މަޖިލިހުގެ ރައީސްގެ މަގާމާ އެކު ނަޝީދު ތާރީޚުގެ ތެރެއަށް
މުހައްމަދު ހަމްދޫން މިހާރު
ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ޝަރަފާ އެކު ރައީސް މުހައްމަދު ނަޝީދު ތާރީހުގެ ތެރެއަށް ރޭ ވަދެވަޑައިގެންފި އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރު ހިންގުމުގެ ބާރުގެ އެންމެ މަތީ ވެރިޔާކަން، ނޮވެމްބަރު 11، އިން ފެބްރުއަރީ 7، 2012 ކުރެއްވި ނަޝީދު، ގާނޫނު ހެދުމުގެ ބާރުގެ އެންމެ މަތީ ވެރިޔަކަށް އިންތިހާބުވެވަޑައިގަތީ ރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގަ އެވެ.

ނަޝީދަކީ ރައީސްކަން ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ފުރަތަމަ ބޭފުޅާ ވެސް މެ އެވެ. ކުރީގެ ރައީސުންގެ ތެރެއިން މުހައްމަދު އަމީން ދީދީ އާއި އިބްރާހިމް ނާސިރާއި މުހައްމަދު ވަހީދު އަދި އަބްދުﷲ ޔާމީން ވަނީ ރައީސްކަންކުރެއްވުމުގެ ކުރިން މެމްބަރުކަން ކުރައްވައިފަ އެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 25 އަހަރު މެމްބަރުކަން ކުރައްވައިފަ އެވެ. ރައީސުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ނުކުރައްވަނީ މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.
މައުމޫނުގެ ވެރިކަމުގައި، ނޫސްވެރިއެއްގެ ގޮތުން 1989 ވަނަ އަހަރު އިސްލާހީ މަސައްކަތް ފައްޓަވައި ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން ސިޔާސީ ކުށްވެރިއަކަށް ވި، ނަޝީދު ސިޔާސީ މަސައްކަތް ރަސްމީކޮށް ފެއްޓެވީ އޭގެ ނުވަ އަހަރު ފަހުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވެ. އެކަމަކު މާލޭގެ މެމްބަރުކަމުގައި ދެމިހުންނެވުނީ ދެ އަހަރެއްހާ ދުވަހު އެވެ. ވެލާނާގެއިން އުކާލަން ނަގާފައި ހުރި ކުނިން ކަރުދާސްކޮޅެއް ނެންގެވުމަކީ ވައްކަމަކަށްވެ ދެ އަހަރާއި ހަ މަސް ދުވަހަށް ރ. އަނގޮޅިތީމަށް އަރުވާލުމާ އެކު މެމްބަރުކަން ގެއްލިވަޑައިގަތީ އެވެ.
އެކަމަކު ހަމަ އެ މަޖިލީހުން ހުއްޓުވާފައި އޮތް ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތް، ކާމިޔާބުކުރައްވައި އެމްޑީޕީ ރާއްޖޭގައި ރަޖިސްޓްރީކުރުވައި ޗެއާޕާސަންގެ މަގާމަށް ވަޑައިގެން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ. އެކަމަކު އާއްމުންނާއި ސަލާމަތީ ބާރުތަކުން ސަރުކާރާ ދެކޮޅަށް ނުކުމެ ރޯވި ސިޔާސީ ހުޅުގެ ތެރެއިން އިސްތިއުފާ ދެއްވީ އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންވި އިރު، މިދިޔަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގަތީ، ޓެރަރިޒަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާތީވެ އެވެ. އެ އިންތިހާބު އެމަނިކުފާނުގެ ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވާފައިވަނިކޮށް، ސުޕްރީމް ކޯޓުން ހުކުމް ބާތިލްކުރުމާ އެކު ނަޝީދު ދެން ނިންމެވީ މަޖިލީހަށް ވާދަކުރެއްވުމަށެވެ.
