Skip to main content

Posts

Showing posts from October, 2009
تَصْوِيْرކުރެހުމުގެ حُكُم އަކީ ކޮބައި؟ (2) سَمَاحَةُ الشَّيْخ عَبْدُالْعَزِيْز ابن عَبْدُالله آل بَاز ގެ ޖަވާބު . (ތަރުޖަމާ) ހަމަކަށަވަރުން النَّبى ‘ ގެ حَدِيث ތައްލިޔެފައިވާ صَحِيْح ފޮތްތަކުގައްޔާއި مُسْنَدُ ތަކުގައްޔާއި އަދި سُنَنُ ގެ ފޮތްތަކުގައި ފުރާނަހުންނަ ތަކެތީގެ ސޫރަ ނުވަތަ تصْوِيْرނުވަތަސިފަ ކުރެހުމުގެ حَرَام ކަމުގެ މައްޗަށް ގިނަވެގެންވާ حَدِيث އައިސްފައިވެއެވެ. (21) އަދި مُسْنَدُ އާއި النَّسَائى ގައި عُبَيْدُالله بن عَبدالله ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން عُبَيْدُالله بن عَبدالله, أَبُوطَلْحَة الأَنْصَارى އާލާސްކަންފުޅާވެގެން އެކަލޭގެފާނައް ގޮވާލަން ވަޑައިގެންނެވިއެވެ. ދެންފަހެ އެކަލޭގެފާނުއަރިހުގައި سَهلُ بنُ حَنِيْف އިންނަވަނިކޮށް ދެކެވަޑައިގެންނެވިއެވެ. އަދި أَبُوطَلْحَة ގެފާނު ކޮންމެވެސްމީހަކަށް އަމުރުފުޅު ކުރައްވައިގެން އެކަލޭގެފާނުންގެ ފައިދަށުގައިވާދޫލައެއް ނެންގެވިއެވެ. ދެންسَهلُ ދެންނެވިއެވެ. އެދޫލަނަންގަވަނީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އޭގައި ސޫރަވެއެވެ. ސޫރަޔާބެހޭގޮތުން رَسُوْل اللهِ ‘ ވިދާޅުވެފައިވާ ބަސްފުޅުތައް ކަލޭގެފާނުވެސް ދ...
تَصْوِيْرކުރެހުމުގެ حُكُم އަކީ ކޮބައި؟ سَمَاحَةُ الشَّيْخ عَبْدُالْعَزِيْز ابن عَبْدُالله آل بَاز ގެ ޖަވާބު . (ތަރުޖަމާ) اَلْحَمْدُ لِلَّهِ وَحْدَه وَالصَّلاَة وَالسَّلامُ عَلى مَن لاَنَبِىَّ بَعدَهُ : أَمَّا بَعدُ: ހަމަކަށަވަރުން النَّبى ‘ ގެ حَدِيث ތައްލިޔެފައިވާ صَحِيْح ފޮތްތަކުގައްޔާއި مُسْنَدُ ތަކުގައްޔާއި އަދި سُنَنُ ގެ ފޮތްތަކުގައި ފުރާނަހުންނަ ތަކެތީގެ ސޫރަ ނުވަތަ تصْوِيْرނުވަތަސިފަ ކުރެހުމުގެ حَرَام ކަމުގެ މައްޗަށް ގިނަވެގެންވާ حَدِيث އައިސްފައިވެއެވެ. އެއީ އާދަމުގެ ދަރިއެއްގެނަމަވެސް އަދިނުވަތަ އެހެން حَيوَان އެއްގެނަމަވެސް ހަމަހަމަ އެވެ. އަދިސޫރަ ހުންނަ ފަރުދާ ފަދަ ތަކެތި ހަލާކު ކުރުމަށާއި އަދިސޫރަތައް ފުހެލާ ނެތިކޮށްލުމަށާއި އަދިސޫރަކުރަހާ މީހުންނަށް لَعْنَة ލެއްވިގެންވާކަމާއި މިކަންކަމުގެ މައްޗަށް ދަލީލު ކުރާގިނަ حَدِيث އައިސްފައި ވެއެވެ. އަދި އެފަދަމީހުންނަކީ އެބަހީ ސޫރަ ކުރަހާ މީހުންނަކީ قِيَامَة ދުވަހުން އެއްމެ عَذَاب ގަދަވެގެންވާ މީހުންކަން ބަޔާންވެގެންވެއެވެ. އަދި އެހެންވެ މިކަމާއި ބެހޭ ބާބުގައި ވާރިދުވެގެން އައިސްފައިވާ صَحَّ حَدِيث ތަކުގެތެރެއިން ބައެއް އަހުރެން...
އިސްވެ އުންމަތްތަކަށް އޯގާވަންތަ ﷲގެ ކޯފާޔާއި ޢުޤޫބާތު ޙައްޤުވީ ކީއްވެ؟ ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް އާދެ! ތިޔަ އެއްސެވީ އޯގާވަންތަ ﷲގެ ކޯފާ ޙައްގުވުމުން ލިބިފައިވާ ޢަޒާބުގެ ވައްތަރުތަކެވެ. މާތްﷲ ޙިޖްރު ސޫރަތުގެ 49 ވަނަ އާޔަތާއި 50 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. “ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަމުގައި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރުދެއްވާށެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޢަޒާބުއެއީ ވޭންދެނިވި ޢަޒާބެއް ކަމަށްވެސްމެއެވެ.” މާތްﷲ ހުރިހާ ކަމަކަށް ކުޅަދުންވަންތަކަން ޔަޤީންކުރުން ހުއްޓެވެ! އެކަލާނގެ އިރާދަކުރައްވައިފި ނަމަ މިއަދު ތަނަވަސްކަން މާދަމާ ފަގީރުކަމާ ދަތިކަމަށް ފުރޮޅައިލައްވައެވެ. ތިޔާގިކަން ތަދުމަޑުކަމަށް، ޢިއްޒަތްތެރިކަން ނިކަމެތިކަމަށް ބަދަލު ކުރައްވައެވެ. އަދި ހަމަ އެފަދައިން ބިކަހާލު، ތަނަވަސް ކުރައްވާ، މިސްކީނުމީހާ މުއްސަނދިވެސް ކުރައްވައެވެ. ހުސް ޠާހިރުވަންތަ މާތްﷲ އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވުމަށްފަހު އޭނާ މާތް ކުރެއްވިއެވެ. ބުއްދި ދެއްވާ، އިތުރު އިމްތިޔާޒެއް ...

