ޕްރޮފެސާ ހަސަން އުގެއިލް
މިހާރު ރާއްޖޭގެ ވެރިކަން ކުރަމުންދާ
ރައީސާއި، މީގެ ކުރިން ވެރިކަން ކުރި ރައީސާ މެދު ތިބާދެކެނީ ކިހިނެއް ހެއްޔެވެ؟ މި ދެ
ރައީސުންނާ މެދު ތިބާ
ކޮންމެ ގޮތަކަށް ދުށް ނަމަވެސް ނަމަވެސް، އެދެކޭގޮތަކާ މެދު ޚިޔާލު
ތަފާތުވާ ބަޔަކު ތިބާ ދަންނާނެ ކަމީ
އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. އެކަމަކާ
މެދު ނުވަތަ މީހަކާ މެދު އެކިމީހުން ދެކޭގޮތް ތަފާތުވަނީ ކީއްވެބާވައެވެ؟ މީގެ ޖަވާބަކީ އަހަރެމެންގެ ތެރެއިން
ކޮންމެ މީހަކު ވެސް މިވަނީ
ވަކިކޮޅަކަށް ޖެހިފައި ކަމެވެ. ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ
"ބަޔަސް" ވުމެވެ. ގަބޫލު ކުރަން ވެސް ފަހަރުގައި ދަތި
ވެދާނެ އެވެ. އެހެންނަމަވެސް
ހަގީގަތަކީ މިއެވެ. މީހަކު ވަކިކޮޅަކަށް ޖެހުމުގެ އެތަކެއް ބައިވަރު ސަބަބުތަކެއް ވެއެވެ. މިސާލަކަށް އެ މީހަކު
ހިމެނޭ ސިޔާސީ ޕާޓީއެއްގެ
ސަބަބުން، ނުވަތަ އާއިލާ އާއި ރައްޓެހިން އަދި އެ މީހަކު ކިޔާ
ނޫހެއް ނުވަތަ ބަލާ ޓީވީ ޗެނެލެއްގެ
ސަބަބުން ވެސް މީހުން ވަކިކޮޅަކަށް ޖެހުމަށް މަގުފައިވެ އެވެ.
ދެން އުފެދިދާނެ ސުވާލަކީ، އަހަރެމެންގެ
ތެރެއިން ވަކިކޮޅަކަށް ޖެހިފައި މިތިބީ ކޮންބައެއް ހެއްޔެވެ؟ ހަމަގައިމުވެސް، މީގެ ޖަވާބު
ބިނާވެގެންދާނީ، ސުވާލު
ކުރެވިގެންދާ ބަޔަކާ އެވެ. އަހަރެމެންނަށް ނޭނގުނު ކަމުގައިވިޔަސް،
އަހަރެމެން ކުރާ ކޮންމެ ކަމަކާއި، ވިސްނާ
ކޮންމެ ކަމަކީ ވެސް، އެކަމަކާ މެދު އެ މީހަކު ދެކޭގޮތުގެ މައްޗަށް ބިނާކޮށް އޭގައި ވަކި
"ކުލައެއް" ޖެހިފައިވާ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ވިދާޅުވެއެވެ.
އެހެންކަމުން، ދުނިޔޭގައި
ކަންހިނގާ ގޮތްތަކުގެ ހަގީގަތަށް ބަލާލުމަށްވުރެ ބޮޑަށް އަހަރެމެންނަށް ކަންތައްތަކަށް ބަލާލެވެނީ ނުފޫޒާއި،
އަމިއްލަ ފައިދާ އަށް މަސައްކަތް
ކުރަން ބޭނުންވުމުގެ ފަރުދާއެއްގެ ފަހަތުންނެވެ.
