އިސްލާމިކް ކައުންސެލިން
އިސްލާމިކް ކައުންސެލިންގެ އަމާޒަކީ ދީނީ އަޤީދާ އޮޅުންފިލުވައިދީ، ރޫޙާނީ ހިތްވަރު ލިއްބައިދީ، ތެދުމަގު ޚިޔާރުކޮށްގެން ކުރިއަށްދިއުމަށް އެހީތެރިވެދިނުމެވެ. އިންސާނާ އުފައްދަވައި އެ އިންސާނާ އުޅެންވީގޮތް ބަޔާންކުރައްވައި ބާވާލެއްވި ޙައްޤު ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން އެދީނުގައިވަނީ އިންސާނާއަށް އެންމެ ރަނގަޅުގޮތް ބަޔާންކުރައްވައި އިންސާނާގެ ބުއްދިއާއި ޖިސްމާއި ނަފްސަށް ގެއްލުން ލިބެނިވި ކަންތައްތައް މަނާކުރައްވާފައެވެ. އިސްލާމީ ކައުންސެލިންއަކީ ރޫޙާނިއްޔަތު ތަރައްޤީކޮށް އުޅުމާއި އަޚްލާޤު ބައްޓަންކުރުމަށް މަގުދައްކައިދީ ދީނީ އިރުޝާދާއި އެހީހިމެނޭ ކައުންސެލިންނެވެ. އިސްލާމީ ކައުންސެލިންގައި، މަޤްޞަދަށް ވާސިލުވެވެނީ ކައުންސެލީ ނުވަތަ ކްލައިންޓް އޭނާ އަމިއްލައަށް ފުރިހަމަ ޒިންމާ ނަގައިގެންނެވެ. އިޚްތިޔާރާއި، ޒަތުބާތުތަކަށް ބާރުފޯރުވަމުން ކުރިއަށްދާންވީ ގޮތާއި ޢަމަލުތައް ބައްޓަންކުރަންވީގޮތާއި ލިބިހުރި ފުރުސަތުތަކުގެ ބޭނުން ހިފަންވީގޮތް ނިންމާނީ އޭނާއެވެ.
އިސްލާމީ ކައުންސެލިން އެހީތެރިވެދެނީ މާތްﷲ ދެއްކެވި ހެޔޮމަގާއި ކީރިތި ނަބިއްޔާގެ މަތިވެރި އިރުޝާދުތަކުގެ އަލީގައި ނުވަތަ އިސްލާމީ އިމުގެތެރޭގައި އޭނާގެ ހަޔާތުގެ ރާސްތާ ވަކި ލަނޑުދަނޑިތަކެއް ހާސިލުކޮށްގެން ކާމިޔާބު ކުރުމަށެވެ. ކީރިތި ޤުރުއާނުގެ އައްޝަމްސު ސޫރަތުގެ އަށްވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގައިވެއެވެ. "އަދި، އެ ނަފްސަށް (ގެއްލުންހުރި) ނުބައި ގޮތާއި (ފައިދާހުރި) ހެޔޮ ގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ." (އައްޝަމްސު-8)
ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ޖަޒުބާތުތަކެއްވަނީ ލައްވާފައެވެ. އިންސާނާގެ ޙަޔާތުގައި ދިމާވާ ކަންތައްތަކުގެ އަސަރު އޭނާގެ ޖަޒުބާތުތަކާވަނީ ގުޅިފައެވެ. އިންސާނާގެ ޢުމުރުގެ ތަފާތު މަރުހަލާތަކުގައި ދިމާވާ ތަފާތު އެކިއެކި ކަންތައްތަކާއި ސަބަބުތަކުން ހިތްހަމަނުޖެހޭ ހާލަތަށް އޭނާ ދަތުރުކުރެއެވެ. ހިތްދަތިކަމާއި ނުތަނަވަސްކަމުން އިންސާނާގެ ޢަމަލުތަކަށް ނުފޫޒު ފޯރުވައެވެ. އެފަދަ ހާލަތުގައި ދިރިއުޅުމުގެ މިސްރާބު އަމިއްލައަށް ރަނގަޅު ދިމާލަކަށް ބަދަލުކޮށްލެވިދާނެކަން އިޙްސާސްކޮށްދީ ނޭދެވޭ އިޙްސާސްތަކާއި ޖަޒްބާތުތައް ބަދަލުކުރުމަށް އިސްލާމީ މަތިވެރި އިރުޝާދުތަކާއެކު އެހީތެރިވެދިނުމަކީ އިސްލާމިކް ކައުންސެލިން އެވެ.
