Skip to main content


އިސްވެ އުންމަތްތަކަށް އޯގާވަންތަ ﷲގެ ކޯފާޔާއި ޢުޤޫބާތު ޙައްޤުވީ ކީއްވެ؟
ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް
އާދެ! ތިޔަ އެއްސެވީ އޯގާވަންތަ ﷲގެ ކޯފާ ޙައްގުވުމުން ލިބިފައިވާ ޢަޒާބުގެ ވައްތަރުތަކެވެ. މާތްﷲ ޙިޖްރު ސޫރަތުގެ 49 ވަނަ އާޔަތާއި 50 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

“ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަމުގައި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރުދެއްވާށެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޢަޒާބުއެއީ ވޭންދެނިވި ޢަޒާބެއް ކަމަށްވެސްމެއެވެ.” މާތްﷲ ހުރިހާ ކަމަކަށް ކުޅަދުންވަންތަކަން ޔަޤީންކުރުން ހުއްޓެވެ! އެކަލާނގެ އިރާދަކުރައްވައިފި ނަމަ މިއަދު ތަނަވަސްކަން މާދަމާ ފަގީރުކަމާ ދަތިކަމަށް ފުރޮޅައިލައްވައެވެ. ތިޔާގިކަން ތަދުމަޑުކަމަށް، ޢިއްޒަތްތެރިކަން ނިކަމެތިކަމަށް ބަދަލު ކުރައްވައެވެ. އަދި ހަމަ އެފަދައިން ބިކަހާލު، ތަނަވަސް ކުރައްވާ، މިސްކީނުމީހާ މުއްސަނދިވެސް ކުރައްވައެވެ.

ހުސް ޠާހިރުވަންތަ މާތްﷲ އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވުމަށްފަހު އޭނާ މާތް ކުރެއްވިއެވެ. ބުއްދި ދެއްވާ، އިތުރު އިމްތިޔާޒެއް ދެއްވިއެވެ. އަދި އުފައްދަވާފައިވާ އެތައް މަޚްލޫޤުންގެ މައްޗަށް ދަރަޖަ އުފުއްލަވައި އެކަނލާގެ އަތްޕުޅުން އިންސާނީ އެންމެހާ ދަރިފަސްކޮޅުގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް އުފެއްދެވިއެވެ. އެއަށްފަހު އެކަލޭގެފާނަށް ސަޖިދަ ކުރުމަށް އުޑުގެ އަހްލުވެރިންނަށް އަމުރު ކުރެއްވިއެވެ. ސުވަރުގޭގައި އުފަލާއި އަރާމު އާދަމް ޢަލައިހިއްސަލާމްއަށާއި އަނބިކަބަލުން (ޙައްވާގެފާނަށް) މެދުވެރިކުރެއްވިއެވެ. ފަހެ އިމްތިޙާނު ކުރައްވާ، ގޮތް ބެއްލެއްވުމުގެ ވަޤުތު އައިސް ޖެހިއްޖެ ހިނދު ވަކި ގަހެއް ފިޔަވާ އެހެންހުރިހާ އެއްޗަކުން ފަރިއްކުޅުއްވައި އުޅުއްވުމުގެ އިޒުނަ ދެއްވިއެވެ. އެހިނދު އާދަމުގެ ދަރިންގެ ދުޝްމަނެއް ކަމުގައިވި ލަޢުނަތްލެއްވި އިބްލީސްގެ ޙަސަދަ ވެރިކަމުގެ މަޅީގައި އެދެކަނބަލުން ޖައްސައިފިއެވެ. ކެއުން ޙަރާމް ކުރެއްވިފައިވާ ގަހުން ފަރިއްކުޅުއްވިއްޖެއެވެ. ޙައްޤާއި ބާޠިލްގެ ތަޅާފޮޅުމުގެ ވާދަވެރިކަން ފެށުނީއެވެ. ތާރީޚްގެ އެއްވެސް ޞަފްޙާއެއްގައިވެސް މިދުޝްމަންކަމާއި، ޢަދާވާތްތެރިކަމަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ފަހެ ދުޝްމިނާގެ ފުރަތަމަ ހަމަލާއިންވެސް އެދެކަނބަލުންގެ ޢައުރަ ކަޝްފުވެގެން ދިޔައީއެވެ. ޝައިޠާނާގެ ވަސްވާހުގެ ސަބަބުން މާތްﷲގެ އެތައް ނިޢްމަތަކުން މަޙްރޫމުވީއެވެ. މުޅި އިންސާނިއްޔަތަށް އައި އިމްތިޙާނެއެކެވެ. ފުރަތަމަ ޢުގޫބާތެވެ. އާދެ! ޢައުރަ ކަޝްފުވީއެވެ. އަލްއަޢްރާފު ސޫރަތުގެ 22 ވަނަ އާޔަތުންފެށިގެން 27 ވަނަ އާޔަތާ ހަމައަށް މިވާހަކަ މާތްﷲ ބަޔާން ކުރައްވާފައިވެއެވެ. މިއިން ކަނޑައެޅިގެން އެނގޭކަމަކީ ޢައުރަ ކަޝްފުކުރުމަކީ ޝައިޠާނާގެ މަގުއޮޅުވުމާއި، ކެހިވެރިކަމުގެ ކަމެއްކަމާއި، އަދި މުޅި އިންސާނިއްޔަތަށް ޖެހުނު ފުރަތަމަ ބަލާ އަކީވެސް ޢައުރަ ކަޝްފުވުންކަމެވެ. މާތްﷲ އަޅަމެންގެ ޢައުރަތައް ފަރުދާކުރައްވާށި!

