ސިޔާސީ ޕާޓީތަކުގެ ބިލް އިއްޔެ ގާނޫނަކަށް ވުމާއެކު އިލެކްޝަން ކޮމިޝަންގައި އަޅުގަނޑުގެ ނަންއޮންނަ ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރުމާއެކު އަޅުގަނޑުގެ ސިޔާސީ ޕާޓީ އުވިއްޖެ އެވެ. އެހެންވެ، މިފުރުޞަތުގައި އުވުނު ދިވެހި ރައްޔިތުންގެ ސިޔާސީ ޕާޓީތަކުގެ ލޮބުވެތި ރައްޔިތުންނަށް ތައުޒިޔާދަންނަވައި ތަހުނިޔާ ވަމެވެ.
މިފުރުޞަތުގައި ، ރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމުހޫރިއްޔާގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އުވުމާއި ގުޅިގެން އެމަނިކުފާނަށް ހާއްޞަ ތައުޒިޔާއެއް ދަންނަވަމެވެ. ދިވެހިރާއްޖޭގެ ރައީސްކަންކުރައްވާ ރައީސުލް ޖުމުހޫރިއްޔާގެ ސިޔާސީ ޕާޓީ އުވިފައިވާތީވެ، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، އަޅުގަނޑުގެ ހިތާއި ފުރާނައިން އެހިތާމަ ތަހަމަލް ކުރާ ދިވެހި ރައްޔިތެއްގެ ހައިޞިއްޔަތުން، އެމަނިކުފާނާ ހިތްވަރު ދެއްވާ، އެމަނިކުފާނަށް ކެތްތެރިކަން ދެއްވުމަށާއި، ގައުމީ ޚިދުމަތުގައި ދެމިހުރުމުގެ ހެޔޮވިސްނުމާއި ، ކުޅަދާނަކަން މިންވަރު ކުރައްވުމަށް އެދެމެވެ.
ދިވެހިރާއްޖޭގައި ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރުންފެށިގެ ދިވެހި ސިންގާ ސަނާ ރެދަނޅިވަމުން މިދަނީ މަލްޑިޕާޓީ ޑިމޮކްރަސީގެ ޕާޓީ ނިޒާމީ ވެރިކަމެކެވެ. އެހެންނަމަވެސް، ކަންހިނގާމަގުން ދަގުދީރުވަމުންގޮސް މިހާރު ވެރިކަމުގައި އެހުންނެވީ، އެއްވެސް ޕާޓީއެއްނެތް ވެރިއެކެވެ.

އެހެންކަމުން، ވެރިކަމުގެ ތަހުތަކީ ، ވަރަށްވެސް ހަނިމަގުތަކުންވެސް ހަމަކޮންމެ މީހަކަށްވެސް ލިބިދާނެ ކަމެކެވެ.
Comments