ހއ. ހޯރަފުށީގައި ޤާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين . މި ފުށްޓަށް އަފުރެން އަންނަން ހޯރައަޅާތާ ވަރަށް ދުވަސްވެއްޖެ. އަފުރެން އައުމާއެކީ އަފުރެންނަށް ތިކީ މަރުޙަބާއަށް ހޯރަފުށީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަދި ކައިރި ރަށްރަށުން ވަޑައިގެންނެވި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ޝުކުރު ދަންނަވަން.
ރަށުތެރޭގައި ގިނަބައެއްގެ ތުންތުން މަތިން ދައްކާ ވާހަކަ