އިންޖީނުގޭގެ 4 މުވައްޒަފުން ގޭގައި މަޑުކުރަން އެންގުން
"އިންތިޒާރުން ލިބުނު އުފަލާ ރޯޝަނީ ހުވަފެންތަކާ،
ވިންދުއޮޅި ހިތްހުއްޓިދާފަދަ ވޭނަކަށް ތާ އަދު މިވީ .
ހިތްއެދޭހައި ފެހިއުޖާލާ ވިދުވަރުން ވިދި ނޫރުތައް،
ހިތްއެކަނިވެރިކަން އިތުރުވާ ރާގަކަށް ތާ އަދު މިވީ.
ދުންޔަވީ އުފަލާއި ވޭނާ، ދުންޔަވީ މަންޒރުތަކާ،
ދުނިޔެއީ ހަމަ ދުނިޔެކަން ދައްކާ މިސާލަށްތާ މިވީ!"
"ޝައްކެއް ވަސްވާހެއް ނެތެވެ. އޮޅުމެއް ބޮޅުމެއް ނުވެއެވެ. ވިސްނުމުގެ ނަޒަރެއް ހިންގާލި ކޮންމެ ރޮނގަކުން، ހަނދާނުގެ ވައުފަށަށް ދެވޭ ކޮންމެ ދުލަކުން، ހިތުގެ ލޯމައްޗަށް ހުށަހެޅޭން ފަށަނީ ، " ދުނިޔެއީ ހަމަ ދުނިޔެކަން" ޔަގީންކޮށްދޭ މަންޒަރުތަކެވެ." ސިޔާސީ ފުރައްސާރައިގެ ތަގައްޔަރު އަމަލުތަކުން، "ސިކުނޑީގެ އިދާރާއިން، ހަނދާނުގެ ތަނަވަސް މައިދާނަަށް އޮހިގަންނަނީ ، " ދުނިޔަވީ އުހަލާއި، ދުންޔަވީ މަންޒަރުތަކުގެ" ދޯދިޔާކަމާއި، ހަރުދަނާކަން ނެތްކަމުގެ ހެކިތަކެވެ.
" ވިސްނި ވިސްނިހެން، ހިތުގެ ހާސްކަންދަނީ އިތުރުވަމުންނެވެ. "
"ސިކުނޑިޔާއި ހިތުގެ ގުޅުވާ ވާފަށަށް ދުޖެއްސިޔަސް އަމުދުން،
ފިކުރުތައް އޮޅިނުގޮސް، ބޮއްސުންނުލާފަހެ ގެންދެވޭނޭ .."
ހަމަ އެއްވެސް ގޮތެއް ނުފެނެއެވެ. ...... ހިތާމައިގެ މައްޗަށް ހިތާމައެވެ. ނުތަނަވަސް ކަމުގެ މައްޗަށް ނުތަނަވަސް ކަމެވެ. ހިތަށް ގެންނާކަށް ފަސޭހައެއް ނޫނެވެ. ގަލަމަކުން ޖުމުލަތަކެއްގެ ސިފާގައި ، އަތުރާލަން، އަދި އެއަށްވުރެން މާ އުނދަގޫމެއެވެ.
" އޯގާތެރި ކަމެއްނެތް ހިތްތަކެއްގެ އެދުމަށް އިންޖީނުގެއިން ވަކިކުރަން ނޯޓިސް ދިނީ ކޮންބަޔަކަށްތޯ އެވެ. ތަނުގެ އެންމެ އިޚްލާޞްތެރި ތެދުވެރި އެންމެ ބުރަ މަސައްކަތްތެރިންނަށެވެ. އަލީމެވެ. މަފާޒެވެ. ދޮންމަނިކެ އެވެ. ޝާޙިދެވެ. ހިތްވަރު ގަދަ ކުރާށެވެ. ތަގުދީރުގައި އަތްއެޅޭނެ ފަރާތެއް މިދުނިޔަކު ނުވެއެވެ. މީހެއްގެ ރިޒުޤް ބަންދުކުރެވޭނެ އަނިޔާވެރި ޖައްބާރެއްވެސް މިއުޑުތަށަކުނުވެއެވެ. "
ހުޅުވިފައިވަނީ ކުރިމަތިން އެތައް ދޮރެކެވެ. ކުރިމަތިން ބަންދުވި އެންމެ މަގެއްވެސް ނެތެވެ. ކެތްކުރައްވާށެވެ. ތިޔަ ކުރިމަތިވީ "އަނިޔާވެރިކަމެއްގެ" އަނިޔާވެރި އަމަލެކެވެ. ނަމަވެސް އެތައް ބަޔެއްގެ ހެޔޮ އެދުމާއި އޯގާވެރިކަމާއި ހެޔޮއެދުން ތިޔަ އަޚުންނާއެކުގައި ވެއެވެ.
"ހިތުގެ އަހުގައި ހަންމުށިންއެޅުމުން، އިންތިޒާރުގެ ކޮންމެ އުހަލެއް ފެންނާނީ ، ރޯޝަނީ ހުވަފެންތަކެއްގެ ސިފައިގައެވެ. "
އަނިޔާވެރިންނަށް ގެއްލުމާ ހަލާކުހުއްޓެވެ. އެމީހުން ހަލާކުވާނީ އެމީހުންގެ ހިތުތެރޭގައި އަނދާގިނިން ނޭވާ ހާސްވެގެންނެވެ.

Comments