Skip to main content
ހިތްބަންޑުވި ހިސާބުން
ލިޔުނީ: ނަދީމް

އެ ވަނާތައް ފެނި ހިތް ބަންޑުންވީ އެވެ. ކަލޭގެ ހިތެވެ. ޝަހުވަތްތެރިކަމުގެ ދޮރެއް އެ ހިތުގެ އެންމެ ފުންމިނުގައި ހުޅުވި އެކަން އިއުލާނު ވެސް ކުރެވުނީ އެވެ. މިސާލަކަށް، ލޯބިވެވުނީ އަމިއްލަ ދައްތަ ދެކެ އެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަދި އެ ލޯބި ފަޅާއަރައި އެހެން ކަމެއްގެ ތުހުމަތު ވެސް ކަލޭގެ މައްޗަށް ކުރެވުނީ އެވެ. މިސާލަކަށް، ދައްތަގެ ގަޔަށް އަތްލެވުނީ އެވެ. ނިއަނެތިވި އެ އަންހެނާގެ އިތްފަތްތެރިކަމަށް އަރައިގަނެވުނީ އެވެ. މި ލޯތްބާއި ރަހުމެއް ނެތް އަނިޔާވެރިކަމުގެ ތެރެއިން އުފެދުނު ހަމަލާއެއްގައި އެންމެފަހުން ކަލޭ ޒަހަމްވީ އެވެ. ސަލާމަތްވިޔަސް އެއީ މަރުގެ އެތިފަހަރެކެވެ. ދައްތަގެ އަތުން ދިން ހަމަލާ އެކެވެ. އެއަށް ފަހު ކަލޭ މިހާރު ތި އޮތީ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އަދިވެސް ހޭނެތިފަ އެވެ. ފުލުހުން އެ ތިބީ އިންތިޒާރުގަ އެވެ. ދައްތަ ވެސްމެ އެވެ. އިންސާފު ބޭނުމެވެ. އެކަމަކު ކާކަށް ހެއްޔެވެ؟

 
 ކަލޭގެ ވާހަކަ ފެށެނީ ހިތް ބަންޑުންވި ހިސާބުންނެވެ. އެ ހިތުގައި، ފަނާކުރަނިވި ޖަޒުބާތު އުތުރި އަރައިގަތް ހިސާބުންނެވެ. އެއީ ފިނި މެންދަމެކެވެ.

 ކަލެއަށް ހޭލެވުނީ ފިނިވެގެންނެވެ. އާދަޔާހިލާފަށް ފިނިވެ ހަށިގަނޑު ތުރުތުރުއަޅަން ފެށުމުންނެވެ. އެނދުން ތެދުވެ ކަލޭ އޭސީ ނިއްވާލި އެވެ. ފަރުވާލެއް ނެތި އެނދު މައްޗަށް ރިމޯޓް އެއްލާލާފައި ދެން ނުކުމެލީ ކޮޓަރިން ބޭރަށެވެ. ރަތާއި ހުދު ގޮޅިޖެހި ބޮކްސާލައިގެންނެވެ. އިތުރު ނިވަލެއް ނެތެވެ. އަތުގައި އޮތީ ކެމަލް ހާޑް ސިނގިރޭޓް ފޮއްޓެކެވެ. ކަލޭ ގޮސް މަޑުކޮށްލީ، ސިޓިންރޫމަށް ނުކުމެ ބެލަކަނީގަ އެވެ. އޭރު ވާރޭ ވެހެމުން ދެ އެވެ. އެކަމަކު ތުނިކޮށެވެ. 

