تَصْوِيْرކުރެހުމުގެ حُكُم އަކީ ކޮބައި؟
سَمَاحَةُ الشَّيْخ عَبْدُالْعَزِيْز ابن عَبْدُالله آل بَاز ގެ ޖަވާބު . (ތަރުޖަމާ)
اَلْحَمْدُ لِلَّهِ وَحْدَه وَالصَّلاَة وَالسَّلامُ عَلى مَن لاَنَبِىَّ بَعدَهُ : أَمَّا بَعدُ:
ހަމަކަށަވަރުން النَّبى ‘ ގެ حَدِيث ތައްލިޔެފައިވާ صَحِيْح ފޮތްތަކުގައްޔާއި مُسْنَدُ ތަކުގައްޔާއި އަދި سُنَنُ ގެ ފޮތްތަކުގައި ފުރާނަހުންނަ ތަކެތީގެ ސޫރަ ނުވަތަ تصْوِيْرނުވަތަސިފަ ކުރެހުމުގެ حَرَام ކަމުގެ މައްޗަށް ގިނަވެގެންވާ حَدِيث އައިސްފައިވެއެވެ.

އެއީ އާދަމުގެ ދަރިއެއްގެނަމަވެސް އަދިނުވަތަ އެހެން حَيوَان އެއްގެނަމަވެސް ހަމަހަމަ އެވެ. އަދިސޫރަ ހުންނަ ފަރުދާ ފަދަ ތަކެތި ހަލާކު ކުރުމަށާއި އަދިސޫރަތައް ފުހެލާ ނެތިކޮށްލުމަށާއި އަދިސޫރަކުރަހާ މީހުންނަށް لَعْنَة ލެއްވިގެންވާކަމާއި މިކަންކަމުގެ މައްޗަށް ދަލީލު ކުރާގިނަ حَدِيث އައިސްފައި ވެއެވެ. އަދި އެފަދަމީހުންނަކީ އެބަހީ ސޫރަ ކުރަހާ މީހުންނަކީ قِيَامَة ދުވަހުން އެއްމެ عَذَاب ގަދަވެގެންވާ މީހުންކަން ބަޔާންވެގެންވެއެވެ.
އަދި އެހެންވެ މިކަމާއި ބެހޭ ބާބުގައި ވާރިދުވެގެން އައިސްފައިވާ صَحَّ حَدِيث ތަކުގެތެރެއިން ބައެއް އަހުރެން ކަލެއަށް ކިޔައިދޭނަމެވެ. އަދިއެޔާއިބެހޭގޮތުން ބައެއް عَالِمން ދެއްކެވި ވާހަކައިގެތެރެއިން ބައެއްވެސް އަހުރެން ބަޔާންކޮއްދޭނަމެވެ. އަދިﷲ އިރާދަ ކުރެއްވިއްޔާ މިމައްސަލައިގައިވާ ރަނގަޅު ސީދާގޮތްވެސް އަހުރެން ބަޔާން ކޮށްދޭހުށީމެވެ.
(1) صَحِيْحَيْنِ ގައި އެބަހީ (صَحِيْحُ البُخَارِى އާއި صَحِيْحُ مُسْلِم ގައި) أبُوهُرَيْرَة رَضِيَ الله عَنْه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْل اللهِ ‘ حَدِيث ކުރެއްވިއެވެ.((وَمَنْ أظْلَم مِمّنْ ذَهَبَ يَخَلُقُ خَلْقًا كَخَلْقِى , فَلْيَخْلُقُوا ذَرَّةً أوْ لِيَخْلُقُوا حَبَّةً أوْ لِيَخْلُقُوا شَعِيْرَةً)) ]لَفْظُ مُسْلِم[ މާނައީ: ތިމަން ރަސްކަލާނގެ ތަކެތި ހައްދަވާ ގޮތަށް ތަކެތި ހަދާމީހުންނަށް ވުރެ ވަކިން އަނިޔާވެރިކަންބޮޑު ވެގެންވަނީ ކޮންބައެއްހެއްޔެވެ؟ (އެބަހީ އެއަށްވުރެ އަނިޔާވެރިކަން ބޮޑުވެގެންވާ އެހެންބަޔަކު ނުވެއެވެ.) އެމީހުން ފަހެ އެއްމެ ذَرَّة އެއް ހަދައިބަލާށެވެ. ނުވަތަ އެމީހުން އެއްމެ އޮށްޓަރެއް ހަދައިބަލާށެވެ. ނުވަތަ އެމީހުން އެއްމެ ގޮދަންފުކެއް ހަދައި ބަލާށެވެ. މިއެވެ.
