މިނިވަންކަމުގެ އިންގިލާބުތައް
ޗެކޮސްލަވާކިޔާ
1989
ވެލްވެޓް
އިންގިލާބު
ޗެކޮސްލަވާކިޔާގައި
އޮތް ކޮމިއުނިސްޓް ސަރުކާރު ވެއްޓުނީ 17 ނޮވެމްބަރ 1989 ގައި
ކިޔަވާކުދިން ފެއްޓި މުޒާހަރާ ތަކުންނެވެ. އެއީ ނާޒީން ޗެކޮސްލަވާކިޔާއަށް އަތްގަދަކޮށްގެން ތިބުމާއި ދެކޮޅަށް ކިޔަވާކުދިން ކުރި މުޒާހަރާއަކަށް 50 އަހަރު ފުރުނު ތާރީހު
ވެސް މެއެވެ. ޕޯލެންޑާއި އިރުމަތީ
ޖަރމަނީގައި
ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ހިގަމުންދާތާ އެތައް އަހަރެއް ވެފައި ވިޔަސް ޗެކޮސްލަވާކިޔާގައި އެފަދަ ހަރަކާތެއް ނެތެވެ. ކޮމިއުނިސްޓް ސަރުކާރަށް ހީވެފައި އޮތީ ރައްޔިތުންނަށް
ބިއަރާއި ސޮސެޖް ލިބޭހާ
ދުވަހަކު ރައްޔިތުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ނަމަވެސް ކިޔަވާ ކުދިންގެ މުޒާހަރާއެއްގައި އިތުރު
މިނިވަން ކަމާއި ޑިމޮކްރެސީއަށް ގޮވަން
ފެށުނެވެ.
މުޒާހަރާގައި އެތައް ހާސް މީހުން ބައިވެރިވުމާއިއެކު ކިޔަވާކުދިން ވެރިރަށް ޕްރާގްގެ މެދާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ޔާން ބުބެނިކް އަކީ އޭރު މެޑިސިން ކިޔަވަމުން ދިޔަ ކުއްޖެކެވެ. އޭނާ ހަނދާން އާކުރި ގޮތުގައި: “އަހަރެމެން އެކަކު އަނެކަކުގެ ލޮލަށް ބެލި ގޮތް……. އެކަމުގެ ސަބަބުން އަހަރެމެންނަށް ހިތްވަރު ލިބުނު، އެއީ އެންމެން ވެސް އެއްގޮތަކަށް އިހުސާސްކުރާކަން އެގުނީމާ. އެންމެ މީހަކު ވެސް ކޮޅަށް ތެދުވާއިރަށް އެންމެން ތެދުވާން ފަށާ. އެއީ ވަރަށް ވަރުގަދަ އިހުސާސެއް. އަހަރެން އެކަން މުޅި އުމުރަށް ވެސް ހަނދާން ހުންނާނެ.”
މިނިވަންކަމުގެ
ރޫހުގައި ގާތްގަނޑަކަށް 40،000 މީހުން މުޒާހަރާގައި ބައިވެރި ވިއެވެ. ޗެކޮސްލަވާކިޔާ ޑިމޮކްރެސީއެއް ކުރިން ދުށް ހަމައެކަނި ޒަމާން ކަމުގައިވާ ފުރަތަމަ
ޖުމްހޫރިއްޔާގެ ދުވަސްވަރުގެ ގައުމީ ސަލާމް ކިޔަމުން އެމީހުން، ޕްރާގް ގެ މެދަށް ވަނެވެ. ރަޔޮޓް ޕޮލިސް އާއި ރަތް ބެރޭ އަޅައިގެން ތިބި ސިފައިން އެމީހުންގެ
އިންތިޒާރުގައި ތިއްބެވެ. ސަލާމަތީ
ބާރުތަކުން
މުޒާހަރާ ކުރި މީހުންގެ ގައިގައި ތަޅަން ފެށިއެވެ. ކިޔަވާކުދިން އެމީހުން ތިބީ ސުލްހަވެރިކޮށް ކަން
ދައްކަން ހިފައިގެން ތިބީ މަލެވެ.
ބުބެނިކް ގެ
ގާތް ރަހުމަތްތެރިއަކަށް ވެސް ވަރަށް އަނިޔާވިއެވެ. އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އިރު ހުރީ ބުބެނިކްގެ ޕްރޮފެސަރެކެވެ. އޭނާ އަނިޔާވި ކުއްޖާއަށް ފަރުވާދިނީ
ހޮސްޕިޓަލުގެ ރަޖިސްޓްރީގައި ނޯޓު
ނުކޮށެވެ.
ވީމާ ފުލުހުން ފަހުން އެކުއްޖާއަށް ގޯނާ ނުކުރެއެވެ.
ރަޖިސްޓްރީ
ނުކޮށް ބަލިމީހަކަށް ފަރުވާދިނުން އެއީ މަދަނީ ބަސްނޭހުމުގެ އަމަލެކެވެ. ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން ޗެކް މުޖުތަމައު ހައިރާންވިއެވެ. މީހަކު މަރުނުވި
ނަމަވެސް އެތައް ބަޔަކަށް އަނިޔާވިއެވެ. އަނެއް ދުވަހު
ކިޔަވާކުދިން ހަޅުތާލު ކުރަން ފެށިއެވެ. އޭގެ އެއްދުވަސް ފަހުން މަގުބޫލު އިދިކޮޅު މީހެއް ކަމަށްވާ ވަޗްލާވް ހަވެލް ސިވިކް ފޯރަމް ފެއްޓިއެވެ. ސިވިކް ފޯރަމް އަކީ
ސަރުކާރު ހިންގަމުން ދިޔަ ގޮތާއި މެދު
ހިތްހަމަ
ނުޖެހުނު މީހުންގެ ޝުއޫރު ފާޅުކުރުމަށް ހެދި ޖަމާއަތެކެވެ. ޕަބްލިކް އެގެއިންސްޓް
ވަޔަލެންސްގެ ނަމުގައި އެހެން ޖަމާއަތެއް ސްލޮވާކިޔާގައި ފެއްޓުނެވެ. މިޖަމާއަތްތަކުން އެދެމުން ދިޔައީ ކޮމިއުނިސްޓް ސަރުކާރު އިސްތިއުފާ ދިނުމާއި، ހިޔާލުފާޅުކުރުމުގެ ސަބަބުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށާއި،17 ނޮވެމްބަރގައި ފުލުހުން ހިންގި އަމަލުތައް ތަހުގީގުކުރުމަށެވެ. އެއީ ވެލްވެޓް އިންގިލާބުގެ ފެށުމެވެ. ކިޔަވާކުދިންނާއި، ފިލްމާއި ތަމްސީލުކުޅޭ މީހުންނާއި، ސަރުކާރާއި އިދިކޮޅު މީހުން ޔުނިވާސިޓީތަކާއި ތިއޭޓަރުތަކަށް އެއްވެ، ގަރާރުތައް ޑްރާފްޓް ކުރަން ފެއްޓިއެވެ. މަސައްކަތްކުރާ މީހުންނަށް އިންގިލާބުގެ ބޭނުން ކިޔާދޭން ފެށިއެވެ. ތިއޭޓަރުތަކުގައި ތަމްސީލުގެ ބަދަލުގައި އެދުވަސްވަރު އޮތީ ހިޔާލު ބަދަލުކުރުމެވެ. ކިޔަވާކުދިން ރަށްފުށުގެ ހިސާބުތަކަށް ގޮސް މިއިންގިލާބަށް ތާއީދު ހޯދުމުގެ މަސައްކަތް ފެށިއެވެ.
ވަޔަލެންސްގެ ނަމުގައި އެހެން ޖަމާއަތެއް ސްލޮވާކިޔާގައި ފެއްޓުނެވެ. މިޖަމާއަތްތަކުން އެދެމުން ދިޔައީ ކޮމިއުނިސްޓް ސަރުކާރު އިސްތިއުފާ ދިނުމާއި، ހިޔާލުފާޅުކުރުމުގެ ސަބަބުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށާއި،17 ނޮވެމްބަރގައި ފުލުހުން ހިންގި އަމަލުތައް ތަހުގީގުކުރުމަށެވެ. އެއީ ވެލްވެޓް އިންގިލާބުގެ ފެށުމެވެ. ކިޔަވާކުދިންނާއި، ފިލްމާއި ތަމްސީލުކުޅޭ މީހުންނާއި، ސަރުކާރާއި އިދިކޮޅު މީހުން ޔުނިވާސިޓީތަކާއި ތިއޭޓަރުތަކަށް އެއްވެ، ގަރާރުތައް ޑްރާފްޓް ކުރަން ފެއްޓިއެވެ. މަސައްކަތްކުރާ މީހުންނަށް އިންގިލާބުގެ ބޭނުން ކިޔާދޭން ފެށިއެވެ. ތިއޭޓަރުތަކުގައި ތަމްސީލުގެ ބަދަލުގައި އެދުވަސްވަރު އޮތީ ހިޔާލު ބަދަލުކުރުމެވެ. ކިޔަވާކުދިން ރަށްފުށުގެ ހިސާބުތަކަށް ގޮސް މިއިންގިލާބަށް ތާއީދު ހޯދުމުގެ މަސައްކަތް ފެށިއެވެ.
19 ނޮވެމްބަރ އިން ފެށިގެން ޑިސެމްބަރ މަހުގެ ފަހުކޮޅާއި ހަމަޔަށް މުޒާހަރާތައް ކުރިޔަށް ދިޔައެވެ. 27
ނޮވެމްބަރގައި 2 ގަޑިއިރުގެ ހަޅުތާލެއް
އޮތެވެ.
ނޮވެމްބަރ 19 ވަނަ ދުވަހު ޕްރާގް ގައި ދެލައްކަ މީހުން މުޒާހަރާގައި ބައިވެރިވީއިރު އޭގެ ފަހުދުވަހު އެއަދަދު ބައިމިލިޔަނަށް އެރިއެވެ.
މުޒާހަރާތަކާއި
ގުޅިގެން ކޮމިއުނިސްޓް ޕާޓީއަށް އާ ލީޑަރަކު ހޮވިއެވެ. އެއީ ބަދަލު ގެންނަން އުޅޭކަން ދެއްކުމަށެވެ. ނަމަވެސް އެބަދަލުތައް ރައްޔިތުން ގަބޫލެއް ނުކުރިއެވެ.
ސަރުކާރަށް މަޖުބޫރުވީ ސިވިކް ފޯރަމްއާއި
އެކުގައި
ވާހަކަތައް ފަށާށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަން ސިވިކް ފޯރަމުން ހުށަހެޅި ބަދަލުތަކެއް
ގެންނާށެވެ.