 މިއީ ކަލޭގެ އާއިލާގެ އެޕާޓްމެންޓެވެ. ތިން ބުރީގެ މި އިމާރާތުގެ އެންމެ ތިރީގައި ރެސްޓްރޯންޓެކެވެ. ފުރަތަމަ ބުރީގައި ކަލޭގެ މަންމަ އާއި އަންހެން ކޮއްކޮ އެވެ. ދެ ވަނަ ބުރީގައި ބޭބެ އާއި އޭނާގެ ދެ ދަރިންގެ އާއިލާ އެވެ. ތިން ވަނަ ބުރީގައި ކަލެއާއި ދައްތަ އެވެ. ބައެއް ފަހަރު ކަލެއާއި ދައްތަ އަދި އޭނާގެ ފިރިމީހާ އެވެ. އެކަމަކު މި ފިނި މެންދަމުގައި ކަލެއާއި ދައްތަ ފިޔަވައި އިތުރު ދެ ވަނަ މީހަކު ތި އެޕާޓްމެންޓަކު ނެތެވެ. ބެލްކަނީގައި ބޯން ހުރި ސިނގިރޭޓް ހުސްނުވަނީސް މަގު މައްޗަށް އެއްލާލާފައި ކަލޭގެ ޝައުގުވެރިކަން ދައްތަގެ ކޮޓަރިއަށް ހުއްޓުނު މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. ބެލްކަނީގެ ދޮރު ކައިރީގައި ކަލޭ ބަލަހައްޓައިގެން ހުރީ ސީދާ ދައްތަގެ ކޮޓަރީގެ ދޮރާ ދިމާލަށެވެ. މުޅި އެޕާޓްމެންޓަށް ވެރިވެފައި ވަނީ ފަނޑު ރީނދޫ ކުލަވަރެކެވެ.

 ދައްތަގެ ކޮޓަރިއަށް ކަލޭގެ ޝައުގުވެރިކަން ހުއްޓުނީ އެ ކޮޓަރީގައި އިތުރު މީހަކު އޮވެގެން ނުވާނެކަން ކަލެއަށް ޔަގީންވާތީ އެވެ. އެކަމަކު އޭރު އެ ކޮޓަރި ތެރެއިން އިވެމުން ދިޔަ އަޑާއެކު ކަލޭގެ ދައްތަ އަށް އިތުރު ބައިވެރިޔަކު ވެސް ލިބިފައިވާ ކަހަލަ އެވެ. ނަމަވެސް އެ ބައިވެރިޔަކަށް އޭނާގެ ފިރިމީހާ ވެގެނެއް ނުވާނެ އެވެ. އޭނާވީ ވިޔަފާރި ދަތުރެއްގައި ދުބާއީ އަށް ގޮހެވެ. އެހެންވީމާ، ދައްތަގެ ކޮޓަރީގައި، ފިނި ރޭގަނޑުގެ އުފާ އެ ލިބިގަންނަނީ ކާކު ހެއްޔެވެ؟ މި ސުވާލު މާކު ތެރެއިން ކަލޭ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ފަރުވާތެރިކަމާ އެކު ލަސް ފިޔަވަޅުތަކެއްގަ އެވެ. އޭރު ބެލްކަނީގެ، ހުޅުވާފައިވާ ދޮރުން ވަދެގެން އަންނަ ފިނި ރޯޅިތައް ކަލޭގެ ހަށިގަނޑުގައި ބައްދަމުންދެ އެވެ. 

 ފަނޑު އަލިކަމުގެ ތެރެއިން ގޮސް ކަލޭ މަޑުކޮށްލީ ދައްތަގެ ކޮޓަރީގެ ދޮރު ކައިރީގަ އެވެ. ތަޅުގައި ހިފަން އަތް ދިއްކޮށްލިޔަސް ވަކި ހިސާބަކުން އެ އަތް ހުއްޓުވާލި އެވެ. ދެން ދޮރުފަތާ ގާތްކޮށްލީ ކަންފަތެވެ. ކޮޓަރި ތެރެއިން އިވެމުން އައި އަޑު ކުރިއަށް ވުރެ ގަދަވިހެން ހީވި އެވެ. އެ އަޑު އަންނަނީ ވެއްޓެމުން އަންނަ ކަހަލަ ގޮތަކަށެވެ. އެއީ ދައްތަގެ އަޑެވެ. ވަރުބަލިކަމެވެ. 