(2) އަދިވެސް އެފޮތުގައި ابْنُ مَسْعُود رَضِيَ الله عَنْه ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْل اللهِ ‘ حَدِيث ކުރެއްވިއެވެ. ((إنَّ أشّدَّ النَّاسِِ عَذاباً يَوْمَ القِيَامَةِ المُصَوِّرُوْنَ)) މާނައީ: ހަމަކަށަވަރުން قِيَامَةِ ދުވަހުން އެއްމެގަދަ عَذَاب ހުރިބަޔަކީ ސޫރަ ކުރަހާ މީހުންނެވެ. މިއެވެ.
(3) އަދިވެސް އެފޮތުގައި ابْنُ عُمَررَضِيَ الله عَنْهماގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْل اللهِ ‘ حَدِيث ކުރެއްވިއެވެ.((إنَّ الَّذِينَ يَصْنَعُوْنَ هَذِه الصُّوَرَ يُعَّذَّبُوَنَ يَوْمَ القِيَامَةِ يُقَالُ لَهُم أحْيُوا مَاخَلَقْتُم)) لَفْظُ البُخَارِى. މާނައީ: ހަމަކަށަވަރުން މިސޫރަތައް ހަދާމީހުންނަށް قِِيَامَةِ ދުވަހުން عَذَاب ދެއްވޭނެއެވެ. ﷲ އެމީހުންނަށް عَذَاب ދެއްވާނެއެވެ. އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން ހެދިތަކެތި ކަލޭމެން ދިރުވާށެވެ. ފުރާނަ އަޅުވާށެވެ. މިއެވެ.
(4) އަދި أبُوجُحَيْفَةرَضِيَ الله عَنْهގެ އަރިހުން البُخَارِى އެކަލޭގެފާނުންގެ صَحِيْحُ ގައިރިވާ ކުރެއްވިއެވެ. ((أنَّ النَّبِى ‘ نَهَى عَنْ ثَمَنِ الدَّمِ وَثَمَنِ الكَلْبِ وَكَسبُ البَعيِ وَلَعَنَ آكِلُ الرِّبَاَ وَمُوكِلَه وَالوّاشِمَةِوَالمُسْتَوْشِمَةِ وَالْمُصَوِّرِ)) މާނައީ: ހަމަކަށަވަރުން ލެއިގެ އަގާއި ކުއްތާގެ އަގާއި އަދިޒިނޭކުރާމީހާ ހޯދާފައިސާ (ތަކެތި) މިހުރިހާތަކެތި نَّبِى ‘ ނަހީކުރެއްވި އެވެ. އަދި ރިބާ ކާމީހާއަށާއި ރިބާ ކާންދޭމީހާއަށާއި ހަށިގަނޑުގެ ތަންތާ ކުރަހާ މީހާއަށާއި އަދި އެކަންކޮށްދޭ މީހާއަށާއި (މޭކަޕްކުރާ މީހާއާއި ކޮއްދޭ މީހާ މީގައިވުމީ ގާތްކަމެކެވެ) އަދި ސޫރަ ކުރަހާ މީހާއަށާއި މިއެއްމެންނަށް އެކަލޭގެފާނު لَعْنَة ލެއްވިއެވެ. މިއެވެ.
(5) އަދި ابن عَبَّاس رَضِيَ الله عَنْه ގެ އަރިހުން ރިވާވެގެންވެއެވ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْل اللهِ ‘حَدِيث ކުރައްވާތީ އަހުރެން އެހީމެއެވެ. ((مَنْ صَوَّرَصُورَةً فِي الدُّنْيَاكُلِّفَ يَوْمَ الْقِيَامَةِأَنْ يَنْفُخَ فِيهَاالرُّوحَ وَلَيْسَ بِنَافِخٍ)) (مُتَّفَقٌ عَلَيْه) މާނައީ: ދުނިޔޭގައި (ދިރޭ) އެއްވެސް އެއްޗެއްގެ ސޫރައެއް ކުރަހައިފި މީހާ ދަންނައެވެ. އޭގައި ފުރާނަ އެޅުމުގެ تَكْلِيْفُ ކަން قِيَامَة ދުވަހުން އޭނާއައް ޖެއްސެވޭނެއެވެ. ފުރާނަ އަޅުވަންޖެހޭނެއެވެ. އަދި އޭގައި ފުރާނައަޅުވައި ދެވޭނެ މީހަކުކަމުގައި އޭނާނުވެއެވެ. މިއެވެ.