އެންމެ ފަހުން
ރައީސަށް ވެސް ޖެހުނީ އިސްތިއުފާ ދޭށެވެ. 1960 ގެ އަހަރުތަކުގައި ޕްރާގް ސްޕްރިންގް ހަރަކާތް ހިންގި އެލެގްޒެންޑަރ ޑޫބެކް ފެޑެރަލް އެސެމްބްލީ (ރައްޔިތުންގެ
މަޖިލިސް) ގެ ރައީސަކަށް އަދި ހަވެލް
ޗެކޮސްލަވާކިޔާގެ
ރައީސަކަށް ހޮވުނެވެ. އަލަށް އައި ސަރުކާރުގެ މަސައްކަތުން ގިނަ އިސްލާހުތަކެއް ގެނެސް 1990 ގައި ޗެކޮސްލަވާކިޔާގައި 40 އަހަރުތެރޭ ފުރަތަމަ ފަހަރަށް މިނިވަން
އިންތިހާބެއް ބޭއްވިއެވެ .
ރުމޭނިއާ
ޑިސެމްބަރ 1989
24 އަހަރު ވަންދެން ކޮމިއުނިސްޓް ޕާޓީގެ ލީޑަރެއްގެ ގޮތުގައި އަދި 21 އަހަރު ވަންދެން ރުމޭނިއާގެ ރައީސެއްގެ
ގޮތުގައި ޗައުސެސްކޫ ހޭދަކުރި
މުއްދަތަކީ
ރައްޔިތުން ބިރުވެރިކަމުގެ ތެރޭ އުޅެން ޖެހުނު ދުވަސްތަކެކެވެ. ސިއްރު ފުލުހުންނާއި ޖާސޫސުންގެ ވިއުގަ ބޭނުންކޮށްގެން
ހުރިހާ އިދިކޮޅު ހަރަކާތެއް
އޮތީ ފިއްތާލާފައެވެ.
ފިނި
ހަނގުރާމައިގެ ދުވަސްވަރު ބޮޑެތި ބާރުތައް އެއްބަޔަކު އަނެއް ބަޔަކާއި ޖެއްސުމަކީ ވެސް ޗައުސަސްކޫ
ކުރި ކަމެކެވެ. އަދި މޮސްކޯގެ
ކިބައިން
މިނިވަން މީހެއްގެ ގޮތުގައި ގައުމުގެ މީހުންނަށް އޭނާ ދިޔައީ ސިފަކޮށްދެމުންނެވެ.
އަނިޔާވެރި
ވެރިކަމާ ދެކޮޅަށް މުޒާހަރާތައް ފެށުނީ ޓިމިސޯރާ ކިޔާ ސިޓީއެއްގައި 15 ޑިސެމްބަރ 1989 ގައެވެ. ކާބޯތަކެތި ނުލިބުން ފަދަ މައްސަލަތަކާއި މެދު ހިތްހަމަ ނުޖެހި
ތިބި މީހުން “އަހަރެމެން ޕާން ބޭނުން” ފަދަ
ޝިއާރުތައް ބޭނުން ކުރަން ފެއްޓިޔަސް ފަހުން އެ ޝިއާރުތައް ބަދަލުވީ “ޗައުސަސްކޫ ބާލާ” ފަދަ ޝިއާރުތަކަށެވެ.
ޗައުސަސްކޫ
އޭރު ހުރީ އީރާނަށް ކުރި ދަތުރެއްގައެވެ. މުޒާހަރާކުރާ މީހުންގެ ގަޔަށް ބަޑި ޖަހަން އޭނާ ކުރި އަމުރަށް ސަލާމަތީ ބާރުތަކާއި ސިއްރު ފުލުހުންގެ ބައެއް ޖެނެރަލުން
ދެކޮޅު ހެދުމުން ސީދާ އޭނާ އެއަމުރު
ނެރުނެވެ.
ބަޑިޖެހުމުގެ ސަބަބުން މަރުވީ ސަތޭކައެއްހާ މީހުން ނަމަވެސް އެތައް ސަތޭކަ މީހުން މަރުވި ހަބަރު ފެތުރިގެން ދިއުމާއިއެކުގައި ބުކަރެސްޓާއި އެހެނިހެން ބޮޑެތި
ރަށްތަކަށް މުޒާހަރާ ފެތުރިގެން ދިޔައެވެ.
ޗައުސަސްކޫ
އޭނާއަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ބުކަރެސްޓްގެ މައި މައިދާނުގައި 21 ޑިސެމްބަރ ގައި އެއްވުމެއް ބޭއްވިއެވެ. ނަމަވެސް ޓީވީން ވަގުތުން ދައްކަނިކޮށް މީހުން އައިސް
އޭނާއަށް މަލާމާތްކޮށް
ހަޅޭއްލަވަން ފެށުމުން އެކަން ދިޔައީ ފަނުފުލުންނެވެ.
އާމީގެ ބައެއް
މީހުންނާއި އަދި ސިއްރު ފުލުހުން ޗައުސަސްކޫއަށް ވަފާތެރިކަން މަތީ ތިއްބަސް، އާމީގެ އިސް ޖެނެރަލުންނާއި އަދި ކޮމިއުނިސްޓް ޕާޓީގެ އިސް ބައެއް ވެރިން ވެސް
ޗައުސަސްކޫއާއި ދެކޮޅަށް ނިކުތެވެ. ދެން
ފެށުނީ
މަގުމަތީގެ ހަނގުރާމަތަކެވެ. އޭގެ ތެރޭގައި ބައިގަނޑެއް 22 ޑިސެމްބަރގައި ޗައުސަސްކޫގެ އޮފީހަށް ވަދެގަތެވެ. އޭނާ ހެލިކޮޕްޓަރުން ފިލިއެވެ. ނަމަވެސް ސިޓީގެ ބޭރުން
އަތުލައިގަތުމަށްފަހު ސިއްރު
ޝަރީއަތަކުން
ނިންމީ 60،000 މީހުން މަރާލަން އަމުރު ކުރުމުގެ ކުށުގައި ޗައުސަސްކޫ އާއި އެލީނާ މަރާލުމަށެވެ. ޗައުސަސްކޫ އާއި އޭނާގެ އަންހެނުންގެ ހަށިގަނޑު އުންޑައިން ތޮރުފިފައިވާ
މަންޒަރު ޓީވީއިން ފެންނަން ފެށުމުން
މުޒާހަރާތައް
ހުއްޓުނެވެ.
ރުމޭނިއާ އަށް
ދެން އައި ސަރުކާރުތަކަކީ ވެސް ކަރަޕްޝަނުން ސަލާމަތްވެފައިވާ ސަރުކާރުތަކެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ޑިމޮކްރެސީގެ މަގުގައި ފިޔަވަޅުތަކެއް
އެޅެމުން އެބަދެއެވެ. ޗައުސަސްކޫއަށް
ދުނިޔޭގެ
ވެރިންގެ ފަރާތުން ލިބިފައިވާ އަގުބޮޑު ހަދިޔާތައް ނީލަން ކިޔާފައި ވިޔަސް، އޭނާގެ ބިރުވެރިކަން އަދިވެސް ރައްޔިތުންގެ ހިތްތަކުން ފިލައިގެނެއް ނުދެއެވެ.
ފިލިޕީންސް 1986
އެޑްސާ
އިންގިލާބު
އެޑްސާ އިންގިލާބު ނުވަތަ ޕީޕަލް ޕަވަރ ރިވޮލިއުޝަނަކީ 1986 ވަނަ އަހަރު ފިލިޕީންސްގައި ގެނެވުނު ސުލްހަވެރި އިންގިލާބެކެވެ. އެތައް މިލިޔަން މީހުން ކުރި މުޒާހަރާގެ ސަބަބުން ފާޑިނަންޑް މާކޯސްގެ ވެރިކަން ވެއްޓުނެވެ. އެޑްސާއަކީ ވެރިރަށް މެނީލާގައި މުޒާހަރާކުރި މީހުން އެންމެ ގިނައިން އެއްވެ ތިބި މައި ހައިވޭއަކަށް ކިޔާ ނަމެކެވެ.
ތިން އަހަރު
ވަންދެން އެމެރިކާގައި އަރުވާލެވިގެން ހުރުމަށްފަހު އެނބުރި ގައުމަށް އައިތަނާ 1983 ގައި އިދިކޮޅު ލީޑަރެއް ކަމަށްވާ ބެނިގްނޯ އަކީނޯ މެނީލާގެ އެއަރޕޯޓުގައި މަރާލެވުނެވެ.
މިކަމާއި ގުޅިގެން މާކޯސްގެ
ސަރުކާރުގެ
މަގުބޫލުކަން ދަށަށް ދިޔައެވެ. އަދި އަކީނޯގެ އަންހެނުން ކޮރަޒޯން އަކީނޯއަކީ މާކޯސްގެ ސަރުކާރާއި ދެކޮޅު މަގުބޫލު ލީޑަރަކަށް ވެގެން ދިޔައެވެ.
1985 ގެ ފަހުކޮޅު މާކޯސް ކުއްލި އިންތިހާބެއް އިއުލާންކުރިއެވެ. އިދިކޮޅު ހަރަކާތުގެ ފަރާތުން އެމީހުންގެ ރިޔާސީ
ކެންޑިޑޭޓަކަށް ހުށަހެޅީ
އަކީނޯއެވެ.
7 ފެބްރުއަރީ 1986 ގައި ބޭއްވި އިންތިހާބު ދިޔައީ އިންތިހާބު އޮޅުވާލުމާއި ހަމަނުޖެހުންތަކާއި
އެކުގައެވެ. ރަސްމީގޮތުން މާކޯސް އަށް
ކާމިޔާބު
ލިބުނުކަމަށް އިއުލާންކުރި ނަމަވެސް މިނިވަން ޖަމާއަތްތަކުން އިންތިހާބު ހިގި ގޮތް ބެލުމަށްފަހު
ހާމަކުރީ އަކީނޯއަށް ކާމިޔާބު ލިބުނު
ކަމަށެވެ.
ވީމާ ގިނަ ގައުމުތަކަކުން އިންތިހާބުގެ ރަސްމީ ނަތީޖާ ގަބޫލެއް ނުކުރިއެވެ.
އިންގިލާބު
ފެށުނީ ވަރަށް އިސް އަސްކަރީ ދެ މީހުން މާކޯސްއަށް ތާއީދުކުރުން ހުއްޓާލި ހިސާބުންނެވެ. 22 ފެބްރުއަރީ 1986 ގައި ޑިފެންސް މިނިސްޓަރު ޖުއާން އެންރިލް އާއި
އަސްކަރީ ބާރުތަކުގެ ވައިސް ޗީފް އޮފް
ސްޓާފް
ފިޑެލް ރާމޯސް ނޫސް ކޮންފަރެންސެއް ބާއްވައި، މާކޯސް އަށް ތާއީދުކުރުން ހުއްޓާލައިފި ކަމަށާ، ނިމިގެން ދިޔަ އިންތިހާބުގައި މާކޯސް މަކަރު ހަދާފައިވާ ކަމަށް ބުންޏެވެ.
