ތާރީޚާއި މެދުގައި
ޝިހާބު
ތާރީޚް ޢިލްމަކީ ދުނިޔޭގައި ވަރަށް މުހިއްމު މަގާމެއް ދެވިފައިވާ ޢިލްމެކެވެ. އިންސާނުންގެ ދިރިއުޅުން ތަރައްގީ ކުރުމާއި ދަށަށް ދިއުން އިބްރަތްހުރިގޮތުގައި ސިފަކޮށްދޭ ޢިލްމަކީ އެއީ ކަމުގައި ވާއިރު އެއަށް ލިބެންވީ އަހައްމިއްޔަތު ދީފައިވަނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. އިލާހީ ތައުލީމުގައިވެސް ތާރީޚަށް ދެއްވާފައިވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ. ޝައްކެއްނެތެވެ. ތާރީޚަކީ އިންސާނުންނަށް އެންމެ އަގުހުރި ފިލާވަޅުތައް ދޭ ޢިލްމެވެ. މިހެންކަމުން އަޅުގަނޑުމެންގެ އިސްލާމީ ޢިލްމުތަކުގެ މުޅި އަޞްލެއްކަމުގައި ހިމެނޭ ކީރިތި ޤުރުއާނުގައިވެސް އެއިން އަޅުގަނޑުމެން އިބްރަތް ލިބިގަތުމަށްޓަކއި އިސްވެދިޔަ ޒަމާންތަކުގައި އުޅުނު އިންސަނުންނަމެދުގައި ކަން ހިނގާފައިވަގޮތް ބަޔާންކުރައްވާފައިވާ މިންވަރު ހަމައެކަކަށްވެސް ވަންހަނާވެގެން ނުވާނެއެވެ.
ދެންނެވުމުގެ ކުޑަވެސް ބޭނުމެއް ނުވާނެފަދައިން ތާރީޚާކީ އިލްމެއްގެ ގޮތުގައި ބަލާއިރު ވަރަށް ފުޅައު ދާއިރައެއްގެ ތެރޭގައިވާ އެއްޗެކެވެ. ޢާއްމުގޮތެއްގައި ވޭތުވެދިޔަ ޒަމާނުގައި އެކިކަންކަން ހިނގާދިޔަގޮތް ތާރީޚް އަޅުގަނޑުމެންނަށް ފިލުވާދޭއިރު މަޢުލޫމާތުދެނީ ހަމައެކަނި އިންސާނުންގެއެއ ނޫނެވެ. އަދި ކީއްތޯ އެވެ. ވަނިވިހައިތަނެއަގއި ވެދިޔަހާ ތަކެއްޗެއްގެއެވެ. ނަމަވެސް އެކިބައިބަޔަށް ބަހާލާއިރު ތާރީޚް ޢިލްމަކީ ތަފާތު ގިނަބައިތަކަށް ބަހާލެވޭ އެއްޗެކެވެ. މީސްތަކުންގެ ތާރީޚެވެ. ގައުމުތަކުގެ ތާރީޚެވެ. ދައުލަތްތަކުގެ ތާރީޚެވެ. އިންސާނީތަރައްގީގެ ތާރީޚެވެ. ޢިލްމާއި އެކިފަންނުތަކުގެ ތާރީޚެވެ. ހަޔާތެއް ދެއްވިގެން ދިރޭކޮންމެ އެއްޗެއްގެ ތާރީޚެވެ. ވޭތުވެދިޔަ ކޮންމެކަމެއްގެ ތާރީޚެވެ. އަދި ކޮންމެ މީހެއްގެ ތާރީޚެވެ. އެކަމެއް ހިނގިގޮތާއި އެގޮތަށް ހިނގުމަށް މެދުވެރި ސަބަބުތަކާއި އަދި ހިނގިވަގުތުގެ ތާރީޚްވެސް މެއެވެ.
ޒަމާނާބެހޭގޮތުން ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން އިންސާނީ ތާރީޚް ބައިކުރައްވާފައިވަނީ ބޮޑު ހަތަރު ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އާދަމުގެ ދަރިން އެބައިމީހުންގެ ވަށައިގެން އޮތް މުޖުތަމަޢުގެ ޙާލާއި ސިފަތައް ބަޔާންކުރަން ފެށުމުގެ ކުރީ ޒަމާނެވެ. އެޒަމާނަށް ޢިލްމުވެރިން ނަންދީފައިވަނީ އެއީ " ތާރީޚްގެކުރި" ކަމުގައި ހަދައިގެންނެވެ. ދެވަނަ ދައުރަކީ ހިލަޔާއި ލަކުޑިއާއި އަދި އެނޫންވެސް ދަކެތީގައި ކުރެހުމުން އިންސާނުން އމީހުންގެ ސޮސައިޓީ ސިފަކުރި ދުވަސްވަރެވެ. މިދައުރު މީލާދުގެ 395 ވަނަ އަހަރާއި ހަމަޔަށް ދެމިގެންވަކަމުގައި ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ތިންވަނަ ދައުރު ފެށެނީ މީލާދުގެ 395 ންނެވެ. އެދައުރު 1493 މ. ވަނަ އހަރު ތުރުކީން އިސްތަންބޯލް ހިފި ހިފުމާއި ހަމަޔަށް ގެންނަވަފައިވެއެވެ. ހަތަރުވަނަ ދައުރަކީ އެއަހަރުން ފެށިގެން ފަހަށް ހިގަމުން މިއަންނަ ދުވަސް ތަކެވެ.
އިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި މީހުންގެ ތާރީޚަކީ އެމީހުންގެ ކުރިމައްޗަށް އަންނަ ކަންތައްތަކާއި މެދުގައި އެބަޔަކު ފިކުރުކޮށް ވިސްނާ އުޞޫލެއްގެމަތިން ތަފާތުވަމުންދާ އެއްޗެކެވެ. މިގޮތުން ޙަގީގަތުގެ ތެދު ތާރީޚް ލިޔެވޭނެކަމަށް އެޢިލްމުވެރިން ދެކެވޑައިގަންނަވަނީ ކޮންމެކަމެއްވެސް ހިގިގޮތް ލޮލުންދެކެ އަތުން ހިފިމީހަކަށެވެ. ނަމަވެސް މިއުޞޫލަކީ ބަހުޘެއްނެތި ނިމިފައިވާ މަސްއަލައެއް ނޫނެވެ.
ތާރީޚާއި މެދުގައި ވާހަކަދެއްކެވި ޢިލްމުވެރިން ވިދާޅުވެފައިވާގޮތުގައި އިހުގެ މުއައްރިޚުންގެ ތެރެއިން ހަރުދަނާ އުޞޫލެއްގެ މައްޗަށް ތާރީޚް ޢިލްމު ބިނާކުރައްވައިގެން ލިޔުއްވަން ފެއްޓެވީ ގްރީކްގެ މުއައްރިޚް ހިރޯޑަޑަސް އެވެ. އެއީ ތާރީޚްގެ "ބައްޕަ"އެވެ.

Comments