Skip to main content

"ވެލްކަނިކް ތިއަރީ" ދިވެހިރާއްޖެ އުފެދުން

 
މުޙައްމަދު އިމްރާން/ ސަމާމަންޒިލް / ހއ.އިހަވަންދޫ

ދިވެހިރާއްޖެ އުފެދުނު ގޮތާބެހޭގޮތުން މިހާތަނަށް ހާމަވެފައިވާ އެންމެ، ވަރުގަދަ އަދި އެންމެ ބާރުގަދަ ނަޒަރިއްޔާތަކީ، "ވެލްކަނިކް ތިއަރީ" (އަލިފާން ފަރުބަދައިގެ ނަޒަރިއްޔާތު) އެވެ. މިނަޒަރިއްޔާތުގެ ފެށުން ފަށަން ޖެހެނީ ވަރަށް ދުރުންނެވެ. އެހެނީ، ދިވެހި ރާއްޖެ އުފެދުމަށް މަގުފަހިވި އަދި ބާރުދިން ނަޒަރިއްޔާތު ކަމަށްވާ "ވެލްކަނިކް ތިއަރީ"ގެ މައިބަދަ ކަމުގައި އަލިފާން ފަރުބަދަތަށް އުފެދުނީ ކިހިނެއްކަން ބަލައިލަން ޖެހެއެވެ.


ދިވެހިރާއްޖެއަކީ، 1190 އަށްވުރެ ގިނަރަށްތަކުން އުފެދިފައިވާ ޖަޒީރާ ޤައުމެކެވެ. މިނަޒަރިއްޔާތު ބަޔާންކުރާ ހަމައެކަނި ޤައުމަކީ، ދިވެހިރާއްޖެ ކަމުގައި ނުވެއެވެ. ދިވެހިރާއްޖެ ނޫނަސް ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ އެތަކެއް ޤައުމުތަކެއް ވެއެވެ. އޭގެތެރޭގައި އެންމެ ކައިރިން ލަކްޝަދީބް (ލަކަޑިވްސް) އަދި މަލިކު އަތޮޅު (މިނިކޯއީ އައިލެންޑްސް) ހިމެނެއެވެ.


"ވެލްކަނިކް ތިއަރީ"، މިނަޒަރިއްޔާތުގެ މަންމަ ކަމުގައިވާ، "ޕުލޭޓް ޓެކްޓޯނިކް ތިއަރީއަށް ބަލައިނުލާ، މަޙަލްދީބިއްޔާ (ދިވެހިރާއްޖެ) އުފެދުނުގޮތުގެ މައްޗަށް ބަލައިލުމުން އޮޅުންތަކެއް އަރާނެއެވެ. އަދި ސުވާލުތަކެއް އުފެދޭނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ބަލައިލާނީ "ޕުލޭޓް ޓެކްޓޯނިކް ތިއަރީ" ނުވަތަ "ދުނިޔޭގެ ބައްރުތަށް އުފެދުނުގޮތުގެ ނަޒަރިއްޔާ" ގެ މައްޗަށެވެ.


1912 ވަނަ އަހަރު ޖަރުމަނުގެ މީޓިރިއޮލޮޖިސްޓެއް ކަމަށްވާ "އަލްފްރެޑް ވިޖިނާ" އޭނާގެ ކޮންޓިނެންޓަލް ޑްރާފްޓް ތިއަރީ ހާމަކުރިއެވެ. ނަމަވެސް އޭރުގައި ގިނަބަޔަކު އެއީ، ޤަބޫލުނުކުރެވޭ މޮޔަ ތިއަރީއެއް ކަމުގައި ބެލިއެވެ. އެއީ މީގެ 200 އެތަށް މިލިޔަން އަހަރެއް ކުރިއެވެ. މިނަޒަރިއްޔާތު ފެށެނީ އެހާ ހިސާބުންނެވެ. މިނަޒަރިއްޔާތުގެ ފެށުމަކީ، "ޕެންޖިޔާ" އޭ ކިޔުނު އެއްބައްރަށް ހިކިފައިވާ ބޮޑު ރަށެކެވެ. މިރަށް އުފެދުނީ، ބިގްބޭންގ (ބޮޑުގޮވުން) ގެ ސަބަބުން ދުނިޔެ އުފެދުނު އުފެދުމުގައެވެ.