އެކަމަކު މަޖިލީހަށް ދެ ވަނަ ފަހަރަށް، މިދިޔަ މަހު އިންތިބާހުވެވަޑައިގެންނެވި ނަމަވެސް ރައީސްކަމަށް އެމަނިކުފާނު ވަޑައިގެންފާނެ ކަމަށް ހޯމަ ދުވަހުގެ ރެޔާ ހަމަށް ހީކުރެވިފައެއް ނުވެ އެވެ. ޝައުގުވެރިކަމެއް ނުގެންގުޅުއްވަ އެވެ. ރައީސްކަމަށް ނަޝީދު ތާއީދުކުރެއްވި މުހައްމަދު އަސްލަމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރެއްވި ހަސަން އަފީފުގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގައި ލީ ރެނދު ލޮލަށް ފާޅުވުމާ އެކު، އެއްބަސްވެވޭ ރައީސެއްގެ ގޮތުގައި، އެމަނިކުފާނު އެ މަގާމަށް ކުރިމަތިލެއްވުމަށް ގަބޫލުފުޅުވީ އެވެ.
ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި މުޅިން އާ ސަފްހާއެއް ނަޝީދު ލިޔުއްވަން ފެއްޓެވީ، މިދިޔަ ދައުރުގެ ރައީސް ގާސިމް އިބްރާހީމާ ވާދަކުރައްވައި 67-17 ވޯޓުން އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ނަޝީދުގެ ދެބެންގެދެދަރި ކޮއްކޯފުޅު އީވާ އަބްދުﷲ އަކީ އެ މަގާމް ފުރުއްވާނެ ދެ ވަނަ އަންހެން މެމްބަރެވެ. އެ ޝަރަފް އެންމެ ފުރަތަމަ ލިބިވަޑައިގަތީ އޮގަސްޓް 2008 އިން މޭ 2009 ގެ ނިޔަލަށް ނައިބް ރައީސްކަން ކުރެއްވި އަނީސާ އަހުމަދަށެވެ. އެކަމަކު މަތިގެ އާއި ތިރިގޭގެ އުސޫލުން، ޑިސެމްބަރު 1952 އިން އޮގަސްޓް 1953އާ ހަމަޔަށް މަޖިލިސް އޮތްއިރު ސެނެޓުގެ (މަތިގެ) ރައީސްކަން އައްނަބީލާ ފާތިމަތު އިބްރާހިމް ދީދީ (ތުއްތު ގޮމާ) ކުރެއްވި އެވެ. އޭރު ތިރިގޭގެ ރައީސްކަން ކުރެއްވީ މަލިން މޫސާ މާފަތްކަލޭގެފާނެވެ.
ރާއްޖޭގައި އެކުލަވާލި ފުރަތަމަ ގާނޫނު އަސާސީއާ އެކު ޑިސެމްބަރު 22، 1932 ގައި އުފެދުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމް 1968 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވީ އެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ. އެކަމަކު ދެ ވަނަ ޖުމްހޫރިއްޔާއާ އެކު 1968 ވަނަ އަހަރު އެކުލަވައި ގާނޫނު އަސާސީގެ ދަށުން އަދި 1998 ވަނަ އަހަރު ފާސްކުރި ގާނޫނުގެ އަސާސީގެ ދަށުން ވެސް އެ މަގާމަކީ، ވަޒީރެއްގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ. އެގޮތުން 1968 ގެ ގާނޫނު އަސާސީ ބުނަނީ މަޖިލީހުގެ ރައީސަކީ މެމްބަރުންގެ ތެރޭގައި ނުހިމެނޭ މީހެއް ކަމަށާއި އޭނާ އަށް އެ މަގާމް ފުރޭނީ ރައީސުލްޖުމްހޫރިއްޔާ ކުރިފުޅުމަތީގައި ވަޒީރެއްގެ ހުވާކުރެއްވުމުން ކަމަށެވެ. އަދި 1998 ގެ ގާނޫނު އަސާސީގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ނުހިމެނޭ އަދި ވަޒީރެއްގައި ހުރުން ލާޒިމް ސިފަތައް ހުރި މީހަކަށް ވާން ޖެހޭ ކަމަށެވެ.