އަކީނޯއަކީ ހަގީގީ ރައީސްކަމަށް ބުނެ
އެދެމީހުން
އަސްކަރީ ދެމަރުކަޒުގައި މަޑުކޮށްގެން ތިބީ މާކޯސް އަށް ވަފާތެރި ސިފައިންނާއި ޗީފް އޮފް ސްޓާފްގެ ފަރާތުން އަންނާނެ ހަމަލާއަކަށް ތައްޔާރަށެވެ. އެ ދެ އަސްކަރީ މަރުކަޒު
ހުރީ އެޑްސާގެ ދެފަރާތުގައެވެ.
އިރުކޮޅެއް
ފަހުން ފިލިޕީންސްގައި އޭރު ހުރި ހަމައެކަނި ސަރުކާރުގެ ނުފޫޒު ނުހިގާ މިނިވަން ރޭޑިއޯކަމަށްވާ ރޭޑިއޯ ވެރިޓާސް އިން ރާމޯސްމެންގެ ނޫސް ކޮންފަރެންސް މުޅި ގައުމަށް
ބްރޯޑްކާސްޓް ކުރިއެވެ. މާކޯސް ވެސް
އޭނާގެ
އަމިއްލަ ނޫސް ކޮންފަރެންސެއް ބާއްވައި އެންރިލް އާއި ރާމޯސްއަށް މޮޔަކަން ހުއްޓާލައި އަމާން ދިނުމަށް
ބުންޏެވެ.
ގަޑިއެއްހާއިރު
ފަހުން ވަރަށް މަގުބޫލު ފާދިރީއެއް ކަމަށްވާ ސިން ރޭޑިއޯ ވެރިޓާސްއިން ގޮވާލީ ބާޣީ ސިފައިންގެ ލީޑަރުންނާއި އެއްބައިވުމުގެ ގޮތުން ރައްޔިތުން އެޑްސާއަށް އެއްވެ،
ކާބޯތަކެއްޗާއި އެހެނިހެން އެހީ ވުމަށެވެ.
އަނެއް ދުވަހު
ފަތިހު ސަރުކާރު ސިފައިން ރޭޑިއޯ ވެރިޓާސް ގެ މައި ޓްރާންސްމީޓަރ ހަލާކު ކޮށްލައިފިއެވެ. ދުރު ހިސާބުތަކަށް ރޭޑިއޯ ފޮނުވުން ހުއްޓުނު ނަމަވެސް އެހެން
ޓްރާންސްމީޓަރަކުން ރޭޑިއޯ ފޮނުވުން ކުރިޔަށް ގެންދެވުނެވެ. ބޭހާއި، ކާބޯތަކެތި ގެނައުމަށް ރޭޑިއޯ އިން އެދެމުން ދިޔައެވެ.
އެތައް ސަތޭކަ
ހާސް މީހުން އެޑްސާއަށް އެއްވަމުން ދިޔައެވެ. މުޅި އާއިލާތައް އެއްކޮށް ވެސް ދިޔައެވެ. މީހުންގެ މުނިފޫހި ފިލުވައި ދިނުމުގައި ބައެއް މީހުން ހަރަކާތްތެރިވިއެވެ.
އަޅުކަން ކުރުން ވެސް ކުރިޔަށް
ދިޔައެވެ.
އަދި މަގުގެ ބައެއް ހިސާބުތަކުގައި ވެލިގޯނިތަކާއި، ގަސްގަހާގެއްސާއި ދުއްވާތަކެތި ބަހައްޓައިގެން ބައެއް ހިސާބުތައް ބަންދުކުރަމުން ދިޔައެވެ. ހުރިހާ
ދިމާލެއްގައި ވެސް މީހުން ދިޔައީ ރޭޑިއޯ
ވެރިޓާސް
އަޑުއަހަމުންނެވެ. އަދި އިދިކޮޅު ހަރަކާތުގެ ގައުމީ ސަލާމް ކަމުގައި ހިމެނުނު ލަވައެއް ކިޔަމުންނެވެ.
23 ފެބްރުއަރީގައި އެންރިލްއާއި ރާމޯސް އެއް ތަނެއްގައި ތިބުމަށް ނިންމައި، އެންރިލް މަގު ހުރަސްކޮށް
ރާމޯސްގެ ކޭމްޕަށް ދިޔައެވެ. މީހުންގެ
ތަރުހީބުގެ
ތެރެއިންނެވެ.
ޓޭންކްތަކުގައި
އައި ސިފައިންގެ ފައުޖެއް އެދުވަހުގެ މެންދުރު ފަހުގައި ހުއްޓުވީ އެތައް ހާސް މީހުން ވެގެންނެވެ. އަންހެނުންނާއި ފިރިހެނުން އަތާއި އަތް ގުޅާލައިގެން ތިބެ ހުރަސް އެޅުމުން
ސިފައިންނަށް ޖެހުނީ އަނބުރާ
ދާށެވެ.
ރޭގަނޑު ރޭޑިއޯ
ވެރިޓާސް ގެ ޓްރާންސްމީޓަރ ހަލާކުވެއެވެ. ނަމަވެސް އެ ރޭޑިއޯ ސްޓޭޝަންގެ މުވައްޒަފުން އެހެން ސްޓޭޝަނަކަށް ގޮސް ސިއްރު ތަނަކުން ބްރޯޑްކާސްޓް ކުރަން ފެށިއެވެ.
24 ފެބްރުއަރީގައި ސިފައިން ކަރުނަ ގޭސް ބޭނުންކޮށްގެން މުޒާހަރާ ކުރި ބަޔަކު ރޫޅާލިއެވެ. ބާޣީ ލީޑަރުން ތިބި
ކޭމްޕަށް މިސްރާބު ޖެހުމަށް
ހެލިކޮޕްޓަރު
ފައުޖުތަކަކަށް އޯޑަރު އައެވެ. ނަމަވެސް އޭރު އެމީހުން ވެސް ތިބީ ސިއްރުން ސަރުކާރަށް ތާއީދުކުރުން ހުއްޓާލައިގެންނެވެ. ކޭމްޕަށް ހަމަލާ ދިނުމުގެ ބަދަލުގައި
ހެލިކޮޕްޓަރުތައް ގޮސް އެތަނަށް ތިރިކުރީއެވެ. އަދި އެއްވެފައިވާ މީހުން ސިފައިން ގައިގައި ބައްދާ ތަރުހީބު ދިނެވެ.
މާކޯސް
ގަނޑުވަރުން ނިކުމެއްޖެކަމަށް ހަބަރު ފެތުރިގެން މީހުން އުފާފާޅުކުރަނިކޮށް، މާކޯސް ސަރުކާރުގެ ޗެނަލް 4 ޓީވީ ސްޓޭޝަނުން އިއުލާން ކުރީ އޭނާ އިސްތިއުފާ ނުދޭނެ ކަމަށެވެ.
ޗެނަލް 4 އިން މިވާހަކަ ބްރޯޑްކާސްޓް
ކުރަނިކޮށް ކުއްލިއަކަށް އެޗެނަލް ގެއްލިއްޖެއެވެ. އިސްލާހު ބޭނުންވާ ސިފައިން އެ ޓީވީ ސްޓޭޝަން އެމީހުންގެ ބާރުގެ ދަށަށް ގެނައީއެވެ. ފަހުން އެ ޗެނަލްއިން ބްރޯޑްކާސްޓް ކުރަން ފެއްޓީ “ޗެނަލް
4 ރައްޔިތުންގެ ހިދުމަތުގައި”
ކަމަށް އަންގަމުންނެވެ. އޭރު އެޑްސާއަށް އެއްވެފައި ތިބި މީހުންގެ އަދަދު މިލިޔނަކަށް އަރައެވެ. މެންދުރު ފަސް ވީއިރު އަސްކަރިއްޔާގެ ގިނަ އޮފިސަރުން ތިބީ
މާކޯސް އާއި ދެކޮޅަށެވެ.
24 ފެބްރުއަރީގައި އެޑްސާ އޮތީ ފުރިފައެވެ. ޓީވީއިން ދައްކަނިކޮށް މާކޯސްއާއި އަސްކަރިއްޔާގެ ޗީފް
ޖެނެރަލް ފަބިއަން ވާރ ގެ ދެމެދު
ވާހަކަކޮޅެއް
ދިޔައެވެ. ވާރ ބުނީ މީހުންނާއި ދިމާލަށް ބަޑި ޖެހުމަށެވެ. ނަމަވެސް ވަރުބަލިވެފައިވާ މާކޯސް އެކަމަށް އެއްބަސް ނުވިއެވެ. ކިތަންމެ ހުދުމުހުތާރުކަމާއި އެކު ވެރިކަން
ކުރިޔަސް ރައްޔިތުންގެ ބާރުގެ ކުރިމަތީ
މާކޯސް
ބަލި ގަބޫލު ކުރީއެވެ.
ވާރ:
އަހަރެމެން ޖެހެނީ އެމީހުން އަތުގައި ހުރި ހެލިކޮޕްޓަރުތައް ހަލާކު ކުރަން. ދެ ހަނގުރާމަމަތީ މަތިންދާބޯޓު
މިހާރު އުދުހެނީ ހަމަލާއަށް
ތައްޔާރުވެގެން.
ސަރ.
މާކޯސް: އަހަރެންގެ އަމުރަކީ ހަމަލަ ނުދިނުން
ވާރ: އެމީހުން އަހަރެމެންގެ ސިފައިންގެ ކައިރިއަށް އާންމުން ޖަމާ ކުރަނީ. އިއްޔެ ވެސް ވިދާޅުވީ ފަހަތަށް ޖެހުމަށް.
މާކޯސް: (މެދުކަނޑާލާފައި) އަހަރެންގެ އަމުރަކީ ބަޑިނުޖަހާ މީހުން ރޫޅާލުން
ވާރ: އަޅުގަނޑުމެންނަކަށް އަބަދަކު ފަހަތަކަށް ނުޖެހެވޭނެ.
މާކޯސް: ނޫން. ނޫން. ނޫން. މަޑުކުރޭ. މީހުންތައް ބަޑި ނުޖަހާ ރޫޅާލާ. އެހެން ކޮންމެ ހަތިޔާރެއް ބޭނުން ކުރިޔަސް ހެޔޮ.
މާކޯސް: އަހަރެންގެ އަމުރަކީ ހަމަލަ ނުދިނުން
ވާރ: އެމީހުން އަހަރެމެންގެ ސިފައިންގެ ކައިރިއަށް އާންމުން ޖަމާ ކުރަނީ. އިއްޔެ ވެސް ވިދާޅުވީ ފަހަތަށް ޖެހުމަށް.
