ރަނގަޅު އާދަތައް ކުޑަކުދިންނަށް ދަސްކޮށްދިނުން
ކުޑަކުދިން ގެންގުޅޭ އާދަތަކުން އެ ކުދިން ތަރުބިއްޔަތު ކުރުމަށް މައިމީހާ ގެންގުޅޭ އުކުޅުތައް ވަރަށް ރަނގަޅަށް ހާމަވެ އެވެ. ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ބޭނުންވާނީ އެމީހުންގެ ދަރިންނަށް ރަނގަޅު އާދަތައް ދަސްކޮށްދިނުމަށެވެ. ނަމަވެސް މިކަން ކާމިޔާބުވާނީ ކުދިން ގެންގުޅެން ޖެހޭ ރަނގަޅު އާދަތަކަކީ ހަގީގަތުގައި ކޮބައިކަން ރަނގަޅަށް ދެނެގަނެވިގެންނެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. އެހެންކަމުން އެކުދިންގެ ގައިގައި ރަނގަޅު އާދަތައް ހަރުލައްވަން މަސައްކަތްކުރާ އިރު އެ ކުދިންނަކީ ވެސް ވަކި ފަރުދެއްކަމާއި އެކުދިން އަމިއްލަ އަށް ކުރަން ވެސް ބައެއް ކަންތައްތައް ދޫކުރަން ޖެހޭނެކަން ދަންނަންޖެހެ އެވެ.
ދަރިން ތަރުބިއްޔަތުކުރާ މީހުން އެ މީހުންގެ ދަރިންގެ ގައިގައި ރަނގަޅު އާދަތައް ހަރުލެއްވުމަށްޓަކައި އެކުދިން ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓެއް ތައްޔާރުކުރަން ޖެހެނީ މިސަބަބާ ހުރެ އެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ މީހުން އެއްބަސްވާ އާދަތަކެކެވެ. ކުދިން ބަސްއަހާ އުފާވެރި ކުދި ބަޔަކަށް ހެދުމަށްޓަކައި އެކުދިންނަށް ވެސް އެކުދިންކުރަން ކޮންމެހެން ޖެހޭ ކަންތައްތަކާއި ކުރަންނުޖެހޭ ކަންތައްތައް ވަރަށް ކުޑައިރުއްސުރެ އެނގިފައި އޮތުން މުހިއްމެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުދިންގެ ގައިގައި ރަނގަޅު އާދަތައް ހަރުލައްވަން މަސައްކަތް ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ބަސްއަހާ ކިޔަމަންތެރި އަދި އެކަނި ވެސް ކަންތައްތައް ކޮށްލަން ކެރޭ ހަރުދަނާ ކުއްޖަކަށް ދަރިފުޅު ހެދުމަށްޓަކަ އެވެ.
ކުދިންނަށް ރަނގަޅު އާދަތައް ދަސްކޮށްދޭން ފަށަން ޖެހޭނީ އެކުދިންގެ ވަރަށް ތުއްތު އުމުރުން ފެށިގެންނެވެ. ކުޑަކުދިންނެކޭ މޮޑެފައިވާ ފުށްގަނޑެކޭ އެއްގޮތެވެ. ބޭނުން ކޮންމެ ބައްޓަމަކަށް އެ ފުއްގަނޑު ގެނެވޭނެ އެވެ. އެގޮތަށް ކުދިން ވެސް ކުޑައިރު އެކުދިންނަށް ދަސްކޮށްދެވޭ ހަރުދަނާ ރަނގަޅު އާދަތަކަކީ އެކުދިންގެ މުޅި އުމުރަށް ވެސް އޭގެ ހެޔޮ ފައިދާކުރާނެ ކަންތައްތަކެކެވެ.