ފަހެއެއަށްފަހު ގަދަކީރިތިވަންތަ މާތްﷲ ގެ އަމުރުފުޅަށް އާދަމްގެފާނާއި ޙައްވާގެފާނު ސުވަރުގެއިން ނެރުއްވައި ބިމުގައި ޚަލީފާވެރިކުރެއްވިއެވެ. އަދި އެކަލާނގެ ޙަޟްރަތުން އަންނަ ތެދުމަގަށް ތަބަޢަވެއްޖެ މީހަކަށް ހުރި ޘާވާބާއި ދަރުމަޔާއި، ނުކިޔަމަންތެރިވެ ފުރަގަސްދީފި އަޅަކަށް ހުރި ވޭންދެނިވި ޢަޒާބުގެ ވާހަކައިން އެކަލާނގެ އެދެކަނބަލުންނަށާއި އަންނާން ތިބި އެންމެނަށް އިންޒާރެއްގެ ގޮތުގައި އަންގަވާ ވަޙީކުރެއްވިއެވެ. އަދި ދެފަރާތަށްވެސް ފުރިހަމަ ޖަޒާ ލިބޭނީ ޤިޔާމަތް ދުވަހުކަމުގައި އެންގެވިއެވެ. މިކަން މިހެން ހަމަޖެއްސެވުމާ އެކުވެސް ޙައްޤުގެ އަހްލުވެރިންނާއި ބާޠިލުގައި ތިބި މީހުންނާއި ދެމެދު ބައެއް ޙާލަތްތަކުގައި، ދުނިޔެމަތީގައިވެސް މާތްﷲ ނިޔާކަޑައަޅުއްވަވައެވެ. އެއީއެކަލާނގެ މަތިވެރި ޤާނޫނެވެ. ވަރަށް ފުރިހަމަ ޙިކްމަތާއި ނަސޭޙަތް އެކަމުގައި އެކުލެވިގެންވެއެވެ. އެޤާނޫނަކީ އަނިޔާވެރީންނަށް ކޯފާލެއްވުމާއި، ޙައްޤު ގެ އަހުލުވެރީންނަށް ނަޞްރުދެއްވުމެވެ. މިފަދަ ޙާލަތްތަކުގައި އަބާއްޖަވެރި، ދެކޮޅުވެރީންގެ މައްޗަށް ހަލާކު އައިސް ބޯމަތިވެދެއެވެ. އެހައިރުން ސަހަރޯއޭ ގޮވިޔަސް މާތްﷲގެ ކޯފާއިން ސަލާމަތް ކޮށްދެވޭފަދަ ބާރެއްހުރި، އިޚްތިޔާރެއް ހުރި މަޚްލޫޤެއްނުވެއެވެ. ފަހެ އިސްވެދިޔަ އުއްމަތްތަކުގެ ތެރެއިން ބަޔަކު އެކަލާނގެ ހަލާކު ކުރެއްވީ ޠޫފާނެއްފޮނުއްވައިގެންނެވެ. އަނެއްބަޔަކުގެ މައްޗަށް ހިލައެކުލެވޭ ގަދަފަދަ ވައިރޯޅިއެއްފޮނުއްވިއެވެ. އަނެއްބަޔަކަށް ހޮނުގުގުރީގެ ޢަޒާބެވެ. އަނެއްބަޔަކު ބިންގަނޑުތެރެއަށް ގަންބަވައިލެއްވީއެވެ. އަނެއްބަޔަކު އެކަލާނގެ ޣަރަޤު ކުރެއްވެވީއެވެ. ވަޙީ ކުރައްވަނީ “ފަހެ އެއިން ކޮންމެ ބަޔަކުވެސް އެބައެއްގެ ކުށުގެ ސަބަބުން ތިމަން ރަސްކަލާނގެ ގެންދެވީމެވެ...”(އަލްޢަންކަބޫތު: 40)