މާކޯސް: (މެދުކަނޑާލާފައި) އަހަރެންގެ އަމުރަކީ ބަޑިނުޖަހާ މީހުން ރޫޅާލުން
ވާރ: އަޅުގަނޑުމެންނަކަށް އަބަދަކު ފަހަތަކަށް ނުޖެހެވޭނެ.
މާކޯސް: ނޫން. ނޫން. ނޫން. މަޑުކުރޭ. މީހުންތައް ބަޑި ނުޖަހާ ރޫޅާލާ. އެހެން ކޮންމެ ހަތިޔާރެއް ބޭނުން ކުރިޔަސް ހެޔޮ.
25 ފެބްރުއަރީގެ ހެނދުނު ކޯރީ އަކީނޯ ފިލިޕީންސްގެ ރައީސްގެ ހުވާ ކުރިއެވެ. ރާމޯސް، އެންރިލް އަދި ވަރަށް
ގިނަ ސިޔާސީ މީހުން މި ރަސްމިއްޔާތުގައި
ބައިވެރިވިއެވެ. ދެމިލިޔަނަށް ވުރެ ގިނަ މީހުން އުފާފާޅުކުރިއެވެ. ގިނަ މީހުން ތިބީ އަކީނޯ އިންތިހާބުގެ ކެމްޕޭނުގައި ބޭނުންކުރި ކުލަ ކަމަށްވާ ރީދޫކުލައިގެ
ހެދުމުގައެވެ. ގަޑިއެއްހާއިރު
ފަހުން
މާކޯސް ވެސް ގަނޑުވަރުގައި ހުވާކުރިއެވެ. ހުވާކުރުމަށްފަހު މާކޯސް އާއި އަންހެނުން އިމެލްޑާ އަވަހަށް
ގަނޑުވަރު ދޫކޮށްލިއެވެ. ބާޣީ ސިފައިން
ބާކީ
ހުރި ޓީވީ ސްޓޭޝަންތައް ވެސް ހިފުމާއެކު މާކޯސްގެ ހުވާ ކުރުން ބްރޯޑްކާސްޓް ކުރުން ވެސް ހުއްޓުނެވެ.
އޭރު އެތައް ހާސް މީހުން ތިބީ
ގަނޑުވަރާއި
އެންމެ ސަތޭކައެއްހާ މީޓަރ ކައިރީގައެވެ. މާކޯސްއަށް ވަފާތެރި ސިފައިން އެމީހުން ވަނަ ނުދީ ހިފެހެއްޓިއެވެ. އަދި ފާދިރީން މީހުންނަށް ތަޅާފޮޅުމަކަށް ނުދިއުމަށް ނަސޭހަތްތެރިވިއެވެ.
އެންމެ ސަތޭކައެއްހާ މީޓަރ ކައިރީގައެވެ. މާކޯސްއަށް ވަފާތެރި ސިފައިން އެމީހުން ވަނަ ނުދީ ހިފެހެއްޓިއެވެ. އަދި ފާދިރީން މީހުންނަށް ތަޅާފޮޅުމަކަށް ނުދިއުމަށް ނަސޭހަތްތެރިވިއެވެ.
އެމެރިކާގެ
ސަރުކާރާއި މަޝްވަރާ ކުރުމަށްފަހު މާކޯސް ވެރިކަމުން ފައިބަން އެއްބަސްވިއެވެ. އަދި ސަލާމަތުން ގައުމު ދޫކޮށް ދެވޭނެކަމުގެ ޔަގީންކަން އެންރިލް ކައިރިން ހޯދިއެވެ.
އެރޭ މާކޯސް ގައުމު ދޫކޮށް ދިޔަ
ހަބަރު
ލިބުމުން މީހުން އުފާ ފާޅުކުރިއެވެ. ރައްޔިތުންނަށް ކުރިން ނުވަދެވޭ ގަނޑުވަރަށް މީހުން ވަދެ، އެމީހުންގެ ހަޔާތާ
ބެހޭ ގިނަ ނިންމުންތަކެއް
ނިންމާފައިވާ
ތަން ބެލިއެވެ. ކޮންމެވެސް ވަރަކަށް ލޫޓުވުން ހިގި ނަމަވެސް ގިނަބަޔަކު ތިބީ މަޑުމައިތިރިކަމާއި އެކުގައެވެ.
ވިހި
އަހަރަށްވުރެ ގިނަ ދުވަސްވީ ހުދުމުހުތާރު ވެރިކަމެއް ލޭއޮހޮރުވުމަކާ ނުލައި ނިންމާލެވުނީ ފިލިޕީންސްގެ އެތައް މިލިޔަން މީހުންގެ ހިތްވަރުންނެވެ.
އެޑްސާ
އިންގިލާބަށްފަހުގައި ވެސް ފިލިޕީންސްގައި ކަރަޕްޝަނާއި ފަގީރުކަން އޮތުމުގެ ނަތީޖާއަކަށްވީ މިފަދަ އެހެން އިންގިލާބަކަށް ވެސް މަގުފަހިވުމެވެ.
ފިލިޕީންސް ޖެނުއަރީ 2001
އެޑްސާ
އިންގިލާބު 2
ކުރީގެ ފިލްމީ ތަރިއެއް ކަމަށްވާ ޖޯސެފް އެސްޓްރާޑާއަށް ރައްޔިތުންގެ ތާއީދާއި ލޯބި ލިބުނެވެ. ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން ގޮސް އޭނާއަށް ފިލިޕީންސްގެ ރައީސްކަން ލިބުނެވެ. ނަމަވެސް އޭނާގެ ސިޔާސީ ހަޔާތަށް ކަރަޕްޝަންގެ ހިޔަނި އެޅުނެވެ. ގާތް މީހުންނަށް މަތީ މަގާމު ދިނުމާއި، ރިޝްވަތު ގަބޫލުކުރިކަމަށް ތުހުމަތުކުރެވި ސިޔާސީ ކޮޅިގަނޑެއްގައި ޖެހުނެވެ. ކެބިނެޓްގެ އެތައް އިސް ބަޔަކު މިކަމާ ގުޅިގެން އިސްތިއުފާ ދިނެވެ. އަދި އެސްޓްރާޑާ އިސްތިއުފާ ދިނުމަށް ގޮވާލިއެވެ.
ސެނެޓުގައި
އެސްޓްރާޑާ އަޒުލް ކުރުމުގެ ޝަރީއަތް ކުރިޔަށް ދިޔައިރު ކުރީގެ ރައީސުން ކަމަށްވާ އަކީނޯ އާއި ރާމޯސް އަދި ފާދިރީ ސިން ރައްޔިތުންނަށް ގޮވާލީ މަގުމައްޗަށް
ނިކުމެ އެސްޓްރާޑާގެ އިސްތިއުފާއަށް
ގޮވައި
މުޒާހަރާ ކުރުމަށެވެ. އަސްކަރިއްޔާއަކީ ރައްޔިތުންނާއި ދައުލަތުގެ ހިމާޔަތުގައި ތިބޭ ބައެއް ކަމަށް
ބަޔާންކުރާ މާއްދާއެއް ގާނޫނު އަސާސީގައި
އޮންނާތީ،
އަސްކަރިއްޔާއިން އެސްޓްރާޑާއަށް ދޭ ތާއީދު ހުއްޓާލާނެ ކަމަށް އިސް ބައެއް މީހުން އިޝާރާތް ކުރިއެވެ.
ސެނެޓުގެ
ޝަރީއަތުގައި އެސްޓްރާޑާގެ މައްޗަށް އިތުރު ހެކި ލިބޭނެ ސިޓީއުރައެއް ހުޅުވުމާއި މެދު ނެގުނު ވޯޓެއް 10-11 ވޯޓުން ނިމުނީ ސިޓީއުރަ ނުހުޅުވުމަށެވެ. އެއީ ސެނެޓުގައި
އެސްޓްރާޑާއަށް ތާއީދުކުރާ މީހުން
ތިބީމައެވެ.
ނަމަވެސް މިގޮތަށް ވޯޓު ދިއުމުން ސެނެޓުގެ ރައީސް އިސްތިއުފާ ދިނެވެ. އަދި އަސްކަރިއްޔާގެ އެތައް
އިސް ބަޔަކު އެސްޓްރާޑާއަށް
ތާއީދުކުރުން
ހުއްޓާލިއެވެ. އެސްޓްރާޑާގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައި މީހުން ވެސް އިސްތިއުފާ ދިނެވެ. އެތައް ސަތޭކަ ހާސް މީހުން އެޑްސާއަށް އެއްވާން ފެށިއެވެ.
މީހުންގެ އަޑު
އެސްޓްރާޑާއަކަށް ނީވުނެވެ. އޭނާ ގަނޑުވަރުގައި އިދެ ބުނަމުން ދިޔައީ އިސްތިއުފާ ނުދޭނެ ކަމަށެވެ. ނަމަވެސް އެޑްސާގައި ތިބި މީހުންގެ އަދަދު މިލިޔަނަކަށް އެރުމުން
އޭނާ އެއްކަލަ ސިޓީއުރަ ހުޅުވުމަށް
އަމުރުކުރާނެ
ކަމަށް ބުންޏެވެ. އަސްކަރިއްޔާގެ ތާއީދު އޭނާއަށް ނެތްކަން ރަސްމީކޮށް އެންގުމުން އެސްޓްރާޑާ ޓީވީއަށް އަރާފައި ބުނީ، މޭ މަހު އިންތިހާބެއް ބާއްވާނެ ކަމަށާ އަދި އެ
އިންތިހާބުގައި ވާދަނުކުރާނެ
ކަމަށެވެ.
ނަމަވެސް އަސްކަރިއްޔާއިން ތާއީދު ނުކުރާކަން އަލުން ހާމަކުރުމުން، ފަސް ދުވަހަށް ވިސްނުމުގެ މުހުލަތެއް ދިނުމަށާއި، ގަނޑުވަރުން ނިކުންނަން ފަސް ދުވަސް
ދިނުމަށް އެސްޓްރާޑާ އެދުނެވެ.
އެސްޓްރާޑާގެ
ހުށަހެޅުންތައް އަނެއްކޮޅުން ގަބޫލުނުކުރުމާއި އަދި އެތައް ހާސް މީހުން ގަނޑުވަރާއި ދިމާލަށް އަންނާތީ، އެސްޓްރާޑާއަށް ޖެހުނީ ގަނޑުވަރު ދޫކޮށް އޭނާގެ ގެއަކަށް
ދިއުމަށެވެ. އޭގެ މިނިޓުތަކެއް ފަހުން
ގްލޯރިޔާ
އަރޮއްޔޯ ފިލިޕީންސްގެ 14 ވަނަ ރައީސްގެ ގޮތުގައި ހުވާ ކުރިއެވެ. އެއީ ރައީސްގެ މަގާމު ހުސްކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.
