تقواى ވެރިކަން (2)
އުސްތާޛު މުހައްމަދު ޖަމީލުގެ دروس اللخلاق ފޮތުން
تَقْواى ވެރިކަމުގެފައިދާތައް ހިމަނައި ކޮޅުންނުލާހައި ގިނައެވެ.
ފަހެ އެއީ، ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.
ދުނިޔޭގެ ބާއްޖަވެރި ކަމަކީ قدر އުފުލިގެންވުމާއި ރިވެތި ނަންހިގައި مشهور ވުމާއި، މިސްތަކުންގެ އޯގާވެރި ކަމާއި رحمة
ތެރިކަން ލިބިގަތުމެވެ.
މިހެނި تَقْواى ވެރިޔާއަށް މާތްމީހުނާއި ދެރަމީހުން ކަމޭހިގާނެއެވެ. އަދި އެމީހާއީ ހެއުކޮށްހެތުމާއި މަތްކޮށްހިތުން اولى ވެގެންވާ މީހެއްކަމުގައި ކޮންމެ ބުއްދިވެރިއަކުމެ ދެކޭނެއެވެ.
آخرة ދުވަހުން ލިބޭނޭ ބާއްޖަވެރިކަމަކީ، ނަރަކައިން سلامة ވުމައި ސުވަރުގެ ވަނުމުގެ نصيب ލިބުމެވެ.
تَقْواى ވެރީންނާއި މެދުގައި މަތްކަލާނގެބާވާލައްވާފައިވާ މިއާޔަތް ވެސް އެބައި މީހުނަށް މާތްކަމެއްކަމުގައި ފުދެއެވެ. إِنَّ اللَّهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ. މިއާޔަތުގެ معنى އީ، ހ ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ. އަދި إحسان ތެރިންނާވެސް އެކުގައެވެ.

تَقْواى ވެރީންނަށް
آخرة ދުވަހުން
ލިބެންހުރި ދަރަޖަ ބަޔާންކުރައްވައި
މާތް ކަލާނގެ ކީރިތި وحى ކުރައްވައެވެ. إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ (17) فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ (18) މިއާޔަތުގެ معنى އީ، ހަމަކަށަވަރުން، تقوى ވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ نعمة ގައެވެ. (17) (އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ عذاب ން އެއުރެން ދިންނެވިއެވެ. (18)

Comments