ސަރުކާރު ގަބޫލުނުކުރާކަން ރައްޔިތުންގެ މަޖިލީހުން އިއުލާންކުރުން، ފެބްރުއަރީ 7 ތަކުރާރުވުން
ތުއްތުމަނިކު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ " ބަޣާވާތަކުން" ކަމަށްބުނެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއިން މިދިޔަ ހުކުރު ދުވަހު ހުށަހަޅައިފިއެވެ. މަޖީލަހަށް ޕެޓިޝަން ގެންދިޔައީ ތަންޑިޔާތަކުގައި އެލުވައިގެން " އެރެއަށްވުރެ މާބަރޭ" އަންބާ ކިޔަމުންނެވެ. ތަންޑިޔާތަކުގައި ކޮނޑުޖަހައިގެން ތިއްބެވީ އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނެވެ. މި ޕެޓިޝަނުގައިވަނީ ރައީސުލް ޖުމުހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައިގެން އިއުލާންކުރެއްވި ސަރުކާރަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބަޣާވާތެއްގެ ތެރެއިން އުފެދި ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޣައިރު ގާނޫނީ ސަރުކާރު ގަބޫލުނުކުރާކަން ރައްޔިތުންގެ މަޖީލީހުން އިޢުލާންކޮށް ދިނުމަށެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީން ، ކޯނީގެ ރިޕޯޓްވަނީ ކޯނިކޯނިން ދިރާސަކޮށްފައެވެ. ކޮމެޓީގައި ސަލާމަތީ ބާރުތަކުގެ ބޭފުޅުން ދައްކަވާފައިވާ ވާހަކަތައްވަނީ ވަނީ އާއްމުކޮށްފައެވެ. އެމްޑީޕީގެ ޖަލްސާއެއްގައި " ބުޅާވަނީ ގޯނިން ނެރެ ދޫކޮށްލާފައެވެ."
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބެލުމަށް އެކުލަވައިލި ކޮމިޝަން އޮފް ނެޝިނަލް އިންކުއަރީ ( ކޯނި ) ގެ ހޯދުންތަކާމެދު އަލުން ވިސްނައި އެރިޕޯޓްގައި ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމަށް ރައީސް ނަޝީދުވަނީ ހުރިހާ ފަރާތްތަކަށް ގޮވައިލައްވާފައެވެ. އަދި ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަން ފޮރުވުމަށް ކޯނިން ކުރި މަސައްކަތުގައި ކޮމަންވެލްތު ވެސް ބައިވެރިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ ނަމުގައި ކޮމެޓީން ކުރިކަމަކީ ގައިރުގާނޫނީ އަމަލެއްކަމަށް މެންބަރު ނަޝީދުވަނީ ބުނެފައެވެ. އަދި މިކަމުގައި މަޖިލީހުގެ ރައީސް އެގުމާއި އަމަލުގައި، އެހީތެރިކާމާއި މަދަދުގައި ، އެއްބާރުލުންދީފާކަމަށް ބުނެ މެންބަރު ނަޝީދުވަނީ މަޖިލީހުގެ ރައީސަށް ވަށިވަށިން ދީފައެވެ.
މިހިނގާދާ ކަންތައްތަކާމެދު ސިޔާސީ މާހައުލުގެ ކަންތައްތައް ފިކުރުކޮށް ފައިސަލާކޮށް ވިސްނާމީހުން ދެކޭގޮތުގައި މިހިނގާނީ ދެކަމެއްގެ ފެށުން ކަމަށެވެ.
އެއީ ރައީސް ވަހީދުގެ އިތުބާރުނެތްކަމުގެ ވޯޓަށް ރައްކާކުރާ ފައްކާކުރުމާއި ، ފެބްރުއަރީ 7 އަށް ، އެމްޑީޕީ ދޮންކުރާ ޖަޒުބާތުތަކެވެ.
ކޯނީގެ ރިޕޯޓް ދިރާސާކުރާ ކޮމެޓީން ކުރާ ކަންތަކަށް ޞައްހަކަމެއް ނުލިބުނަސް، 2013 ގެ އިންތިހާބުގެ ޖަޒުބާތުގައި މަޖިލީހުގައި ހިމެނޭ ބޮޑެތި ސިޔާސީ ޕާޓީތަކުން ، މިހާރު މިއޮތް ސަރުކާރު ގަބޫލުނުކުރާކަން ފާސްކޮށްފިނަމަ، އަދި ރައީސް ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ 7 ފެބްރުއަރީ ތަކުރާރުވުމަކީ ދުރުކަމެއް ނޫނެވެ.

Comments