މަދުވެގެން ދެ ފަހަރު ދަތް އުނގުޅުން
ވަރަށް ގިނަ ކުދިން ކަންނެތްވެގެން ދަތް އުނގުޅަން އިންކާރުކުރެ އެވެ. ދަތްތަކުގެ ހަގީގީ އަގު ވަޒަންކުރެވޭނީ ދަތްތައް ނެތިގެން ދާ ފަހުންނޭ ބުނާ ހަރުބަހެއް އޮވެ އެވެ. އެ ބަހުގައި ބުނާ ގޮތަށް ދަތްތަކަކީ އެންމެ ގިނަ މީހުންނަށް އެންމެ އަޅާ ނުލެވޭ އެކައްޗެވެ. އެންމެ ކުޑައިރުއްސުރެ ކުދިންގެ ސިކުނޑި އަށް ދަތް އުނގުޅުމުގެ މުހިއްމުކަން ވިސްނާދޭށެވެ. ކެއުމާއި ނިދުން ފަދަ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތަކުގެ ތެރެއަށް ދުވާލު ދެ ފަހަރު ދަތް އުނގުޅުން ވެސް ހިމަނާށެވެ.
ނުގޮވަނީސް ހޭލަން ދަސްކޮށްދިނުން
ގިނަ މައިން ކޮންމެ ދުވަހަކު ހެނދުނު ދަރިން ހޭލައްވަނީ އެތައް ވަރަކަށް ގޮވައި އަދި އެވަރުން ނުވެގެން ދަމާހަލާ ނަގައިގެންނެވެ. މިއީ ހަގީގަތުގައި ރަނގަޅު ގޮތެއް ނޫނެވެ. މިގޮތަށް ކަންތައް ކުރާނަމަ ކުއްޖާ ކިތަންމެ ބޮޑުވިޔަސް އޭނާއަކަށް އަމިއްލައަށް ތެދުވާކަށް ދަހެއް ނުވާނެ އެވެ. އެ ކުއްޖާގެ ހަށިގަނޑު ވަކި ގަޑިއަކަށް ތެދުވާކަށް ނުހޭނޭނެ އެވެ. ނަތީޖާއަކަށް ވަނީ އޭނާ ބޮޑުވެގެން އަމިއްލަ ދިރިއުޅުމެއް އުޅޭއިރު ވެސް އަމިއްލަ އަށް ގަޑި އަށް ހޭލައިގެން ތަންތަނަށް ދިއުމަށް ދަތިވުމެވެ.
ކެއުމުގެ އަދަބުތައް
ކާމޭޒު ކައިރީގައި ކުދިން ތިބޭ ވަގުތު ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނާ ދޭތެރޭ ވެސް ކަންތައް ކުރާށެވެ. ކާ މޭޒުކައިރީގައި ރީތިކޮށް އިނދެގެން ކާން ދަސްކުރުމަކީ ކުޑަކުދިންނަށް ވަރަށް މުހިއްމު ކަމެކެވެ. ހެދުން ހަޑިވެދާނެތީ ނޫނީ އަވަސްކޮށްލަން ވެގެން ނޫނީ އަމިއްލަ އަތަށް ދިނީމަ ނުކާތީއޭ ކިޔާފައި މަންމަގެ އަތުން ކާން ދޭނަމަ ދުވަހަކު ވެސް ކުއްޖާއަކަށް އަތުން ކާކަށް ދަހެއް ނުވާނެ އެވެ. އަދި މިއީ ވަކި ވަރަކަށް ބޮޑުވުމުން ކުއްޖާ އަށް ކުރިމަތިވާނެ އިތުރު މައްސަލައަކަށް ވެސް ވާނެ އެވެ.
ކޮޓަރި ސާފުކުރުން
ކުދިންގެ ކޮޓަރި ސާފުކުރުމަކީ މަންމަގެ ޒިންމާއެއް ނޫނެވެ. އެކުދިން ހަޑިކުރާ ތަންތަން އެކުދިން އަމިއްލަ އަށް ސާފުކުރަން ޖެހޭނެ އެވެ. ހަފުތާއަކު އެއް ދުވަސް އެކުދިން އަމިއްލަ އަށް ކޮޓަރި ސާފުކޮށް އެއްޗެހި ތަރުތީބު ކުރަން ކަނޑައަޅާފައި ބާއްވާށެވެ. އަދި މި މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ވެސް ދިނުން ރަނގަޅެވެ.
