ފިލްމީ ތަރި މުއާޒް ކައިވެނިކޮށްފި
ފިލްމީ ތަރި އަބްދުﷲ މުއާޒް ކައިވެނި ކޮށްފިއެވެ. ކައިވެނީގެ ގޮތުން މުއާޒްއާ ގުޅި އޭނާގެ އަންބަކަށް ވެފައި ވަނީ ޝިޔާން (ޝާއްކޮ) އެވެ.
ކައިވެނީގެ ގޮތުން މުއާޒްއާ ގުޅުނު ޝިޔާންއަކީ މެގަމޯލްޑިވްސްގެ އެއާރ އެންޑް އެޑްމިންގ މެނޭޖަރުކަންވެސް ކޮށްފައިވާ ޒުވާން ކުއްޖެކެވެ. އަދި އެސްޓީއޯގެ މެނޭޖަރެއްގެ ވަޒީފާގައިވެސް ޝިޔާން އުޅެފައިވެއެވެ. ޝިޔާން ވަނީ ބިޒްނެސް މެނޭޖްމެންޓްގެ ރޮނގުން ލިމްކޮކް ޔުނިވާރސިޓީން މަތީތައުލީމް ޙާސިލް ކޮށްފައެވެ.
ފިލްމީ ދާއިރާގައި ފިލްމް ކުޅުމާއި ޓެކްނިކަލް މަސައްކަތް ކުރަމުން އަންނަ މުއާޒް ފަހަކަށް އައިސް ބޮޑެތި ބަޔެއް ފިލްމް ތަކުގެ މުހިންމު ރޯލު ތަކުންވެސް ދަނީ ފެންނަމުންނެވެ. މުއާޒްގެ ރޯލުތަކުން އާންމުންގެ ތާއީދު އޭނާ ދަނީ އެއްދުވަހުން އަނެއް ދުވަހަކަށް ހޯދަމުންނެވެ. މުއާޒްގެ މަސައްކަތް ބޮޑަށް އަމާޒު ކުރެވިފައި ވަނީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ އުފެއްދުން ތަކަށެވެ.

Comments