(6) سَعِيْدُ ابن أَبِى الْحَسَنُ ގެ އަރިހުން ރިވާ ކުރައްވައި مُسْلِم ނެރުއްވާފައި ވެއެވެ. އެ سَعِيْدُ ވިދާޅުވިއެވެ.ابن عَبَّاسގެ އަރިހައް މީހަކު އައެވެ. އަދި އެމީހާ ދެންނެވިއެވެ. އަހުރެން ފާޑު ފާޑުގެ ސޫރަކުރަހާހަދަމެވެ. ފަހެއެކަމުގައި ކަލޭގެފާނު އަހުރެންނައް ފަތުވާ ދެއްވާބައްލަވާށެވެ. ދެންފަހެ ابن عَبَّاس ވިދާޅުވިއެވެ. ކަލޭ އަހުރެންގެ ގާތައް އަންނާށެވެ. ދެންއޭނާ އެކަލޭގެފާނުންގެ ގާތައް ހިނގައްޖެއެވެ. ދެންވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭ އަހުރެންގެ ގާތައް އަންނާށެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްޕުޅު އެމީހާގެ ބޮލުގައި ބާވައިފުމައްދާންދެން އެމީހާ އެކަލޭގެފާނާ ގާތްވެއްޖެއެވެ. ދެންއެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން رَسُوْل اللهِ ‘ ގެ އަރިހުން އަހާފައިވާ އެއްޗެއްގެ ޚަބަރު އަހުރެން ކަލެއަށް އަންގައި ދޭނަމެވެ. رَسُوْل اللهِ‘ حَدِيث ކުރައްވާތީ އަހުރެން އެހީމުއެވެ. ((كُلُّ مُصَوِّرٍ فِي النَّارِ يَجْعَلُ لَهُ بِكُلِّ صُورَةٍ صَوَّرَهَا نَفْسًا فَتُعَذِّبُهُ فِي جَهَنَّمَ)) އަދި ވިދާޅުވިއެވެ. ކަލޭ ކޮންމެހެން އެއްޗެއް ކުރަހަން ވެއްޖެއްޔާ ގަހެއް ހަދާށެވެ. ގަހެއް ކުރަހާށެވެ. ނުވަތަ އެ އެއްޗެއްގައި ފުރާނަނުހުންނަ ތަކެތި ހަދާށެވެ. رَسُولُ لله ‘ ގެ އެބަސްފުޅުގެމާނައީ: صُوْرَة ކުރަހާ ކޮންމެ މީހަކުވާނީ قِيَامَة ދުވަހުން ނަރަކައިގައެވެ. އަދިއޭނާކުރެހި ކޮންމެ صُوْرَة އަކަށް ހަށިގަޑެއް އޭނާއަށް عَذَاب ދެއްވުމަށް ލައްވާނެއެވެ. މިއެވެ.
(7) أبُو الزُّبَيْر މިކަލޭގެފާނު جَابِررَضِيَ الله عنه ގެއަރިހުން ރިވާކުރެއްވިއެވެ. جَابِر ގެފާނު ވިދާޅުވިއެވެ. ((نَهَى رَسُولُ لله ا‘ عَنِ الصُّورَة فِى البَيْتِ وَنََهَى أنْ يَصْنَعَ ذَالِكَ)) މާނައީ: تَصْوِيْرގޭގައި ބެހެއްޓުމާއި އަދި އެތަކެތި ހެދުން رَسُولُ الله ‘ ނަހީކުރެއްވިއެވެ. މަނާކުރެއްވިއެވެ. މިބަސްފުޅު تِرمِذى އެކަލޭގެފާނުންގެ جامِعُ ގައި ލިއުއްވާފައިވެއެވެ. އަދިވިދާޅުވިއެވެ. މިބަސްފުޅަކީ حَسَن އަދި صَحِيْح ގެދަރަޖައިގައިވާ ބަސްފުޅެކެވެ.