"ބަޔަސް" ނުވަތަ ވަކިކޮޅަކަށް ޖެހުން ދަނެގަތުމަށް
ކުރީގައި ދެންނެވުނު މިސާލަށް
އަލުން ބަލަމާ ހިނގާށެވެ. މިގޮތުން، ރާއްޖޭގައި މިހާރުވެރިކަން
ކުރަމުންދާ ރައީސާ މެދު ތިބާ އަމިއްލަ
އަށް ދެކޭގޮތާ މެދުވިސްނާލާށެވެ. ހެކިތަކުގެ
މައްޗަށް ބިނާކޮށް މިހާރުގެ ރައީސަށް ސަޕޯޓް ކުރާ ކޮންމެ މީހަކު
ވެސް ރައީސާ މެދު ދެކޭގޮތް އެއީ އެންމެ
ރަނގަޅު ގޮތްކަމަށް އެ މީހަކު ހިތުގެ އަޑިން ގަބޫލުކުރެއެވެ. އަދި އެއީ އެންމެ ބުއްދި
ގަބޫލު ކުރާފަދަ ގޮތްކަމަށް
ވެސް އެ މީހަކު ދެކެއެވެ. ކޮންމެމީހަކުވެސް ތިމާ ގަބޫލުކުރާ ކަންތައްތަކަކީ އެންމެ ތެދު އަދި އެންމެ ރަނގަޅު
ގޮތްކަމަށް ދަނެ އެވެ. އަދި
އެކަމާ އިދިކޮޅުވާ މީހުންނަކީ ވަކިކޮޅަކަށް ޖެހިފައި ތިބި މީހުން
ކަމަށް ކޮންމެމީހަކު ވެސް ބުނެއެވެ. މިހާ
ހިސާބުން ހިތަށް އަރާފާނެ އެވެ. "އެހެން މީހުންނަކީ ވަކިކޮޅަކަށް ޖެހިފައިތިބި
މީހުންކަމުގައި ވިނަމަވެސް، އަހަރެން ވަކިކޮޅަކަށް ނުޖެހެމެވެ. އަހަރެން ގަބޫލުކުރަނީ
ތެދު ހަގީގަތެވެ."
އެހެންގޮތަކަށް ބުނާނަމަ، އަހަރެމެން އަމިއްލައަށް ވަކިކޮޅަކަށް ޖެހިފައިވާ ކަމަށް އަހަރެމެންނަށް
ގިނަފަހަރަށް އިޙްސާސް ވެސް ނުކުރެވެއެވެ!
އަހަރެމެން މިހާބޮޑު ކަނު އަނދިރި
ކަމެއްގެ ތެރޭގައި މިވަނީ ކީއްވެބާ އެވެ؟ އިންސާނާ އަށް ވަކިކޮޅަކަށް ޖެހުން ނުވަތަ ކަމަކާ މެދު
ވަކިގޮތަކަށް ގަބޫލުކުރެވެން
ފެށުމުގެ ބިންގާ އެޅެން ފަށަނީ ތުއްތުއިރުން ފަށައިގެންނެވެ. އެ މީހަކު ގަބޫލުކުރާ ކުރުންތަކާ މެދު،
ކޮންމެ މީހެއްގެ ހިތުގައި
ސުވާލުތަކެއް އުފެދެއެވެ. އެހެންނަމަވެސް، އެ މީހަކު ގަބޫލުކުރާ
ކަންތައްތަކާ މެދު ފުންކޮށް ވިސްނާލުމަށް
އަމިއްލަ ނަފްސަށް ފުރުސަތެއް ނުދެވެއެވެ. އެހެންކަމުން، އެކަންތަކާ މެދު ފުންކޮށް
ވިސްނުމުގެ ބަދަލުގައި އެއީ
އެންމެ ރަނގަޅު ގޮތް ކަމަށް ކޮންމެ މީހަކު ވެސް ނިންމައެވެ.
ކޮންމެއަކަސް، ކަމަކާ މެދު ނުވަތަ
ވަކިފަރާތަކާ މެދު މީހާ ދެކޭ ގޮތް ހިއްސާކުރުމަކީ ގޯހެއް ނޫނެވެ. އެހެންނަމަވެސް، އެ މީހަކު
ދެކޭގޮތަށް ވުރެ އިތުރަށް
ތެދު ހަގީގަތަކީ ވެސް ވަރަށް މުހިންމު އެއްޗެކެވެ. ބައެއް މީހުން
އެ މީހުން ޖެހިފައިވާ ކޮޅަކީ އެންމެ
ރަނގަޅު ކޮޅުކަން ގަބޫލު ކުރުމަށްޓަކައި، އެކަމަކާ ބެހޭގޮތުން ގަބޫލުކުރެވޭނެ ފަދަ
"ތެދު"ތައް އަމިއްލަ
ސިކުނޑީގައި އުފައްދަ އެވެ. އިންޑިއާގެ ޖީ.އެމް.އާރް ކުންފުނިން
ހިންގަމުންގެންދާ މާލޭ ވައިގެ ބަނދަރަށް
ބަލާލަމާ ހިނގާށެވެ. ބޭރު ކުންފުންޏަކަށް މާލޭ ވައިގެ ބަނދަރު ހަވާލުކުރުމާ
އެއްކޮޅަށް ތިބޭ މީހުން ގަބޫލުކުރާ
ގޮތުގައި މިއީ ރާއްޖޭގެ އިގްތިސޯދަށާއި ކުރިމަގަށްޓަކައި ކުރެވެނު މުހިންމު ކަމެކެވެ. އެހެންނަމަވެސް، ޚިޔާލު
ތަފާތުވާ މީހުން ދެކޭގޮތުގައި،
މިއީ ވަކިބަޔަކަށް ފައިދާތަކެއް ހޯދުމަށްޓަކައި ކުރެވިފައިވާ
ކަމެކެވެ. މިކަމާ ގުޅޭ ގޮތުން އާ
މައުލޫމާތުތަކެއް އާންމުވި ކަމުގައި ވިނަމަވެސް، މިކަމާމެދު އެ މީހަކު ގަބޫލުކުރާ ގޮތް ބަދަލު
ވާނެހެން ހިޔެއްނުވެއެވެ.