އެއްބައްރަށް ހިކިފައިވާ މިޤަޢުމުތަކުގެ ދަށުގައިވަނީ، ދިޔާ، ވިރިކެކޭ އަލިފާނެވެ. އެއީ ދުނިޔޭގެ ދެވަނަ ފަށަލަ ކަމުގައިވާ މެންޓަލް އެވެ. ދުނިޔެ އުފެދިފައިވަނީ މައިގަނޑު ހަތަރު ފަށަލައަކަށެވެ. އެއީ، ކުރަސްޓް(ދުނިޔޭގެ އެންމެ ބޭރު ފަށަލަ)، މެންޓަލް ( ދިޔާ އަލިފާނުން އުފެދިފައިވާ ދުނިޔޭގެ ދެވަނަ ފަށަލަ)، އައުޓާރ ކޯރ ( ގަނޑު އަލިފާނުން އުފެދިފައިވާ ދުނިޔޭގެ އެތެރޭގެ ތިންވަނަ ފަށަލަ)، އަދި ދުނިޔޭގެ އެންމެ އަޑީ ފަށަލަ ކަމުގައިވާ އިނާކޯރގެ (މައުދަނީ، ގަނޑު އަލިފާން ގަނޑަކުން އުފެދިފައިވާ އެންމެ އަޑީ ފަށަލަ) މައްޗަށެވެ.


އެންމެ ފުރަތަމަ މިނަޒަރިއްޔާތުގެ ތެދުކަން ޤަބޫލުކުރެވޭ އެއް ހެއްކަކީ، ކޮންޓިނެންޓްތަށް ޕަޒަލްއެއްގޮތަށް އަތުރާލެވޭ އަތުރާލުމެވެ. ކޮންޓިނެންޓްތަށް އެއްކޮންޓިނެންޓް އަނެއް ކޮންޓިނެންޓާޖައްސާލުމުން ރީތިކޮށް ޕަޒަލްއެއްގެ ގޮތުގައި އަތުރާލެވޭނެއެވެ.މިނަޒަރިއްޔާތަށް ބާރުދޭ ދެވަނަ ޕޮއިންޓަކީ، އެމެރިކާ އާއި އެފްރިކާ މިހާރުވެސް ދުރަށް ޖެހެމުންދާ ދުރަށް ޖެހުމެވެ. އަދި އޮސްޓްރޭލިޔާ އާއި ނިއުޒިލެންޑް އެއްޤައުމު އަނެއް ޤައުމަށް އެއްއަހަރުން އަނެއް އަހަރަށް ކުޑަކުޑަ މިލިމީޓަރަކަށް ނަމަވެސް ގާތްވެލާ ގާތްވެލުމެވެ. ތިންވަނަ ޕޮއިންޓަކީ، އެއްޤައުމު އަނެއް ޤައުމުން ފެނިފައިވާ ފޮސިލްސްގެ (ވީރާނާވެ ގޮސްފައިވާ ޖަނަވާރާ، ގަސްގަހާ ގެހީގެ ބައިތަކުން އުފެދިފައިވާ މައުދަން) ބައިތަކެވެ.


ކޮންމެ އަކަސް ނަޒަރިއްޔާތުގެ ތެރެއަށް ބަލައިލާ އިރު އެންމެ ފުރަތަމަ ދުނިޔޭގައި އޮތް ޕެންޖިޔާ އަކީ، ދުނިޔޭގެ މިހާރު ވަކިކޮށް ބައިރާ އެންމެ ބޮޑެތި ބައްރުތައް (ކޮންޓިނެންޓްތައް) އެކުވެގެން އުފެދިފައިވާ މައި ބައްރެކެވެ.ދުނިޔޭގެ ބައްރުތަކުގެ ތެރެއިން އެންމެ ޤައުމެއް އެކުލެވޭ ބައްރަކީ، އޮސްޓްރޭލިއާއެވެ. އޮސްޓްރޭލިއާ ދަތުރުކޮށްފައިވަނީ ދުނިޔޭގެ އިރުމައްޗަށެވެ. ނަމަވެސް އެއީ އެހާ ބާރަކަށް ނޫނެވެ. އޮސްޓްރޭލިއާގެ ހުޅަނގުން އޮތް މިހާރުގެ އެފުރިކާއިން ތަންގަނޑެއް ވަކިވިއެވެ. މިއީ މިހާރުގެ އިންޑިޔާއެވެ. އަދި އެފުރިކާގެ އިރުން ވަރަށް ބޮޑުބައެއް، ވަކިވިއެވެ. އެއީ މިހާރުގެ އެމެރިކާބައްރެވެ.