(8) އަދި عائشة رَضِيَ اللهُ عَنْها ގެއަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެންގެ ކޮޓަރީގެ ކުރިމަތި ބައިގާވާ އައްޓެއްފަދަ ތަނެއް ފަރުދާއަކުން އަހުރެން ނިވައިކުރީމެވެ. އެފަރުދާގައި ދިރޭބައެއް ތަކެތީގެ صُوْرة ހުއްޓެވެ. އެހެން ހުއްޓާ نَبِيُّ الله ‘ އަހުރެންގެ ގާތަށް ވަޑައިގެންނެވުމަށް ވަޑައިގެންނެވިއެވެ. އަދިއެފަރުދާ ދެކެވަޑައިގެންފާ މޫނުފުޅުގެ ކުލަކޮޅު تَغَيَّرވެ ރުހިވަޑައި ނުގަތުމުގެ އަސަރު މޫނުފުމަތީން ފެނިއްޖެއެވެ. އަދިވިދާޅުވިއެވެ. ((يَاعَائِشَةُ أَشَدُّ النَّاسِ عَذَابًا عِنْدَ اللَّهِ يَوْمَ الْقِيَامَةِ الَّذِينَ يُضَاهُونَ بِخَلْقِ اللَّهِ قَالَتْ عَائِشَةُ فَقَطَعْنَاهُ فَجَعَلْنَا مِنْهُ وِسَادَةً أَوْوِسَادَتَيْنِ)) (مُسْلِم) މާނައީ: އޭ عَائِشَة އެވެ. قِيَامَة ދުވަހުން އެންމެ عَذَاب ބޮޑުވެގެންވާ މީހުންނަކީ ﷲގެ ހެއްދެވުމާ އެއްގޮތް ކުރާމީހުންނެވެ. އެބަހީ އެގޮތައް ސޫރަ ހަދާމީހުންނެވެ. عَائِشَة ގެފާނު ވިދާޅުވިއެވެ. ދެންއަހުރެމެން އޭތިވީދާލާ އޭތިން ކަންނޭލެއް ނުވަތަދެކަންނެއު ހަދައިފީމެވެ. މިއެވެ. (عَرَبِى ން އެބާވަތުގެ ތަކެތި ގެންގުޅޭނީ ލެނގިލާން، ފައިއަޅަން ދެންވެސް އެބާވަތުގެ ކަންކަމުގައެވެ. އޭރުން އެއެއްޗަށް އިހާނަތްތެރިވުން ވާނެއެވެ.)
(9) އަދި عَائِشَة رَضِيَ الله عَنْها ގެއަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. رَسُولُ الله ‘ ކޮންމެވެސް ދަތުރުފުޅަކުން ނިމިވަޑައިގެން ވަޑައިގެންނެވިއެވެ. އޭރު އަހަރެންގެ ކޮޓަރީގެ ކުރިމަތީބައިގާވާ އައްޓެއްފަދަ ތަނެއްގައި ތުނިފަރުދާއެއް ދަމާފައި ބެހެއްޓީމެވެ. އޭގައިބައެއް ދިރޭތަކެތީގެ ސޫރަ ހުއްޓެވެ. ދެންފަހެ رَسُولُ الله ‘ އެތަން ދެކެވަޑައިގެނެވި ހިނދުން އޭތި ނަންގަވާފައި حَدِيث ކުރެއްވިއެވެ. ((أشَدَّ النَّاسِ عَذَابًا يَوْمَ الْقِيَامةِ الَّذِيْنَ يُضَا هِئُوْنَ بِخَلْقِ الله : قَالَتْ فَجَعَلْنَاهُ وِسَادَةً أَوْ وِسَادَتَيْنِ)) (خَرَّجَهُ الْبُخَارِى وَمُسْلِم) މާނައީ: قِيَامَة ދުވަހުން އެންމެ عَذَاب ގަދަވެގެންވަނީ ﷲ ގެ ހެއްދެވުމާ އެއްވައްތަރުކުރާ މީހުންނަށެވެ. އެބަހީ އެގޮތައް ތަކެތިކުރަހާ ސޫރަ ކުރަހާ މީހުންނަށަވެ. މިއެވެ. އެކަމަނާ ވިދާޅުވިއެވެ. ދެންއަހުރެމެން އޭތިން ކަންނޭލެއް ނުވަތަ ދެކަންނެއު ހަދައިފީމެވެ. މިއެވެ.
