މެކްކިންނޭ ވަން ހައިސްކޫލްގެ ފާޚާނާތަކުގެ ދޮރުފަތްތައް ނަގައިފިއެވެ. ސްކޫލްގެ މިނިންމުމާއި ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިސްކޫލަކީ އެމެރިކާގެ ޓެކްސަސްގެ ސްކޫލެކެވެ. މިސްކޫލުން ބުނީ ފާޚާނާގެ ދޮރުފަތްތައް ނެގީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންނެވެ. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެހެންނަމަވެސް ، ފާޚާނާގެ ދޮރުފަތްތައް ނެގީ، ފާޚާނާގައި ބަދުއަޚްލާޤީ އަމަލުތައް ދަރިވަރުން ހިންގާތީކަމަށް ދަރިވަރުންގެ ތެރޭގައި ތުންތުންމަތިން ވާހަކަދަނީ ފެތުރެމުންނެވެ.
ވަން ހައި ސްކޫލްގެ ދަރިވަރަކު ބުނީ ސުވާލު އުފެދޭ ހަރަކާތްތަކެއް އަންހެންކުދިންގެ ފާޚާތަކުން އޭނާ އަށް ފެނުނު ކަމަށެވެ. "އަހަރެން ފާޚާނާއަށް ދިޔައިރު ފެނުނު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ފާޚާނާތެރޭގައި ތިއްބައި" ސަރާހް އޯކަރކޭ ބުންޏެވެ.
އެހެން ކުއްޖަކު ބުނީ " އަހަންނަށް އަޑު އިވިފައިވާގޮތުން ފާޚާނާގެ ދޮރުފަތްތައް ނެގީ ހައިސްކޫލަށް އަލަށްވަންނަ ދަރިވަރުން ފާޚާނާގައި ބަދުއަޚުލާޤީ އަމަލުތައް ހިންތީ " އެންވީލް ގްރެއާ ބުންޏެވެ.
އެސްކޫލްގެ ސްޕޯކްސް ޕާރސަން ކޯޑީ ބުނީ ފާޚާނާތަކުގެ ދޮރުތައްނެގީ ފާޚާނާގައި ދަރިވަރުން ތަޅާފޮޅާ ކަމުގެ ރިޕޯޓްތައް ސްކޫލަށް ލިބުމާއި ގުޅިގެންކަމަށެވެ. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އެކަމަކުވެސް ކުދިންނަށް ހީވެފައި އޮތީ ފާޚާނާގެ ދޮރުފަތްތައް ނެގީ ފާޚާނާގައި ބަދު އަޚުލާޤް ވާތީ ކަމަށެވެ. އެހެންނަމަވެސް އެކަން އޮތީ އެހެންނެއް ނޫންކަމުގައެވެ.
ފާޚާނާގައި ދަރިވަރުންގެ ޕްރައިވެސީ ނެތުމުން ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަންމިހެން އޮތް އިރު ޓެކްސަސްގެ ފުރާއުމުރު ކުދިން ބަލިވެ އިނުންވަނީ ގައުމުގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައެވެ. އެމެރިކާގައި ފުރާއުމުރުގެ އަންހެންކުދިން ބަލިވެއިނުން 4 ވަނަ އަށް އެންމެ މަތީ ޓެކްސަސްގައެވެ. ޓެކްސަސްގައި ބަލިވެއިންނަ 1000 އަންހެނުންގެ ތެރެއިން 88 އަންހެނުންނަކީ އުމރުން 15 އަހަރާއި 19 އަހރުގެ ކުދިންނެވެ.
މަސްދަރު:

Comments