އާދެ! ތިޔަ އެއްސެވީ އޯގާވަންތަ ﷲގެ ކޯފާ ޙައްގުވުމުން ލިބިފައިވާ ޢަޒާބުގެ ވައްތަރުތަކެވެ. މާތްﷲ ޙިޖްރު ސޫރަތުގެ 49 ވަނަ އާޔަތާއި 50 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

“ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަމުގައި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރުދެއްވާށެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޢަޒާބުއެއީ ވޭންދެނިވި ޢަޒާބެއް ކަމަށްވެސްމެއެވެ.” މާތްﷲ ހުރިހާ ކަމަކަށް ކުޅަދުންވަންތަކަން ޔަޤީންކުރުން ހުއްޓެވެ! އެކަލާނގެ އިރާދަކުރައްވައިފި ނަމަ މިއަދު ތަނަވަސްކަން މާދަމާ ފަގީރުކަމާ ދަތިކަމަށް ފުރޮޅައިލައްވައެވެ. ތިޔާގިކަން ތަދުމަޑުކަމަށް، ޢިއްޒަތްތެރިކަން ނިކަމެތިކަމަށް ބަދަލު ކުރައްވައެވެ. އަދި ހަމަ އެފަދައިން ބިކަހާލު، ތަނަވަސް ކުރައްވާ، މިސްކީނުމީހާ މުއްސަނދިވެސް ކުރައްވައެވެ.


