Skip to main content

Posts

Showing posts from September, 2012

ރަށްގޮވާއަޑު:

ގޭގޭދޮށުގައި ކުނި ފުނިޖެހިއްޖެ By Emma Reynolds އިންޖީނުގޭގެ 4 މުވައްޒަފުން ގޭގައި މަޑުކުރުމަށް އަޕަރު ނޯޓު ޔޫޓިލިޓީސް ލިމިޓެޑުން އެންގުމާއި ގުޅިގެން، އެކުންފުނިން ދެމުންގެންދާ ޚިދުމަތެއްކަމަށްވާ ކުނިއުކާލުމުގެ ނިޒާމަށް ، ބޮޑެތި ލޮޅުންތަކެއް އަރައި ، ކުނިބުނި ގޭގޭދޮށުގައި ފުނިޖެހިއްޖެއެވެ.  
މާތް ﷲ އީ ކޮންފަރާތެއް؟ މުހައްމަދު ޢަބުދުއްޞަމަދު އަހަރެންގެ އިސްލާމް މުދައްރިސާ ސުވާލުކުރީމެވެ. މުދައްރިސް ޖަވާބު ދެއްވި އެވެ. " އަހަރެމެން ހެއްދެވި ފަރާތެވެ. " އެހެން މުދައްރިސެއްގެ ގާތުގައި އެހީމެވެ. މުދައްރިސް ވިދާޅުވީ " މާތްﷲ އީ މިކާއިނާތުގެ ވެރި ރަސްކަލާނގެ އެވެ." އެހެން މުދައްރިސަކާ މިސުވާލުކުރީ މެވެ. އެމުދައްރިސް ވިދާޅުވިއެވެ. " މާތްﷲ އީ އަހަރެމެން އަޅުކަންކުރާ، އަހަރެމެންނަށް ރިޒުގުދެއްވާ، އެންމެހައި ފުރިހަމަ ސިފަފުޅުތަކާއި އިސްމުފުޅުތައް ލިބިވޮޑިގެންވާ ފަރާތެވެ." 

Sleeping Manners

ނިދުމުގެ އަދަބު މައުލޫމާތު: ގްރޭޑް 12 ގެ އިސްލާމްފޮތުން ނިދުމަކީ ، އިސްނާނުންނަށް ކޮންމެހެން ބޭނުން ކަމެކެވެ. ހަށިގަނޑަށް ހަމަޖެހުމާއި އަރާމު ގެނެސްދޭކަމެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރެއްވި އެވެ. " وَجَعَلْنَا نَوْمَكُمْ سُبَاتًا ﴿ ٩ ﴾( سورة النبإ) މާނައީ:  " އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ. "  ޢަބޫ ބަރަޒަތުލް އަސްލަމީގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ.  " ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އިޝާނަމާދަށްވުރެ ކުރިން ނިދުމާއި އިޝާގެ ފަހުން ވާހަކަދައްކަން ތިބުން ރުހިވަޑައި ނުގަންނަވައެވެ."  ބޭނުންތެރި ކަންކަމުގައި ރޭގަނޑު ހޭލާ އުޅުން ހުއްދަ އެވެ.      އެކި އިންސާނުންނަށް ރެއަކާއި ދުވާލު ނިދިބޭނުން ވާ މިންވަރު ތަފާތެެވެ. 

ރަށްގޮވާއަޑު

 އިންޖީނުގޭގެ 4 މުވައްޒަފުން ގޭގައި މަޑުކުރަން އެންގުން By Daniel Bosley   "އިންތިޒާރުން ލިބުނު އުފަލާ ރޯޝަނީ ހުވަފެންތަކާ،                    ވިންދުއޮޅި ހިތްހުއްޓިދާފަދަ ވޭނަކަށް ތާ އަދު މިވީ .  ހިތްއެދޭހައި ފެހިއުޖާލާ ވިދުވަރުން ވިދި ނޫރުތައް،                      ހިތްއެކަނިވެރިކަން އިތުރުވާ ރާގަކަށް ތާ އަދު މިވީ.  ދުންޔަވީ އުފަލާއި ވޭނާ، ދުންޔަވީ މަންޒރުތަކާ،                      ދުނިޔެއީ ހަމަ ދުނިޔެކަން ދައްކާ މިސާލަށްތާ މިވީ!"