ޕްލީޒް އަދި ޝުކުރިއްޔާ ބުނުން
ކުދިންނަށް މި ދެ ބަސް ބުނަން އާދަކޮށްދެވިއްޖެ ނަމަ ދުނިޔެ އުޅުމުގެ ވަރަށް ގިނަ ކަންތައްތައް އަބަދަށްޓަކައި ފަހިވެގެން ދާނެ އެވެ. "ޕްލީޒް" އަދި ތޭންކް ޔޫ" އަކީ ޖާދޫއެއް ކަހަލަ ދެ ބަހެވެ. މި ދެ ބަސް ބޭނުންކުރާ ކުދިންނަކީ ރަނގަޅު ކުދިންގެ ގޮތުގައި މީހުން ބަލައިގަނެ އެވެ. އަދި އެކުދިން ކުރަން ބޭނުންވާ ކަންތައްތައް މާ ބޮޑު އުނދަގުލެއް ނެތި ވަރަށް ގިނަ ފަހަރު ކުރެވޭނެ އެވެ.
ކުދިންނާ ޝެއާ ކުރުން
ޝެއާ ކުރުމަކީ މިހާރުގެ ކުދިންނަށް އެއްގޮތަކަށް ވެސް އުފަލެއް ލިބޭ ކަމަކަށް ނުވެ އެވެ. ހާއްސަކޮށް ކުއްޖާއަކީ އާއިލާގައި ހުރި ހަމައެކަނި ދަރިފުޅަށް ވެއްޖެނަމަ އޭނާ އަށް އެހެން ކުދިންނާ އެއްޗެހި ޝެއާކުރަން އެއްގޮތަކަށް ވެސް ނޭނގޭނެ އެވެ. މިކަހަލަ ގިނަ ކުދިންނަށް އަމިއްލަ ނަފްސާ ދޭތެރޭ ނޫނީ ވިސްނާކަށް ނޭނގެ އެވެ. އަދި ކުދިންނާ ގުޅިގެން އުޅޭކަށް ވެސް ނޭނގެ އެވެ. އެހެންކަމުން ތުއްތު އުމުރުން ފެށިގެން އެކުދިން ގެންގުޅޭ ކުޅޭ އެއްޗިއްސާއި ފޮތް ފަދަ ތަކެތި އާއިލާގައި ތިބި އެހެން ކުދިންނާއި ޝެއާ ކުރަން ދަސްކޮށްދޭން ޖެހެ އެވެ.
ފައިސާ އަށް ޒިންމާދާރު ކުރުވުން
ކުޑައިރުއްސުރެ ފައިސާގެ އަގު ވަޒަންކޮށްދީ ޒިންމާދާރު ކުރުވުމަކީ ވެސް ކުދިންގެ ތަރުބިއްޔަތުގެ ބައެކެވެ. ކުދިންނަށް ކުޑަކުޑަ މިންވަރެއް ނަމަވެސް ޕޮކެޓް މަނީއެއް ކަނޑައަޅާ ކޮންމެ މަހަކު ވެސް އެ ފައިސާ އެކުދިންނަށް ދީ އަދި އެކުދިން ބޭނުންވާ ކުދިކުދި އަމިއްލަ ޚަރަދުތައް އެ ފައިސާއިން ކުރަން ބާރު އެޅުން ރަނގަޅެވެ. އޭރުން އަމިއްލަ ދިރިއުޅުމެއް ފަށާއިރު ކުދިންނަށް ޒިންމާދާރު ގޮތެއްގައި ފައިސާ ބޭނުންކުރަން ދަސްވާނެ އެވެ.