ހަމަމިގޮތުން، އެ މީހަކު ޖެހިފައިވާ
ކޮޅަކަށް ނުވަތަ އެ މީހަކު ގަބޫލުކުރާކުރުންތަކަށް ބުރަވާގޮތަށް ކޮންމެ މީހަކު ވެސް
މައުލޫމާތު ހޯދައެވެ.
އަދި އެކަމާ އިދިކޮޅު ފަރާތްތަކުގެ މައުލޫމާތުތަކަށް ޝައުގުވެރިކަމެއް ނުބަހައްޓަ އެވެ. ހަވީރު ނޫހުގެ ލިޔުމަކާ
ބެހޭ ގޮތުން މީހުން
ކޮށްފަ ހުންނަ ކޮމެންޓުތައް ކިޔާއިރު ތިމާ ގަބޫލުކުރާ ގޮތާ އިދިކޮޅަށް ލިޔެފަ ހުންނަ ކޮމެންޓުތަކަށް ޝައުގު ވެރިކަން
ދިނުމުގެ ބަދަލުގައި
ތިމާގެ ޚިޔާލާ އެއްގޮތް ޙިޔާލުގެ މައްޗަށް ބުރަވެ މީހުން ލިޔެފައި ހުންނަ ކޮމެންޓުތަކަށް ޝައުގުވެރިކަން
އަހަރުމެންނަށް ދެވޭކަމީ ވެސް މީގެ ފުރިހަމަ މިސާލެކެވެ. އިންސާނުން ވަކިކޮޅަކަށް ޖެހުން
ނުވަތަ "ބަޔަސް" ވުމާ މެދު ވަރަށްގިނަ ދިރާސާތައް ވެސް ވަނީ
ކުރެވިފަ އެވެ. މިގޮތުން
ޚިޔާލުތަފާތުވާ ފަދަ މައުޟޫއުތަކަށް ހެކި ހިމެނިފައިވާ ލިޔުންތައް
ކިޔާލުމަށް ދިނުމަށްފަހު، އެ
މައުޟޫއުތަކަށް ބަހުސް ކުރުމަށް ދިނުމުން ވެސް، ތަހުލީލުތަކުގައި ބޭނުން ކުރެވުނު މީހުން
ބުރަވެފައިވަނީ އެ މީހަކު ޖެހިފައިވާ ކޮޅަކަށް ބުރަވާ މައުލޫމާތުތަކަށެވެ.
ގަބޫލުކުރާ ގޮތާ އިދިކޮޅު ތެދު މައުލޫމާތުތަކަށް ގިނަ މީހުން އަހަންމިއްޔަތު ކަމެއް
ނުދެއެވެ. އަދި މި
ދިރާސާތަކުން އެނގުނު ގޮތުގައި މީހަކު ގަބޫލުކުރާ ގޮތަކާ މެދު
އިދިކޮޅަށް ހެކިތައް
ދައްކަމުންދާވަރަކަށް އެ މީހަކު ގަބޫލު ގޮތް އިތުރަށް ވަރުގަދަވަމުން ދެއެވެ. މިއީ ކަންބޮޑުވާންޖެހޭ ފަދަ
ކަމެކެވެ.
