އިހަވަންދޫ ބަދަރުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ.
އިހަވަންދޫ އާއި ހޯރަފުއްޓާއި ދިއްފުށީ ބަދަރުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމުހޫރިއްޔާ މިހެން ވިދާޅު، އެމްޑީޕީގެ ދެވަނަ ކޮންގްރެސް ނިންމުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުން ދެއްވި ޖޯޝުންފުރިގެންވާ ވާހަކަ ފުޅުގައެވެ. މިއީ މިހާތަނަށް ރައީސުލް ޖުމުހޫރިއްޔާ ދެއްވި އެންމެ ފުރިހަމަ ތަގުރީރުކަމަށް ވަރަށް ގިނަ ރައްޔިތުން ދެކެއެވެ. މި ވާހަކަ ފުޅު ދެވަނަ ފަރަހަށް އަޑު އަހާލުމަށް ބޭނުންކަމަށް ވަރަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. މިއީ އެމަނިކުފާނުންގެ ސިޔާސީ ވާދަވެރިން ވަރަށް ބޮޑަށް މާޔޫސްވި ތަގުރީރެކެވެ. ރައީސުލް ޖުމުހޫރިއްޔާގެ ގާބިލްކަމާއި ހުނަރުވެރިކަމާއި ފަސާހަތްތެރިކަމާއި ބަލާގަތްތެރިކަން މިތަގުރީރުން ވަރަށް ރަގަޅަށް ސާފު ވެގެން ދިޔައެވެ. މިތަގުރީރުގެ ސަބަބުން އެމަނިކުފާނުންގެ މަގުބޫލުކަން 60 އިންސައްތަ މައްޗަށް ޖެހިއްޖެ ކަމާމެދު ޝައްކެއްނެތެވެ.

ރައީސްގެ ވާހަކަފުޅުގައި މިސަރުކާރަށް މިވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތައް ކުރީގެ ސަރުކާރުގެ 30 އަހަރާ ނުބައްދަލުކަމަށް ވިދާޅުވިއެވެ. އެގޮތުން މިވީ 2 އަހަރު ދުވަހުގެ ތެރޭގައި 27 ރަށުގެ ބަނދަރު ހަދާ ނިމިފައިވާ ކަމަށާއި، އިތުރު 11 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ އިރު 3 ރަށެއްގެ ބަނދަރު މި ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ ދިގު 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގައި ޤާއިމްކުރެވިފައިވަނީ ޖުމްލަ 8 ރަށުގެ ނަރުދަމާ ނަމަވެސް މިވީ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމާ، އިތުރު 5 ރަށެއްގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ތަރައްގީގެ އެތައް މަޝްރޫއުތަކެއް ރާވާފައިވާ ކަމަށާއި ދެން އެންމެ އަވަހަށް ރާއްޖޭގެ އިގްތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ އެއްތަނަކީ މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކަމަށެވެ.
"ކުރީގެ ސަރުކާރުން ކޮށްފައިވާ އެއްކަމަކީ ދުނިޔޭގައި ލެއްވިހާ ތަނަކުން އެއާޕޯޓް ޒަމާނީކޮށް ތަރައްގީ ކުރުމުގެ ނަމުގައި އެކި ފަހަރުމަތިން ބޮޑެތި ލޯނުތައް ނެގުން. އަދި ނަގާފައިވާ ލޯނުތަކާ ހުރެ ބޯ ހިކެންނެތް އިރު، އަޅުގަނޑުމެންނާ ހަވާލުވީ މާލޭ ބައިނަލް އަގުވާމީ ބާލިދީ ބަނދަރު. ވިއްސާރަކޮޅެއް އަތުވެއްޖެ ނަމަ މުޅިތަނުގައި އޮންނާނީ ބާލިދީ އަތުރައިފައި. މި ނޮވެމްބަރު މަހު އެއާޕޯޓް ބައިނަލްއަގުވާމީ ކުރުމުގެ މަރުހަލާ ފެށޭނެ. އެކަމުގެ ސަބަބުން ސަރުކާރުން އެންމެ ޑޮލަރަކަށް ވެސް ނުދަރާނެ. ކުރިއަށްވުރެ އެތައްތަނަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ މިހާރަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ. އަންތަރީސްވާވަރުގެ ތަރައްގީ އެތަނަށް ލިބިގެންދާނެ"
މިރަސްމިއްޔާތުގައި ރައީސް އަމިއްލަ ފުޅަށް އެމަނިކުފާނަކީ " ފުލެޓް ދޮންބެ" ކަމަށް އިޝާރާތް ކުރައްވައި ރައްދުދެއްވާފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ލަދު ހަޔާތްހުރިނަމަ ލަދުގަންނާނެ ބީދައިންނެވެ.
"އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އެންމެ އަސާސީ އެއް ވައުދު. މި ވައުދުގެދަށުން މާލޭގައި އިމާރާތްކުރަންފަށާ ފްލެޓް އިމާރާތްތަކުން ބަހައްޓާ ފުރަތަމަ ބިންގާ މި ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު އަޅުގަނޑު އަޅާނަން. ހަމަ އެއާ އެކު ހުޅުމާލޭގައި އިމާރާތްކުރާ އެއްހާސް ހައުސިން ޔުނިޓްގެ ފުރަތަމަ ބިންގާ، ޖެހިގެން އަންނަ ނޮވެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު ވެސް އަޅާނީ ހަމަ އަޅުގަނޑު. އަދި އަތޮޅުތަކުގައި އިންޑިޔާގެ ކްރެޑިޓް ލައިންގެ އެހީގައި އަޅާ 500 ފްލެޓްގެ ބިންގާ ވެސް އަޅާނީ އަޅުގަނޑު. އަދި ހަމަ ކޮރެޔާ ސަރުކާރުގެ އެހީގައި ދެން އަޅާ 1000 އިތުރު ފުލެޓްގެ ބިންގާ ވެސް އަޅާނީ ހަމަ އަޅުގަނޑު" ރައީސް ނަޝީދު ވިދާޅު ވިއެވެ . " މިއީ ޕުލެޓް ދޮންބެ "
މުޅި ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ހުރިހާ އުންމީދެއް ގުޅިފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެކަންތައް މަތިން އަބަދުވެސް ހަނދާންކޮށް ރައްޔިތުންނަށް ޚިދުމަތްކުރުން މަތީ ދެމިތިބެން ޖެހޭނޭ ކަމަށާއި އެހެންކަމުން ޚާދިމަކަށްނުވެ ގާއިދަކަށް ނުވެވޭނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
” ދިގު އެތައް އަހަރެއްގެ އަޖަލުގައި ޖެހި، އެނގިގެންނާއި ނޭނގި ހިނގާދިޔަ ނުސިޔާނު ސިޔާސަތުތަކެއްގެ ސަބަބުން ވެއްޓެމުން ވެއްޓެމުން ގޮސް، ދިވެހިރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑު ކިތަންމެހާވެސް ފުން. އެހެން ކަމުން އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައްވެސް އެހާމެ ގިނަ. މިކަންކަމުން މިރާއްޖެ މިންޖުކޮށް، ޤައުމާއިގެން އަމާން ބަނދަރަކަށް ދިއުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. މިގޮތުން ރާއްޖެ ނަގާ ކޮޅަށްޖެހޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުމެންނަށް އޮވޭ. ރެއާ ދުވާލު ކެނޑިނޭޅި އަޅުގަނޑުމެން ކުރަމުން މިދަނީ އެމަސައްކަތް. ” ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ “ނުވެހުރި އެތައް ކަމަކާއި، ހަޤީޤަތަކަށް ވުމަށް ރައްޔިތުން އެދިތިބި އުއްމީދުތައް އެންމެ ގާތުން ނަކަލު ކުރެވޭނެ ނިޒާމެއް އޮތީ އެމްޑީޕީގައި” ކަމަށާއި ދަތިތަކާއި އުނދަގުލާއި ހުރަސްތަކާއި އެކުވެސް ރައްޔިތުންގެ ބޭނުންތަކަށް އިޖާބަ ދިނުމަށް އެންމެ މުހިއްމު ކަމަކީ އެމްޑީޕީ ހިނގަމުންދާ ހަރުދަނާ ރިވެތި ޑިމޮކްރެޓިކް އުސޫލުން ހިނގަމުން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

Comments