Pakistan minister puts bounty on film-maker

The government of Pakistan has condemned a minister for his offer of a reward for the death of the US-based producer believed to be behind an anti-Islam video. Islamabad's distancing comes after Ghulam Ahmed Bilour, the federal railways minister, offered a $100,000 bounty for the death of the California-based maker of the video on Saturday. Bilour also invited members of the Taliban and al-Qaeda to take part in what he called a "noble deed". "I announce today that this blasphemer who has abused the holy prophet, if somebody will kill him, I will give that person a prize of $100,000," he said. Read more

ވަފާ ޤުރުއާން ކިލާހުގެ އުސްތާޛު ހައްޔަރުކޮށްފި

ވަފާ ޤުރުއާން ކިލާހުގެ އުސްތާޛު ހައްޔަރުކޮށްފި ހަލީޤު؛ ފޭސްބުކު ވޯލްފޮޓޯ އިހަވަންދޫ ވަފާ ޤުރުއާން ކުލާހުގައި ޤުރުއާން ކިޔަވައިދެއްވާ އުސްތާޛު އަލްޤާރީ، އަލްހާފިޒް ސައްޔިދު ޙަލީޤުއްރަޙުމާން ،  ޕާކިސްތާނީ ކުޑަ ދެ އަންހެން ކުދިންނާ ބަދުއަހުލާޤީ ޢަމަލު އިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.   އުސްތާޛު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. ވަފާ ޤުރުއާން ކުލާހުގައި މި އުސްތާޛު ކިޔަވައިދެއްވާތާ މިއީ 7 ވަނަ އަހަރެވެ.  ހަލީޤުއްރަހުމާނަކީ ފާއިތުވި 6 އަހަރު އިހަވަންދޫގައި ހިފުސްކޮށް ތަރާވީސްކޮށް، އިމާމުވެ ނަމާދު ކުރާ މީހެކެވެ. އުސްތާޛު ބަދުއަޚުލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކޮށްފައިވަނީ އުމުރުން 13 އަހަރާއި 16 އަހަރުގެ ދެކުދިންނާއެވެ.  މިމައްސަލަ މިހާރު އަންނަނީ ފުލުންނާއި ، ހއ، އަތޮޅު ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުން ތަހުގީގު ކުރަމުންނެވެ. 
މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން ފޮޓޯ: މުހައްމަދު ޢަބުދުއްޞަމަދު

ހިތުގައި އެފަރާތެއްގެ ހަނދާން ނުފިލާހުރި

ފާރިސީ ބަހުން ތަރުޖަމާކުރީ:   ޒައިދީ ވައަތް   މަތީ ކަނާއަތް ބާއްވައިގެން ، ދޮން ނުވާއިރުގެ ރަތްނުވާ އަވިން ފެންވަރަމުން، ދޮންކަނބުލޮ އިނީ އަހަރެން ފަތާ މަންޒަރު ދެކެން، ރަށުގެ އެއްގަމު ތޮށި ސިޑިމަތީ ގައެވެ. ފަޒާގެ ގަދަނުލުގެ ރިފްލެކްޝަން ވަނީ އިރުގެ ސާފު ދޯދިން ފަޅުތެރެއަށް ފޭދިފައެވެ. ބިއްލޫރިގަނޑެއްހާ ސާފު މޫދުގައި ފެތުރިފައިވަނީ އެހާމެ ސާފު ރީތި ނޫކުލައެވެ.