 ކަލޭ ހުރީ ދެ ފިކުރެއްގަ އެވެ. ހުޅުވާނެ ދޮރެއް ނޭނގިފަ އެވެ. ކަލޭގެ ކޮޓަރި ތެރޭގައި މީހަކު ނެތެވެ. އުފަލެއް އަރާމެއް އަދި ހަޔާތުގެ އެއްވެސް ލައްޒަތެއް އެ ހަތަރު ފާރު ތެރެއަކު ނެތެވެ. ކަލޭ އިހްތިޔާރުކުރީ ޖެހިގެން ހުރި ކޮޓަރި އެވެ. ނިކަން ފަރުވާތެރިކަމާ އެކު ތަޅުގައި ހިފައި މަޑުމަޑުން އަނބުރާލި އެވެ. އެ ތަޅުގެ ފިނިކަމުގެ ތެރެއިން އެހާމެ ވަގުވަގަށް ދޮރުފަތް އެތެރެއަށް ހުޅުވާލި އެވެ. ދޮރުފަތް އޭގެ މަގާމުން ކިރިޔާ ނެއްޓުނީ އެވެ. ދެން ފެނުނު މަންޒަރުގައި ވަނީ ފުސްކަމެވެ. އެ ހަނި ދޭތެރެއިން ކޮޓަރި ތެރޭގެ މަންޒަރު ސާފުވީ އިރުކޮޅަކުންނެވެ. އޭރު އެނދުމަތީގައި ތަމްސީލުކޮށްފައި ވަނީ ކަލޭ ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އެނދުމަތީގައި އޮތީ ދައްތަ އެވެ. އޭނާ އެކަންޏެވެ. ލަސް ހަރަކާތެއްގައި އޭނާ ހޭރެމުން ދިޔައީ އެކަނިމާ އެކަނި އޮވެގެންނެވެ. ލިބުނު ސިހުމާއެކު އެހާ އަވަހަށް ދޮރު ލެއްޕީ އެހެންވެގެންނެވެ.

 އިތުރު ވިސްނުމަކަށް ނުގޮސް ކަލޭ އަނެއްކާވެސް ދޮރު ހުޅުވި އެވެ. ނިކަން ވެސް ވަގުވަގަށެވެ. ކުރިން ވެސް ހުޅުވި ވަރަށެވެ. މިފަހަރު ލިބުނު ސިހުން ކުރިއަށް ވުރެ ބޮޑެވެ. އެނދުމަތީގައި މިފަހަރު އެކަކު ވެސް ނެތެވެ. އެ ހިސާބުން ކަލޭ އަނެއްކާވެސް އަވަސް އަވަހަށް ދޮރު ލެއްޕީ އެވެ. އަދި ހޮރަށް ދެމިގަތް ވެނެއް ފަދައިން އަމިއްލަ ކޮޓަރިއަށް ވަދެ ތަޅުލީ އެވެ. އެނދުމަތީގައި އިށީނދެ އިންއިރު މުޅި މީހާ ވަނީ ފިނިވެ، ދާހިއްލައިފަ އެވެ. ކޮޓަރީގެ ދޮރާ ދިމާލަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެން އިނދެ ކަލޭ ނިކަން ފުންކޮށް ނޭވާލަމުން ގެންދިޔަ އެވެ. ނިދިގެން އެނދު މައްޗަށް ވެއްޓުނު އިރެއް ނޭނގެ އެވެ. 

 ޖެހިގެން އައި ދުވަހުގެ ހެނދުނު ކޮޓަރިން ބޭރަށް ނުކުންނާކަށް ވެސް ކަލެއަކަށް ނުކެރުނެވެ. ކުރެވުނު ކަންތަކާ މެދު ލަދުގަނެ، ބިރުގަނެ ފިނިވެފައި އޮތީ އެވެ. އޮފީހަށް ނުދަނީހޭ ކިޔާފައި އައިސް ކޮޓަރީގެ ދޮރުގައި ތަޅައިގަތީ މަންމަ އެވެ. އޭރު މެންދުރުވެއްޖެ އެވެ. ހަމަޖެހިލައިގެން ބޭރަށް ނުކުތްއިރު ނަސީބަކުން އޭނާއެއް ނެތެވެ. ކަލޭގެ ދައްތަ އެވެ. 

 ޖެހިގެން އައި ދުވަހު ދުބާއީން ބޭބެ ގެއަށް ވައްޓާލައިފި އެވެ. އޭގެ އަނެއް ދުވަހު ފުރީ ބެންކޮކަށެވެ. އަނެއްކާވެސް ވިޔަފާރި ބުރެކެވެ. އޭނާގެ ހެދުން ފިހާރައިގެ މުދާތައް އާކޮށްލަނީ އެވެ.

