މުހައްމަދު ބުޝްރީ
އިދިކޮޅު ސިޔާސީ ފަރާތްތައް ސިއްސުވާލުމުގެ ނިޔަތުގައި ބޭއްވި ބޮޑު ޖަލްސާއެކެވެ. ޑީ.އާރް.ޕީ.ގައި ހުރެފައި އަލީ ވަހީދު އެމް.ޑީ.ޕީ. އާ ގުޅުމުން ތޮއްޑޫގެ ގިނަ ބަޔަކު އެކަމަށް ތަރުހީބު ދީ، ތޮއްޑޫގެ 300 މީހުން އެމް.ޑީ.ޕީ. އާ ގުޅުނު ކަމަށް އަޑުއަރުވަން ބޭއްވި ބޮޑު ޖަލްސާއެކެވެ.
އެކަމަކު ހަގީގަތަކީ ތޮއްޑޫގެ ހުރިހާ ރައްޔިތުން އެމް.ޑީ.ޕީ.ގެ ބޮޑު ވަފުދަށް، ހާއްސަކޮށް އަލީ ވަހީދަށް މަރުހަބާއެއް ނުކިޔަ އެވެ. ބައެއް ރައްޔިތުން އަލީ ވަހީދާ ދިމާޔަށް ގޮވަމުން ދިޔައީ "ގައްދާރެއް" ކަމަށެވެ. ހިޔާނާތްތެރިއެއް ކަމަށެވެ. ރައްޔިތުން ވަކި ގޮތަކަށް އަލީ ވަހީދަށް ދިން ވޯޓުތައް ވިއްކާލި ކަމަށެވެ. ތޮއްޑޫ ދަތުރުގައި ރައީސް ނަޝީދާއި އަލީ ވަހީދު ފަދަ ބޭފުޅުން އުޅުއްވީ ސިފައިންގެ ހިމާޔަތުގައި، ރައްޔިތުންނަށް ފިލައިގެންނެވެ.

އެރޭގެ ޖަލްސާގައި އާއްމުންގެ ގޮތުގައި ފެނުނު ގިނަ މީހުންނަކީ ތޮއްޑޫގައި ތިބި ތޮއްޑޫގެ ރައްޔިތުންނެއް ނޫނެވެ. ރީނދޫ ބުރުގާ އަޅުވައިގެން، ރީނދޫ ގަމީސް ލައްވައިގެން މާލެއިން ތޮއްޑޫއަށް ގެންދިޔަ އެކްޓިވިސްޓުންނެވެ. އެމް.ޑީ.ޕީ. މީހުން މާލެއިން ތޮއްޑުއަށް އުފުލުމަށް އެ ދުވަހު ސައްބީސް އުޅަނދު ދަތުރުކުރި ކަމަށްވެ އެވެ. އޭގެތެރޭގައި ރައީސް އޮފީހުގެ ލޯންޗަކާއި ކޯސްޓް ގާރޑުގެ އުޅަނދު ހިމެނުނު ކަމަށް ކަރަޕްޝަނުގެ އަމަލެއް ކަމަށް އަދާލަތު ޕާޓީ ފަދަ ސިޔާސީ ފަރާތްތަކުން މީޑިޔާގައި ސިފަކޮށްފައިވެ އެވެ.
އިނގިރޭސި ވިލާތުގެ ޕަބްލިކް ރިލޭޝަންސް މީހުން ގެނެސްގެން، ރައީސް އޮފީހުން އެމީހުންނަށް ވަޒީފާ ދެއްވައިގެން ރައީސް ނަޝީދު މިކުރައްވާ ކަމަކީ އެމް.ޑީ.ޕީ. ޕޮލިޝްކޮށް، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ޕްރޮޕެގެންޑާ ފެތުރުމެވެ.
ތޮއްޑު ދަތުރުގައި ބައިވެރިވި ސައްބީސް އުޅަނދަށާއި އެ އުޅަނދުތަކުން ދިޔަ އެމް.ޑީ.ޕީ. މީހުންގެ ކެއުމަށާއި ޖަލްސާގެ ޖުމުލަ ހަރަދަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެ ފައިސާ ނެރުނީ ކޮންތާކުން، ކޮން ގޮތަކަށްތޯ ވެސް އެންޓި ކަރަޕްޝަން ބޯޑުން ބަލަން ޖެހެ އެވެ.