(10) އަދިވެސް އެކަމަނާގެ އަރިހުން ރިވާވެގެން ވެއެވެ. نَبِيُّ الله ‘ ދަތުރުފުޅަކުން ނިމިވަޑަގެން އެނބުރި ވަޑައިގެންނެވިއެވެ. އަދިދިރޭތަކެތީގެ ސޫރަހުރި ފަރުދާއެއް ތިމަންކަމަނާ ދަމާފައިބެހެއްޓީމެވެ. ދެންއޭތި ނެގުމަށް ތިމަންކަމަނާއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ދެންއޭތި ނަގައިފީމެވެ. رَوَاه البُخَارِى އަދި مُسْلِمގެ ރިވާޔަތުގައިވަނީ- (އެކަމަނާ ވިދާޅުވިއެވެ.) އޭތިނެގުމަށް އަމުރު ކުރެއްވުމާއިއެކު އެކަލޭގެފަނުންގެ މޫނުފުޅު تَغَيَّر ވެގެންދިޔައެވެ. މިއެވެ.
އަދިވެސް އެކަމަނާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންގެ ކޮޓަރީގެ ދޮރުގައި ފަރުދާއެއް ދެމީމެވެ. އޭގައި ފިޔަތަކެއް ލައިފައިވާ އަހުގެ ފޮޓޯވެއެވެ. ސޫރަވެއެވެ. ދެންފަހެ އޭތިނެގުމަށް އަހުރެންނަށް އެކަލޭގެފާނު އަމުރުފުޅު ކުރެއްވިއެވެ. ދެންއަހުރެން އޭތި ނަގައިފީމެވެ. މިފަދައިންނެވެ.
(11) އަދި الْقَاسِم بن محَمَّد، عَائِشَة ގެ ފާނުންގެ އަރިހުން ރިވާކުރެއްވިއެވެ. އެކަމަނާވިދާޅުވިއެވެ. އަހުރެން ބާލީހެއްގަތީމެވެ. އޭގައި ދިރޭތަކެތީގެ ސޫރަވެއެވެ. ދެންފަހެ رَسُولُ الله ‘ (ބޭރުންވަޑައިގެން) އެ ދެކެވަޑައިގެންނެވި ހިނދުން ދޮރުކޮޅުމަތީ ވެދެވަޑައިނުގެން ހުންނެވިއެވެ. ދެންފަހެ އެކަލޭގެފާނުންގެ މޫނުފުޅުމަތީން ރުހިވަޑައިނުގަތުމުގެ އަސަރު އަހުރެންނަށް ފެނިއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. ދެން އަހުރެން ދެންނެވީމެވެ. އޭ رَسُولُ الله އެވެ. އަހުރެން ﷲ އާއި އެކަލާނގެ رَسُولُ އާއަށް رُجُوع ވެ تَوْبة ވެއްޖައީމެވެ. އަހުރެން ފާފަވެރި ކުރުވީ ކޮންކަމެއްތޯއެވެ. ފަހެ އެކަލޭގެފާނު حَدِيث ކުރެއްވިއެވެ. ((مَا بَالُ هَذِهِ النُّمْرُقَةِ قُلْتُ اشْتَرَيْتُهَا لَكَ لِتَقْعُدَ عَلَيْهَا وَتَوَسَّدَهَا فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَصْحَابَ هَذِهِ الصُّوَرِ يَوْمَ الْقِيَامَةِ يُعَذَّبُونَ فَيُقَالُ لَهُمْ أَحْيُوا مَا خَلَقْتُمْ وَقَالَ إِنَّ الْبَيْتَ الَّذِي فِيهِ الصُّوَرُ لاَ تَدْخُلُهُ الْمَلآئِكَةُ)) (رَوَاه البخَارى) މާނައީ: މިބާލީސްމިއީ ކޮންބާލީހެއްހެއްޔެވެ. އެކަމަނާ ދެންނެވިއެވެ. އެއީ ކަލޭގެފާނު އޭގެމަތީ އިށީދެވަޑައިގެން އަދި ލެނގި ވަޑައިގަތުމަށްޓަކައި ތިމަންކަމަނާ ބައްލަވައިގަތް އެއްޗެކެވެ. ދެންފަހެ رَسُولُ الله ‘ حَدِيث ކުރެއްވިއެވެ. މި ސޫރަހަދާ، ކުރަހާމީހުންނަށް قِيَامَة ދުވަހުން عَذَاب ދެވޭނެއެވެ. އަދި އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން ހެދި ތަކެތީގައި ކަލޭމެން ފުރާނައަޅުވާށެވެ. އަދި حَدِيث ކުރެއްވިއެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރައެއް (ދިރޭއެއްޗެއްގެ ސޫރައެއްވާ) އެއްވެސް ގެއަކަށް (رَحْمَة ގެ) މަލާއިކަތް ބޭކަލަކު ވެދެވަޑައި ނުގަންނަވާނެއެވެ. މިއެވެ.