 *** *** ***

 ކަނާއަތް ދަމާފައި ނިކަން ބާރަށް ކަލޭގެ މޫނުމަތީގައި ކަލޭގެ ދައްތަ ބޮނޑިއެއް އަޅުވާލި އެވެ. ކަލޭ ދިޔައީ ހުރި ތަނުން ގުޑައިގެންނެވެ. މަންޒަރު ކަލޭގެ މޫނު މައްޗަށް ތެޅުނު ކަހަލަ އެވެ. އެ ހަމަލާއާ އެކު ކެކިގަތް ރުޅިގަނޑާ އެކު ކަލޭ ގޮސް ހިފީ ދައްތަގެ ކަރުގަ އެވެ. މިއީ ބަދިގެ ތެރެ އެވެ. އޭނާގެ ކަރުގައި ހިފައިގެން ގޮސް ފާރުގައި ތައްކޮށްލުމަށް ފަހު ހެދުމުގެ ކަރުގައި ހިފައި އެ އަންހެނާގެ ހެދުން ވީދާލި އެވެ. އެ ވަގުތު ޖެހިގެން ހުރި މޭޒުމަތީގައި ހުރި ވަޅި ސެޓަކުން އަތު ޖެހުނު އެންމެ ހެޔޮވަރު ވަޅި ނަގައި ކަލޭގެ ދައްތަ އެ ވަޅި ހަރާލީ ކަލޭގެ ކަރަށެވެ.

 އެ ހަމަލާއާ އެކު ކަލޭގެ ކަރުން ދުނިޖަހާފައި އެހެރަ ލޭ ބުރައިގަތީ އެވެ. ތުރުތުރުއަޅަމުން ގޮސް ކަލޭ ވެއްޓުނީ ބިން މައްޗަށެވެ. 

 ނިދިން ހޭލެވުނީ އެވަގުތު ކުއްލިއަކަށެވެ. އޭރު މީހަކު ދޮރުގައި ތަޅާހެން ވެސް ހީވެ އެވެ. އެކަމަކު އެއީ ހުވަފެނުގެ ބައެއް ނޫނެވެ. ދޮރުގައި ހަމަ ރަނގަޅަށް ވެސް މީހަކު ތަޅަނީ އެވެ. ހުޅުވާލި ލޮލާ އެކު ކަލޭ ބަލާލީ ގަޑި އަށެވެ. އިރު އޮއްސެނީ އެވެ. އޮފީހުން އައިގޮތަށް ވެއްޓުނު ނިދިބޮޅުން އަދި ކިރިޔާ ހޭލެވުނީ އެވެ. 

 ލޯ ރަނގަޅަށް ހުޅުވާލުމަށް ފަހު ކަލޭ ގޮސް ދޮރު ވެސް ހުޅުވާލި އެވެ. އެއަށް ފަހު އިތުރު ހަރަކާތެއް ކޮށްލާކަށް ކަލެއަކަށް ދެން ނުކެރުނެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރީ ދައްތަ އެވެ. ހިނިތުންވުމަކާ އެކު އޭނާ ދިއްކޮށްލީ ޓީޝާޓަކާއި ޖީންސެކެވެ. އެއީ ޅިޔަނުގެ ހަދިޔާކަން ޔަގީންވި އެވެ. 

ލަދުވެތިކަމުގެ ކުލަވަރުން ސިފަ ގެއްލިފައިވާ ހާލުގައި ކަލޭ ހެދުމުގައި ހިފި އެވެ. އެވަރުން އޭނާ ދޫކޮށެއް ނުލި އެވެ. ކަލެއަށް ޖެހުނީ ހެޔޮވަރުތޯ ބަލަން ޓީޝާޓާއި ޖީންސް ލާށެވެ. ދޮރު ހުޅުވައިގެން ހުރިއިރު ކަލޭ ހުރީ ހަމައެކަނި ބޮކްސާ ކޮޅުގަ އެވެ. 

