އިހަވަންދޫއަށް ނެގައި އަންބަރުމަސް
މަޒީދުމަންއައުމަދާ
މިގެނެސް ދެނީ އިހަވަންދޫ އަށް ލަފާކުރެވޭގޮތުގައި 1968 ގައި ނެގައި ބޮޑު އަންބަރު މަހުގެ ވާހަކަ އެވެ. މިކަން ދަންނަ, ކަންހިނގިގޮތް އެނގޭ ހަނދާންހުރި ވަރަށް މަދު މީހެއް ނޫނީ ރަށުގައި މިހާރަކު ނެތެވެ. މިއަންބަރު މަހުގެ އަންބަރުން މުޅިރަށްވަނީ ތަނަވަސްވެފައެވެ. މިހާރު ނަމަ، ރަށުގެ ރައްޔިތުން މުއްސަނދިވާނެއެވެ.
މިގެނެސްދެނީ މިއަންބަރު މަހުގެ ހަނދާނުގައި މިރަށު ގުލްފާމްގެ އަބުދުﷲ މޫސާ ހައްދަވާފައިވާ ޅެމެކެވެ. އެޅެމުގެ ފުރަތަމަ ބާބު އެވެ. ޅެން ވިދާޅުވުމަށްފަހު ތިރީގައިވާ މަސައްކަ ފުރިހަމަކުރައްވާ ކޮމެންޓް ކުރައްވާށެވެ.
މަހެއް ބޮޑު ގެނެސް އިހަވަންދުއާ ހަމަކޮށްފިއޭ އަންބަރު
ލަހެނުވެ އޭގެ ފައިދާ ހޯދުމަށް ކޮށްފިއޭ ހިތްވަރު
ޙަބީބާދޯނިކޮޅު ޖެހުމާއެކީ މާކަނޑުތެރޭ ދެކިފާ
ޢަބީރާއެކު ގުޅީ ފަރިވާ ހަޒާރާ މީމަހާ ޝަމްސީރު
ޖަހާގެން ދަތުރުކޮށް ދުއްޕާނުގައި ބިރުވެރިކަމާއެކުގާ
މަހާގެން ދުއްވަނީ އޮޑިދޯތަކުގާ ގެންބަލައި ހުރިވަރު
މިފަސްދޯނި ކުދިންކޮޅު ހިތްމަތާއެކު ކޮށްލި މިންނަތުގާ'
މިމަސްޖާލޫ ކޮވެލި ފަޅުތެރެއަށޭ ގެނުވީ އެރޭ ދަންވަރު
ބަލާލަން އަންނަ ކުދިބޮޑު އެންމެނަށް ފެންނާނެހެން ވިސްނާ
ސަލާމަތި ކެނބުތަކާ ގުޅުވާ ލޮތާރިންކޮށްފިއޭ ހައްޔަރު
ރިޔަންކޮޅު ދިގުކަމާ ބަރުހެލިކަމާ ބުރަކަށް އެވާ މަހުގާ
ނިޔަތްގެން ވަޅިއަޅާ ފޫޅުން ފަޅާލީ ހޯދުމަށް އަންބަރު
ހެމުން ހިނިތުންވަމުން ވަރުވަރުގެ އަންބަރު މަހުތެރޭން ނަގަމުން
ވަމުންދާއިރު އުފާކުރަނީ ކަމާބެހިގެން އުޅޭ ލަޝްކަރު
ރުބާތައް ތެޔޮއަޅާ ފީފާތަކާ ކަންވާރުތައް ފުރުމުން
ނުބައިނުވިމަސް ކޮށާއެޅިއޭ ގެނެސްގެން ދޯނިތައް ވަރުވަރު
ނުނިމޭ ދެވަނަ ބަޔަކަށް އިންތިޒާރުކޮށްލަވާ...............
މަސައްކަތް:
1- ހަބީބާ، ޢަބީރާ، ފަރިވާ ، މީމަސް، ހަޒާރު، އަދި ޝަމްސީރާ މިއީ ކޮންބައެއްގެ ދޯނިތަކެއް؟
2- މިމަސްގެނައުމަށްޓަކައި މޫދަށް ފުންމާލާ ވާބެއްދީ ކާކު؟
3-

Comments