ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބަހުގެ ހަމަލާތައް ދީ، އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވަމުން ދިއުމަކީ މިހާރުގެ ޑިމޮކްރަސީގައި 2005 އިން ފެށިގެން މިރާއްޖޭގެ އެންމެ އަސާސީ އެއް އަމަލެވެ. ސިޔާސީ ޕޯޑިއަމުން ފެށިގެން، ނޫސްވެރިންގެ ބައްދަލުވުންތަކާއި ތަފާތު އެހެން ކަންކަމުގައި އަބަދުވެސް އޮންނަނީ އެއް ބަޔަކު އަނެއް ބައެއްގެ އަބުރަށް އަރައިގަތުމާއި ބޮޑުވެގެންވާ ތުހުމަތުތަކުގެ ތެރެއަށް އެއްލައިލުމެވެ. އޭގެ ސަބަބުން ދޭތެރެދޭތެރެ އިން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ގާނޫނުގެ އިން ފަހަނައަޅާ ދެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިފައިން ނުކުމެ ފަނޑިޔާރަކު ހައްޔަރުކުރުމުގެ އަމަލެއް ރޭ ވަނީ ހިންގައިފަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގެއަށް ސިފައިން ވަދެ އޭނާ ގެންދިއުމާ އެކު ރާއްޖޭގެ ގާނޫނީ ހުރިހާ މުއައްސަސާތަކުން މިހާރު ވަނީ އެކަމާ ދެކޮޅަށް ތެދުވެފަ އެވެ. އަދި ވަގުތުން އިސް ގާޒީ ދޫކޮށްލަން ޝަރުއީ އެންމެ މަތީ ކޯޓުން ފެށިގެން، ޖިނައީ މައްސަލަތަކުގެ ދައުވާ ކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު އެ އަމުރަށް އަދި ސިފައިން ބޯލަނބާފައެއް ނުވެ އެވެ.
މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ގާނޫނީ ގޮތުންނެވެ. ދައުލަތް ހިންގުމުގައި އެކަށަ އަޅާފައިވާ ހަމަތަކަށް ބަލާއިރު ވެސް މެ އެވެ. އެއް ބަޔަކަށް ލިބިފައިވާ ބާރު ބޭނުންކުރުމުގައި ފަހުން ނުކުމެދާނެ ނަތީޖާއަކާ މެދު ފުންކޮށް ވިސްނަން ޖެހެނީ މިފަދަ ހާލަތަކަށް ގައުމު ވައްޓާނުލުމަށްޓަކަ އެވެ. ގާނޫނު އަސާސީ އާއި ރާއްޖޭގެ ގާނޫނުތަކުގައި ތިން ބާރުގެ ރޯލާއި އަދި ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކުގެ އިންތައް ވަރަށް ރަނގަޅަށް އެކަށައަޅާފައިވެ އެވެ.
ވަކި ކަމެއް ކޮށްފައި ކޮންމެ ބަޔަކަށް ވެސް އެބައެއްގެ އަމަލް ރަނގަޅުކުރުމަށް ވާހަކަ ދެއްކިދާނެ އެވެ. އެއީ އަބަދުވެސް ވަމުން އަންނަ ގޮތެވެ. އެކަމަކު މުޅި ގައުމުގެ މަސްލަހަތަށް ބަލާއިރު ގައުމުގެ ހުރިހާ މުއައްސަސާތަކުން ވެސް ވިސްނަން ޖެހޭނީ އެއަށް ވުރެ ފުޅާކޮށެވެ. ސިޔާސީ ފަރާތްތަކުން ވެސް އެމީހުންގެ ބަހުސްތަކާއި ވާދަކުރުންތައް އޮންނަން ޖެހޭނީ މުޅި ގައުމުގެ މަސްލަހަތު ނަގާލުމަށް ވުރެ ޒިންމާދާރު ގޮތެއްގަ އެވެ.
ކުރިމަތިވެގެން މި އުޅެނީ އެހާ އާދައިގެ ކަމެއް ނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންތިހާ އަށް ދިއުމާއި ކަނޑައަޅާފައިވާ ގާނޫނީ އިންތައް ފަހަނައަޅާ ދަތުރުކުރުމުން ގައުމުގައި އުފެދިފައިވާ ފިކުރީ ރުޅިވެރިކަން މުޅި ގައުމުގެ މަސްލަހަތު ވެއްޔާ މޮޑެލަނީ އެވެ. މިއީ ޑިމޮކްރަސީގެ ޅަފަތުގައި ފެންނާނެ އެންމެ ހިތްދަތި މަންޒަރެވެ. މިއީ މުޅި ގައުމުގެ ކުރިމަގަށް ބަލާއިރު ތަޖުރިބާކުރަން ޖެހޭނެ އެންމެ ކަންބޮޑުވާން ޖެހޭ ދަނޑިވަޅެވެ.
ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުންނާއި މިލިޓަރީ ގޮތުން އަޅާ ފިޔަވަޅަކާ މެދު ދިގުދެމިގެންދާ ބަހުސެއް ފެށޭނެކަމާ މެދު ޝައްކައް ނެތެވެ. އެހެންކަމުން ގައުމުގެ ހުރިހާ މުއައްސަސާތަކުގެ މެދުގައި ފޫނުބެއްދޭވަރުގެ ހިތްހަމަނުޖެހުންތަކެއް އުފެދުމަށް އެއްވެސް ފަރާތަކުން ޖާގަ ދީގެންނުވާނެ އެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުން އެބަޔަކަށް ދީފައިވާ ފުރުސަތުތަކެއް އަނެއް ބަޔަކު ހަނިކޮށް، އެއް ބަޔަކު އަނެއް ބަޔަކު ގޯސްކޮށް، ތަނަކުން ތަނަކު ނުޖެހޭ ގޮތަށް ދައުލަތުގެ ބާރުތަކުގެ އަގުހުރި ވަގުތުތައް ހޭދަވިޔަ ދީގެންނުވާނެ އެވެ. އެއަށް ވުރެ ބޮޑަށް މުޅި ގައުމާއި ގައުމުގެ މަސްލަހަތާ މެދު އޮތް ލޯބި ފުރިހަމަވާން ޖެހެ އެވެ.

Comments