އެނދި މަރިޔަބު ނުވަތަ މަރިޔަމް ކަނބާފާނަކީ ދިވެހި ސިންގާ ސަނާގައި އުތީމު ދަރިކޮޅުން ރެދަލި ކުރެއްވި
މަޝްހޫރު ރަދުން އައްސުލްޠާން އިބްރާހީމް
އިސްކަންދަރު އެއްވަނައިގެ ޖާރިޔާއެކެވެ.ފަހުން އަނބިކަނބަލެއްގެ މަޤާމަށް ގެންނެވި ބޭކަނބަލެކެވެ.މި
ކަނބާފާނަކީ ހިންދުސްތާނުގެ މާލިމީ އެއް ކަމުގއިވާ
މާލިމީ ޙަސަނޭ ކިޔުނު ބޭފުޅެއްގެ އަންހެން
ދަރިކަނބަލެކެވެ.އަދި މީގެ އިތުރުން މިކަމަނާއަކީ އިސްކަންދަރު ރަދުންނަށް ލިބިވަޑައިގަތް ހަމައެކަނި ފިރިހެން
ބޭފުޅާކަމުގައިވާ ކުޑަ މުޙައްމަދު ( ފަހުން
ކުޑަ މުޙައްމަދު މަހާރަދުން) ގެ މަންމާފުޅުވެސް މެއެވެ. އާދޭހެވެ. ދިވެހި ތާރީޚުގައި ކިޔާ ރަންމަނި ލޯކަ
މަހާރަދުންގެ މަންމާފުޅެވެ.މިކަމަނާގ
ެވާހަކަޔަކީ ޒަމާނުންސުރެ ދިވެހިން ދޫދޫ މަތިނ ްކިޔަމުން އަންނަ ވާހަކަޔެކެވެ. މިކަމަނާއަކީ ބާރާއި
ނުފޫޒުން ވެރިކަން މިލްކުކުރައްވަވާ
ދިވެހި ތާރީޚު ނުދެކޭ ފަދަ ހުތުރު ނުބައި ވެރިކަމެއް ކުރި ބޭކަނަބަލެކެވެ. ބޭރުގެ ސައްޔާޙުން މިކަމަނާ ސިފަ
ކުރައްވަނީ ރޫސީ ވިލާތުގެ ރާނީ ކެތެރިން ދެވަނަ
ފަދަ ބޭކަނބަލެއްގެ ގޮތުގައެވެ
އާދޭހެވެ. ދެން ފެނިގެން ދިޔައީ ދިވެހި ރާއްޖެ އިސްލާމް ވީފަހުން ދުވަހަކުވެސް ނުދެކޭ ފަދަ ކަޅު
އަނދިރި ދުވަސްތަކެކެވެ.އިސްކަންދަރު
ރަސްގެފާޏުގެ ޒަމާނުގައި ތިބި އެންމެހާ ބޮޑުން އަރުވާލައްވާ ޣަސްބުން އެބޭފުޅުންގެ މުދާ ފޭރެވުނެވެ.އަދި
ދައުލަތުގެ ވަޒީރުކަމާއި އެހެނިހެންވެސް
ބޮޑެތި މަޤާމްތަކަށް އެކަމަނާގެ ތިމާގެ ބޭކަލުން ޢައްޔަން ކުރައްވަވާ ގަނޑުވަރުތެރޭގައި ޒުވާންކުދީން ގެންގުޅުއްވަން ފެއްޓެވިއެވެ.ރަސްކަމުގެ އެންމެ ކީރިތި
މޫރިތިވި އެތެރެ ކޮއިލު ތެރޭގައި ވަޙްޝީ
ޢަމަލުތަށް ފާޅުގައި ހިންގަން ފަށައިފިއެވެ.އަރުމާޒު
ދަތުރު ހައްދަވައިގެން އެކިއެކި ރަށްރަށަށް ކުޅިވަރު ކުޅެމަޖާ ކުރަން ދަތުރުފުޅު ކުރައްވަން
ފައްޓަވައިފިއެވެ.އެކި އެކި ރަށްރަށުންވެސް
ރައްޔިތުންގެ މުދާތަށް ފޭރި ހިތުހުރި ގޮތަކަށް ޤައުމު ހިންގަވަން ފެއްޓެވިއެވެ.
މިކަމަނާގެ ރަނިކަމުގެ ދުވަސްވަރުގައި މަލަބާރީން
ތިލަދުންމައްޗަށް ޙަމަލާކޮށްގެން އުޅޭ ޚަބަރު
ލިބުމުން ލަޝްކަރީން އެއްކުރައްވަވާ ހަނގުރާމަ މަތީ ގުރާބުތަށް އެބައިމީހުންނާއި ޙަމަލާ ކުރެއްވުމަށް
ފޮނުވައިފޫއެވެ.އަދި އިސާހިތަކު ދިވެހި
ލަޝްކަރު އެބައިމީހުންގެ މައްޗަށް ނަޞްރު ހޯދާފިއެވެ. މިކަމާ ގުޅުވައިގެން އެކަމުގެ އުފަލުގައި ގުރާބުތަކަށް
މަރްޙަބާ ދެންނެވުމަށް ރަދުންނާއި އެކީ
އެކަމަނާ ދޯނިކޮޅެއްގައި ނިކުމެވަޑައިގަތެވެ. މި ދޯނިކޮޅާއި ނައުތަކާއި ބައްދަލުވީ ދޫނިދޫ އާއި
ހަމައިންނެވެ. އަދި އެތަނުގައި ނައުތަށް
އަޅާ ބަޑިބޭޙުގެ ކުޅިވަރުތަށް ފެއްޓެވިއެވެ. މި ކުޅިވަރުކުޅެނިކޮށް ބަޑިބޭސް އަޅާފައިވާ ފޮއްޓަށް އަލިފާން
ކަންޏެއް ބުރައިގެން ގޮސް އެ ފޮށި ގޮވާ
މުޅި އޮޑިކޮޅުގައި ހުޅުހިފިއެވެ. މީހުންތަށްވެސް
ބުރަބުރައިގެން ދިޔައެވެ. ދޯނިކޮޅުތަކަށް ނައުކޮޅާއި ގާތް ކުރެވުނީ ނައު އަނދާ ނިމުނީމައެވެ. އަދި ކަނޑުމަތީގައިވާ
މީހުންގެ ތެރެއިން ފުރާނަ ހުރި
މީސްތަކުން ދޯނިކޮޅަށް ނެގިއެވެ. އޭގެތެރޭގައި ރަދުންވެސް ހިމެނިވަޑައިގަނެއެވެ. އެ ތުއްޕުޅު ރަދުން ވަނީ އެއްކޮށް ފިހިފައިކަމައްވެސް ބުނެވެއެވެ. އެހެނަސް ރަދުންގެ
މަންމާފުޅު މަރިޔަމް ކަނބާފާނުގެ
ކަށިކޮޅެއްހާ ހިސާބުވެސް ނުފެނުނެވެ. ތުއް÷ުޅު ރަދުންވެސް މާގިނަ ދުވަސްތަކެއް
ނުވެ އަވަހާރަ ވެއްޖެއެވެ. މަރިޔަމް ކަނބާފާނު އެހިސާބުން އެނދި މަރިޔަބުގެ ނަމަށް ބަދަލުވެ އެކަމަނާގެ
ވާހަކަޔަކީ ދިވެހިން ފޫހި ކަމެއް ނެތި ދައްކާ
އުޅެ ވާހަކަޔަކަށް ވެގެން ހިގައްޖެއެވެ.
Comments