އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ. އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ.
އިގިރޭސި
ނަން : Mango
|
|||
ޢިލްމީ
ނަން : Mangifera Indica
|
|||
އަނބުގެ ކޮންމެ 100 ގްރާމް ގައި
|
|||
އަސާސީ މާއްދާތައް
|
ލޮނުގެ ބާވަތްތައް
|
||
ހަކަތަ
|
70 ކިލޯކެލަރީ
|
ސޯޑިއަމް
|
2 މިލިގްރާމް
|
ކާބޯހައިޑްރޭޓް
|
17 ގްރާމް
|
ޕޮޓޭސިއަމް
|
156 މިލިގްރާމް
|
ޕްރޮޓީން
|
0.5 ގްރާމް
|
މަޢުދަންތައް
|
|
ފެޓް
|
0.27 ގްރާމް
|
ކެލްސިއަމް
|
10 މިލިގްރާމް
|
ފައިބަރު
|
1.8 ގްރާމް
|
ކޮޕަރ
|
0.110މައިކްރޯ ގްރާމް
|
ވިޓަމިންތައް
|
ދަނގަޑު
|
0.13 މިލިގްރާމް
|
|
ފޮލިކް
އެސިޑް
|
14 މައިކްރޯ ގްރާމް
|
މެގްނީޒިއަމް
|
9 މިލިގްރާމް
|
ނިއެސިން
|
0.584 މިލިގްރާމް
|
މެންގަނީޒް
|
0.027 މިލިގްރާމް
|
ޕެންތޮނިކް
އެސިޑް
|
0.160 މިލިގްރާމް
|
ފޮސްފަރަސް
|
-
|
ޕައިރިޑޮކްސިން
|
0.134 މިލިގްރާމް
|
ސިލެނިއަމް
|
-
|
ރައިބޯފްލެވިން
|
0.057 މިލިގްރާމް
|
ޒިންކް
|
0.4 މިލިގްރާމް
|
ތިއެމިން
|
0.058 މިލިގްރާމް
|
ފައިޓޯނިއުޓްރިއެންޓްތައް
|
|
ވިޓަމިން
އޭ
|
765 އައިޔޫ
|
ކެރޮޓީން
އަލްފާ
|
17 މައިކްރޯ ގްރާމް
|
ވިޓަމިން
ސީ
|
27.7 މިލިގްރާމް
|
ކެރޮޓީން
ބީޓާ
|
445 މައިކްރޯ ގްރާމް
|
ވިޓަމިން
އީ
|
1.12 މިލިގްރާމް
|
ކްރިޕްޓޯޒެންތިން
ބީ
|
11 މައިކްރޯ ގްރާމް
|
ވިޓަމިން
ކޭ
|
4.2 މައިކްރޯ ގްރާމް
|
ލުޓީން-ޒިއެޒެންތިން
|
0 މައިކްރޯ ގްރާމް
|
ލައިކޮޕީން
|
0 މައިކްރޯ ގްރާމް
|
އެއްޖޯޑް އަނބުގައި ނިއުޓްރިޝަން ހިމެނޭ މިންވަރު ،
103 ކެލެރީ
75 ޕަސެންޓް ވިޓަމިން ސީ -ވިޓަމިން ސީ އަކީ ވެސް ބާރުގަދަ އެންޓި އޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދީ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކޮށް، މުސްކުޅިވުން ލަސްކޮށްދެއެވެ.
24 ޕަސެންޓް ވިޓަމިން އޭ - ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ސާފުކޮށްދީ ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ގަވާޢިދުން އަނބު ބޭނުންކުރާނަމަ، ރޭގަނޑު ރޯނާވުން، ލޮލުން ފެންއައުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ލޯތެރެ ހިރުވައި ހިކުން، ލޮލުން ދިލަނެގުން، އަދި ލޮލުގެ ހާމަދުލި މަޑުވުން ފަދަ ލޮލުގެ މައްސަލަތަކުން ދުރުކޮށްދޭނެ އެވެ.