ފަހުން
އެސްޓްރާޑާ ބުނީ އޭނާ އިސްތިއުފާއެއް ނުދޭ ކަމަށާއި، އޭނާ ހުރީ ޗުއްޓީއެއްގައި ކަމަށާ، އަރޮއްޔޯ މަގާމު
ފުރަމުން ދިޔައީ ވަގުތީ ގޮތުން
ކަމަށެވެ.
ނަމަވެސް އޭނާއަށް ޖެހުނީ ވެރިކަމުގައި ހުރެގެން ކޮށްފައިވާ ކުށްތަކުގެ ބަދަލުގައި ޝަރީއަތާއި ކުރިމަތިލާށެވެ.
އެސްޓްރާޑާގެ
ވެރިކަން ވައްޓާލުމަށް މަގުމައްޗަށް މީހުން ނެރުމުގައި އެންމެ ބޮޑަށް ބޭނުން ކުރެވުނު އެކައްޗަކީ އެސްއެމްއެސް އެވެ. ފިލިޕީންސަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް
އެސްއެމްއެސް ބޭނުންކުރާ ގައުމު ކަމަށް
ބެލެވެއެވެ.
ސަރބިއާ އޮކްޓޯބަރ 2000
މުޅި ބަލްކަން ސަރަހައްދު ނަސްލީ ހަނގުރާމައަކަށް ވެއްޓިގެން ދިއުމުގެ އެއް ސަބަބު ކަމަށްވާ ސްލޮބޮޑާން މިލޯސެވިޗްގެ އަނިޔާވެރި ވެރިކަން ނިމިގެން ދިޔައީ އޮކްޓޯބަރ 2000 ގައި ރައްޔިތުން އޭނާގެ ވެރިކަމާއި ދެކޮޅަށް ތެދުވުމުންނެވެ. އެއީ ރިޔާސީ އިންތިހާބެއްގައި އޭނާ މަކަރު ހަދައި އިދިކޮޅު ލީޑަރ ކޮސްޓުނީޗާ އަށް ކާމިޔާބު ލިބުނުކަން ގަބޫލުކުރަން އިދިކޮޅު ހެދުމުންނެވެ.
27 ސެޕްޓެމްބަރ ގައި ސަރުކާރާއި އިދިކޮޅު އެތައް ހާސް މީހުން ބެލްގްރޭޑާއި އެހެން ސިޓީތަކުގެ
މަގުމައްޗަށް ނިކުމެ މިލޯސެވިޗްގެ
އިސްތިއުފާއަށް
ގޮވަން ފެށިއެވެ. 2 އޮކްޓޯބަރ ގައި ސަރބިއާގައި އާންމު ހަޅުތާލެއް ފެށުނެވެ. ސްކޫލްތަކާއި މަގުތައް ބަންދުކުރެވުނެވެ. ކުރިން މިލޯސެވިޗަށް ތާއީދުކުރަމުން އައި
މައިނަރުން އިދިކޮޅު ހަރަކާތަށް
ތާއީދުކުރާކަން
ދެއްކުމަށް މަސައްކަތް ހުއްޓާލިއެވެ. ދެވަނަ ފަހަރަށް ވޯޓުލުން ބޭއްވުމުގެ ކުރިން ވެރިކަމުން ނުފައިބާނެ ކަމަށް މިލޯސެވިޗް އެންގިއެވެ.
4 އޮކްޓޯބަރ ގައި ބެލްގްރޭޑާއި 40 ކިލޯމީޓަރ ދުރުގައިވާ މައިނަކަށް ފުލުހުން އަރައިގަތެވެ. މުޒާހަރާކުރާ
މީހުން ހައްޔަރުކުރަން ފުލުހުން
އުޅެނިކޮށް
ކޮސްޓުނީޗާ އެތަނަށް ދިޔައެވެ. އޭނާއަށް މީހުން މަރުހަބާ ކިޔަން ފެށިއެވެ. އަދި ހަޅުތާލު ރަށްފުށުގެ
ހުރިހާ ހިސާބަކަށް ފެތުރިގެން
ދިޔައެވެ.
ޔޫގޯސްލޭވިއާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމީ އިންތިހާބުގެ ނަތީޖާ ބާތިލްވީ ކަމަށާ މިލޯސެވިޗް
އޭނާގެ ޓާމުގެ ފަހު އަހަރު ނިމެންދެން
ހުރުމަށްފަހު
2001 ގައި އަލުން އިންތިހާބު ބޭއްވުމަށެވެ. ކޯޓުގެ ނިންމުން އިދިކޮޅު
ފަރާތްތަކުން ގަބޫލެއް ނުކުރިއެވެ.
ފަރާތްތަކުން ގަބޫލެއް ނުކުރިއެވެ.
5 އޮކްޓޯބަރގައި އެދުވަހު ތިނެއް ޖަހަންވާއިރަށް އިސްތިއުފާ ދިނުމަށް މުހުލަތެއް އިދިކޮޅު ފަރާތްތަކުން
މިލޯސެވިޗަށް ދިނެވެ. އަދި ބެލްގްރޭޑްގެ
މެދުގައި
ބޮޑު އެއްވުމެއް ބޭއްވުމަށް ގޮވާލިއެވެ. އެދުވަހު ފަތިހު ދަނޑުވެރިންނާއި، މައިނަރުންނާއި، އަދި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ އެތައް ހާސް މީހުން ސަރބިއާގެ އެކި
ސިޓީތަކާއި ޓައުންތަކުން ބެލްގްރޭޑާއި
ދިމާލަށް
އަންނަން ފެށިއެވެ. ފުލުހުން މަގުބަންދުކޮށްފައި ވަނިކޮށް ފަޅާލާފައި ވެސް އަންނަން ފެށިއެވެ.
މެންދުރު
ބެލްގްރޭޑްގައި ޕާލަމެންޓް އިމާރާތް ބަލަހައްޓަން ތިބި ފުލުހުންނާއި މުޒާހާރާ ކުރާ މީހުންނާއި ދެމެދު ކުރިމަތިލުމެއް ހިގިއެވެ. ވައިގެ ތެރެއަށް ބަޑި ޖެހުމާއި އެކު، މީހުންގެ ތެރެއަށް
ކަރުނަ ގޭސް ޖެހިއެވެ. ކަރުނަ
ގޭހުގެ ސަބަބުން މީހުން ކޮންމެވެސް ވަރަކަށް ރޫޅިގެން ދިޔަ ނަމަވެސް، ބެލްގްރޭޑަށް ގިނަ އަދަދެއްގެ މީހުން ދިޔައީ ޖަމާވަމުންނެވެ.
މުޒާހަރާ ކުރި
މީހުން ފުލުހުންގެ ދުއްވާތަކެތި އަންދަން ފެށުމުން އެގުނީ ފުލުހުން އިތުރަށް ތަޅާފޮޅަން ބޭނުން ނޫން ކަމެވެ. ކިތަންމެ ފުލުހަކު ދަޑިބުރި ހޫރާލައި އެނބުރި ދިޔައެވެ.
ހަތިޔާރު އަޅައިގެން ތިބި ފުލުހުން
އިދިކޮޅު
ފަރާތްތަކާއި ބައިވެރިވުމުން އެމީހުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެމުން ދިޔައެވެ.
ތިނެއް ޖަހަން
ދެން ދީފައި އޮތް މުހުލަތު ހަމަވީއިރު ވެސް މިލޯސެވިޗްގެ ހަބަރެއް ވެސް ނުވެއެވެ. ހަވީރު މުޒާހަރާ ކުރާ މީހުން ޕާލަމެންޓް އިމާރާތް ހިފައިފިއެވެ. ފުލުހުންގެ ތެރެއިން
ބައެއް މީހުން ފިލައި އަނެއް ބަޔަކު
ހަތިޔާރު
ބެހެއްޓީއެވެ. އިމާރާތުގެ ބައެއް ތަންތަން ލޫޓުވައި އަންދާލިއެވެ. ޕާލަމެންޓު އިމާރާތުގެ ކައިރީ ބިންމަތީގައި ހުރީ އިންތިހާބު
އޮޅުވާލުމަށް ތައްޔާރުކޮށްފައި
މިލޯސެވިޗްގެ ނަމާއި ދިމާލަށް ބޮޅު އަޅާފައި ހުރި އެތައް ކަރުދާހެކެވެ.
ދައުލަތުގެ
ޓީވީ ސްޓޭޝަނަށް މީހުންގެ ލޯ އަމާޒުވިއެވެ. އެތާގައި ތަޅާފޮޅުން ހިގުމަށްފަހު އެންމެ ފަހުން ޓީވީ ސްކްރީންތައް ކަޅުވިއެވެ. އެ އިމާރާތް ވެސް ރޯކޮށްލިއެވެ. ނަމަވެސް
ފަހުން އާ ނަމެއްގައި ޓްރާންސްމިޝަން
ފެށުނެވެ .
6.30 ގައި ކޮސްޓުނީޗާ ބައި މިލިޔަން މީހުންނާއި ބެލްގްރޭޑް ސިޓީ
ހޯލުގެ ބެލްކަނީގައި
ހުރެ މުހާތަބުކޮށް ސަރބިއާ މިނިވަންވީ ކަމަށާއި، އޭނާ ޔޫގޯސްލޭވިއާގެ ރައީސަކަށް ވުމުގެ ފަހުރު ހޯދާ ކަމަށް އިއުލާންކުރިއެވެ. ރޭގަނޑުގެ ވަގުތުތަކުގައި ބެލްގްރޭޑްގެ މަގުތަކަށް މީހުން
އެއްވެ އުފާ ފާޅުކޮށް،
ލަވަކިޔައި ނެށިއެވެ. މިލޯސެވިޗްގެ 13 އަހަރުގެ ވެރިކަން އެންމެ 12 ގަޑިއިރު ތެރޭ ނިމިގެން ދިޔަކަން އެމީހުންނަށް ގަބޫލުކުރަން ވެސް ދަތިވިއެވެ.
ދައުލަތުގެ
ހަޒާނާ ވެސް ލޫޓުވާލާފައިވާކަމަށް ބެލެވޭ މިލޯސެވިޗަށް ޖެހުނީ ދަ ހޭގްގައި
ޝަރީއަތާއި ކުރިމަތިލާށެވެ.
ޖޯޖިއާ ނޮވެމްބަރ 2003
ފިނިފެންމާ
އިންގިލާބު
ޖޯޖިއާގައި 2 ނޮވެމްބަރ 2003 ގައި އޮތް އިންތިހާބު އޮޅުވާލި ކަމަށް ޝައްކު ކުރެވުނު ހިސާބުން ފެށުނު މުޒާހަރާތައް ނިމގެން ދިޔައީ ރޯޒް ރިވޮލިއުޝަން ނުވަތަ ފިނިފެންމާ އިންގިލާބުންނެވެ. ޖޯޖިއާގައި ރައްޔިތުން އެޑުއަޑް ޝެވަނާޒޭގެ ވެރިކަމުގެ ދަށުގައި ތަހައްމަލު ކުރަމުން ދިޔައީ ފަގީރުކަމެވެ. ޝެވަނާޒޭ އާއި އޭނާގެ އާއިލާއާއި މެދު އޭރު ވަނީ ކަރަޕްޝަންގެ ތުހުމަތުތައް ވެސް ފެންމަތިވެފައެވެ.
