީލޭ އޭ މީ ސަލްސަބީލޭ މީ ކިޔާ
މީޒާން ތިލަފަތްކަމުހަދާ ހައިޖާނު ގަނޑު އެޅުވައިފިއޭ
މިގޮތަށް މިކަންކުރި މީހުނީ އަޙްމަދު ޢަލީ އާއި ޙަސަނުބޭ
ދެ ގޮތެއްނުވާ ޒައިތޫނި ތެޔޮ ވިހި އަޑުބަ ތެޔޮ ހޯދައިފިއޭ
ނިންމާލަނީ މިރިވާ މަގޭ ނިންޖެއްމިނެތި ހިނގުމުގެ ތެރޭން
ތިންމަސްދުހުގެ ޚަރަދާއި ޗުއްޓީއާއި ޕެންޝަން ދީފައޭ

Comments