ފަހެ މާތްﷲގެ ގަދަފަދަ ވަންތަކަމާއި، ކުޅަދުންވަންތަކަމުގެ ޙައްދެއް ނެތެވެ. ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވާ، އެއްވެސް މީހެއްގެ ބާރުފޯރުވުމަކާއި ނުލާ އިންސާނާގެ ހަށިގަނޑަށް ކާނާ ލިބުމުގެ ނިޒާމް ހަމަޖައްސަވާ، ރޯދި ދެއްވާ، ބޮޑުވެފުރާ ފުރިހަމަވެ ހަމަ ބުއްދި ލިބިއްޖައުމަށް ދާންދެން އެކިގޮތްގޮތުން ނިޢުމަތްދެއްވާ އެހައްދަވަނީ ހަމައެކަނި އެކަލާނގެ އެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ސަލާމަތް ބުއްދިހުރި މީހަކަށް ވިއްޔާ ފެނިގެންދާނީ އެފަރާތުގެ މަތިވެރި ޙިކްމަތްތެރިކަމެވެ. ފުރިހަމަ ހަމަތަކެވެ. ތަރްތީބު ނިޒާމް ތަކެވެ. މަރުވެފައިވާ ހިކިބިމަކާމެދު ވިސްނަވާލައްވާށެވެ! މާތްﷲ ގެ އަމުރު ފުޅަށް މަތިން ފެންވެއްސަވާ، ހަމަ އެއްފެނަކުން އެކިފާޑުފާޑުގެ، ގަސްތައް ފަޅާ، އެކި ގަހުގައި އެކި ވައްތަރުގެ މޭވާ ނިކުމެ، އެކި މޭވާގައި އެކި ރަހަލުން މިއީ ކުޑަކަމެއްތޯއެވެ؟ހަމަ ފެނަކީ އެއްފެނެކެވެ. އެފެނުގެ ޛަރީޢާއިން ވައްތަރާއި، ބާވަތާއި،ކުލަޔާއި ރަހަތަފާތު ކުރެއްވުމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. އަދި މިހުރިހާތަކެއްޗެއްވަނީ އަޅުގަނޑުމެންނަށް ކިޔަމަންކޮށް، ދެއްވާފައެވެ.
ފަހެ މިފަދަ ނިކަމެތި އާރެއްބާރެއް އަމިއްލަ ނަފްސުގައި ނެތް ހުރިހާ ކަމެއްގައިވެސް އެހެންފަރާތެއްގެ އެހީއަށްބޭނުންވެފައިވާ އިންސާނާ އެފަދަ އިޙްސާންތެރި ފަރާތަކަށްޓަކައި ރެޔަކާ ދުވާލުން އެންމެ ހިނދު ކޮޅެއްވެސް ހޭދަކޮށްލާން ނުކެރޭކަމަކީ އެކަލާނގެ ނިޢުމަތްތަކަށް ހަރާންކޯރުވުމެއްނޫންތޯއެވެ. އޭގެ އިތުރުން މާތްﷲއަށް ނޭދެވޭ ބަސްތައް ރައްދުކޮށް، އެކަލާނގެ ޙަރާމް ކުރެއްވި ކަންތައްތަކަށް އަރައިގަނެ މުންކަރާތްތަކަށް ފޯރިދީ، ފާހިޝްކަން ކަމަށް މަގު ފަހިކޮށް ވާގިދީ، އެކަލާނގެ އަޅުތަކުންނަށް ދުއްތުރާކޮށް، ހެޔޮމަގުތައް ބަންދުކޮށް އެކަލާނގެ ހަނދުމަނުކޮށް އުޅުމަކީ ނިޢުމަތްތަކަށް ޝުކުރުވެރި ނުވާތާނގައި ޢަދާވާތްތެރިކަމާއި، އުރެދުން ނޫން ދެންވަކިންކޮންކަމެއްތޯއެވެ؟ މަޚްލޫގަކަށް ޚާލިޤުވަންތަ ފަރާތާ މުޤާބިލާ ކުރެވޭނީ ކޮންފަދަޔަކުންތޯއެވެ؟! މިފަދަ ބަޔަކަށް ޚާލިޤުވަންތަ ކަލާނގެ އެބަޔަކު ކޮށްފައިވާ ބައެއް ކަންކަމުގެ ޢުޤޫބާތް ދެއްވުމަކީ އަނިޔާއަކަށް ވާނެތޯއެވެ. އާދެ! އިސްވެދިޔަ އުއްމަތްތަކަށް ކޯފާލެއްވުމަށް ފަހު އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “...އެބައިމީހުންނަށް އަނިޔާކުރެއްވުމަކަށްﷲ އިރާދައެއް ނުކުރައްވައެވެ. އެހެނެއްކަމަކު، އެބައިމީހުންގެ ނަފްސުތަކަށް ހަމަ އެބައިމީހުން އަނިޔާކުރިކަމުގައިވިއެވެ.”(އަލްޢަންކަބޫތު: 40) އާދެ! ރަޙްމާންވަންތަ ޙަޟްރަތުން ކޯފާ ޙައްޤުވަނީ މިހެންވުމުންނެވެ. މާތްﷲއަށް އުރެދި ރަސޫލުބޭކަލުން ދޮގުކުރި މީހުން ހަލާކު ކުރެއްވި ވާހަކަ ބަޔާން ކުރައްވަމުން ކީރިތި ޤުރުއާންގައި އެކަލާނގެ ވަޙީ ކުރައްވާފައިވާ މިއަސަރުގަދަ އާޔަތްއައްސަވާލައްވާށެވެ.އައްޝުޢަރާއު ސޫރަތުގެ 209 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. “(އެއީ) ހަނދާންކޮށް ދެއްވުމެކެވެ. އަދި އަނިޔާވެރިކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.” ހުރި ބިރުވެރި ކަމެއްގެ ބޮޑުކަމާއެވެ! މާތްﷲ އަޅަމެން ސަލާމަތް ކުރައްވާށި!