ޖީއެމްއާރުގެ މައްސަލާގައި ކުރިން ކީ ލަވަ ބަދަލުވުމުގެ ސިއްރަކީ

ޖީއެމްއާރަށް މާލޭގެ މައި ދޮރާށި ވިއްކާލީ ވަރަށް ބޮޑު ކޮރަޕްޓް ޑީލަކުންކަމަށް ބުނެ ތިމަންނާމެނަށް ވެރިކަން ލިބޭ ދުވަހަކުން ޖީއެމްއާރާއި އެކު ހަދާފައިވާ ޑީލް ރިވާސްކުރާނެކަމަށް ކުރީގެ އިދިކޮޅު ފަރާތްތަކުން އޭރު ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ޖީއެމްއާރަކީ އިންޑިޔާ ސަރުކާރު ކަމާއި، އިންޑިޔާ ސަރުކާރާއި ކުޅުމަކީ ދިވެހި ސަރުކާރަށްވެސް ފަސޭހަކަމަކަށް ނުވާނެކަމަށް އޭރުވެސް ގިނަބަޔަކު ގަބޫލުކުރަމުންދިޔައެވެ. ކަންދިމާކުރިގޮތުން ނަޝީދުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަނުވަނީސް އެއްކަލަ އިދިކޮޅު އެންމެންނަށް ސަރުކާރު މިއޮތީ ލިބިފައެވެ.  ހަމަ ހިތަކަށް ލިބިފައެވެ. އެހެންކަމުން 5 އަހަރު ހަމަވުމުގެ މާކުރިން ވެރިކަން ލިބުމުން އެއާޕޯޓް ހޯދުމަށް ފަސޭހަވާނެކަމަށް ބަލަންޖެހެއެވެ.

"ވެލްކަނިކް ތިއަރީ" ދިވެހިރާއްޖެ އުފެދުން

  މުޙައްމަދު އިމްރާން/ ސަމާމަންޒިލް / ހއ.އިހަވަންދޫ ދިވެހިރާއްޖެ އުފެދުނު ގޮތާބެހޭގޮތުން މިހާތަނަށް ހާމަވެފައިވާ އެންމެ، ވަރުގަދަ އަދި އެންމެ ބާރުގަދަ ނަޒަރިއްޔާތަކީ، "ވެލްކަނިކް ތިއަރީ" (އަލިފާން ފަރުބަދައިގެ ނަޒަރިއްޔާތު) އެވެ. މިނަޒަރިއްޔާތުގެ ފެށުން ފަށަން ޖެހެނީ ވަރަށް ދުރުންނެވެ. އެހެނީ، ދިވެހި ރާއްޖެ އުފެދުމަށް މަގުފަހިވި އަދި ބާރުދިން ނަޒަރިއްޔާތު ކަމަށްވާ "ވެލްކަނިކް ތިއަރީ"ގެ މައިބަދަ ކަމުގައި އަލިފާން ފަރުބަދަތަށް އުފެދުނީ ކިހިނެއްކަން ބަލައިލަން ޖެހެއެވެ.

ގަން އެއަރޕޯޓް މައްސަލަ- ގާސިމް ހިތައެއް ނުވޭ

  ހަމައެކަނި ސިޔާސީ ބޭނުމަށް ތަރައްގީގެކަންކަން ނެގުމުގެ ވިސްނުން ސިޔާސީ މީހުން ވެސް އަދި ސަރުކާރުން ވެސް ދޫކޮށްލަންވެއްޖެ އެވެ.އިހުލާސްތެރިކަމާ އެކުރައްޔިތުނަށް ހިދުމަތް ކޮށްދޭން ބޭނުންވާ ނަމަ އައްޑޫ ރައްޔިތުންނަށްގަން އެއާޕޯޓް ތަރައްގީކޮށް ދޭށެވެ.ރައްޔިތުން ތިބީ އެކަމަށް ކެތްމަދުވެފަ އެވެ ގަން އިންޓްނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ޗަމްޕާގެ މަސްލަހަތު ހިމެނޭ ކުންފުންޏަކުން ޕްރޮޕޯސްކުރުމުން، އެކަން ވިޔަނުދޭން ގާސިމް އިބްރާހިމް މަސައްކަތްކުރާ ވާހަކަ މީގެ ކުރީގެ ލިޔުމެއްގައި އަޅުގަނޑުމެން ކިޔުންތެރިންގެ ސަމާލުކަމަށް ގެނެސްދިނީމެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެކަންތައްގަނޑު މީޑިޔާއަށް ތިލަވުމުގެ ސަބަބުން އެއީ ހަގީގީ ވާހަކައެއްކަން އާއްމުންނަށްވެސް މިހާރު ވަނީ އެނގިފައެވެ.