މަޖިލީހުގެ ރައީސަކީ މެމްބަރުންގެ ތެރެއިން އިންތިހާބުކުރާ މަގާމަކަށް އަލުން ބަދަލުވީ 2008 ގައި މިހާރުގެ ގާނޫނު އަސާސީއާ އެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ 87 އަހަރު ވީ ތާރީހުގެ މިހާތަނަށް 19 ބޭފުޅަކު ރައީސްކަންކުރައްވާފައިވެ އެވެ. އެއީ ސެނެޓް ރައީސާ ފާތިމަތު އިބްރާހިމް ދީދީ (ތުއްތު ގޮމާ) ގެ ނަންފުޅު ރަސްމީ ލިޔެކިޔުންތަކުގައި ހިމަނުއްވައިގެންނެވެ. އެކަމަނާގެ ބައްޕާފުޅު އިބްރާހިމް ފާމުދޭރިކިލެގެފާނު ވަނީ 1944-1945 އަށް މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ. އަދި ފިރިކަލުން އަހުމަދު ޒަކީ 1959-1972 އަށް އަދި 1990-1993 އަށް މަޖިލީހުގެ ރައީސްކަން ކުރެއްވި އެވެ.
މައިފުށުން ހާޖީ އިމާދުއްދީނަށް ކާފަވިދާޅުވާ ތުއްތު ގޮމާގެ ދަރިކަލުން އިސްމާއިލް ޝަފީއު ވަނީ ކެބިނެޓުގެ ގިނަ މަގާމްތަކެއް ފުރުއްވައިފަ އެވެ. މަޖިލީހުގެ ރައީސްކަން އެންމެ ފުރަތަމަ ކުރެއްވި މުހައްމަދު ފަރީދު ދީދީ އަކީ ވެސް ހާއްސަ ޝަރަފެއް އޮތް ބޭފުޅެކެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ރާއްޖޭގެ ރަސްކަން އަދި ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި ބޭފުޅާ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ބޮޑުވަޒީރުކަންކުރެއްވި ޝަމްސުއްދީންގެ ރަސްކަމުގަ އެވެ. ރާއްޖޭގެ އެންމެ ފަހުގެ ރަދުންގެ ގޮތުގައި 1954 އިން 1968 އަށް ރަސްކަން ކުރެއްވި އިރު، 1957-1968 އަށް ދައުލަތް ހިންގެވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު އިބްރާހިމް ފަރީދު ވަނީ 1954 އިން 1959 އަށް މަޖިލީހުގެ ރައީސްކަންކުރައްވައިފަ އެވެ. އޭރު އެމަނިކުފާނަކީ ބޮޑުވަޒީރުގެ ނާއިބް ވެސް މެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ބޮޑުވަޒީރުކަން، މި ދެ މަގާމް ތިން ބޭފުޅަކު ވަނީ ފުރުއްވައިފަ އެވެ. އެއީ ފަރީދުގެ އިތުރުން އިބްރާހިމް ފާމުދޭރިކިލެގެފާނާއި އަހުމަދު ޒަކީ އެވެ. މަޖިލީހުގެ ރައީސްކަން ކުރެއްވުމަށް ފަހު އިބްރާހިމް ފާމުދޭރިކިލެގެފާނު ބޮޑުވަޒީރުކަން ކުރެއްވިއިރު، އަހުމަދު ޒަކީ ވަނީ ބޮޑުވަޒީރުކަމުގެ ކުރިންނާއި ފަހުން ވެސް މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ.
;ރާއްޖޭގެ ނައިބް ރައީސްކަމާއި މަޖިލީހުގެ ރައީސްކަން، މި ދެ މަގާމް ފުރުއްވި ހަމައެކަނި ބޭފުޅަކީ އިބްރާހިމް ޝިހާބެވެ. އެކަމަކު އެއީ އިބްރާހިމް ނާސިރުގެ ރައީސްކަމުގައި 1975-1997 އަށް ފަސް ނައިބް ރައީސުން އައްޔަންކުރައްވާފައި ތިއްބެވިއިރު އޭގެ ތެރޭގައި ހިމެނިވަޑައިހެންނެވެ. މަޖިލީހުގެ ރައީސްކަން 1982 އިން 1988 އަށް ކުރެއްވި ޝިހާބުގެ ދަރިކަލުން މުހައްމަދު ޝިހާބް ވަނީ 2008-2009 އަށް މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ.
;މަޖިލީހުގެ ރައީސްކަން ދެ ފަހަރެއްގެ މަތިން ފުރުއްވީ ދެ ބޭފުޅެކެވެ. އެއީ އަހުމަދު ޒަކީގެ އިތުރުން 1988 އިން 1990 އަށް އަދި 1993 އިން 2004 އަށް ރައީސްކަން ކުރެއްވި އަބްދުﷲ ހަމީދެވެ.

Comments