"އަހަރެމެން
މިރަށަށް އައީ ނިކަން ބޮޑު ޖަލްސާއެއް ބާއްވަން. ނަމަވެސް ޖަލްސާގައި މިތިބީ
ވިއްސަކަށް ތިރީހަކަށް މީހުން. 350 މެންބަރުން ތިބިކަމަށް ވަނީ" ޕީޕީއެމްގެ.
ކައުންސިލް މެންބަރު ވަރަށް ދެރަވެފައި ބުންޏެވެ. ބޮޑުޖަލްސާ ބޭއްވުމަށް
ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގ މަޖިލީހުގެ 4 މެންބަރުންވެސް ރަށަށް
ދުރުވިއެވެ. އެތަކެއް ކައުންސިލް މެންބަރުންވެސް މެއެވެ. ޖައުސާ ޖައުފަރެވެ. ކެލާ
ހަސަން ވަޙީދެވެ. ވަރަށްބޮޑު ޓީމެކެވެ. ޓީމަށް މަރުހަބާ ދެންނެވުމަށް ހަވީރު 530
ހަށް ބަނަދަރަށް ދިއުމަށާއި، ހުކުރުދުވަހުގެ ރޭ 830 ގައި މިޖަލްސާ އޮންނާނެ ވާހަކަ
ޕީޕީއެމްގެ އޮފީހުން އިޢުލާން ކުރަމުން ދިޔައެވެ. މިރާޒް ފާރޫޣްގެ ހިތްގައިމު
އަޑުންނެވެ. މަށެއް ނާހަމެވެ.
ސެންޓް ޖަހައި
ނަލަހެދިގެން ބަނދަރަށް ދެތިން އަންހެނުންނާއި ދެތިން ފިރިހެނުން ގޮސް ތިއްބެވެ. 530 ގައި ނިކުން
މީހުން ރޭގަނޑު 8 ޖަހަންދެން ތިއްބެވެ. ޕީޕީއެމްގެ މީހުން ރަށަށް އައީ މަރުހަބާ
ދެންނެވުމަށް ޖެހި ސެންޓްގެ ވަސްކެނޑި ، މޫނުޖައި ޖެހި ފުށްފިލާ މޫނު ތެޔޮވެ
އޮފުވިފަހުންނެވެ. ހިކުމަތެއް ފުރިހަމަ ވުމަށްޓަކައި މުހުލަތެއް ލިބުނީ އެވެ. މަށެއް
ނުދެކެމެވެ.
ޕީޕީއެމްގެ އޮފީޝަލުން ،
ޕީޕީއެމްގެ އޮފީހަށް އައިވަގުތު ، ސަމީނާމަންޒިލް ދޮނޭ، އޭނާގެ ހިތުގެ ޝުޢޫރުތައް
ދޮނޭ ހަރުގޭގައި ހުރި މިނީ ސްޕީކަރަކުން ޕީޕީއެމްގެ އޮފީޝަލުންނަށް އިއްވިއެވެ.
މަށެއް ނާހަމެވެ. އެހެންވެ، ޕީޕީއެމްގެ އޮފީހުގައި ނަގާފައިވާ ބޮޑު ލޯޑް ސްޕީކަރު
ފުލްކޮށް ލަވަޖަހާ ސެޓްތަކުގެ ސްޕީކަރުތައް ގުޅާ ދޮނޭގެ އަޑު ކަނޑުވާލިއެވެ.
ދޮނޭގެ ހަރުގެ ދޮރުމަތީގައި ޕީޕީއެމްގެ އޮފިޝަލުން ކުޑަކޮށް މަޑުކޮށްލިއެވެ.
މަށެއް ނުދެކެމެވެ.
ޖަލްސާއޮތީ އިހަވަންދޫ
މަދަރުސާގެ ހޯލްގައެވެ. ތިބީ ދެތިން ހަތަރު މީހުންނެވެ. 10ކާ ގުނަވީމާ ވާވަރަށެވެ. މިތަން
މަށަށްފެނުވެ. ޖަލްސާ ތަޢާރަފްކުރާގޮތަށް ކުރިން އޮތީ ހުސެން ރަޝީދަށެވެ.
ހުސެންރަޝީދަށް އެކަން ކުރަން ނުކެރިގެން ފަހުން މުހައްމަދު އިބްރާހިމް ( ފީވަކު
މުހައްމަދު ) އެވެ. ހުރިހާ އޮފިޝަލުންވެސް ވާހަކަ ދެއްކިއެވެ. މަށެއް ނާހަމެވެ.
މީހަކު ބުނާތީ އެހީމެވެ.
ޖައުސާ ޖައުފަރު ވަރަށް ދެރަވި ވާހަކައެވެ. އެމަނިކުފާނުން އިހަވަންދޫ އަށް
ވެދެއްވާފައިވާ އެއްވެސް އެހީއެއްގެ ވާހަކަ އެޖަލްސާގައި އެއްވެސް މީހަކު ފާހަގަ
ނުކުރެއްވިތާ، އެމަނިކުފާނުންގެ ފުށުން އެތަކެއް މަންފާލިބިފައިވާ އިހަވަންދޫ
އެތަކެއް ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް، ދެކިލަންވެސް ނައީ މައެވެ.
އެމަނކުފާނަށް ބުނެވުނޯލައެވެ. " ހާދަގޮތެއް ނެތް ބަޔެކެވެ." މަށެއް
ނާހަމެވެ.
މައުނައެއްނެތް
މިޖަލްސާ އިހަވަންދޫގައި ބޭއްވުމަށްފަހު މާޔޫސް ކަންމަތީ އިހަވަންދޫ ގައި
ރޭކުރެއްވުމަށްފަހު އިހަވަންދޫން ޕީޕީއެމްގެ އޮފިޝަލުން ފުރައިވަޑައިގަތީ
ހުކުރުދުވަހުގެ 1030 އެހާއިރުއެވެ.
Comments
Dr.Waheedh wadaigayy dhuvahu school kudhin gos baggee goveema thuthumanikmen alhainuleethee hithaama kuran..
Anehkaa schoolun school dharivarunah ebadhey CONI ge reportai nasheedh verikan badhaluvigothai beheygothun report liyan.
Siyaasee hiyaalu hunnan kudhin ulhedhaane, ekamu schoolge faraathun kudhinnah efadha furusathu rasmeekon dhinumakee rangalhu kamehnoon...