އޮޅުވާލުމާއި
މަކަރުހެދުން އޮތް މި އިންތިހާބަށްފަހު އިދިކޮޅު ލީޑަރެއް ކަމަށްވާ މީހާއީލް ސާކަޝްވިލީ ބުނީ ކާމިޔާބު ލިބުނީ ހަގީގަތުގައި އޭނާއަށް ކަމަށެވެ. އަދި އޭނާ ރައްޔިތުންނަށް
ގޮވާލީ ޝެވަނާޒޭގެ ސަރުކާރާއި ދެކޮޅަށް
މުޒާހަރާކޮށް
ސުލްހަވެރި މަދަނީ ބަސްނޭހުމުގެ ފިޔަވަޅުތައް އެޅުމަށެވެ. ޑިމޮކްރެސީ ގަބޫލުކުރާ މައިގަނޑު ހުރިހާ އިދިކޮޅު ޕާޓީތައް ވެސް ޝެވަނާޒޭގެ ސަރުކާރާއި ދެކޮޅަށް އަދި އަލުން އިންތިހާބު ބޭއްވުމަށް އެއްބަސްވިއެވެ.
ނޮވެމްބަރ
މަހުގެ މެދުތެރޭގައި ޖޯޖިއާގެ ވެރިރަށުގެ މަގުތައް މަތީގައި ފެށުނު މުޒާހަރާތައް ބޮޑެތި ހުރިހާ ސިޓީއަކަށް ފެތުރިގެން ދިޔައެވެ. ސަރބިއާގައި މިލޯސެވިޗް ވައްޓާލުމަށް ހަރަކާތްތެރިވި
އޮޓްޕޯ ޖަމާއަތް ނަމޫނާއަކަށް
ބަލައިގެން އުފައްދާފައިވާ ކްމާރާ (ފުދިއްޖެ) ނަމަކަށް ކިޔާ ޒުވާނުން ހިމެނޭ ޖަމާއަތެއް މި މުޒާހަރާތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވިއެވެ.
22 ނޮވެމްބަރަކީ އާ ޕާލަމެންޓް ހުޅުވަން އޮތް ދުވަހެވެ. އެ ދުވަހު އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ
މީހުން ފިނިފެންމާ ހިފައިގެން ތިބެ
ޕާލަމެންޓްގެ
އިމާރާތަށް ވަދެގަނެ ޝެވަނާޒޭ ވާހަކަދައްކަން ހުއްޓާ ހުއްޓުވާލިއެވެ. ޝެވަނާޒޭއަށް ޖެހުނީ ބޮޑީގާޑުންގެ ހިމާޔަތުގައި އެތަނުން ފިލާށެވެ. އޭނާ ފަހުން އިމަޖެންސީ
އިއުލާނުކޮށްފައި އޭނާ ހުންނަ ގޭގެ
ކައިރިއަށް
ސިފައިން ޖަމާކުރަން ފެށިއެވެ. އަދި މުޒާހަރާ ހުއްޓުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައި ސިފައިންނަށް މުޒާހަރާކުރާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން
އެންގިއެވެ. ނަމަވެސް ސިފައިންގެ އެންމެ
އިސް
ފަރާތްތަކުން ސަރުކާރާއި އެއްބައިވުމަށް ދެކޮޅު ހެދިއެވެ. އަދި ނެޝަނަލް ގާޑްގައި ހިމެނޭ ސިފައިންގެ
ބަޔަކު ވެސް އިދިކޮޅު ފަރާތްތަކާއި
ބައިވެރިވިއެވެ.
ސާކަޝްވިލީ
ފަހުން ސީއެންއެން އަށް ކިޔައިދިން ގޮތުގައި ވެސް ސިފައިން ސަރުކާރުގެ ކޮޅު ދޫކޮށްލި ވަގުތަކީ ހުރިހާކަމެއް ބަދަލުވެގެން ދިޔަ ވަގުތުކޮޅެކެވެ.
23 ނޮވެމްބަރ ގައި ރަޝިޔާގެ އިސް ނެގުމުގެ މަތިން ޝެވަނާޒޭ އިދިކޮޅު ފަރާތްތަކާއި އެކު ވާހަކަދައްކަން
ފެށިއެވެ. ވާހަކަތަކުގެ ނަތީޖާއެއްގެ
ގޮތުން
ޝެވަނާޒޭ އިސްތިއުފާ އިއުލާންކުރިއެވެ. ލައްކައަކަށްވުރެ ގިނަ މީހުން މަގުމަތީގައި ހަވާ އަރުވައި،
މިއުޒިކް ކޮންސަޓްތައް ބާއްވައި، އުފާ
ފާޅުކުރިއެވެ.
“އަހަރެންނަށް ގަބޫލުކުރެވޭ މިހުރިހާ ކަމެއް ކުރިޔަށް ދިއުން އެއީ ރަގަޅު ގޮތެއް ނޫންކަން. އަހަރެންގެ
ބާރުތައް ބޭނުންކުރަން މާދަމާ
ޖެހިއްޖެނަމަ
އޭގެ ސަބަބުން ބޮޑެތި ލޭއޮހޮރުވުން އުފެދޭނެ. އަހަރެން ދުވަހަކު ވެސް އަހަރެންގެ ގައުމަށް ހިޔާނާތްތެރި ނުވަން. ވީމާ އެންމެ ރަގަޅު ގޮތަކީ ރައީސް އިސްތިއުފާ
ދިނުން.” ޝެވަނާޒޭގެ 11 އަހަރުގެ ވެރިކަން
ނިމިގެން
ދިޔަ ވަގުތު ޓީވީއަށް އަރާ ބުންޏެވެ.
ކުރީގައި
ބޭއްވި އިންތިހާބުގެ ނަތީޖާ ބާތިލް ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ. އަދި އާ އިންތިހާބެއް ބޭއްވެންދެން ވަގުތީ ރައީސެއް ހޮވިއެވެ. ޖެނުއަރީ 2004 ގައި ބޭއްވި އާ ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކުން ކުރި ލިބުނީ
ސާކަޝްވިލީ އަށެވެ. އަދި މާޗް 2004 ގައި
ބޭއްވި
އާ ޕާލަމެންޓަރީ އިންތިހާބު ކާމިޔާބުކުރީ ވެސް އޭނާގެ ޕާޓީއެވެ.
ޔޫކްރޭން
2004-2005
އޮރެންޖް
އިންގިލާބު
އޮރެންޖް
އިންގިލާބަކީ ޔޫކްރޭންގައި 21 ނޮވެމްބަރ 2004 ގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރާއި ވިދިގެން، އިންތިހާބުގައި އޮޅުވާލާފައިވާ ކަމުގެ
ތުހުމަތުތަކާއިއެކު އުފެދުނު މުޒާހަރާތަކާއި، ދެކޮޅު ހެދުމުގެ ހަރަކާތްތަކުން އުފަންވި އިންގިލާބެކެވެ.
ޔޫކްރޭންގެ
ގާނޫނު ބުނާގޮތުން އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ އޮކްޓޯބަރ 2004 ގައި ބޭއްވި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިގެންނެވެ. ދެން
ޖެހެނީ އެންމެ ގިނައިން ވޯޓު ލިބުނު
ދެ
ކެންޑިޑޭޓުން ހިމަނައިގެން ދެވަނަ ބުރެއް ބާއްވައި ހޮވޭ މީހާ ރައީސަކަށް ހޮވާށެވެ.
ދެވަނަ
ބުރުގައި ކުރި ލިބޭނެ ކަމަށް ބެލެވިފައި އޮތީ އިދިކޮޅު ލީޑަރ ވިކްޓަރ ޔުޝެންކޯ އަށެވެ. ނަމަވެސް
ރަސްމީ ނަތީޖާތަކުން އިއުލާންކުރީ 3
ޕަސެންޓުގެ
ތަފާތަކާއި އެކު ކުރީގެ ބޮޑުވަޒީރު ވިކްޓަރ ޔަނުކޮވިޗް ކާމިޔާބު ކުރި ކަމަށެވެ. އިންތިހާބުގައި މަކަރު
ހަދާފައިވާ ކަމުގެ ހެކިތައް
ޔުޝެންކޯ
ގެ ފަރާތުން ހާމަކުރުމާއި އެކުގައި، އެމީހުންނަށް ތާއީދުކުރާ މީހުންނަށް އެއްވުންތައް ބާއްވަން
ގޮވާލިއެވެ.
22 ނޮވެމްބަރ އިން ފެށިގެން ޔޫކްރޭންގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ފެށުނެވެ. ވެރިރަށް
ކިއެވްގެ މިނިވަންކަމުގެ މައިދާނަށް
އެއްވެފައި
ތިބި 500،000 އަށްވުރެ ގިނަ މީހުން 23 ނޮވެމްބަރ ގައި ޔޫކްރޭންގެ ޕާލަމެންޓު އިމާރާތް ކުރިމަތީގައި ހިގާލުމެއް ބޭއްވިއެވެ. ގިނަމީހުން ތިބީ އޮރެންޖް ކުލައިގެ ހެދުމުގައި ނުވަތަ
އޮރެންޖް ދިދައެއް ހިފައިގެންނެވެ.
އޮރެންޖު ކުލައަކީ ޔުޝެންކޯ ކެމްޕޭނުގައި ބޭނުންކުރި ކުލައެވެ.
ޔުޝެންކޯ
ރައީސްކަމުގެ ހުވާ ރަމްޒީ ގޮތުން ކުރިއެވެ. އެއީ އިންތިހާބުގެ ނަތީޖާ އެއްގޮތަކަށް ވެސް ގަބޫލު
ނުކުރާކަން ހާމަކޮށް އެމީހުންގެ ހިތްވަރު
އާކުރުމުގެ
ގޮތުންނެވެ. ހަމަ އެއާއިއެކު އިރުމަތީ އަދި ދެކުނު ޔޫކްރޭންގައި ތިބި ޔަނުކޮވިޗަށް ތާއީދުކުރާ މީހުން
ތިބީ އެމީހުންގެ ކެންޑިޑޭޓު
ރައީސަކަށް
ނުހޮވިއްޖެނަމަ ޔޫކްރޭނުން ވަކިވާން ވެސް ތައްޔާރަށެވެ. މިގޮތުން ޔޫކްރޭން ބައިބައިވެދާނެ ކަމުގެ ބިރު ވެސް އޮތެވެ. ޔަނުކޮވިޗަށް ތާއީދުކުރާ މީހުން މުޒާހަރާ
ކުރުމަށްޓަކައި ވެރިރަށް ކިއެވްއަށް ވެސް
އައެވެ.