މިކަންތައް އިތުރަށް ގޯސްވެގެން ދަނީ
މުޖުތަމައުގެ ތެރޭގައި ފެތުރޭ ހަގީގަތާއި ޚިލާފް ވާހަކަތަކުގެ ސަބަބުންނެވެ. އިނގިރޭސި
ބަހުން ބުނާ ނަމަ "ސްޕްރެޑް-ދަ-ލައި" އެވެ. އެއީ ދޮގެއް ގިނަގިނައިން
ތަކުރާރުކޮށް ކަންފަތަށް
އަޑު އިވިމުން އާޚިރުގައި އެއީ ތެދެއް ކަމަށް ސިކުނޑީގައި ހަރުލާން ފެށުމެވެ. މިސާލަކަށް، ކަނޑައެޅިގެން ދޮގުތައް
ފަތުރައިގެން މީހުންގެ
ސިކުނޑިތަކާ ކުޅެލުމަކީ ޒަމާނީ ސިޔާސީ ހަރަކާތްތަކުގެ އެންމެ
މުހިންމު އެއް ހަތިޔާރެވެ. މިގޮތުން
ސިޔާސީ ލީޑަރުން، ވަކިކަމަކާ މެދު އާންމުން ދެކޭގޮތް ބަދަލުކުރުމަށް، ނުވަތަ ވޯޓުގެ
ދުވަސްވަރު، މިފަދަ ޕްރޮޕެގެންޑާ
ފަތުރައެވެ. މީގެ އެންމެ ހައިރާންކުރަނިވި ކަމަކީ މި މީހުންގެ
މަސައްކަތް ކޮންމެވެސް ހިސާބަކުން ކާމިޔާބުވެގެން
ދާކަމެވެ. އެހެނީ، މީހުންނަށް
ގަބޫލުކުރެވޭނެ ފަދަ ވާހަކަތައް ހިމަނައިގެން ފެތުރޭ ދޮގުތައް
ތަކުރާރުކޮށް މީހުންނަށް އަޑުއިވޭނަމަ،
އެއީ ތެދުކަމަށް އާންމުންނަށް ގަބޫލުކުރެވެއެވެ. އަދި މީގެ އެންމެ ހައިރާން ވާންޖެހޭ
ކަމަކީ މިގޮތުން ދޮގެއް
އެއީ ތެދެއް ކަމަށް ގަބޫލު ކުރެވުމަށް ފަހު، ފަހުން ހެއްކާއި
ގަރީނާތަކުގެ އަލީގައި އެއީ ހަގީގަތާ
ޚިލާފްވާހަކައެއްކަން އެނގިގެން ދިޔަ ނަމަވެސް، މީހުން ކުރީގައި ގަބޫލު ކުރަމުން އައި ގޮތް
ބަދަލު ނުވާ ކަމެވެ!
ކޮންމެއަކަސް، ތިމާ ގަބޫލުކުރާ
ކުރުންތައް މުޖުތަމައުގައި ފަތުރާލެވޭ ވާހަކަތަކުގެ ނުފޫޒުން އެއްކިބާކުރެވިދާނެ ގޮތްތަކެއް ވެސް
އެބަހުއްޓެވެ. މިގޮތުން
މީހުން ފަތުރާ ހަގީގަތާ ޚިލާފް ވާހަކަތަކުގެ ސިލްސިލާތަކާ މެދު
ތިމާ އަމިއްލައަށް ވިސްނާށެވެ. އަދި
އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު، ވަކިކޮޅަކަށް ޖެހުމުގެ ކުރިން ތިމާގެ ނިންމުންތައް
ނިންމަން މެދުވެރިވި ސަބަބުތަކާ
މެދު ފުންކޮށްވިސްނާށެވެ. ކަންތައްތަކާ މެދު ފުންކޮށް ވިސްނާ
މީހުން އެ މީހަކު ދެކޭގޮތަށް ތާއަބަދު
ތަބާވެގެން ނުތިބޭނެ އެވެ. އެ މީހުން ތަބާވާނީ ހަގީގަތާ އެވެ. އަދި އެ މީހަކު
ގަބޫލުކުރާކުރުންތަކާ އިދިކޮޅަށް ހަގީގަތަށް ބުރަވެ މީހަކު ހެކިތަކެއް ދެއްކުމުން އެކަމާ
މެދު ޖެހިލުންނުވެ، އާންމުންގެ
ކުރިމަތީގައި ތިމާ ގަބޫލުކުރާކުރުންތައް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލުމަކީ ބުއްދިވެރިންނަށް ލިބިފައިވާ
ނިއުމަތެކެވެ.
Comments