މިހުރިހާ ބައިތަކުގެ ތެރެއިން އެންމެ ބާރަށް އަދި އެންމެ ހަލުއި މިނުގައި ދަތުރު ކޮށްފައިވަނީ އިންޑިޔާއެވެ. އިންޑިޔާ ދަތުރުކޮށްފައި ދިޔައީ، ދުނިޔޭގެ އިރުއުތުރަށް ވާގޮތަށެވެ. 150 މިލިޔަން އަހަރުކުރިއަށް ނަޒަރު ހިންގާލާއިރު، މިހުރިހާ ބައިތަކެއް ވަކިވެ، މިހާރު ދުނިޔޭގެ ބައްރުތައް ވަކިކޮށްފައިވާ ސިފަ ޖެހިފައިވާކަން އެނގޭނެއެވެ.


އިންޑިޔާގެ ދަތުރުކުރުމަކީ، ދިވެހިރާއްޖެ އުފެދުމާ އެންމެ ގުޅުން ބޮޑު ދަތުރުކުރުމެވެ. ހަލުއިދުވެއްޔެއްގައި އިންޑިޔާ ދަތުރުކުރަމުން ދިޔައީ، ދުނިޔޭގެ އިރު އުތުރަށް ވާގޮތަށް ކާރވެއްގެ ބައްޓަމަށެވެ. މިދަތުރުކުރަމުން ދިޔަ ދިޔުމުގައި އިންޑިޔާގެ ހުޅަނގު ކައިރިން ކުޑަކުޑަ ތަންކޮޅެއް ވަކިވިއެވެ. އެއީ މިހާރުގެ މަޑަގަސްކަރަ އޭ މިކިޔާ ޤައުމެވެ.


އިނޑިޔާ ދަތުރުކުރަމުން ދިޔަދިއުން ބާރުވުމުގެ ސަބަބުން އިންޑިޔާގެ ބައެއް ބައިތަށް އިންޑިޔާ ދަތުރުކޮށްފައި ދިޔަ މަގުގައި ހަރުލާ ފަރުބަދަތަކެއްގެ ގޮތުގައި ކޮޅަށް ޖެހިފައި ހުއްޓެވެ. އެގޮތުން އެފަރުބަދަތައް ހުރިތަންތަން މިހާރު ފާހަގަކޮށްލެވިފައިވަނީ، ސީޝެލް، (ލަކުޝަދީބު) ލަކަޑިވުސް، (މަލިކު އަތޮޅު) މިނިކޯއީ އައިލެންޑުސް، (ދިވެހިރާއްޖެ) މޯލްޑިވުސް މިތަންތަނުގެ ގޮތުގައެވެ. ނަމަވެސް މިތަންތަނުގައި އޭރު ހުރިކަމުގައި ވަނީ ހަމައެކަނި ފަރުބަދަތަކެކެވެ. އެއީ އިންޑިޔާ ދަތުރުކޮށްފައި ދިޔަ ބާރުމިނުގައި، އިންޑިޔާއިން ވަކިވި ބައިތަކެކެވެ.


އިންޑިޔާ ދަތުރުކުރަމުންދިޔަ ދިޔުމުގައި އިންޑިޔާގެ ދެކުނުން ބައެއް ދުވެލިމަޑުޖެހުނެވެ. ނަމަވެސް މުޅި އިންޑިޔާގެ ދުވެލި މަޑުނުޖެހޭތީ އިންޑިޔާއިން ތަންގަޑެއް ވަކިވިއެވެ. އެތަންގަނޑަށް މިހާރުގެ ސުރީލަންކާ (އޮޅުދޫކަރަ) އޭ ކިޔައެވެ. ކުރިން މިޤައުމަށް ނަންދީފައިވަނީ ސިލޯނުގެ ނަމުންނެވެ.