ހެދުންތަކާ އެކު ކަލޭ އެތެރެއަށް ވަނުމުން ދައްތަ ވެސް ވަނީ އެތެރެއަށެވެ. ކޮޓަރީގެ ދޮރު ލައްޕާލި އެވެ. އެ ވަގުތު ކަލޭގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެން ހީވި އެވެ. ދައްތަގެ ކައިވެންޏަށް ހަތަރު އަހަރެވެ. ދަރިއަކު ނެތެވެ. ދަރިއަކު ބޭނުން ނުވަނީ އެވެ. ފަހަރެއްގައި ޅިޔަނާ އެކު ދަރިއެއް ބޭނުން ނުވަނީ އެވެ. ދައްތަ ކަލެޔާ އެއް ބަނޑެވެ. އެހެން ބަފައެކެވެ. ކަލެއަށް ވުރެ ނުވަ އަހަރު ދޮށްޓެވެ. ރީއްޗެވެ. ހިތް ކަތިލާހާ ލޫޅާފައްޗެވެ. އަދި އެހާމެ އެކަނިވެރި އެވެ. ފިރިމީހާ އަކީ ވިޔަފާރިވެރިއެކެވެ. ގިނަ ވަގުތު އެކުގައެއް ނޫޅެވެ އެވެ. 

ގިނަ ރޭތައް ގުނަން ޖެހެނީ އެކަންޏެވެ. ބައެއް ފަހަރު އުތުރި އަރައިގަންނަ އެދުމުގެ ބައިވެރިޔަކަށް ހަދަނީ އަމިއްލަ ނަފުސެވެ. ނަމަވެސް ކަލެއަކީ މިހާރު އަމާޒެކެވެ. ކަލޭ ހީކޮށްގެން ތިހިރީ ހަމަ ރަނގަޅަށެވެ. ދޮރު ހުޅުވައިގެން އޭނާގެ ވަނާތަކަށް ކަލޭ ނަޒަރު އެއްލިކަން އޭނާ އަށް ފޮރުވިފައެއް ނުވެ އެވެ. އެކަން އޭނާ އަށް އެނގޭއިރު މި ވާހަކައިގެ ބޮޑުބައި އޮތީ ކަލެއަށް ފިލައިގެންނެވެ. އެ ބައިގެ ސިފަ ކަލޭ ބޭނުންވާ ގޮތަށް ނެތަސް އޭނާގެ މަޅީގައި ކަލޭ ޖައްސައިފި އެވެ. އެ ރެއަކީ ބޮޑު ރޭވުމެކެވެ. އެއީ ކަލޭގެ ގޮތް އޭނާ އަށް ރަނގަޅަށް އެނގޭތީ ޖެހި މަޅި އެކެވެ. ކަލޭގެ އޭނާގެ ކޮޓަރިއަށް ވަގުވަގަށް ވަދެ އުޅޭކަން އެނގޭތީ ޖެހި މަޅި އެކެވެ. 

ކަލޭގެ އަސްލު އޭނާ އަށް އެނގޭތީ ކުރި ކަމެކެވެ. އޭނާގެ ވަނާތަކަށް ބާރު ހެދުންތަކުން ވަސް ބަލައި އޭގައި ފިރުމައި، އެއިން ކަލޭ އުފާ ހޯދާކަން އޭނާ އަށް އެނގޭތީ ކުރި ކަމެކެވެ. އެ ދެމަފިރިންގެ އެކަނިވެރި ވަގުތުކޮޅުތަކުން ވަގަށް ކަލޭ ފޮނިބޯކަން އެނގޭތީ ޖެހި މަޅި އެކެވެ. އެ އުފާވެރިކަމުގެ އަޑަށް ކަލޭގެ ޝައުގުވެރިކަން ދަމައިގަންނަން ފަސޭހަވާނެކަން އޭނާ އަށް އެނގޭތީ އެވެ. އަދި އޭނާ ބޭނުންވާ ގޮތަށް ކަލޭ ނިކަން ފަސޭހައިން ލެނބޭނެކަން ވެސް އެނގޭތީ އެވެ. ކަލޭގެ ބަލިކަށިކަމުގެ އަސްލު ސިއްރުވެފައި ނެތީމަ އެވެ. އޭނާ އަދި އެހާ އެކަނިވެރި ވެސް ވީމަ އެވެ. އެއްބަނޑު ދައްތަ ބޭނުންވި ކަމަށް ކަލޭ އެންމެ ފުރަތަމަ ގަތީ ލަދެވެ. ދައްތައަކަށް ވީމަ އެވެ. ނަމަވެސް އޭރު ވެސް ކަލޭގެ ހިތް އޮތީ އެ ދިމާލަށް ބަންޑުންވެ، ލަސް ހަރަކާތުގައި ތެޅިލަތެޅިލަ އެވެ. އެވަރުން ހުރެ ކަލޭ އޭނާގެ ގަޔަށް އަތްލީ ކިހިނެތް ހެއްޔެވެ؟ މިއީ އޭނާ ޖެހި އަނެއް މަޅި އެވެ. ބޮލުގައި ކިތަންމެ ވަރުގަދަ އެދުންވެރިކަމެއް އުފެދިފައިވީ ނަމަވެސް ހިތް އެދި ގޮވަމުން ދިޔަ ދޮރުން އެތެރެއަށް ވަނުމުގެ ބަދަލުގައި ކަލޭ ފިޔަވަޅު އެޅީ ފަހަތަށެވެ. އެއްބަނޑު މީހަކާ ދިމާލަށް އެފަދަ އިހްސާސެއް އުފެދިދާނެ ކަމަށް ކަލޭ ގަބޫލުކުރެ އެވެ. 