ކައުންސެލިން ދިނުމަކީ އެހީ ހޯދަން އަންނަ މީހާ (ކްލައިންޓް) އޭނާގެ އަމިއްލަ އިޚްތިޔާރުން، އެހީދޭ މީހާ (ކައުންސެލަރ) އާއި ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން ސާފު ޢިބާރާތުން ވާހަކަ ދައްކާނެ ފުރުސަތުދީ، އެ ދެކެވޭ ވާހަކަތައް އަޑުއަހައި، ކަނޑައެޅޭ މިންގަނޑެއްގައި ގެންގުޅެވޭ ގުޅުމަކަށް ކިޔޭ ނަމެކެވެ. ކައުންސެލިން ހޯދަމުންދާއިރު ކްލައިންޓް އޭނާގެ ނަފްސު ތަރައްޤީ ކުރާނެ މަގު ހޯދާނީ އަމިއްލަ ވިސްނުމުންނެވެ. ކައުންސެލިންގައި ކްލައިންޓްގެ ޚިޔާލުތަކާއި، އިޙްސާސްތަކާއި ޢަމަލުތައް އިޞްލާޙު ކުރާނެ ގޮތްތަކާމެދު އަމިއްލަ ބުއްދިން ވިސްނައި ނަފްސު ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދެވެއެވެ. (ރަސެލް- 1998)
ކައުންސެލިން ދިނުމުގެ މަޤްޞަދަކީ ޚިޔާލާއި އިޙްސާސުން ޢަމަލަށް އެދެވޭ ބަދަލުތަކެއް ގެނައުމެވެ. މައްސަލައެއް ޙަޤީޤަތުގައި ވެސް ވާކަން ގަބޫލުކުރުމާއެކު އެހެން މީހެއްގެ އެހީއާއި މައްސަލަ ހައްލުކުރުމުގައި ދައުރެއް އަދާކޮށްފާނެކަން ގަބޫލުކުރެވި، ކައުންސެލިންގެ ލަނޑުދަނޑިތައް ހާސިލުކުރަން އަމިއްލައަށް މަސައްކަތްކުރަން ފެށުމެވެ. ދިމާވެފައިވާ މައްސަލައާއި، ގެންގުޅެވޭ ޚިޔާލުތަކާއި، ކުރެވޭ އިޙްސާސާ ގުޅުމެއް ވާކަމަށް ވިސްނާ، ނޭދެވޭ ޚިޔާލުތަކާއި، އިޙްސާސްތައް ބަދަލުކުރަން މަސައްކަތްކުރުމެވެ. ތިމާގެ ކިބައިގައިވާ ޤާބިލު ސިފަތަކަކީ ކޮބައިކަން ގަބޫލުކޮށް، އެ ޤާބިލު ސިފަތަކުގެ އެހީގައި، އަމިއްލަ ނަފްސު، އަމިއްލަ ޙަޔާތް ކާމިޔާބުކުރުމަށް މަސައްކަތްކުރަން ފެށުމެވެ. ނަފްސު އިސްލާޙުކުރުމަށް ބޭނުންވާ ދާއިރާތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ އިސްލާޙުތަކެއް ގެނައުމަށް މަސައްކަތް ކުރަން ފެށުމެވެ. އޮޅުން އަރާފައިވާ އިޙްސާސްތައް، ބިނާ ކުރަނިވި އެއްޗަކަށް ހަދަން ފެށުމެވެ. ކުރިމަތިވެފައިވާ މައްސަލަ އޭގެ އެންމެ ތަފްސީލުކޮށް އެނގުމާއެކު، މައްސަލަ ޙައްލުކުރާނެ ގޮތްތައް އަމިއްލަ ނަފްސަށް ވިސްނައި، މި ލަނޑުދަނޑިތައް ޙާސިލުކުރުމަށް ރާވައި، މި އިސްލާޙުތައް އަމިއްލަ ޙަޔާތަށް ގެންނަން ފެށުމެވެ. ބިނާކުރަނިވި ކަންތައްތަކެއް، އެމީހެއްގެ ޢަމަލުން ފެންނަން ފެށުންވެސްމެވެ.