How To Plan The Perfect Coup: Lessons From Fiji And The Maldives

  Mohamed Nasheed Former President of the Republic of Maldives In 2006, in the Pacific island nation of Fiji, troops overran the capital city, threatened the Prime Minister, forced his resignation, placed him under house arrest, imposed censorship on the media, and the coup leader, in the form of the head of the army, went on television to declare himself the new ruler of the country.

އިހަވަންދޫ ޒުވާނުންގެ މަރުކަޒެއްގެ ފޮނިހުވަފެން

މިނިސްޓަރ އޮފް ސްޓޭޓް ފޯ ޔޫތް އެންޑް ސްޕޯޓްސް މުހައްމަދު ޣައްސާން މައުމޫން އިހަވަންދޫގެ ޒުވާނުންނާއި ބައްދަލުކޮށް ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެމީހުންގެ ޝިކާޔަތުގެ އަޑު ވަރަށް ކެތްތެރިކަމާއެކު ވަރަށް ގާތުން އަޑު އައްސަވައިފިއެވެ. މިބައްދަލުވުން އޮތީ 7 ސެޕްޓެމްބަރ 2012 ވީ ހުކުރުވިލޭރޭ   9:30އެހާއިރު އިހަވަންދޫ މަދަރުސާގެ އޯޑިއޯ ވިޝުއަލް ރޫމް ގައެވެ. މިބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ އޮފިޝަލުންނާއި އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ މުހައްމަދު އިބްރާހީމާއި ، އެކައުންސިލްގެ މެންބަރު މުހައްމަދު ސިރާޖް ބައިވެރިވިއެވެ.

މަކުނުވާ – ގުދުރަތުގެ ހައިރާން ކުރުވަނިވި އެއް އަޖާއިބު

ޕްރޮފެސާ ހަސަން އުގެއިލް   ދުނިޔޭގައިވާ ތަފާތު އެކި ވައްތަރުގެ ދިރޭތަކެތީގެ ތެރެއިން ފައިދިގު މަކުނަކީ ވަރަށް ވެސް އަޖާއިބު ކުރުވަނިވި އެއްޗެކެވެ. ފައިދިގު މަކުނުގެ އާއިލާގެ އެކި ވައްތަރުތައް ދުނިޔޭގައި އުޅޭތާ ހަތަރު މިލިއަނަށް ވުރެ ގިނަ އަހަރު ވެފައިވާ ކަމަށް ލަފާކުރެވޭއިރު، މި އާއިލާތައް ވަނީ ދުނިޔޭގެ އެކި ބައްރުތަކަށް ފެތުރިފަ އެވެ. މިގޮތުން ފައިދިގުމަކުނުގެ އާއިލާގެ ސާޅީސްހާސް ވައްތަރު މިހާތަނަށް ސައިންވެރިން ވަނީ ހޯދާފަ އެވެ .
"އަހަރެމެން މިރަށަށް އައީ ނިކަން ބޮޑު ޖަލްސާއެއް ބާއްވަން. ނަމަވެސް ޖަލްސާގައި މިތިބީ ވިއްސަކަށް ތިރީހަކަށް މީހުން. 350 މެންބަރުން ތިބިކަމަށް ވަނީ" ޕީޕީއެމްގެ. ކައުންސިލް މެންބަރު ވަރަށް ދެރަވެފައި ބުންޏެވެ. ބޮޑުޖަލްސާ ބޭއްވުމަށް ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގ މަޖިލީހުގެ 4 މެންބަރުންވެސް ރަށަށް ދުރުވިއެވެ. އެތަކެއް ކައުންސިލް މެންބަރުންވެސް މެއެވެ. ޖައުސާ ޖައުފަރެވެ. ކެލާ ހަސަން ވަޙީދެވެ. ވަރަށްބޮޑު ޓީމެކެވެ. ޓީމަށް މަރުހަބާ ދެންނެވުމަށް ހަވީރު 530 ހަށް ބަނަދަރަށް ދިއުމަށާއި، ހުކުރުދުވަހުގެ ރޭ 830 ގައި މިޖަލްސާ އޮންނާނެ ވާހަކަ ޕީޕީއެމްގެ އޮފީހުން އިޢުލާން ކުރަމުން ދިޔައެވެ. މިރާޒް ފާރޫޣްގެ ހިތްގައިމު އަޑުންނެވެ. މަށެއް ނާހަމެވެ.