ނަމަވެސް އެއީ އަދި މި އުޅޭ ލޯތްބެއް ނޫނެވެ. ކަލޭ ބުނަނީ މިހެންނެވެ. ނަމަވެސް ކަލޭގެ ހިތުގައި އޮތީ އެ ލޯބި ވެސް މިންވަރަކަށް ފައްކާވެފަ އެވެ. އެކަން ދައްކަން ބޭނުން ނުވިޔަސް އެ ޖަޒުބާތުތައް ދިޔައީ ކަލޭގެ ސިއްރު މަޑުމަޑުން ކަލޭގެ އެ ދައްތަ އަށް ބޭޒާރުކުރަމުންނެވެ. އޭނާ ފުންމައިގެން އައި ހިސާބަކީ އެއީ އެވެ. އަދި ކަލޭ ފުރަގަސް ދިން ހިސާބުން މައްސަލަ ގޯސްވީ އެވެ. ދެން މި ވާހަކައިގައި ވެގެން ދިޔައީ އެކަކު ވެސް ބޭނުންވާނެ ގޮތެއް ނޫނެވެ. ހުރިހާ ވާހަކައެއް އާއިލާ އަށް ކިޔައިދޭން ކަލޭ ނިންމީ އެވެ. އިންޒާރު ވެސް ދިނީ އެވެ. ދެން އުފެދުނު ހަމަނުޖެހުމުގައި ކުރި ލިބުނީ ހިލަ ހިތުގެ ވެރިޔާ އަށެވެ. ކަލޭގެ ކޮޓަރި ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިން ދައްތަ، ކަލޭގެ ބޮލުގައި ލަކުޑި ވާސްއަކުން އެތިފަހަރެއް އަޅުވާލީ އެވެ. 

އަދި އެންމެ އެތިފަހަރަކުން ދޫކޮށްލީކީއެއް ވެސް ނޫނެވެ. ފުލުފުލުން ކަލޭގެ ބޮލަށް ދިން ހަމަލާތަކުގައި ބޮލުގެ ނާށިގަނޑު ވެސް ފަޅާލީ އެވެ. އެއަށް ފަހު އެންމެންގެ ކުރިމަތީގައި ކުށްވެރިޔަކީ ކަލެ އެވެ. ކުށްވެރިއެއްގެ ގޮތުގައި ނިމިގެން ދާނީ ހެއްޔެވެ؟ ނުވަތަ އެނބުރި އަންނާން ހެއްޔެވެ؟ ދައްތަ އަށް ރަނގަޅީ ކަލޭ ހޭނުލައިފިއްޔާ އެވެ. ކަލެއަށް ދިން ހަމަލާ އަށް ފަހު އޭނާ އަމިއްލަ މީހާ އަށް ދިން އަނިޔާތައް އަދިވެސް ރަނގަޅެއް ނުވެ އެވެ. އެކަމަކު ވެސް މި ވާހަކަ އަށް މުހިންމީ ކަލެ އެވެ. އެންމެން ވެސް މި ތިބީ ކަލޭ ހޭލާނެ އިރަކަށެވެ. އަނެއްކާ ހޭލެވުނަސް، ކަލޭގެ ސިކުނޑީގައި މި ވާހަކައިގެ މި ވާޝަން އެބައޮތް ހެއްޔެވެ؟ އޮރިޖިނަލް އަކީ މިއީ އެވެ.


Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.