އިންޑިޔާ ދަތުރުކުރަމުންދިޔަ ދިޔުން މަޑުނުޖެހި ގޮސް ލަގުވީ މިހާރުގެ ނޭޕާލް، ޗައިނާ (ސީނުކަރަ)، ރަޝިޔާ (ރޫސީވިލާތް) މިޤައުމުތަކާއެވެ. އިންޑިޔާގެ ދުވެލި މިހާހިސާބުން މަޑުޖެހުނެވެ. ނަމަވެސް ދަތުރުކޮށްފައި އައި އައުން ބާރުކަމުން ދެބައްރު ޖެހި ދެބައްރުން ބައިތަކެއް ފައްޖެހުނެވެ. އަދި މިކަމުގެ ސަބަބުން ހިމާލޭޔާ ފަރުބަދަ ޗޭން އުފެދުނެވެ. މިފަރުބަދަ ޗޭނުގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ މައުންޓް އެވަރެސްޓް ހިމެނެއެވެ.


މިހާހިސާބުން މިއޮތީ ދިވެހިރާއްޖެ އުފެދެން މެދުވެރިވި ފަރުބަދަތަކައި ހަމައަށް އާދެވިފައެވެ. އެއްވެސް ހާލެއްގައި އެއީ މިބުނާ ހިމާލޭޔާ ފަރުބަދަ ޗޭނެއް ނޫނެވެ. އެއީ، އިންޑިޔާ ދަތުރުކޮށްފައި އައި އައުމުގައި އުފެދުނު ކަނޑުގެ ފަރުބަދަ ތަކެކެވެ. ކުންރިންވެސް ލިޔެފައިވާނޭހެން، އިންޑިޔާ ދަތުރުކޮށްފައި ދިޔަ ބާރުމިނުގައި އިންޑިޔާގެ ބައިތަކެއް ފަރުބަދަތަކެއްގެ ގޮތުގައި ވަކިވެގެން ކަނޑަށް ދިޔައެވެ. އެއީ، ވަރަށް ގިނަ ރަށް ތަކެއް އުފެދުމުގެ އަސްލުކަމުގައި ވިއެވެ. އެގޮތުން ދިވެހި ރާއްޖެވެސް އުފެދިފައިވަނީ، މިގޮތަށް ވަކިވެފައިވާ ފަރުބަދަތަކުގެ ތެރެއިން ވަރަށްގިނަ ފަރުބަދަ ތަކެއްގެ މައްޗަށެވެ.


ދިވެހިރާއްޖެ އުފެދުމަށް މެދުވެރިވި އަލިފާން ފަރުބަދަތަކުގެ ސިލްސިލާ ދެމިގެން ގޮސްފައިވަނީ ދެކުނުން އުތުރަށެވެ. އެއީ އިންޑިޔާ ދަތުރުކުރަމުން ދިޔަ މަގެވެ. ކުރިންވެސް އިޝާރާތްކުރިފަދައިން އިންޑިޔާ ދަތުރުކުރަމުން ގޮސްފައިވަނީ ދުނިޔޭގެ ދެކުނުން އުތުރަށެވެ.


މިދަތުރުކުރުމުގައި އުފެދުނު ފަރުބަދަތަކުގެ ސިލްސިލާގައި ރާއްޖޭގެ އިތުރުން އިންޑިޔާ ކަނޑުގެ ގިނަ ރަށްތަކެއް ހިމެނެއެވެ. އޭގެތެރޭގައި ސީޝެލް، ލަކަޑިވްސް، މިނިކޯއީ އައިލެންޑެސް ހިމެނެއެވެ. ރާއްޖެއުފެދުމަށް މެދުވެރިވި މެދުވެރިވުމާ، އެރަށްތައް އުފެދުމަށް މެދުވެރިވި ސަބަބާ، މާބޮޑު ތަފާތުތަކެއް ނެތެވެ.