އެރޭގެ ޖަލްސާއަށް ފަހު ސަރުކާރާއި އެމް.ޑީ.ޕީ.ގެ އިސް ބޭފުޅުން ލަވަ ވިދާޅުވެ، ޑީ.ޖޭ. ހައްދަވައިގެން ނައްޓަވައި ހެއްދެވުމަކީ އަހުލާގީ އަދި ދީނީ އިންތަކުން ބޭރުވެފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ސިޔާސީ ފަރާތްތަކުން ދެކެ އެވެ.
އާއްމު ރައްޔިތުންގެ ގިނަ ބައެއްގެ މެދުގައި މި ސަރުކާރަކަށް މިހާރު ތާއީދެއް ވެސް، އިތުބާރެއް ވެސް ނެތެވެ. މިއީ ދޮގެއް ކަމުގައި ވަނީ ނަމަ ރައީސް ނަޝީދު ވައުދުވެވަޑައިގެންފައިވާ ގޮތަށް ދައުރުގެ މެދުތެރޭ ރިޔާސީ އިންތިހާބެއް ބާއްވަވާފައި އެކަން ސާބިތުކޮށްދެއްވުމަށް އަޅުގަނޑު ޖަދަލުކުރަމެވެ. މި ސަރުކާރާއި އެމް.ޑީ.ޕީ. އާއި ރައީސް ނަޝީދުގެ އަމަލުތައް މިހާރު ހުރި ގޮތުން އަޅުގަނޑަށް ވިސްނެނީ 2013 އިގެ އިންތިހާބުން އެމް.ޑީ.ޕީ. ބަލިވިޔަސް، ބަލި ގަބޫލު ނުކޮށް ސިފައިންނާއި ފުލުހުންގެ މުގުރުތައް ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާ ބާތިލުކުރާނެ ކަމަށެވެ.
ޑިމޮކްރެސީއަކީ ރައީސް ނަޝީދު ގެންގުޅުއްވާ ޖާރިޔާއެއް ފަދަ އެއްޗެކެވެ. ހިތް އެދޭ ވަގުތު އެ ޖާރިޔާއާ ލޯބިކުރައްވަ އެވެ. ހިތްޕުޅާ ނުވުމުން އެ ޖާރިޔާއާ ދިމާޔަށް ބައްލަވައި ވެސް ނުލައްވަ އެވެ. ރައީސް ނަޝީދަކީ އެއްވެސް ވަރަކަށް ޑިމޮކްރަސީއަށް ލޯބިކުރައްވާ ވެރިއެއް ނޫނެވެ. އެ މަނިކުފާނަކީ މި ޤައުމު ދުށް އެންމެ ބޮޑު ޑިކްޓޭޓަރު ކަން ކަށަވަރެވެ. ރައްޔިތުން ޖަލަށް ލައި ނުމެރި ކަމުގައި ވިޔަސް އެމަނިކުފާނުގެ ޑިކްޓޭޓަރުކަމުން ބިކަ ހާލު ޖެހި، އަނިޔާ ލިބިފައިވާ ރައްޔިތުން މާ ގިނަ އެވެ.
ރައްޔިތުން ކުރިމައްޗަށް ނިކުމެވަޑައިގެން މާމިނަށް އަނގަ ހުޅުއްވަވައިފައި، މަލާމާތުގެ ޒާތަކަށް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ ރައްޔިތުންނަށް ކުރައްވާ ފުރައްސާރައެކެވެ. އިޒްރޭލުގެ ގައުމީ އެއަރލައިނުގެ ދަތުރުތައް ރާއްޖެއަށް ފައްޓަވަން އެއުޅުއްވަނީ ވެސް މި ސަރުކާރުން މުސްލިމް ދިވެހި ރައްޔިތުންނަށް ކުރާ ފުރައްސާރައެއްގެ ގޮތުގަ އެވެ. ފުރުސަތު ލިބިއްޖެ ނަމަ މި ސަރުކާރުން ދިވެހި ރާއްޖޭގައި އެހެން ދީންތަކަށް ވަނުމުގެ މިނިވަންކަން ވެސް ދޭނެ އެވެ. ފައްޅި އެޅުމުގެ މިނިވަންކަން ވެސް ދޭނެ އެވެ. އަމަލާއި ބަހުން އެކަން މިހިރަދަނީ ހާމަވަމުންނެވެ.