ދެން ކުރުގޮތަކަށް މިބަލައިލަނީ ގަދަކީރިތިވަންތަ މާތްﷲ ކޯފާލެއްވި އުއްމަތް ތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި އެކަލާނގެ ގެންނަވާފައިވާ އުއްމަތްތަކާއި، އެ އުއްމަތްތަކަށް ފޮނުއްވައިފައިވާ ކޯފާގެ ސިފަޔާއި، ކޯފާލެއްވުމަށް މެދުވެރިވީ، މައި ސަބަބާ މެދުއެވެ. މިއިންވެސް ނަޞޭޙަތެއްލިބި ޢިބްރަތަކަށްވޭތޯއެވެ. “އެއީ ހަލާކުވެގެންދާ ބަޔަކު ސާފު ހެއްކާ އެކު ހަލާކުވެގެން ދިއުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު ސާފު ހެއްކާއެކު ދިރިގެން އައުމަށެވެ...” (އަލްއަންފާލް:42) އަދި ހުރިހާ ކަމެއްގެ ނިމުން އޮތީ ﷲއަށް ކަން ހަނދުމަ ބަހައްޓަވާށެވެ!

1- ނޫޙު ޢަލައިހިއްސަލާމް ގެ ޤައުމު:
އިސްވެދިޔަ އުއްމަތްތަކުގެ ތެރެއިން އެކީ އެކައްޗަކަށް ޢަޒާބު އައިސްފައިވާ ފުރަތަމަ ބަޔަކީ ސަލާމްލެއްވި ނޫޙު ގެ ޤައުމުގެ މީހުންނެވެ. މާތްﷲ ވަޙީ ކުރައްވައެވެ.“ނޫޙު ޢަލައިހިއްސަލާމަށް ފަހު އެބަހީ އެޤައުމަށްފަހު ކިތައްކިތައް ޒަމާނުގެ މީހުން ތިމަން(ﷲ) ހަލާކު ކުރެއްވިންހެއްޔެވެ!”(އަލްއިސްރާއު: 17)