އަލިފާން ފަރުބަދަތަށް ސިފަކޮށްލެވެނީ ޤުދުރަތީ އަތޮޅުތަކޭ މިކިޔާ އަތޮޅުތަކެގެ ސިފައިގައެވެ. ފަރުބަދަތައް އުފެދިފައިވާ ގޮތަށް ބަލާއިރު، މިފަރުބަދަ ތަކުގެ ތެރެއިން ކޮންމެ ފަރުބަދައަކީވެސް، އަލިފާން ފަރުބަދައެކެވެ. އިނގިރޭސިބަހުން މިތިއަރީއަށް "ވެލްކަނިކް ތިއަރީ" އޭ ކިޔަނީ މިހެންވެގެންނެވެ.

ކޮންމެ އަތޮޅަކަށް ނަޒަރު ހިންގާލި ކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް، ކޮންމެ އަތޮޅެއްވެސް ސިފަކުރެވޭނީ މެދަށް ހުސްކޮށް އޮންނަ ރިންގެއްގެ ގޮތުގައެވެ. ނުވަތަ ފަޅި ބުރެއްގެ ގޮތުގައެވެ. ރަށްތައް އުފެދި ތަރައްޤީ ވެފައިވަނީ، ފަރުބަދައިގެ ވަށައިގެންނެވެ. އެއީ، ކޮންމެ ފަރުބަދައެއްގެ ބޭރު ކައިރީގައެވެ.އަލިފާން ފަރުބަދަ ތަކަކީ، އެކިދުވަސްވަރުގައި ގޮވާ އެއްޗެކެވެ. މެންޓަލް ( ދިޔާ އަލިފާނުގެ ފަށަލަ)ގެ ތެރޭގައި އުފެދޭ ލޮޅުން ތަކުގެ ސަބަބުންނެވެ. އެގޮތުން އަހަރުތަކެއްގެ ފަހުން އަލިފާން ފަރުބަދަތައް ގޮވަން ފެށިއެވެ.


އަލިފާން ފަރުބަދަތައް ގޮވަން ފެށުމުން، ފަރުބަދަތައް ހުރި، ޞަރަޙައްދުތަކުގެ ބޭރުފަށަލައަށް ބަދަކުތަކެއް އައެވެ. އަދި އެފަށަލަތައް، އެރި ލޮޅުންތަކުގެ ސަބަބުން މަޑުން ފަރުބަދަތައް އަޑިއަށް ދާން ފެށިއެވެ. ފަރުބަދަތައް އަޑިޔަށް ދިޔައީ، އެކީ އެކަށް އެއްފަހަރަކާ ނޫނެވެ. ވަރަށް ގިނަދުވަހުން، ވަރަށް ލަސްލަހުންނެވެ.


ނަތީޖާއަކީ، މަޑުމަޑުން އަޑިޔަށް ދިޔަ ފަރުބަދަތަކުގެ ބޭރުކައިރީގައި، މުރަކާގެ ފަރުތައް ހެދެން ފެށުމެވެ. ތިލަ ހިސާބުތަކުގައި މުރަކަތައް ހެދުމަށް މެދުވެރިވާ ބީދައިންނެވެ. މުރަކައިގެ ފަރުތައް ހެދެމުންދިޔައީ، ފަރުބަދައިގެ ވަށައިގެންނެވެ. ސަބަބަކީ، ފަރުބަދަތަކުން ފައިބަމުންދިޔަ ހޫނު ދިޔާ އަލިފާނާއި، އަޅިތަކުގެ ސަބަބުން، މެދުތެރޭގައި ފަރުތައް ނުހެދުމެވެ. އެހެނީ، ފަރެއް ހެދި ބޮޑުވުމަށް، ސާފުފެނާ، ރަނގަޅު ފިނިހޫނުމިނެއް ބޭނުންވެއެވެ.


ފަރުބަދައިގެ ވަށައިގެން ފަރުތައް ހެދި ބޮޑުވަމުން ދިޔައެވެ. މިކަމަށްވެސް އެތައް ސަތޭކަ އަހަރުތަކެއް ހޭދަވިއެވެ. ފަރުބަދައިގެ ވަށައިގެން ހެދެމުންދިޔަ މުރަކައިގެ ފަރުތަކުގެ ހެދިބޮޑުވުން ފަރުބަދަ އަޑިޔަށް ދާ ބާރުމިނަށްވުރެ ބޮޑެވެ. ނަތީޖާއެއްގެ ގޮތުން، ފަރުތައް ފެނުން ހިކިގެން މައްޗަށް އަރަން ފެށިއެވެ. މިގޮތަށް ހިކިގެން އަރާ މުރަކަތައް މަރުވާން ފެށިއެވެ. ސަބަބަކީ، ސީދާ އިރުގެ އަލިކަން މުރަކަތަކާއި ގާތަކަށް އެޅެން ފެށުމެވެ.