ފައިދާހުރި ކާނާ ކާން ދަސްކޮށްދިނުން
ހުރިހާ ކުދިން ވެސް ޕިއްޒާ އާއި ބާގާ ކާހިތް ވާނެ އެވެ. ނަމަވެސް މިފަދަ ކާއެއްޗެހި އަބަދު ގަނެދީގެން ކުއްޖާ އެއަށް ދެވި ހިފިޔަ ނުދީ ވޭތޯ ބަލާށެވެ. ގޭގައި ކުދިންނަށް މީރު ކަހަލަ ކާ އެއްޗެހި އެކުދިންގެ ސިއްހަތަށް ރަނގަޅުވާނެ ކަހަލަ އެއްޗެހި އަޅައިގެން ތައްޔާރުކޮށްގެން ކާންދޭށެވެ.
މާގިނައިން ޓީވީ ބެލުން
ކުދިންނަށް ޓީވީ ބަލަން ވެސް ވަގުތު ދޭން ވާނެ އެވެ. ނަމަވެސް އެއީ ދުވާލަކު ގިނަވެގެން ދެތިން ގަޑިއިރެވެ. އަބަދު ޓީވީ ކައިރީގައި ވަގުތު ހޭދަކުރިޔަ ނުދޭށެވެ. ބޭރަށް ގޮވައިގެން ގޮސް ކޮންމެވެސް ކުޅިވަރެއް އެއްޗެއް ކުޅުވައިގެން އެކުދިން ފޫހިވާ ވަގުތު ފޫހި ފިލުވައިދޭށެވެ.
ޖެހޭހާ ތަނަކަށް ކުނި ނާޅާށެވެ.
ހުސް އުރަގަނޑެއް މަގުމައްޗަށް އެއްލާލަން ފުރަތަމަ ހުއްދަ ލިބޭ ވަގުތުން ފެށިގެން ކުއްޖާއަށް އެ ދެވެނީ ގޯސް މެސެޖެކެވެ. މުޖުތަމައުގައި ޒިންމާދާރު ކަމާއެކު އުޅެން ކުދިންނަށް ދަސްކޮށްދޭން ޖެހޭނެ އެވެ. މަގުމައްޗަށް ކުނި ނޭޅުމަށާއި ޑަސްބިން ފަދަ އެއްޗަކަށް ނޫނީ އަތުގައި އޮންނަ އުސް އުރަ ނުވަތަ ކަރުދާސްގަނޑު އެއްލާނުލުމަށް ކުދިންނަށް ދަސްކޮށްދޭށެވެ.
ގޭގެ މަސައްކަތްތަކުގައި އެހީތެރިވާން ދަސްކޮށްދިނުން
ކުދިންގެ އުމުރުން 7 އަހަރު ނުވަތަ 8 އަހަރު ވުމުން އެކުދިންނަށް ގޭގައި ކުރާ ކުދިކުދި މަސައްކަތުގައި އެހީތެރި ވެވޭނެ އެވެ. މިސާލަކަށް ކާ މޭޒުގައި ތަށިތައް އެތުރުން، ދޮވެފައި ހުންނަ ތަށިތައް ފޮހެދިނުން އަދި މި ނޫނަސް އެކުދިންގެ އުމުރާ ގުޅޭ ގޮތުން ކުރެވޭ ކަހަލަ މަސައްކަތް ކުދިންނާ ހަވާލުކުރަން ޖެހޭނެ އެވެ.
އެއްގަޑިއަކަށް ނިންދެވުން
ކޮންމެ ރެއަކުވެސް ކުދިން ނިދަންޖެހޭ ވަކި ގަޑިއެއް ކަނޑައަޅާ އެ ގަޑިއަކަށް ނިދާތޯ ޔަގީންކުރާށެވެ. ކުދިންގެ ދިރިއުޅުން ވަކި ގޮތަކަށް ބައްޓަން ކުރެވިއްޖެނަމަ އެކުދިން ބޮޑެތިވެގެން އަމިއްލަ ދިރިއުޅުމެއް ފަށާއިރު ވެސް މާ ބޮޑެތި އުނދަގޫތަކެއް ކުރިމައްޗެއް ނުވާނެ އެވެ.

Comments