ފަހެ މިއީ އުއްމަތްތަކަށް އެކީއެކައްޗަށް ޖަމާޢީ ކޮށް ކޯފާޔާއި ޢުޤޫބާތު އައުމުގެ ފެށުމެވެ. ކީރިތި ޤުރުއާން މިސިލްސިލާ ނިންމާފައިވަނީ ފީލް ބާގައިގެ މީހުންގެ ވާހަކަ އިންނެވެ. މެދު ތެރޭގައި އެތައް އެތައްބަޔަކު ވީނަމަވެސް އެހުރިހާ ބައެއްގެ ވާހަކަ މާތްﷲ ކީރިތި ޤުރުއާންގައި ޒިކުރު ކުރައްވާފައިނުވެއެވެ. އަދި އެބަޔަކުންނަށް ފޮނުއްވެވީ ކޮންޒާތެއްގެ ޢަޒާބެއްކަންވެސް ހަމަ ދެނެވޮޑިގަތުން މޮޅީ އެކަލާނގެއެވެ. ފަހެ ޤުރުއާންގައި އައިސްފައިމިވާ ވާހަކަތަކާއި ޙާދިޘާތަކުންވެސް ނަޞީހަތް ޙާޞިލްކުރުމަށް ޓަކައި ފުދި އިތުރުވެއެވެ. އާދަމް ޢަލައިހިއްސަލާމްގެ\ ދުވަސްވަރުން ފެށިގެން މީސްތަކުން އައީ ފިޠްރަތުގެ ދީން އާދެ! ތަވްޙީދުގެ މަތީގައި ހިނގަމުންނެވެ. އެއަށްފަހު ބަޔަކު މީހުން މަގުފުރެދި އާދަމުގެ ދަރީންކުރެ ގިނަ ބަޔަކު ހެޔޮމަގުން ކަސިޔާރުވެ، ގަދަ ކީރިތިވަންތަ މާތްﷲއަށް ޝަރީކު ކުރާން ފެށިއްޖެ ހިނދު މިއުރެންގެ މިނޭއްގާނިކަމާއި ކިބުރުވެރި ކަމަށް ނިމުމެއް ގެންނަވަން އިރާދަ ކުރެއްވިހިނދު އެކަލާނގެ ހަޟްރަތުން ރަސޫލު ކަމާއިގެން ސަލާމްލެއްވި ނޫޙުގެފާނު ފޮނުއްވިއެވެ. އެއީ މިބިންމައްޗަށް ފޮނުވުނު ފުރަތަމަ ރަސޫލުމެއެވެ. ދެންފަހެ އެކަލޭގެފާނު މީސްތަކުންނަށް ދީނަށް ރުޖޫޢު ވުމަށް ގޮވައިލެއްވިއެވެ. ޝަރީކުކުރުމުން އެއްކިބާވެ ތަޥްޙީދާއި އެއްކައުވަންތަ ކުރުމުގެ މަގު އިޚްތިޔާރު ކުރުމަށް ރެޔާއި ދުވާލު ދަޢުވަތު ދެއްވުމުގައި ވޭތުކުރެއްވިއެވެ. ދުލުން ބުނެލަން ފަސޭހަ ކަމުގައިވިޔަސް 950 އަހަރު އެކަމުގައި ބުރައުފުއްލެވީ އެމީހުންގެ ހިދާޔަތަށް އެދިވަޑައިގެން ވާ ޙާލުގައެވެ. ނަމަވެސް މަދު ބަޔަކު ނޫނީ އިޖާބަދީފައި ނުވެއެވެ. ކަންހުރީ ހުރިހާ ޒަމާނެއްގައި ވެސް މިފަދަޔަކުން ކަމަށް މާތްﷲ އައްރަޢުދު ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. “...އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވީ ޙައްޤުތެދެވެ. އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން (އެފޮތަކަށް) އީމާނެއް ނުވެއެވެ.”




ދެންފަހެ ނޫޙު ޢަލައިހިއްސަލާމް އަށް އޭރު އީމާންވެފައި ތިބި ބަޔަކު މެނުވީ އިތުރު ބަޔަކު އީމާންނުވާނެކަމުގައްޔާއި، އަދި މިއުރެން މިގޮތުގައި ދޫކޮށްލައިފިނަމަ ދެންތިބީންވެސް މަގުފުރައްދާނެކަމާއި، ދުނިޔެއަށް އެމީހުންގެ ނަސްލުތަކުން އަންނަން އޮތީވެސް ކާފިރު ބަޔަކުކަމުގައި އެކަލާނގެ އެންގެވުމުން އެއުރެންގެ މައްޗައް ހަލާކު ފޮނުއްވައި އޭގެތެރެއިން އެންމެ މީހަކުވެސް ދޫނުކުރެއްވުމަށް ނޫޙު އަލައިހިއްސަލާމް އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވި މާތްﷲ އަށް އިލްތިޖާ ކޮށް މިފަދައިން ދުޢާ ކުރެއްވިއެވެ. “އަޅުގެ ވެރި ރަސްކަލާކޮ! ކާފިރުންގެ ތެރެއިން ހަމަ އެކަކުވެސް އިބަ ރަސްކަލާނގެ މިބިންމަތީގައި ނުބަހައްޓަވާނދޭވެ!”(ނޫޙު:26) މިވާހަކަތައް ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާންގެ އަލްޢަންކަބޫތު:14، އަލްޤަމަރު: 10-12، ހޫދު 44،48، އައްޞާއްފާތު:77 މިސޫރަތްތަކުގައެވެ.

