ކިޔަވާކުއްޖާގެ އަދަބުތައް (١ )
ކިޔަވާކުއްޖާއަކީ މާތްކަލާނގެ އިންސާނުން އެކަމަކުން މާތްކުރެއްވި ސިފައެބަހީ علم ވެރިކަން ހޯދައިގަތުމަށް މަސައްކަތްކުރާ ކުއްޖާއެވެ. ފަހެ ފުރިހަމަވެގެންވާހައި ސިފައެއް ހޯދައިގަތުމާއި، ހުތުރުހައިކަންތަކުން ދުރުވެ ގަތުން އެކުއްޖާގެ މައްޗަށް ލާޒިމްވާނެއެވެ.
ކިޔަވާ ކުއްޖާގެ ކިބާގައި ހުންނަންވީ أدبތައް ތިންބަޔަކަށް ބެހެވިގެން ވެއެވެ. އެއިގެ ތެރެއިން އެންމެ ފުރަތަމައީ، ތިމާގެ އަމިއްލަ نفسއާއިމެދު ބަހައްޓާންވީ ޢަދަބުތަކެވެ.
އެއީ ތިމާގެ މޮޅުކަމުގައިހީވެ ބޮޑާވެނުގަތުމާއި ދޮގުހެދުންފަދަނުބައި ކަންތަކުން ދުރުވެގަތުމެވެ. އެކުއްޖަކީ އެންމެހައިމީތަކުންގެ މެދުގައި ބަސް قبولކުރެވޭ ހެއުލަފާ ކުއްޖަކު ކަމުގައިވާނީ އެއިރުންނެވެ.
ހަމައެފަދައިންމެ އެކުއްޖާއަށް ލިބިފައިވާ علم އެއްގެ މައްޗަށް އަމާނާތްތެރިވާން ވާނެއެވެ. އެބަހީ، ދަންނައެއްޗެއްގެ ވާހަކައިން سؤال އެއް ކުރެވިއްޖެނަމަ ޖެހިލުމަކާނުލައި ދަންނަގޮތަކަށް ޒުވާބު ދިނެމެއެވެ.

Comments