ނަމަވެސް ކިއެވްގައި ތިބި ޔުޝެންކޯއަށް ތާއީދުކުރާ މީހުންނާއި، އަދި އިންތިހާބުގެ ނަތީޖާއާއި މެދުގައި
ހިތްހަމަނުޖެހިގެން ކިއެވްއަށް
މުޒާހަރާ
ކުރަން އަންނަ މީހުންގެ އަދަދު މާގިނައެވެ. ކިއެވްގެ މަގުތަކުގައި ފިނި މޫސުމުގެ އެންމެ ގަދަފިނީގައި،
ބައެއް ދުވަސް ދުވަހު އެއް މިލިޔަނަށް
ވުރެ
ގިނަ މީހުން މަގުތަކަށް އެއްވި ކަމަށް ވެއެވެ.
ވަކިވާ ރައީސް
ލިއޮނައިޑް ކުޗްމާ އާއި އެކު ޔުޝެންކޯ ވާހަކަ ދެއްކި ނަމަވެސް އެވާހަކަތައް ވީ ބޭކާރެވެ. ރަސްމީގޮތުން ކާމިޔާބު ލިބުނީ ޔަނުކޮވިޗަށް ކަން އިއުލާން
ކުރުމާއިއެކު 24 ނޮވެމްބަރ ގެ ހެނދުނު ޔުޝެންކޯ ކިއެވްގައި އޭނާއަށް ތާއީދުކުރާ މީހުންނަށް ގޮވާލީ އާންމު ހަޅުތާލުތަކާއި، އިށީދެގެން ތިބުމާއި، މިފަދަ
ހަރަކާތްތަކުން ސަރުކާރު އިނދަޖައްސާލައި
ސަރުކާރަށް
ބަލި ގަބޫލުކުރަން މަޖުބޫރު ކުރުމަށެވެ. އޮރެންޖް އިންގިލާބެއް ފެށުމަށެވެ.
1 ޑިސެމްބަރ ގައި ޔޫކްރޭންގެ ޕާލަމެންޓުން ގައުމު ބައިބައިކުރުމުގެ ހިޔާލުތައް ކުށްވެރިކޮށްފައި އަދި
ޔޫކްރޭންގެ ކެބިނެޓް މިނިސްޓަރުންނާއި
މެދު
އިތުބާރު ނެތްކަމުގެ ގަރާރެއް ފާސް ކުރިއެވެ. ގާނޫނު އަސާސީ ބުނާގޮތުން މި ވޯޓުގެ ސަބަބުން ސަރުކާރު އިސްތިއުފާ ދޭން ޖެހެއެވެ. ނަމަވެސް ޔަނުކޮވިޗާއި ކުޗްމާގެ އެއްބާރުލުން ނެތި
ޕާލަމެންޓަކަށް މި ގަރާރު
ތަންފީޒު ކުރެވޭނެ ގޮތެއް ނެތެވެ.
3 ޑިސެމްބަރ ގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމިއެވެ. އިންތިހާބުގައި މަކަރު ހަދާފައިވާ މިންވަރުގެ
ބޮޑުކަމުން އިންތިހާބުގެ ނަތީޖާ ބާތިލްކޮށް ދެވަނަ ބުރުގެ ވޯޓުލުން އަލުން ބޭއްވުމަށެވެ. އަދި 8 ޑިސެމްބަރގައި މި އިންތިހާބަށް މަގުފަހިވާގޮތަށް
ޕާލަމެންޓުން ގާނޫނުތައް އިސްލާހުކުރިއެވެ. އަދި މިއިންތިހާބު ފަސޭހަކަމާއި އެކު ޔުޝެންކޯ ކާމިޔާބުކޮށް ރަސްމީ ގޮތުން އޭނާއަށް ކާމިޔާބު ލިބުނު ކަން 28
ޑިސެމްބަރ ގައި އިއުލާން ކުރެވުނެވެ.
ބުނެވޭ
ގޮތުގައި އޮރެންޖް އިންގިލާބުގެ ތެރޭގައި ޔޫކްރޭންގެ ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ނިންމުންތަކަށް
އިހުތިރާމް ކޮށް ރައްޔިތުންނާއި
އެއްބައިވުމުގެ
ނަމޫނާއެއް ދެއްކިއެވެ. އިންޓާނަލް މިނިސްޓްރީގެ ސިފައިންގެ 10،000 މީހުން
ކިއެވްގައި މުޒާހާރާކުރާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ނެރެން އުޅެނިކޮށް އެކަން ހުއްޓުވީ ސިއްރު ފުލުހުންނާއި އިންޓެލިޖެންސްގެ އިސް ވެރިންގެ މަސައްކަތުން
ކަމަށް ވެއެވެ. ގައުމު އަހުލީ
ހަނގުރާމައަކާއި
ދިމާލަށް ނުވަތަ ބޮޑު ލޭއޮހޮރުވަމަކާއި ދިމާލަށް ދިޔަ ނުދޭން އަސްކަރީ މީހުން ވަރަށް މަސައްކަތް ކުރި ކަމީ އޮރެންޖް އިންގިލާބުގެ ކާމިޔާބުގެ އެއް ސިއްރެވެ.
ސަރބިއާގައި
މިލޯސެވިޗްގެ ވެރިކަން ވެއްޓުމާއި ޖޯޖިއާގެ ފިނިފެންމާ އިންގިލާބު އެއީ ކުއްލި ހަރަކާތްތަކެއް ކަމަށް ހީވިޔަސް އެއީ އެތައް ދުވަހެއްގެ މަސައްކަތާއި، އިދިކޮޅު
މީހުން އެއްގަލަކަށް އެރުވުމުގެ
ހަރަކާތްތަކާއި
އަދި އެންމެ އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭނުތަކުގެ ނަތީޖާއެވެ. މިހުރިހާ ހަރަކާތެއްގައި ވެސް ކިޔަވާކުދިންގެ ދައުރު ފުޅަލެވެ. ސަރބިއާގައި އޮޓްޕޯ
އެވެ. ޖޯޖިއާގައި ކްމާރާއެވެ. ޔޫކްރޭންގައި
އެ ހަރަކާތުގެ ނަމަކީ ޕޯރާ (ވަގުތަކީ މިއީ) އެވެ. އޮރެންޖް އިންގިލާބަކީ އިބްރަތުން ފުރިގެންވާ ނަމޫނާ އިންގިލާބެކެވެ.
ކިރްގިސްތާން
2005
ޓިއުލިޕް
އިންގިލާބު
ޓިއުލިޕް
އިންގިލާބަކީ 2005 ގައި އޮތް އާންމު އިންތިހާބާއި ވިދިގެން ރައީސް އަސްކަރު އަކަޔެވް ގެ ވެރިކަން ވައްޓާލި އިންގިލާބެވެ. އަކަޔެވްއަކީ ގިނަމީހުންގެ ނަޒަރުގައި އޭރު ވަރަށް
ކަރަޕްޓް އަދި ހުދުމުހުތާރު
މީހެކެވެ.
އިންތިހާބުގެ
ނަތީޖާ އިއުލާން ކޮށް ނުނިމެނީސް މުޒާހަރާތައް ފެށިއްޖެއެވެ. 18 މާޗްގައި އެތައް ހާސް މީހުން ޖަލާލްއާބާދުގެ ގަވަރނަރގެ އޮފީހާއި އޮޝް ކިޔާ ރަށެއްގައި ހުރި
ސަރުކާރުގެ އިމާރާތެއް ހިފައިފިއެވެ. އަދި
ޓޮކްޓޯގަލް ކިޔާ ދެކުނުގެ ރަށެއްގައި ވޯޓު އޮޅުވާލި ކަމަށް ޝައްކުކުރެވޭ ދެ އޮފިޝަލަކު ހިފާ ހައްޔަރުކުރެވުނެވެ.
20 މާޗްގައި ފުލުހުން އެ އިމާރާތްތައް އަތުލައިގަތުމަށް ބާރުގެ ބޭނުން ކުރަން އުޅުނެވެ. މުޒާހަރާކުރި
މީހުންނާއި ފުލުހުންނަށް ވެސް އަނިޔާވިއެވެ. ފަހުން ޖަލާލްއާބާދުގައި މީހުން އަނެއްކާ ވެސް އެ އިމާރާތް ހިފިއެވެ. ކައިރީގައި ހުރި ފުލުސް ސްޓޭޝަނަކަށް މީހުން ގަލުން ހަމަލާ
ދޭން ފެށިއެވެ.
21 މާޗްގައި އޮޝްގައި ރައްޔިތުން ފުލުސް ސްޓޭޝަނަކާއި، ޓީވީ ސްޓޭޝަނަކާއި، އެއަރޕޯޓާއި އެހެން
އިމާރާތެއް ވެސް ހިފައިފިއެވެ. 22
މާޗްގައި
ޕުލްގަން ކިޔާ ރަށެއްގައި ވެސް މީހުން ސަރުކާރުގެ އިމާރާތެއް ހިފައިފިއެވެ. 23 މާޗްގައި ވެރިރަށް
ބިޝްކެކް ގައި މުޒާހަރާ ފެށުނެވެ. މުޒާހަރާ ބޮޑު
ނުވަނީސް ފުލުހުން ރޫޅާލައި ބައެއް މީހުން ގައިގައި ތަޅާ، މުޒާހަރާ އިންތިޒާމު ކުރި އެތައް ބަޔަކު ހައްޔަރުކުރިއެވެ. އޭގެތެރޭ ނޫސްވެރިންނާއި، އަމިއްލަ
ޖަމްއިއްޔާތަކުގެ މެންބަރުންނާއި،
ލިޔުންތެރިންނާއި،
ޒުވާން ހަރަކާތްތަކުގެ މެންބަރުން ހިމެނުނެވެ.
ޖޯޖިއާ އާއި
ޔޫކްރޭން ގައި ސަރުކާރާއި އިދިކޮޅު ފަރާތްތައް ވަރަށް ގުޅިގެން މަސައްކަތް ކުރި ނަމަވެސް ކިރްގިސްތާނުގައި އެފަދަ އެއްބައިވުން ކުޑަ ކަން ވެސް ފާހަގަ ކުރެވުނެވެ.
ނަމަވެސް ކޮންމެވެސް ވަރަކަށް ގުޅުމެއް
އުފެދުމާއި
އެކުގައި 23 މާޗް ވީއިރު މުޅި ކިރްގިސްތާނަށް މުޒާހަރާތައް ފެތުރިއްޖެއެވެ.
24 މާޗް ގައި ބިޝްކެކްގައި ސަރުކާރުގެ މައި އިމާރާތުގެ ކުރިމައްޗަށް އެތައް ހާސް މީހުން އެއްވެއްޖެއެވެ.