ކައުންސެލިންގެ ތެރެއިން އިސްލާމިކް ކައުންސެލިން މޮޑެލް އާއި އެހެން މޮޑެލްތަކާހުރި އެންމެބޮޑު ތަފާތަކީ އިސްލާމިކް ކައުންސެލިންގައި މީހާގެ ޢަމަލުތައް ބައްޓަންކުރުމަށް ބާރުއަޅަނީ ރޫޙާނީ އަދި މޯރަލް ވެލިއުސްއާއި އިންސާނީ ރިވެތި އާދަކާދައާއި އިޖްތިމާޢީ އަޚްލާޤާއި މިންކުރުންތަކާ އެއްގޮތަށް ކަމަށްވުމެވެ. އިސްލާމިކް ކައުންސެލިން ބިނާވަނީ ޖިސްމާނީ، ނަފްސާނީ، ޖަޒުބާތީ، މޯރަލް އަދި ރޫޙާނިއްޔަތާއެކުގައެވެ. އިސްލާމީ ކައުންސެލިން ގުޅިފައިވަނީ އެމީހާގެ ނަފްސާއެވެ. އިންސާނާގެ ނަފްސު ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ އައްނަފްސުލް މުޠުމަޢިއްނަ (ހިތްހަމަޖެހުން ލިބިގެންވާ ނަފްސު( އާއި އައްނަފްސުލް ލައްވާމާ (މަލާމަތް ލިބިގެންވާ ނަފްސު) އާއި އައްނަފްސުލް އައްމާރަބިއްސޫއި (ނުބައިކަންކަމަށް އަމުރުކުރާ ނަފްސު( އެވެ.
ކައުންސެލިން ދެވޭއިރު ދެކެވޭ ވާހަކަތަކަކީ ސިއްރު ކުރެވެންޖެހޭ ވާހަކަތަކެކެވެ. ހަމައެހެންމެ އެއްވެސް ފަރާތަކަށް ބުރަވެގެން ނުވާނެއެވެ. ކްލައިންޓުގެ އިޙްސާސްތަކަށް އިޙްތިރާމް ކުރަންޖެހޭނެއެވެ. ކައުންސެލިންގެ ތެރޭގައި ސީދާ ވަކިގޮތަކަށް ކަންކުރުމަށް އަމުރުކޮށްގެން ނުވާނެއެވެ. އަދި ކުރެވޭ މަސައްކަތަކީ ނަފްސު ތަރައްޤިކޮށް އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތަށް ވާންޖެހޭނެއެވެ. މިގޮތަށް ކައުންސެލިން ކުރިއަށް ގެންދާއިރު ކްލައިންޓުގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރަންވާނެއެވެ. އެގޮތުން ކްލައިންޓަށް ދިމާވެފައިވާ މައްސަލަ ސާފު އިބާރަތުން ކިޔައިދެވެންޖެހޭނެއެވެ. އެހެންނަމަވެސް ކައުންސެލިންގ ހޯދުމުގައި، ނަފްސާއި ޙަޔާތަށް، ކައުންސެލިން ގެ އެހީގައި ބަދަލުކުރަން ބޭނުންވަނީ ކޮން ކަންތައްތަކެއްކަން ނިންމާނީ ކްލައިންޓެވެ. ކައުންސެލިން ދެވޭނެ ގޮތާއި، ކައުންސެލިންގ ދެވޭ ދިނުމުގައި އޭނާއާއި ބައްދަލުކުރާނީ ކޮންކޮން ބައެއްކަމާއި، އަދި ކައުންސެލިންގެ ތެރެއިން ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމުގެ ޙައްގު ކްލައިންޓަށް އަބަދުވެސް އޮންނަންވާނެއެވެ. އަދި ކައުންސެލިންގ ސެޝަން ފެށޭ ގަޑިއާއި، ނިމޭ ގަޑިއާއި ކައުންސެލިން ކުރިއަށްދާނީ ކިތައް ސެޝަނަށްކަން ކްލައިންޓަށް އެނގުމަކީ އޭނާގެ ޙައްޤެކެވެ.
ކައުންސިލިން ދިނުމުގައި ތަފާތު ޢިލްމީ ނަޒަރިއްޔާތައްވަނީ ތަޢާރަފު ކުރެވިފައެވެ. މީގެތެރެއިން އިސްލާމީ ގިނަ މުޖްތަމަޢުތަކުގައި މިއަދު އެންމެ މަޤްބޫލު ނަޒަރިއްޔާއަކީ ހިޔުމަނިސްޓިކް އެޕްރޯޗެވެ. މި ނަޒަރިއްޔާ ބުނާގޮތުގައި ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީ، އެއްވެސް ނުބައިކަމެއް ނެތިއެވެ. ކޮންމެ މީހަކީވެސް ރަނގަޅު މީހަކަށްވެ ކުރިއެރުމާއި ކާމިޔާބު ހޯދަން އެދޭނެ މީހެކެވެ. ނަފްސާނީގޮތުން ބަލިކަށިވެފައިވާ މީހާވެސް އެދޭނީ އޭނާގެ ނަފްސާނީ ބަލިމަޑުކަމުގެ ތެރެއިން ނުކުމެ، ރަނގަޅު ދުޅަހެޔޮ މީހަކަށް ވާންކަމަށް މި ނަޒަރިއްޔާ ބުނެއެވެ. މިނަޒަރިއްޔާއާ އެއްގޮތަށް ކައުންސެލިން ހޯދާ ނިމޭއިރު ކްލައިންޓް ވާންޖެހޭނީ އިހުނަށްވުރެ ހަރުދަނާ، އުފާވެރި، ދުޅަހެޔޮ، ޤާބިލު، ހުނަރުވެރި، އުއްމީދާއި އުފާވެރިކަންމަތީ ހުރި މީހަކަށެވެ. މިގޮތުން އެ މީހެއްގެ އަޚްލާޤީ ފެންވަރު ރަނގަޅުވެ، ނަފްސު ތަރައްޤީ ކުރުމަށް އަމިއްލައަށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށް އޭނާ ވާންޖެހޭއެވެ.
އިސްލާމިކް ކައުންސެލިން ދޭއިރު ހަތް މަރުޙަލާއަކަށް ބަހާލެވިދާނެއެވެ. އެއީ ފެށުމާއި، ބައިވެރި ކުރުވުމާއި، ދީނީ އިރުޝާދު ފޯރުކޮށްދިނުމާއި، ދެނެގަތުމާއި، ހޮވުމާއި ޢަމަލުކުރުމާއި ނަތީޖާއާމެދު ވިސްނުމުގެ މަރުޙަލާއެވެ. ފުރަތަމަ މަރުޙަލާއަކީ ކްލައިންޓާ ގާތްގުޅުމެއް އުފައްދައި ދެނެގަތުމުގެ މަރުޙަލާއެވެ. މައްސަލައާބެހޭ މަޢުލޫމާތު އެއްކޮށް، ކައުންސެލިންގައި ޙައްލުކުރުމަށް ބޭނުންވާ މައްސަލައަކީ ކޮބައިކަން ކަނޑައަޅާނީ މި މަރުޙަލާގައެވެ. ދެވަނަ މަރުޙަލާއަކީ މައްސަލައާމެދު ހުޅުވާލެވިގެން ވާހަކަދައްކައި، މައްސަލައިގެ ތަފްސީލުތަކަށް ފީނައި، މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކާމެދު ޚިޔާލުފާޅުކުރަން ފަށާ މަރުޙަލާއެވެ. ތިންވަނަ މަރުޙަލާއަކީ ދީނީ އިރުޝާދާއި ދީނުގެ ޢިލްމީ އެހީތެރިކަން ފޯރުކޮށްދޭ މަރުޙަލާއެވެ. މިމަރުޙަލާގައި މައްސަލަ ހައްލުކުރާނެ ގޮތްތަކާމެދު ވިސްނުމަށް ފުރުސަތު ދެވޭނެއެވެ. ހަތަރުވަނަ މަރުޙަލާއަކީ މައްސަލަ ހައްލުކުރަން ފެންނަގޮތްތައް ލިސްޓްކޮށް މައްސަލަ ހައްލުކުރަން ފެންނަ ގޮތްތައް ހޮވުމުގެ މަރުޙަލާއެވެ. ފަސްވަނަ މަރުޙަލާއަކީ މައްސަލަ ހައްލުކުރާނެ ގޮތްތަކުގެ ތެރެއިން ކޮންމެވެސް ގޮތެއް އިޚްތިޔާރު ކުރުމުގެ މަރުޙަލާއެވެ. ހަވަނަ މަރުޙަލާއަކީ އިޚްތިޔާރުކުރި ގޮތާ އެއްގޮތަށް އުޅުމާއި އަޚްލާޤު ބައްޓަންކޮށް ޢަމަލުކުރަންފަށާ މަރުޙަލާއެވެ. ހަތްވަނަ މަރުޙަލާއަކީ ނަތީޖާއާމެދު ވިސްނައި ނަފްސަށް ހިތްވަރުދީ ހިތްހަމަޖެހުން ހޯދައިދޭ މަރުޙަލާއެވެ.
އިސްލާމިކް ކައުންސެލިންގައި ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ސީދާވެގެންވާ ތެދުމަގު ޚިޔާރުކުރުމަށް ފުރުސަތުލިބިގެންދާނެއެވެ. ނަފްސަށް ހިތްހަމަޖެހުންލިބި ބާއްޖަވެރި ހަޔާތެއް އާރާސްތުކުރެވޭނެއެވެ. ކައުންސެލިން ވަކިފަންނެއްގެ ގޮތުގައި ދުނިޔެއަށް ތަޢާރަފުވީ މީލާދީން 18 ވަނަ ޤަރުނުގެ ތެރޭގައި ކަމަށްވިޔަސް އިސްލާމްދީނާއެކު ޙައްޤާއި ބާޠިލު ވަކިކޮށް ބަޔާންކޮށްދިނުމާއެކު އިސްލާމީ ކައުންސެލިން ވަނީ ދުނިޔެއަށް ތަޢާރަފުވެފައެވެ. ނަފްސު ތަރުބިއްޔަތުކޮށް ނަފްސަށް ހިތްހަމަޖެހުން ލިއްބައިދީ ނަފްސާނީ އުފާވެރިކަން ހިތްތަކަށް ފޯރުކޮށްދިނުމުގެ ބާރު އިސްލާމީ އުސޫލުތަކުން ސާބިތުކޮށްދީފައިވެއެވެ. އިސްލާމްދީނުގެ ޙައްޤުގައި މުސްލިމުންކުރި ހިތްވަރުގަދަ ޖިހާދުތަކުގައި އިސްލާމީ ލަޝްކަރުތަކުގެ ޒުވާނުން މުޖާހިދުންގެ ފަރާތުން ފެންނަމުންދިޔަ ޢަޒުމުގެ ވަރުގަދަކަމާއި ހިތްވަރާއި ކެރުމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދެމެހެއްޓި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެފަރާތްތަކުގެ ނަފްސުގެ ފުދުންތެރިކަން ބޮޑު ހިއްސާއެއް އަދާކުރިއެވެ. އެހެންކަމުން ޣައިރު ދީންތަކުގެ ހަނގުރާމަވެރިންގެ ތެރޭގައި ދިމާވާ ނަފްސާނީ ބަލިމަޑުކަން މުސްލިމުންގެ މެދުގައި ދިމާވެފައެއް ނުވެއެވެ.

Comments