Skip to main content

Posts

Showing posts from January, 2012
ބޮޑު މުޒާހަރާއިން ކުރެހި މަންޒަރުތައް ބޮޑު މުޒާހަރާގެ ކުރިން، މަދަނީ އިއްތިހާދުގެ ވެރިންނާއި އަދި އެއިއްތިހާދާއެކު ބައިއަތުހިފި ސިޔާސީ ބޭބޭފުޅުން އެކި އެކި އާންމު ބައްދަލުވުމުންތަކުގައި މެދުނުކެޑި ވިދާޅުވަމުންގެންދެވި ވާހަކަފުޅަކީ، މިމުޒާހަރާއަކީ ތާރީޚު ބަދަލު ކޮށްލާނެ ބޮޑު މުޒާހަރާއެއް ކަމެވެ. އެއްލައްކަ ދިވެހިން މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރުކުރުވާލާ، މިއީ މިހަލަބޮލި ސިޔާސީ މަސްރަހުގައި އޭގެ ކުރިއާއި ފަސް ވަކިކޮށްދޭނެ ސާފު އިންފާރަކަށް ވެގެންދާނެ ކަމުގެ ވާހަކަތަކެވެ. ދިވެހިރައްޔިތުން އެމީހުންގެ ދީން ހިމާޔަތްކުރުމަށްޓަކާ އެކަމަށް "ވަޖިދުވަދެފައި" ތިބީ ކިހާވަރަކަށްކަން މިމުޒާހަރާއިން ފެނިގެންދާނެ ކަމުގެ ވާހަކަތަކެވެ. ކަން ހިނގައިދިޔައީވެސް މިބީދައިން ކަމުގައި ގަބޫލުކުރަންޖެހެވެ. މިއީ ދިވެހި ތާރީޚު މިހާތަނަށް ދުށް އެންމެ ބޮޑު އެއް އެއްވުމެވެ. ރާއްޖޭގެ ހުރިހާކަންކޮޅުތަކެއްގައިވެސް މެއެވެ. އެހެންނަމަވެސް، މި ބޮޑު މުޒާހަރާއަށްފަހު މިއަދު ކުރެވެމުންދާ އެންމެ ބޮޑު ބަހުސަކީ، ފަހުގެ ތާރީޚުގައިވެސް އެންމެ ބޮޑަށް އިސްތިހާރުކުރެވި، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ އެތަކ...
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ނައިބު ރައީސްގެ ދެކަނބަލުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސަލާމަތީ ބާރުތަކުގެ އިސްބޭފުޅުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދުގެ މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ރާއްޖޭގެ އެކިއެކި ރަށްރަށުގެ ކައުންސިލަރުން އަދި އެހެންވެސް މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އުތީމުގެ އެންމެހާ ރައްޔިތުންނާއި، މަދްރަސާ ކުދިންނާއި އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުންނަށް، އަޅުގަނޑު، އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު، މި 69 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ، ތިޔަ އެންމެ ބޭފުޅުންނަށް ރައްދުކުރަން.
ފުނޑެވުންދާ ޑިމޮކްރަސީގެ ބާރުތައް - ދިވެހި ގައުމު ތަހައްމަލްކުރާ ހިތްދަތިކަން ތިން ބާރު އޭގެ ޒާތުގައި ވަކިވެފައި އޮތުމަކީ ޑިމޮކްރެސީގެ ބިންގަލެވެ. އެހެން ނަމަވެސް އެ ޑިމޮކްރެސީގެ ހައިސިއްޔަތު ދެމެހެއްޓުމުގެ އެންމެ އަސާސީ ރުކުނަކީ، އެ ތިން ބާރުގެ މެދުގައި އޮންނަ ގުޅުމާއި އެއް ބާރުން އަނެއް ބާރަށް ކުރާ އިހްތިރާމެވެ. ދައުލަތުގެ ތިން ބާރު ތަރުތީބުވެފައި އޮންނަ ގޮތުން އެންމެ ފުރަތަމަ އޮންނަނީ ވެރިކަން ހިންގުމުގެ ބާރެވެ. ދެ ވަނައީ ގާނޫނު ހެދުމުގެ ބާރެވެ. ތިން ވަނައީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. 

Dr. Waheed’s Biography

Dr. Waheed and his wife Ilham Dr. Mohammed Waheed Hassan is recognized as one of the most influential voices on foreign relations, education, human rights, democracy and freedom in the Maldives. He has dedicated his life to the betterment of humanity both at home and abroad. Mohammed Waheed Hassan was born on the 3rd of January, 1953, first born son of (Handhuvaru) Hassan Ibrahim Maniku and Aishath Moosa . Being the eldest of ten children and the member of a low income family, Waheed knew the burdens of responsibility early in life. From the age of fourteen, he worked in a variety of places, including tutoring young children and as a part time teacher in Alia School and Hidhaya School. He also strived to be an example for his younger siblings. Dr. Waheed’s wife Ilham Hussain runs the Maldives Autism Association in addition to her other responsibilities. They have three children Widhadh , Fidha and Jeffrey Salim .
އަނެއްކާވެސް ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް! ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބަހުގެ ހަމަލާތައް ދީ، އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވަމުން ދިއުމަކީ މިހާރުގެ ޑިމޮކްރަސީގައި 2005 އިން ފެށިގެން މިރާއްޖޭގެ އެންމެ އަސާސީ އެއް އަމަލެވެ. ސިޔާސީ ޕޯޑިއަމުން ފެށިގެން، ނޫސްވެރިންގެ ބައްދަލުވުންތަކާއި ތަފާތު އެހެން ކަންކަމުގައި އަބަދުވެސް އޮންނަނީ އެއް ބަޔަކު އަނެއް ބައެއްގެ އަބުރަށް އަރައިގަތުމާއި ބޮޑުވެގެންވާ ތުހުމަތުތަކުގެ ތެރެއަށް އެއްލައިލުމެވެ. އޭގެ ސަބަބުން ދޭތެރެދޭތެރެ އިން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ގާނޫނުގެ އިން ފަހަނައަޅާ ދެ އެވެ. 
ޙަޤީޤަތާ ޚިލާފު ފާޑުކިޔުންތަކާ ކުރިމަތިލައްވާނީ ކިހިނަކުންތޯއެވެ. ދިޔަތިކި އިޢުތިރާޟުކުރުމާއި، ކުށްދެއްކުމުގައި އެކި މީހުންގެ މިޒާޖު ތަފާތެވެ. ބައެއް މީހުންނަކީ ޙަޤީޤަތުގައިވެސް ހެޔޮއެދޭ އިޚްލާޞްތެރީންނެވެ. އެކަމަކު ނަޞޭޙަތް ދޭން ނޭނގޭ މީހުންނެވެ. އެހެންކަމުން އެބައިމީހުން ވާހަކަދައްކާ ގޮތުން ކަލާގެ ހިތްޕުޅަށް އަސަރުކުރުމަކީ ވެދާނެކަމެކެވެ. ބައެއް މީހުންނަކީ ޙަޤީޤަތުގައިވެސް ޙަސަދަވެރީންނެވެ. ހިތްނުބައި މީހުންނެވެ. އެބައިމީހުންގެ މަޤުޞަދަކީ ކަލާގެ ހިތްޕުޅުގައި ޖެއްސުމެވެ. ފާޑުކިޔުމަކީ އަނެއް ބައެއްގެ ޠަބީޢަތުގެ ބައެކެވެ. އެފަދަ މީހުން މުޅި ދުނިޔެއާ މެދުވެސް ބަލަނީ ކަޅުކުލައިގެ އަވިއައިނަކުންނެވެ.
އަންހެނުންގެ ކުޑަކަމުދާ ހޮޅީގައި އިންފެކްޝަން އުފެދުން ކުޑަކަމުދާ ހޮޅި (ޔޫރިނަރީ ޓްރެކް) ގައި އިންފެކްޝަން އުފެދެނީ ކީއްވެ؟ މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކަނީ މިގޮތަށް އިންފެކްޝަން (ޖަރާސީމް އުފެދެން) ދިމާވަނީ ބެކްޓީރިޔާގެ ސަބަބުން ކަމަށެވެ. ކުޑަކަމުދާ ހޮޅީގެ ކޮންމެ ހިސާބެއްގައިވެސް މިގޮތަށް އިންފެކްޝަން އުފެދިދާނެއެވެ. ކުޑަކަމުދާ ނިޒާމުގައި ހިމެނޭ ބައިތަކަކީ ކިޑްނީ، ޔުރެތްރާ، ބްލެޑާ، އަދި ޔުރެޓަރސް އެވެ. އެންމެ އާއްމުކޮށް އިންފެކްޝަން އުފެދެނީ ޔުރެތްރާ އާއި ބްލެޑާގައެވެ.
ސްކޫލްގެ ފާޚާނާތަކުގެ ދޮރުފަތްތައް ނަގައިފި  މެކްކިންނޭ ވަން ހައިސްކޫލްގެ ފާޚާނާތަކުގެ ދޮރުފަތްތައް ނަގައިފިއެވެ. ސްކޫލްގެ މިނިންމުމާއި ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިސްކޫލަކީ އެމެރިކާގެ ޓެކްސަސްގެ ސްކޫލެކެވެ. މިސްކޫލުން ބުނީ ފާޚާނާގެ ދޮރުފަތްތައް ނެގީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންނެވެ. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ދިވެހިރާއްޖޭގައި އިނގިރޭސިބަހުގެ ތަޢްލީމް އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ “ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް” މިނަމުގައި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް (ޕވޓ) ލމޓ” އިން ޝާއިޢު ކުރައްވަމުން ގެންދަވާ ސިލްސިލާގެ 15 ވަނަ ޢަދަދުން ނަގާފައި އޮތް މަޒުމޫނުކެވެ. ފޮތުގެ ފެށުމުގައި ނޮވެލްޓީ ޕރިންޓަރޒްގެ ފަރާތުން އަލްފާޟިލް އަލީ ހުސެއިން ލިޔުއްވާފއި އޮތް ބަޔާނުގައިވާ ތާރީޚަކީ މާރޗް 2008 އަކެވެ. އެހެންނަމަވެސް، އިބްރާހިމް ޝިހާބުގެ މަޒްމޫނަކީ އެއަށް ވުރެ ކުރީގެ ލިޔުމެކެވެ. އަދި ލިޔުން ކިޔުމުން ދޭހަވަނީ އެއީ އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ލިޔުއްވާފައި އޮތް ލިޔުމެއް ކަމެވެ. މި ލިޔުން ރަށްގޮވާއަޑުގައި މި ޝާޢިއު ކުރަނީ މި ލިޔުމަކީ މުހިންމު ތާރީޚީ މައްލޫމާތު ކޮޅެއް އެކުލެވޭ ލިޔުމަކަށް ވާތީއެވެ. އަދި ދިވެހިރާއްޖޭގައި އިނގިރޭސި ބަހުގެ ތައްލީމް ފެށިގެން އައިގޮތާއި އަދި މި ތައްލީމް ޢާންމުންނަށް ހުޅުވާލެވުނު ގޮތް މި ލިޔުމުގައި ބަޔާން ކުރެވިފައިވެއެވެ. ދިވެހިރާއްޖޭގައި އިނގިރޭސިބަހުގެ ތަޢްލީމް މަޢްޟޫއު އަޅުގަނޑުގެ ކުރިމަށްޗަށް ހުށަހެޅުނު ފަރާތަކުން ހުށަހެޅުމާއެކުގައި އަޅުގަނޑުގެ ހިތުގައި...
ސަރުކާރަށް ނިސްބަތްކޮށް ދޮގުވާހަކަ  ފަތުރަމުންދާ މައްސަލަ ތަޙްޤީޤު ކުރުން މާފަންނު ކަރިޝްމާވިލާ އަޙްމަދު އިބްރާހީމްދީދީއާއި، ފުވައްމުލައް އީސްޓްލައިޓް ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދާއި، ދި ޓީވީ އިން ދިވެހި ސަރުކާރަށް ނިސްބަތްކޮށް، ޔަހޫދީންގެ ރޭވުމުގެ ދަށުން ސަރުކާރުން ދީނީ ޢިލްމުވެރިންނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސަރުކާރު ހިނގަމުންދަނީ ފާދިރީންގެ ނުފޫޒުގެ ދަށުން ކަމަށް ބުނެ، ސާބިތު ނުހިފޭ ވާހަކަ ފަތުރަމުންދާތީ، މި ފަރާތްތަކުން ދިވެހި ސަރުކާރަށް ނިސްބަތްކޮށް ގަސްތުގައި ހަދައިގެން ދޮގު ވާހަކަ ފަތުރަމުންދާ މައްސަލަ ތަޙްޤީޤުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފޮނުއްވި ސިޓީއެއްގައެވެ .