ނޫޙު ޢަލައިހިއްސަލާމްގެ ޤައުމަށް ފޮނުއްވުނު ޢަޒާބުގެ ސިފަ: މިއުރެނަށް މާތްﷲ ފޮނުއްވާފައިވަނީ ވަރުގަދަ ފެނުގެ ޠޫފާނެކެވެ. އޭރު ދުނިޔޭގައި ތިބިއްޔާ ތިބިހާ ބަޔަކު އެޠޫފާނުގައި ޣަރަގު ކުރައްވާ އެއުރެންގެ ނުތާހިރު ކަމުން މާތްﷲގެ ބިން ސާފުކުރެއްވެވިއެވެ. އަލްމުއްދައްޘިރު ސޫރަތުގެ 31ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާ ގައިވެއެވެ. “... ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ލަޝްކަރުގެ ޢަދަދު އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެއެވެ. އަދި އާދަމްގެ ދަރީންނަށް ޢިބްރަތްތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެނަރަކަ ނުވެއެވެ.”



ފިލާވަޅެއް: ނޫޙު ޢަލައިހިއްސަލާމްގެ އަހްލުންނާއި އީމާންވެ ތިބި މީހުން މިޠޫފާނުން ﷲ ސަލާމަތްކުރައްވާނެ ކަމުގައި ވަނީ ވަޢުދު ކުރައްވާ ނަވަށް އެރުމަށް އަންގަވާފައެވެ. ނަމަވެސް ނޫޙު ޢަލައިހިއްސަލާމްގެ ދަރިކަލަކު އެކަލޭގެފާނުގެ ކުރިފުޅު މަތީ ޠޫފާނުގެ ތެރެއަށް ޣަރަޤުވެގެން ދަނިކޮށް ދެކެވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު ﷲއަށް ދެންނެވި ހިނދު އެކަލާނގެ ޖަވާބު ދެއްވާ ވަޙީ ކުރެއްވީ މިފަދައިންނެވެ. “އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން އެދަރިކަލުން ކަލޭގެފާނުގެ އަހްލުވެރީންގެ ތެރެއަކުން ނުވެއެވެ. ހަމަކަށަވަރުން އެދަރިކަލުންގެ ޢަމަލަކީ ރަނގަޅުނޫން ޢަމަލެކެވެ. ފަހެ ކަލޭގެފާނަށް އެކަމާމެދު އެނގުމެއްނުވާކަންތަކަށްއެދި، ތިމަންރަސްކަލާނގެ ޙަޟްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނަޞޭޙަތްތެރިވެވޮޑިގެންވަމެވެ.” (ހޫދު:46)
ވިސްނަވާލައްވާށެވެ. ﷲ ގެ ޙަޟްރަތުގައި އެކަލާނގެއަށް އުރެދި ހެޔޮ ޢަމަލުތަކުގައި މުއުމިނުންގެ ތެރެއިން ނުހިމެނޭ މީހަކީ ތިމާގެ އަހްލުވެރިންގެތެރެއިން ވާމީހެއްނޫން ކަން މިއާޔަތުން އެބަދޭހަވެއެވެ. އެފަދަމީހަކާ، އީމާންވެ ހުރިމީހަކާ ދެމެދު އިލާހީ ނިންމެވުމުގައި ގުޅުމެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ އަނބީންނާއި، ދަރީންނާއި އެއުރެން ހިތްހަމަ ނުޖެހިދާނެކަމަށް ނުވަތަ ދަރީންނާ ޖެހި ނަފްރަތު އުފެދިދާނެ ކަމުގެ ބިރަށް ހެޔޮކަމަށް އަމުރުކުރާންވެސް ނުކެރެއެވެ. ﷲގެ ވާޖިބުތައް ތިމާގެ ބާރު ފޯރާ މީހުންގެ މައްޗަށް ތަންފީޛު ކުރުމަށް ފަސްޖެހި ޖެހިލުންވެއެވެ. މީގެ އިތުރުން މުސްލިމު އަންހެން ދަރިން ކާފަރުންގެ އަތްމައްޗަށް ދޫކޮށްލުމާއި،އެކަނި މައިއެކަނި ޙިމާޔަތެއް ދޭނޭ މީހަކުނެތި ތަންތަނަށް ދޫކޮށްލުމާއި ކާފިރުންނާއި މުސްލިމު އަންހެން ދަރީން ކައިވެނިކުރުން ޢާއްމު ވެގެން ދާދިއުމަކީ ކިހާ ނުރައްކާތެރި ކަމެއްތޯއެވެ. ޙަޤީޤަތުގައި ނަފްރަތާއި ރުޅި ފާޅުވެގެންދާނީ ޤިޔާމަތް ދުވަހުއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.“(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި އޭނާގެ މަންމަ އާއި ބައްޕަގެކިބައިންނާއި އޭނާ ގެ އަނބިމީހާއާއި ދަރީންގެ ކިބައިން ފިލަންދާ ދުވަހެވެ. އެމީހުންކުރެ ކޮންމެ މީހަކަށް އެމީހަކު އަވަދިނެތި ކުރާނޭ ކަމެއް އެދުވަހުންވެއެވެ.”(ޢަބަސަ: 34-37) އުޑުން ފަޅަފަޅައިގެންގޮސް ބިމުގެއަޑީންނާއި ފައްވާރާ ވެގެން ފެންގަނޑު ޠޫފާނެއްގެ ސިފައިގައި އެޤައުމަށް އައި ހިނދު އެކީ އެކައްޗަކަށް މުޅި ޤައުމު ޣަރަޤު ކޮށްލިއެވެ. އެއަށް ފަހު މާތްﷲ ގެ އަމުރުފުޅަށް އުޑުން ފެން އައުން ހުއްޓި ބިންގަނޑުގެ ތެރެއަށް ފެންގަނޑު ދަމާލައިފިއެވެ. ދެން ފަހެ ނޫޙު ޢަލައިހިއްސަލާމާއި އީމާންވެފައި ތިބި މީހުންނާއިގެން ނާކޮޅު ހަރުލީ ޖޫދީ ފަރުބަދައިގެ މަތީގައެވެ. އަނިޔާވެރިވި މީހުންނާއިގެން މި ޞަފްޙާ ފަތް ޖަހާލެވުނީ މިފަދަޔަކުންނެވެ.