(12) އަދި ابن عَبَّاس رَضِيَ الله عَنْه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ الله ‘ حَدِيث ކުރެއްވިއެވެ. ((لاَ تَدْخُلُ المَلاَئِكَة بَيْتًا فِيْهِ كَلْبٌ وَلاَ صُوْرَةٌ)) (مُتّفق عليه واللفظ لمسلم) މާނައީ: އެގެއްގައި ކުއްތާއެއް ނުވަތަ ސޫރައެއްވާ ގެއަކަށް މަލާއިކަތްބޭކަލަކު ވެދެވަޑައި ނުގަންނަވާނެއެވެ. މިއެވެ.
(13) أبُوْ طَلْحَةُގެ އަރިހުން زَيْدُبْنُ خَالِد ރިވާކުރެއްވިއެވެ. (لاَتَدْخُلُ المَلاَئِكَةُ بَيْتًا فِيْهِ كَلْبٌ وَلاَ تَمَاثِيْلٌ) (رَواه مُسلم) މާނައީ: އެގެއެއްގައި ކުއްތާއެއް ނުވަތަ ދިރޭ އެއްޗެއްގެ ސޫރައެއްވާ އެއްވެސް ގެއަކަށް މަލާއިކަތްބޭކަލަކު ވެދެވަޑައި ނުގަންނަވާނެއެވެ. މިއެވެ.
(14) صَحِيحُ الْبُخَارِى ގައި ابن عُمَرُ رَضِىَ الله عَنْهُما ގެ އަރިހުން ރިވާވެގެންވެއެވެ. نَبِيُّ الله ‘حَدِيث ކުރެއްވިއެވެ. ((إِنَّ جِبْريلَ علَيْهِ السَّلام قَالَ إنَّا لاَنَدْخُلُ بَيْتًافِيْهِ كَلْبٌ وَلاَصُوْرة)) މާނައީ: ހަމަކަށަވަރުން جِبْريلَ علَيْهِ السَّلام ވިދާޅުވިއެވެ. އެގެއްގައި ކުއްތާއެއް ނުވަތަ ސޫރައެއްވާ އެއްވެސް ގެއަކަށް ތިމަންބޭކަލުން ވެދެވަޑައި ނުގަންނަވަމެވެ. މިއެވެ. އަދި مُسلم ގައި عَائِشَة ގެ ފާނާއި مَيْمُونِة ގެފާނާއި ދެކަނބަލުންގެ އަރިހުން ހަމައެފަދައިން ރިވާވެގެންވެއެވެ. މިއެވެ.
(15) ابُوالْهياج الأَسَدِى ގެއަރިހުން مُسْلِم ނެރުއްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عَلِى رَضِى الله عَنه އަހުރެންނަށް ވިދާޅުވިއެވެ. رَسُولُ الله ‘ އަހުރެން އެކަމަށްފޮނުއްވި ކަންތަކައް އަހުރެން ކަލޭގެފާނު ނުފޮނުވާނެހެއްޔެވެ. އެބަހީ އެކަމަށް ކަލޭގެފާނު ފޮނުވާހުށީމެވެ. އެއީ އެއްވެސް އެއްޗެއްގެ (އެބަހީ އެއްވެސް ދިރޭއެއްޗެއްގެ) ސޫރައެއް ފެނިއްޖެއްޔާ އެސޫރައެއްފުހެލާ ނެތިކޮށްލާފައި ނޫނީ ދޫނުކުރެއްވުމާއި އަދިބިމުންމައްޗަށް އުފުލިފަވާ އެއްވެސް ޤަބުރެއް ފެނިއްޖެއްޔާ އެޤަބުރެއް ބިމާހަމަހަމަކޮށް އެއްވަރުކޮށްފާ މެނުވީ ދޫނުކުރެއްވުމެވެ.މިއެވެ. (ވީމާ ދިރޭއެއްޗެހީގެ ސޫރަތައް ހަލާކުކުރުމާއި މަހާނައުސްނުކުރުމަކީ رَسُولُ الله ‘ އަމުރުފުޅެއްކަން މިބަސްފުޅުން ރަނގަޅައްއެގިއްޖެއެވެ.)