New academic year greetings 2012

I extend heartful and warm wishes to the beloved students, parents, principals, teachers and staff of the Ihavandhoo Madharusa on the occasion of the new academic year 2012.
މާދަމާ އަޔަދެއްވާށެވެ ތިޔަތިކި ކުރިމަގާމެދު ހުވަފެންތައް ދެކެވަޑައިނުގަންނަވާށެވެ. ޚިޔާލީފޮލާ ނުކައްކަވާށެވެ. ބިރުފުޅުގެންވަޑައިވެސްނުގަންނަވާށެވެ. އިރާއި ސާޢަތް ހަމަވުމުން ދެހަށި ދެތަން ކުރައްވާނެއެވެ. އަވަސް އަރައިވަޑައިގެން އުޅުއްވަންވީ ކީއްކުރައްވަންތޯއެވެ؟ މޭވާ ދޮންވުމުގެ ކުރީން ނުބިންނަވައި ގަހުގައި ބައިތިއްބަވާށެވެ. މާދަމާއަކީ އަދި ނާންނަ ދުވަހެކެވެ. ވުޖޫދުނުވާ ދުވަހެކެވެ. އަޅުގަނޑުމެންނަށް އެދުވަހެއްގެ ކުލައެއް ރަހައެއް ނުފެންނަ ދުވަހެކެވެ. މާދަމާ ކުރިމަތިވެދާނެ މުޞީބަތަކާ މެދު ނުވަތަ މާދަމާ ލިބިދާނެ ގެއްލުމަކާ މެދު އަޅުގަނޑުމެން ފިކުރުބޮޑުކޮށް ހިތްކުޑައިކުރާންވީ ކީއްކުރަންތޯއެވެ؟ އެހެނީ އަޅުގަނޑުމެންނަށް މާދަމާގެ އިރު ފެންނާނެ ކަމެއް ވެސް، ނުފެންނާނެ ކަމެއް ވެސް ނޭނގެއެވެ. މާދަމާ ވާނީ ހިތާމަވެރި ދުވަހަކަށް ކަމެއްވެސް އުފާވެރި ދުވަހަކަށް ކަމެއްވެސް ނޭނގެއެވެ. މާދަމާ ވަނީ ޣައިބުގައެވެ. ވުޖޫދަކަށް ނާދެއެވެ.