އެއްވުމުގެ ކުރީގައި ތިބި ޒުވާނުންނަށް
ސަލާމަތީ
ބާރުތަކާއި ސަރުކާރަށް ހަމްދަރުދީވާ މީހުން ހަމަލާ ދޭން ފެށުމުން ފަހަތުގައި ތިބި މީހުންތައް ކުރިޔަށް
ޖެހި، ގިނަ އަދަދެއްގެ ބަޔަކު
އިމާރާތުގެ
ތެރެއަށް ވަދެގަތެވެ. އަދި ދައުލަތުގެ ޓީވީ ސްޓޭޝަން ވެސް މީހުން ހިފައިފިއެވެ. ފުލުހުންނާއި މުޒާހަރާ ކުރި މީހުންނާއި ގިނަ ކުރިމަތިލުންތަކެއް ހިގި ނަމަވެސް
މީހުންގެ އަދަދު ގިނަކަމުން މުޒާހަރާ
ހުއްޓުވޭ
ގޮތެއް ނުވިއެވެ.
ހަމަ އެދުވަހު
އަކަޔެވް ހެލިކޮޕްޓަރުގައި އާއިލާ ގޮވައިގެން ފިލައިގެން ކަޒަކްސްތާނަށް ގޮސްފައި އެތަނުން މޮސްކޯއަށް ދިޔައެވެ. ބޮޑު ވަޒީރު އިސްތިއުފާ ދީ، ފުލުހުން ފިލައި ނުވަތަ
މުޒާހަރާ ކުރާ މީހުންނާއި
ބައިވެރިވިއެވެ.
ސަރުކާރުގެ އިމާރާތްތައް އިދިކޮޅު މީހުންގެ ބާރުގެ ދަށަށް އައެވެ. އަދި ކުރީގެ އިންތިހާބުގެ ނަތީޖާ ބާތިލް ކަމުގައި ސުޕްރީމް ކޯޓުން ނިންމިއެވެ.
އެވަގުތު
ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވުމުގެ ސަބަބުން ލޫޓުވުމާއި އިމާރާތްތަކުގައި ހުޅުޖެހުން ފަދަ
އަމަލުތައް ހިގިއެވެ. 25 މާޗް ވީއިރު 3
މީހަކު
މަރުވި ހަބަރު ލިބުނެވެ. 26 މާޗްގައި އަކަޔެވް އަށް ތާއީދުކުރާ މީހުން ހަތިޔާރާއި އެކުގައި ވެރިރަށަށް
ވަންނަން އުޅުނެވެ. ނަމަވެސް
އެމީހުންނަށް
މާބޮޑު ތާއީދެއް ނެތްކަން އެގުމުން އަނބުރާ ދިޔައީއެވެ. އެމީހުން އެކަންތައް ކުރަން އުޅުނީ އަކަޔެވް ގެ ވެރިކަމުގައި މިނިސްޓަރުންގެ ގޮތުގައި ހިމެނުނު
ދެމީހެއްގެ އަމުރަށެވެ.
2 އެޕްރީލްގައި އަކަޔެވް އިސްތިއުފާ ދޭން އެއްބަސް ވެއްޖެއެވެ. އޭރު ކޮންމެވެސް މިންވަރަކަށް
ހަމަނުޖެހުންތައް ކޮންޓްރޯލް ވެއްޖެއެވެ. ކިރްގިސްތާނުގެ ވަފުދެއް އަކަޔެވް އިސްތިއުފާ ދިން ކަމުގެ ސޮއި ހޯދަން މޮސްކޯއަށް ދިޔައެވެ.
ލެބަނަން 2005
ސެޑާރ
އިންގިލާބު
14 ފެބްރުއަރީ 2005 ގައި ކާރު ބޮމުގެ ހަމަލައެއްގައި ލެބަނަން ގެ ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީ
އަވަހާރަކޮށްލެވުނެވެ. މި ހަމަލާގެ ސަބަބުން ބައިބައިވެފައިވާ ލެބަނަންގެ މުޖުތަމައު ބޮޑަށް އެއްބައިވެ މުޒާހަރާތައް ފެށުނެވެ. ހަރީރީ އަވަހާރަކުރުމުގެ
ފަހަތުގައި ސީރިޔާގެ އަތެއް ވާ ކަމަށް
ތުހުމަތު
ކުރެވުނެވެ. އޭގެ ފަހުގައި ސީރިޔާ ސިފައިން ލެބަނަންގައި ތިބުމާއި ދެކޮޅަށް މުޒާހަރާތައް ބޭރޫތުގެ
ޝަހީދުންގެ މައިދާން (ބައެއް މީހުން ނަން
ދިން
ގޮތުގައި މިނިވަންކަމުގެ މައިދާން) ގައި ކުރިޔަށް ދިޔައެވެ.
ކޮންމެ
ދުވަހަކު މުޒާހަރާ ބާއްވަން ފެށުމާއެކު 25،000 މީހުން މުޒާހަރާގައި ބައިވެރިވެއެވެ. 1990 ގެ އަހަރުތަކުގައި ސީރިޔާއާއި ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އާންމުކޮށް
ބައިވެރިވަނީ ކްރިސްޓިއަނުން ކަމަށް
ވިޔަސް
2005 ގެ މުޒާހަރާގައި ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން ބައިވެރިވިއެވެ. 28 ފެބްރުއަރީގައި
ސީރިޔާއަށް ތާއީދުކުރާ ބޮޑު ވަޒީރު
އުމަރު
ކަރާމީ އިސްތިއުފާ ދިނެވެ. ނަމަވެސް މިވަރުން ވެސް މީހުންނަކަށް ނުފުދުނެވެ. މީހުން ގޮވަމުން ދިޔައީ
ސީރިޔާ ސިފައިން ލެބަނަން އިން
ބޭލުމަށެވެ.
ސީރިޔާއަށް
ތާއީދުކުރާ ހިޒްބުﷲ ޖަމާއަތުން ގޮވާލައިގެން ސީރިޔާއަށް ތާއީދުކުރުމުގެ ގޮތުން ވެސް ލެބަނަންގައި މުޒާހަރާއެއް ބޭއްވުނެވެ. މި މުޒާހަރާގައި ފަސް ލައްކަ އާއި
މިލިޔަނަކާއި ދެމެދުގެ އަދަދެއްގެ މީހުން
ބައިވެރިވިއެވެ.
ދެން އަނެއްކާ ވެސް އުމަރު ކަރާމީ ބޮޑު ވަޒީރަކަށް އައްޔަން ކުރެވުނެވެ. އަދި އޭޕްރީލް2005 ގައި އިންތިހާބު ބޭއްވެންދެން ސަރުކާރުގައި ބައިވެރިވެގެން ތިބުމަށް
އިދިކޮޅު ފަރާތްތަކަށް ގޮވާލެވުނެވެ.
ހަރީރީގެ
މަރަށް އެއް މަސް ފުރުނު ދުވަހު، 14 މާޗްގައި، ލެބަނަންގެ ތަފާތު ދީންތަކުގެ ތަފާތު ނަސްލުތަކުގެ މީހުން ބޭރޫތުގެ މެދަށް އެއްވިއެވެ. ގައުމުގެ ތަފާތު ކަންކޮޅުތަކުން އައި ބައެއް މީހުންނަށް
ދުއްވާ އެއްޗެތި ގިނަ ކަމުން
ބޭރޫތަށް ނުވެސް ވަދެވުނެވެ. ލެބަނަންގެ ފިއުޗަރ ޓީވީގެ ގޮވާލުމަކަށް އިންތިޒާމުކުރެވުނު މި މުޒާހަރާގައި މިލިޔަނަކަށްވުރެ ގިނަ މީހުން ބައިވެރިވީ ކަމަށް ވެއެވެ.
މީހުން އެދެމުން ދިޔައީ ހަރީރީގެ މަރު
ތަހުގީގު
ކުރުމަށާއި، ސަލާމަތީ ބާރުތަކުގައި ހިމެނޭ ސީރިޔާގެ މަދަދު ލިބޭ ވެރިން ވަޒީފާއިން ވަކި ކުރުމަށާއި،
ސީރިޔާ ސިފައިން ބޭލުމަށެވެ. މި
މުޒާހަރާގެ
އެންމެ މުހިއްމު ޝިއާރަކަށްވީ ލެބަނަންގެ އެއްބައިވަންތަކަމެވެ.
އެންމެ ފަހުން
30 އަހަރު ވަންދެން ލެބަނަން ގައި ތިބުމަށްފަހު އޭޕްރީލްގައި ސީރިޔާ ސިފައިން
ފޭބިއެވެ.
ލެބަނަންގައި ހިގި
ހަރަކާތަށް ހުޅަނގުން ސެޑާރ އިންގިލާބު ކިޔާފައިވަނީ ލެބަނަންގެ ދިދައިގައި ހިމެނޭ ލެބަނަން ސެޑާރ ގަހަށް ނިސްބަތްކޮށެވެ. ނަމަވެސް މި ނަމަކީ ލެބަނަން ގައި އެހާ އާންމުކޮށް
ބޭނުންކުރާ ނަމެއް ނޫނެވެ. މި
ހަރަކާތަށް ކިޔާ ނަންނަމުގެ ތެރޭ އިންތިފާޒާ-އަލް-އިސްތިގުލާލް އަދި ސެޑާރ ސްޕްރިންގ (ރަބީއުލް އަރުޒް)
ހިމެނެއެވެ. އެއީ މި ހަރަކާތް
ފެށުނީ
ސްޕްރިންގ (ރަބީއު މޫސުމް) ގައި ކަމަށްވާތީއެވެ. ލެބަނަންގައި ބޭނުންކުރާ ނަން ނަމުގެ ތެރޭ ލެބަނަން
އިންޑިޕެންޑެންސް، ލެބަނަން
ސްޕްރިންގ
(ރަބީއު
ލުބްނާން) އަދި އިންޑިޕެންޑެންސް 05 ހިމެނެއެވެ .
ލުބްނާން) އަދި އިންޑިޕެންޑެންސް 05 ހިމެނެއެވެ .
މިސްރު ފަދަ
އަރަބި ގިނަ ގައުމުތަކެކޭ އެއްފަދައިން ލެބަނަން ވެސް އަދި ވަނީ ޑިމޮކްރެސީގެ މަގުގައި ނާޒުކް ފައްތަރެއްގައެވެ. 2005 ގެ ހަރަކާތުގެ ސަބަބުން ޑިމޮކްރަސީއަށް މަގުފަހިވާނީ
ކިހާވަރަކަށް ކަން އަދި ނޭގުނަސް،
އެއީ
ލެބަނަންގެ އެއްބައިވަންތަކަމަށް އެޅުނު ރަގަޅު ފިޔަވަޅެކެވެ.
މައުލުމާތު
ހޯދާފައި ވަނީ ވިކީޕީޑިޔާ، ބީބީސީ އަދި ސީއެންއެން އިން
Comments