އިދިކޮޅު ފަރާތްތަކުގެ ތެރެއިން އަދާލަތު ޕާޓީ އަށް އަޅުގަނޑު ގޮވާލަނީ އިޒްރޭލުގެ މަތިންދާބޯޓު ރާއްޖެއަށް ޖައްސާ ދުވަހަކަށް ބައްލަވަން ނުތިއްބަވައި މިހާރު ވެސް މި ސަރުކާރުގެ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށެވެ. ޑރ. ހަސަން ސައީދަށް އަޅުގަނޑު ގޮވާލަނީ ކޮންމެ ފަރާތަކާ ގުޅިގެން ނަމަވެސް އިދިކޮޅު ހުރިހާ ފަރާތްތައް އެއް ގަލަކަށް އެރުވުމަށް މަސައްކަތް ކުރެއްވުމަށެވެ. ޑރ. މުނައްވަރަށް އަޅުގަނޑު ގޮވާލަނީ ފަހަތުގައި ފިއްލަވާފައި ނުހުންނަވައި، ކުރީ ސަފަށް ނިކުމެވަޑައިގެން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް އަވަސް ކުރެއްވުމަށެވެ. ޑރ. ވަހީދަށް އަޅުގަނޑު ގޮވާލާނީ މަގާމުގެ ދަހިވެތިކަން ދޫކޮށްލައްވާފައި، ރައްޔިތުންނާއި ގައުމަށް ޓަކައި ނާއިބު ރައީސްކަމުން ވަގުތުން އިސްތިއުފާ ދެއްވާފައި، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ފެއްޓެވުމަށެވެ. ގާސިމް އިބްރާހީމަށް އަޅުގަނޑު ގޮވާލާނީ މަނިކުފާނު އަމިއްލަފުޅަށް ސިޔާސީ މަގާމަކަށް ކުރިމަތިލެއްވުމުގެ ހިޔާލު ދޫކޮށްލައްވައި، ކޮންމެވެސް ސިޔާސީ ފިކުރެއްގެ ފަހަތުގައި އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް އަތުކުރިއޮޅާލެއްވުމަށެވެ. ތަސްމީނު އަލީއަށް އަޅުގަނޑު ގޮވާލާނީ ސަރުކާރުގެ ކެހިވެރި ރޭވުމުގެ މަޅީގައި ޖެހިވަޑައިނުގެން، ރައްޔިތުންނާއި ގައުމަށް ޓަކައި އިދިކޮޅު ހުރިހާ ފަރާތްތައް އެއް މޭޒުދޮށަށް ގެންނަވައިގެން މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ޒައީމް މައުމޫނާ ވެސް ސުލްހަވެވަޑައިގަތުމަށެވެ. މައުމޫން ޢަބްދުލްޤައްޔޫމަށް އަޅުގަނޑު ގޮވާލާނީ އަލުން އަނބުރާ ރައީސްކަމަށް ވަޑައިގަތުމުގެ ހިޔާލުފުޅު ދޫކޮށްލައްވައި، ރައްޔިތުންގެ އިހުތިރާމު ލިބިވަޑައިގެންވާ ސިޔާސީ ލީޑަރެއްގެ ގޮތުގައި ގައުމަށް ޓަކައި ހިދުމަތް ކުރެއްވުމަށެވެ. އެގޮތުން އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅުވައިދިނުމުގައި މައުމޫނުގެ ތަޖުރިބާ ވެސް ބޭނުން ކުރެއްވުމަށެވެ. ޔާމީނަށް އަޅުގަނޑު ގޮވާލާނީ ފުރަތަމައިނުން ރައީސްކަން ކުރެއްވުމުގެ ހިޔާލު ދޫކޮށްލައްވައި ސިޔާސީ ފިކުރެއްގެ ފަހަތުގައި، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށެވެ. ޔާމީނަކީ ރައީސްކަމަށް ގާބިލު ބޭފުޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވަނީ ނަމަ އެންމެ ފުރަތަމަ ރައްޔިތުންގެ އިހުތިރާމާއި އިތުބާރު ހޯއްދަވާށެވެ.
އެމް.ޑީ.ޕީ. އާއި ރައީސް ނަޝީދު ބަލިކުރެވުނަސް ކުރެވޭނީ މި ދެެންނެވި ހުރިހާ ފަރާތްތައް ގުޅިގެން، އެއް ގަލަކަށް އަރައިގެން މަސައްކަތް ކޮށްގެންނެވެ. އެހެން ނޫން ނަމަ 2018 އާ ހަމަޔަށް މި ގައުމުގައި ރައީސްކަން ކުރައްވާނީ ރައީސް ނަޝީދެވެ. އެ ދުވަސް އަންނަ އިރު އިސްލާމީ މަރުކަޒުން ބަންގި ގޮވާ އިރު، ހުޅުމާލޭގައި އަޅާ ބޮޑު ފައްޅީން ބެލް ޖަހާ އަޑު ދިވެހި ރައްޔިތުންނަށް އިވުމަކީ ދުރުކަމެއް ނޫނެވެ.

Comments