ކޯފާލެއްވި ސަބަބު: މާތް ﷲ އަށް ޝަރީކު ކުރުމާއި، އެކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ރަސޫލާ ދޮގުކޮށް ބޮޑާ ކަމާއި، ގޮތްދޫނުކުރުމުގެ ސަބަބުން މިއުރެން ހަލާކު ކުރެއްވެވީއެވެ. ނޫޙު ޢަލައިހިއްސަލާމް ނަވަށް އަރައިވަޑައިގެން ވާހަކައިގެ ތަފްޞީލާއި ނަވުގެ ތެރޭގައި ޖަނަވާރުންގެ މެދުގައި ހިގައި ދިޔަ ޙާދިޘާތަކާއި ކަންތައްތައް އިސްރާއީލް ރިވާޔަތް ތަކުގައި (ތަޥްރާތާއި އިންޖީލުގައި) އައިސްފައި އެބަހުއްޓެވެ. މީގެ ގިނަ ވާހަކަތައް އަލްޙާފިޘު އިބްނު ކަޘީރު މިކަލޭގެފާނު ވަނީ ވަކިން ލިޔުއްވާފައެވެ. މިއީ މީގެ ތަފްޞީލުތަކަށް ދިޔުމުގެ މަޤާމު ނޫންކަމުން އެވާހަކަތައް މިތާނގައި ހިމަނައިނުލީއެވެ. (ނުނިމޭ)

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.