މާތްﷲގެ ހެއްދެވުންތަކާއި އިންސާނާގެ ސިކުނޑި

  ލިޔުނީ: އަލްއަޙް މުހައްމަދު ޢަބުއްޞަމަދު ގާސިމް  މިދުނިޔޭއާއި ދުނިޔޭގައި ވާހާއެއްޗެއް ހެއްދެވީ މާތްﷲ ސުބުހާނަހޫ ވަތަޢާލާއެވެ. އަހަރެންމެން އިންސާނުންވެސް ހިމެނޭގޮތުންނެވެ. އަހަރެންމެ ދިރިދެމި އުޅެނީ އެކަނލާގެ ހެއްދެވިތަކެތީގެ ތެރޭގައެވެ. ބަރުދަނެއްނެތް ބައި-ނިއުކުލިއަރ އުންސުރުތަކާއި ، ބިޔަބޮޑެތި މަޑިކިލަނބުތަކެވެ. ލޮލަށް ނުފެންނަ ކުދިކުދި ޒައްރާތަކާއި ވަރުހެސަ ބޮޑެތި މަސްމަހެވެ. ތަރިތަކުގެ އެތެރޭގައިވާ ހޫނުގަދަ އޮޅަ އަލިފާނާއި، އިންތިހާއަށް ފިނި ކަނުއަނދިރި ފަޒާ އެވެ. އަހަރެމެންނަށް ފެންނަތަނާއި ، ނުފެންނަ ތަނެވެ. އަހަރެމެންނަށް އިހުސާސްވާ ހިސާބާއި އިހުސާސް ނުވާ، ނުފެންނަ ހިސާބެވެ. މިހުރިހާ ކަންތަކާއި ތަންތަނާއި ތަކެއްޗަކީ ހުރިހާ ކަމެއްގެ ފުރިހަމަކަމާއި ބާރާއި އިހުތިޔާރުގެ ވެރިފަރާތް މާތްﷲ ސުބުހާނަހޫ ވަތަޢާލާ ވޮޑިގެންވާކަމުގެ ނިޝާންތަކެވެ. މިކާއިނާތުގައި މާތްﷲ ސުބުހާނަހޫ ވަތަޢާލާ ހެއްދެހިހާތަކެއްޗެއްވަނީ އެކަތިކަތި އެނެއްކައްޗަށް ގުޅިލާމެހި ފައެވެ. އެތަކެއްޗަށް މާތްﷲ ޙަވާލުކުރައްވާފައިވާ މަސައްކަތް އެތަކެތި ފުރިހަމަކުރަމުންދަނީ ތެދުވެރިކަމާއި ޞުލްޙަވެރިކަމ...