ރާޅާ އޮއިގެ ސަބަބުން މަރުވެފައިވާ މުރަކަތައް ކުދިކުދިވަމުން ދިޔައެވެ. އަދި އަލަށް ހެދެމުން ދިޔަ މުރަކަތަކުގެ މައްޗަށް އެޅި އޮކުސިޖަން ލިބުން ބަންދުވަމުން ދިޔައެވެ. މިކަމުގެ ސަބަބުން ގިނައަދަދެއްގެ މުރަކަތައް މަރުވެ، ކުދިކުދިވެގެން ވެއްޔަށް ބަދަލުވަމުން ދިޔައެވެ. ފަރުބަދަ ދުވަހެއް ދުވަހަކަށް އަޑިޔަށް ދެއެވެ. އަދި އަޑިޔަށް ދާ ބާރުމިން ކުއްލިޔަކަށް މަތިވާން ފެށިއެވެ. މިކަމުގެ ސަބަބުން، ފަރުބަދައިގެ ވަށައިގެން އިތުރު ފަރުތައް ހެދުން ހުއްޓުނެވެ.


ހަލާކުވެ އެޅެމުންދިޔަ މުރަކައިގެ ސަބަބުން އުފެދެމުން ދިޔަ ދޮންވެލިގަނޑުގަނޑު ނުވަތަ ފިނޮޅުތައް ދުވަހެއް ދުވަހަކަށް ބޮޑެތި ވަމުން ދިޔައެވެ. މިހާ ހިޞާބުން ފަރުބަދަވެސް އެކީގައި އަޑިޔަށްގޮސް ނިމިއްޖެއެވެ. އުފެދިފައިވާ ދޮންވެލީގެ ފިނޮޅުތަކަށް ފަސްލެވި ދުވަހެއް ދުވަހަކަށް ބޮޑެތިވަމުން ދިޔައެވެ. އަދި އެފިނޮޅުތަކުގެ ވަށައިގެން އިތުރަށް  މުރަކަތައް ހެދެމުން ދިޔައެވެ.


އުފެދިފައިވާ ދޮންވެލީގެ ފިނޮޅުތަކަށް، އޮޔާވައިގެ އެހީގައި އެކިކަހަލަ އޮށްތަކާއި ގަސްތައް ލަގުވަމުން ދިޔައެވެ. އެއްމެގިނައިން ލަގުވަމުންދިޔަ އެކައްޗަކީ، އޮޔާދާ ކާއްޓެވެ. އަދި ދޫނި ފަދަތަކެތި، ތަފާތުވައްތަރުގެ މޭވާ ކެޔުމަށްފަހު، އޭތި ބޭރުކުރާ ނަޖިހުގައި ހުންނަ އޮއްތަކުންވެސް، ގަސްފަޅާ ހެދެމުން ދިޔައެވެ. ފިނޮޅުތަކުގެ ވަށައިގެން ލަގުވަމުން ދިޔަ ކާށިތަކުގައި ކޯދުފަޅައި، ހެދިބޮޑުވެ، ރުއްތަކުގައި މަތިވަރު ނިކުންނަން ފެށިއެވެ. އަދި ހިކެމުންދިޔަ ކާށިތައް ރުއްތަކުގެ ވަށައިގެން ވެއްޓެމުން ދިޔައިއެވެ. އަދި ގިނަދުވަސް ވުމުގެ ސަބަބުން މިތަކެތީގައި ކޯދުފަޅައި ރުއްތައް ހެދެމުން ދިޔައެވެ. އަހަރުތަކެއް ފާއިތުވެގެން ދިޔައިރު މިފިނޮޅުތަކަށްވަނީ ރަށެއްގެ ސިފަޖެހިފައެވެ.މިހާ ހިސާބުން ރާއްޖެ އުފެދުނީއެވެ.

-         ނިމުނީ–

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.