(16) އަދި ابُوادَاود جَابِرُ رَضِى الله عَنه ގެއަރިހުން ރިވާ ކުރައްވާފައި ވެއެވެ. الْبَطحَاء އޭ ކިޔާތަނެއްގައި ހުންނަވާފައި މައްކާ فَتَحَ ކުރެއްވި ދުވަހު رَسُولُ الله ‘ كَعْبِةُ الله ގޭތެރޭގައިވާ އެންމެހައި ސޫރަތައް ފުހެލައި ނެތިކޮށްލުމަށް عُمَربُنُ الْخَطَّاب އަށް އަމުރު ކުރައްވާފޮނުއްވިއެވެ. އަދިއެހުރިހާ ސޫރަތައް ފުހެވިނެތިވެއްޖެއުމަށް ދާންދެން رَسُولُ الله ‘ ގެފުޅު ތެރެއައް ވަދެވަޑައި ނުގަންނަވައެވެ.
(17) އަދި ابُوادَاود الطَّيَالِسِى އެކަލޭގެ ފާނުންގެ مُسْنَدُ ގައި أُسَامَة ގެ ފާނުންގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ الله ‘ كَعْبةُ ގައި ވަނިކޮށް އަހުރެންވެސް އެކަލޭގެފާނު އަރިހަށް ދިޔައީމެވެ. އަދި كَعْبةُ ތެރެއިން ސޫރަތަކެއް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި ފެންބާލިދީއެއް ގެންނަން ވިދާޅުވިއެވެ. ދެންފަހެ ފެންބާލިދީއެއް ދީފީމެވެ. ދެންފަހެ އެސޫރަތައް ދޮންނަވައި ސާފުކުރައްވަން ފައްޓަވައިފިއެވެ. އަދި ވިދާޅުވިއެވެ. ((قَاتَلَ الله قَومًا يُصَوِّرُونَ مَالاَ يَخْلُقُون)) حَافِظ ވިދާޅުވިއެވެ. އޭގެސަނަދު ރަނގަޅެވެ. އެބަސްފުޅުގެ މާނައީ: އެމީހުން ނުހަދާތަކެތީގެ ސޫރަ ކުރަހާ މީހުން ﷲ ހަލާކު ކުރަށްވާށިއެވެ. ( ނުވަތަ އެމީހުންނަށް ﷲ لَعنَة ލައްވާށިއެވެ.) މިއެވެ.
(18) އަދި ހަމައެފަދައިން عُمربن شبه ކިޔާ ބޭކަލަކު ابن عَبَّاس ގެ مَولَى عُمَيْر ގެއަރިހުން أُسَامَة ގެ އަރިހުން ހަމަމިރިވާޔަތް ދާދި ގާތްކޮށް ހަމަ މިމާނައިގައި ނެރުއްވާފައި ވެއެވެ. އޭގައިވެއެވެ. ހަމަކަށަވަރުން النَّبى اللهِ ‘ ގެފުޅަށް ވެދެވަޑައިގެންފާ ފެންބާލިދީއެއް ގެންނަން ވިދާޅުވިއެވެ. ދެންފެންބާލިދީއެއް އަރުވައިފީމެވެ. ދެންފޮތިގަޑެއް ތެއްމައި ގެފުޅުގެ ފާރުކޮޅުގައި އުގުޅުއްވަން ފެއްޓެވިއެވެ. އަދި ވިދާޅުވެއެވެ. ((قَاتَلَ الله قَومًا يُصَوِّرُونَ مَالاَ يَخْلُقُون)) މާނައީ: އެމީހުން ނުހަދާތަކެތީގެ ސޫރަކުރަހާ މީހުން ﷲ ހަލާކުކުރަށްވާށިއެވެ. (ނުވަތަ އެމީހުންނަށް ﷲ لَعنَة ލައްވާށިއެވެ.) މިއެވެ.