އިންސާގެ އުފެއްދެވުން

އާދަމުގެ ދަރިޔާ ހާރޫން ޔަޙުޔާ , ތަރުޖަމާ: ޑރ. މޫސާ މުރާދު/ ދަރުމަ - ސެޕްޓެމްބަރ 2003 ރަޙިމުގައި އުފެދުން :-. އާދަމުގެ ދަރިޔާ އޭނާގެ ހަމަވިސްނުމުގެ ބޭނުން ނުހިފައި އަމިއްލަ ނަފްސަށް އޭނާ މިވުޖޫދަށް އައީ ކިހިނެއްކަމާމެދު ސުވާލުނުކުރާ ކަމުގައިވާނަމަ އޭނާއަށް އިޚްތިޔާރު ކުރެވޭނީ އެއްވެސް ތާކުންތާކު ނުޖެހޭ ޚިޔާލުތަކެކެވެ. “އަހަރެން ކޮންމެވެސް ގޮތަކުން ވުޖޫދަށް އައީއެވެ! ............” މިފަދަ ޚިޔާލުތަކާއެކު އޭނާ ފަށާ ދިރިއުޅުމުގައި މިކަންތައްތަކާއިމެދު ވިސްނާނެ ކުޑަވެސް ވަގުތުކޮޅެއް އޭނާއަކަށް ނުލިބެއެވެ . ހަމަވިސްނުން ހުރި އިންސާނަކުނަމަ އޭނާ ވުޖޫދަށް އައިގޮތާއި ދުނިޔެމަތީގައި އޭނާއަށް އުޅެން ލިބިފައިވާ ދިރިއުޅުމުގެ މާނައާއި ބޭނުމާއިމެދު ވިސްނާ ޚިޔާލުކުރަން ޖެހޭނެއެވެ. މިފަދަ ޚިޔާލުތައް ކުރާއިރު “އަހަރެން ހައްދަވާފައިވަނީ ކޮންމެވެސް ފަރާތަކުން” ކަން ވިސްނޭ ބައެއް މީހުން ބިރުގަންނަ ފަދައިން ބިރުގަންނާކަށް ނުޖެހެއެވެ. މިފަދައިން ބިރުގަންނަ މީހުން، އެބައިމީހުން ހެއްދެވި ފަރާތަށް ނުވަތަ ކަލާނގެއަށް އެބައިމީހުންގެ ފަރާތުން އެއްވެސް ޒިންމާއެއް ވާކަމަށް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެބައިމީހުނ...