ގާސިމް އިބްރާހިމަަށް ދަންނަވާ މަރުހަބާ
ލިޔުނީ: ގުފުތަލުގެ އަޖީޒް
ޖުމުހޫރީ ޕާޓީ (ޖޭޕީ ) ގެ ލީޑަރ މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބުލް ގާސިމް އިބްރާހިމް / މާފަންނުވިލާ ، މާލެ ބޮޑު ތިލަދުންމައްޗަށް، ޖޭޕީގެ ރަދީފުންނަމަ، ބޮޑު އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިމަހު 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިހަވަންދޫއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރު ހައްދަވައިދެއްވާ ހއ. ހުވަހަންދޫގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އިހަވަންދޫއަށް ވަޑައިގަންވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވެވުމަށް ކުރައްވާ މަސައްކަތް ވަރަށް ހަރުދަނާކަމާއެކު ކުރިއަށް އެބަދެއެވެ.
މިމަސައްކަތުގައި ހަރަކާތްތެރިވަނީ ތިން ފިލްމުސްޓާރުންނާއި ހަނދުވަރީނާޒް މޫސާއިބްރާހިމް (އަތިރި) އާއި ތައުބާ މިސްކިތުގެ މުދިމް މާހިރީމަންޒިލް އަލީ މާހިރު އެވެ. މިދެންނެވި ފަރާތްތަކުން ގެންދަވަނީ ނޫރަލީގޭގައި ޖޭޕީގެ ހަރުގެއެއް ހަދަމުންނެވެ. ފިލްމުސްޓާރުންގެ ތެރޭގައި ގާސިމް އިބްރާހިމްގެ ކެންޕޭން ދަތުރުފުޅުގައި އުޅެނިކޮށް މޫދަށްވެއްޓުނު ޔޫއްޕެއުޅެއެވެ.
ޖޭޕީގެ ފަރާތުން އިހަވަންދޫ ޒުވާނުންނަށް ހަދިޔާކުރުމަށް ޖޭޕީގެ ލޯގޯ ޖަހާފައިވާ އެތަކެއް ފުޓްބޯޅައާއި ބެރުތަކެއްވެސް ވަނީ ގެނެސްފައެވެ. މިތަކެކި މިވަގުތު ހުރީ "ޓީމް އިހަވަންދޫ" ގެ މަސްއޫލްވެރިންގެ ބެލުމުގެ ދަށުގައެވެ.
އިހަވަންދޫގައި ޖޭޕީ ދިރުވަން މަސައްކަތްކުރި ބައެއް ފަރާތްތަކުގެ މެދުގައި، މިވަގުތުވަނީ ވަރަށްބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ސަބަބަކީ މިވަގުތު އިހަވަންދޫގައި ޖޭޕީގެ ހުންގާނުގައި ހުރި ކެޔޮޅާއި އެންކެޔޮޅާ ދޭތެރޭ އެބޭފުޅުން ހިތްހަމަ ނުޖެހޭނީ އެވެ. ޖޭޕީއަށް 150 ފޯމް ފުރާ ޕާޓީގެ ކަންތައްތަކުގައި އިސްކޮށް އުޅުނު މީހަކު ބުނީ، އެމީހުންގެ އެއްވެސް އިޚްލާތެރިކަމެއް ނެތްކަމަށެވެ. އަދިވެސް ޕާޓީގެ ގޮފި ރަޖިސްޓްރީ ނުވާ ކަމަށެވެ.
މިހާރު އިހަވަންދޫގައި ޖޭޕީގެ ހަރަކާތްތަކުގައި ގާސިމަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންދާ ޓީމްގެ އިސްއޮފިޝަލަކު ރަށްގޮވާއަޑަށް މައުލާމާތު ދެމުންބުނީ، ވެރިކަމަކީ އިޚްލާސްތެރިންނަށް ލިބޭ އެއްޗެއްކަމަށާއި، 150 ފޯމް، މުދަލާއި ފައިސާ ބޭނުމުގައި ފުރިއަސް، ޖޭޕީއަށާއި ގާސިމް އިޚްލާސްތެރިވެ ، ލޯބިނެތްނަމަ، ޕާޓީގެ ހުންގާނު އެފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ.
ދިވެހި ދަރިންގެ ތައުލީމަށް އަމިއްލަފުޅު ޚަރަދުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވާފައިވާ ޤާސިމް އިބްރާހިމް އިހަވަންދޫ އަށް ވަޑައިގަންނަވާއިރު، ހޫނު މަރުހަބާއެއް އިހަވަންދޫ ރައްޔިތުން ދެއްވާނެކަމަށް ރަށްގޮވާއަޑަށް ފެނެވެ.
ނަމަވެސް ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ފިނޑި މީހެއް ކަމަށް ސިފަކުރައްވާ ގާސިމް އިބްރާހިމް ވާހަކަފުޅުދައްކަވާފައިވާތީވެ އެމްޑީޕީގެ ވަރަށް ގިނަމީހުންތިބީ ގާސިމާމެދު ހިތްހަމަ ނުޖެހިފައެވެ.
ގާސިމްގެ އަރިހުގައި ހަރަކާތްތެރިވާ އިހަވަންދޫގެ ޒުވާނުންނަކީ އަލީ ސިރާޖާއި މުހައްމަދު މަތީން ( އެރޯމާ ) އާއި މުހައްމަދު ޢަބުދުﷲ މުހައްމާ އެވެ.

Comments