(19) البُخَارِى އެކަލޭގެފާނުންގެ صَحِيْح ގައި عَائشَة ގެފާނުންގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. ހަމަކަށަވަރުން نَبِيُّ الله ‘ އެކަލޭގެފާނުންގެ ގެކޮޅުގައި صَلِيْب އެއް ހުރިއްޔާ އެއެއްޗެއް ފުހެނުލައްވައި ނުބަހެއްޓަވައެވެ. މިއެވެ. އަދި البُخَارِى رَحِمَهُ الله ތަރުޖަމާ ކުރައްވާފައިވަނީ ((بَابُ نَقْضِ الصُّوَرِ)) މިގޮތަށެވެ. ދެން އެގޮތައް ބާބުގެ ސުރުޚީ ލިއުއްވާފައި ދެން حَدِيث ލިއުއްވިއެވެ. އެތަންކޮޅުގެ މާނައީ ސޫރަތައް ނެތިކޮއްލުމުގެ ބާބު މިއެވެ.
(20) صَحِيحُ الْبُخَارِى އާއި صَحِيحُ مُسْلِم ގައި بُسر بن سَعِيْد ގެ އަރިހުން زَيْدُبن حَالِدُ ގެއަރިހުން أَبُوطَلْحَة ގެއަރިހުން ރިވާ ކުރައްވާފައި ވެއެވެ. ހަމަކަށަވަރުން نَبِيُّ الله ‘حَدِيث ކުރެއްވިއެވެ. ((إِنَّ الْمَلاَئِكَةَ لاَ تَدْخُلُ بَيْتًا فِيهِ صورَةُ)) އެބަހީ ހަމަކަށަވަރުންވެސް އެގެއެއްގައި ސޫރައެއް (ދިރޭއެއްޗެއްގެ ސޫރައެއް) ވާގެއަކަށް މަލާއިކަތްބޭކަލަކު ވަދެވަޑައިނުގަންނަވާ ހުއްޓެވެ. މިއެވެ. ދެންފަހެ بُسر ވިދާޅުވިއެވެ. زَيْدُ އާލާސްކަންފުޅާ އުޅުއްވާތީ އަހުރެމެން އެކަލޭގެފާނަށް ގޮވާލަންދިޔައީމެވެ. އޭރު އެގޭގެ ދޮރުގައި ދިރޭތަކެތީގެ ސޫރަހުރި ފަރުދާއެއް ދަމާފައިވެއެވެ. ދެންފަހެالنَّبى اللهِ‘ ގެ އަނބި ކަނބަލެއް ކަމުގައިވާ مَيْمُونةގެ ފާނުންގެ ދޮންދަރިފުޅު ކަމުގައިވާ عُبَيْدُالله الْخُولاَنى އަށް އަހުރެން ދެންނެވީމެވެ. އަޅެފަހެ އެންމެ ފުރަތަމަ ދުވަހުވެސް ސޫރައިގެ ވާހަކަ زَيْدُ ގެފާނު އަހުރެމެންނަށް ނުދެއްވައި ތޯއެވެ؟ އެބަހީ ދެއްވިއެވެ. عُبَيْدُالله ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ. ((إِلاَّ رَقْمًا فِى ثَوْبٍ)) އެބަހީ ފޭރާމެއްގައި އިންނަ ނަމްބަރެއް މެނުވީއެވެ. މިބަސްފުޅު ވިދާޅުވި ނޫންތޯއެވެ؟ އެބަސްފުޅު ނާއްސަވަމުތޯއެވެ؟ زَيْدُ ވިދާޅުވިއެވެ. އަހުރެން ދެންނެވީމުއެވެ. އަހުރެންނުއަހަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އެހެންވިދާޅުވިއެވެ. މިއެވެ. މިބަސްފުޅުގެ މުރާދަކީ ހެދުންފަދަތަކެތީގައި ހުންނަ ސޫރަނޫން އެހެން ކުރެހުން މަނާނޫން ވާހަކައެވެ. وَالله أَعلَم އަދި بُسْرގެ އަރިހުން بُكَيْرُ الاشج ގެއަރިހުން عَمْرُو بْنُ الحَارث ގެއަރިހުން ދެ شَيْخ ން އެބަހީ بُخَارِىއާއި مُسْلم ރިވާކުރެއްވި ރިވާޔަތުގައި ވެއެވެ.عُبَيْد الخولانى އަށް އަހުރެން ދެންނެވީމެވެ. ސޫރައާއި ބެހޭގޮތުން އޭނާ އަހުރެމެންނާ ވާހަކަ ނުދައްކަވާތޯއެވެ؟ އޭނާވިދާޅުވިއެވެ. ނޫނެކެވެ. އެވާހަކަ ދެއްކިއެވެ. (ނުނިމޭ).

Comments