12 ޕަސެންޓް ވިޓަމިން ބީ6 އަދި އެހެނިހެން ވިޓަމިން ބީ - މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ، ލޭމައްޗަށްދިއުން ފަދަ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. ވިޓަމިން އީ އަދި ސިލެނިއަމް އަނބުގައި ހުރުމަކީ ވެސް ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއްކަމަށް ވެއެވެ. ސަރުބީގެ މިންވަރު ޕެކްޓިންގެ ސަބަބުން ދަށްވުމަކީ ލޭހޮޅިތައް ބެދި، ލޭމައްޗަށް ގޮސް ހިތުގެ މައްސަލަތައް ދިމާވުން ދުރުކޮށްދޭނެ ކަމެކެވެ.
10 ޕަސެންޓް ޕްރޮބައޮޓިކް ފައިބްރަ ؛ އަނބުގައި ހިމެނޭ ޑައެޓްރީ ފައިބަރު އަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރާ އެއްޗެކެވެ. މިއީ ލޭހޮޅިތަކުގެ އެތެރޭގައި ތަތްވެ، ޖަމާވެ، ލޭހޮޅި ބައްދައި ހަރުކޮށްލުމުގެ ދައުރު އަދާކުރާ ސަރުބީ ގެ ވައްތަރެވެ. އެހެންކަމުން އަނބު ބޭނުންކުރުމަކީ ސަރުބީގެ މިންވަރު ދަށްވެ، ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުން (ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ) ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ލޭގެ ސަރުބީ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.
8 ޕަސެންޓް ކޮޕަރ- ރެޑްބުލަޑް ސެލް އިތުރުކޮށްދޭ
8 ޕަސެންޓް ޕޮޓޭޝިއަމް؛ ގިނައިން ސޯޑިއަމް ހުންނަ ތަކެތި ކެއުމުން ލިބޭގެއްލުން ބެލެންސްކޮށްދޭ.
5 ޕަސެންޓް މެގްނީޒިއަމް؛
މީގެ އިތުރުން ކެންސަރުބަލިން( colon cancer, breast cancer, prostate cancers) ސަލާމަތްކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.
އަދި ޖިންސީ ހަޔާތް ރަގަޅުކޮށްދެއެވެ.
އަނބުގައި ގިނަ އަދަދަކަށް ހުންނަ ވިޓަމިން އީ އަކީ ޖިންސީ ހޯރމޯންގެ މަސައްކަތް އިންތިޒާމްކޮށް ބަލަހައްޓައިދޭ މާއްދާ އެކެވެ. މިއީ ޖިންސީ ހަޔާތް އާރޯކޮށް، ތާޒާކަން ގެނެސްދޭ މާއްދާ އެކެވެ. އަދި މީގައި ހިމެނޭ ވިޓަމިން ސީ އަކީ ހަށިގަނޑުގެ އެކި ގުނަވަންތަކުގެ މަސައްކަތްތަކަށް ބޭނުންތެރި މާއްދާ އެކެވެ. އެމެރިކާގެ ޔުނިވަސިޓީ އޮފް މެރީލޭންޑް ގެ މެޑިކަލް ސެންޓަރުން ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ވިޓަމިން ސީ އަކީ ޖިންސީގުނަވަނުގައި ވަރުނުޖެހުން (ކޮޅުނުވުން)، އަވަހަށް މަނިބޭރުވުން (އަވަހަށް ވެރުން) ނުވަތަ އެދުންވެރިކަން ފުދުން، އަދި ޖިންސީ އެދުންވެރިކަން ކުޑަވުން ފަދަ ހާލަތްތައް ރަގަޅުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
މައުލޫމާތު ނެގީ: http://www.fitnea.com/11-reasons-you-should-start-eating-mango/?utm_source=taboola&utm_medium=referral

Comments