އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސަަކަށް މުހައްމަދު އާސިފް ނައިބަަކަށް އަބުދުލްމުޢީދު
ލިޔުނީ:ޕްރިންސޭ ފައޫ
ކުރީގެ ކައުންސިލުން އެންމެފަހުގެ މަސައްކަތެއްގެގޮތުން ޕާކުގައި ކުދިންމުނިފޫހިފިލުވާ ތަކެތި ހަރުކުރަނީ |
މިއަދު ލޯކަލް ކައުންސިލް ގާނޫނުގެ ދަށުން އުފެއްދި ފުރަތަމަ ކައުންސިލްތަކުގެ ދައުރުވަނީ ހަމަވެފައެވެ. މާދަމާ ކައުންސިލްތަކުގެ ދެވަނަ ދައުރުގެ މެންބަރުންގެ ހުވާކުރައްވާނެ އެވެ. އިހަވަންދޫގައި ހުވާކުރުމުގެ ދަރުބާރު އޮންނާނީ މާދަމާގެ 2:00 ގައެވެ.
ރަށްގޮވާއަޑަށް މީހުންގެ ތުންތުންމަތިން ޚަބަރުލިބޭގޮތުގައި ކައުންސިލްގެ ރައީސަކަށް އައްޔަންކުރުމަށް ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީޕީއެމް ޖޭޕީ ކައުންސިލުން ނިންމާފައިވަނީ ، ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު އާޞިފް އުތުރު ގެއެވެ. ކައުންސިލްގެ ނައިބަކަށް އައްޔަންކުރަނީ ޢަބްދުލްމުޢީދު އިބްރާހީމް އެވެ.
ކައުންސިލްގެ ރައީސާއި ނައިބްރައީސެއް ހަމަޖެއްސުމަށްޓަކައި ހޯމަދުވަހުގެ ރޭ 9:00 ގައި އިހަވަންދޫ މަދަރުސާގެ އޭވީ ރޫމުގައި ، ކޯލިޝަންގެ ސިޔާސީ ބޭފުޅުންނާއި އެކްޓިވިސްޓުން ބައިވެރި ބައްދަލުވުމެއް އޮތެވެ. މިބައްދަލުމުގައި ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހީމްވެސް ބައިވެރިވި އެވެ.
މިބައްދަލުވުމުގައި ރައީސަކާއި ނައިބް ރައީސަކަށް އައްޔަންކުރާނެ މީހަކު ހަމަނުޖެހި ޚިޔާލުތައްގިނަ ބައްދަލުވުން ނިމުނީ އެވެ.
އެމްޑީޕީގެ ފަރާތުން ކައުންސިލް މެންބަރުކަމަށް ހޮވިފައިވާ އަލީ ޝަހީމް ވެސް ކައުންސިލްގެ ރައީސް ކަން ބޭނުންފުޅުވެގެން ކޯލިޝަނުގެ ކައުންސިލް މެންބަރުނާއި މަޝްވަރާކޮށް ވޯޓްހޯދިކަށް އަޑުފެތުރިފައިވެއެވެ. ކައުންސިލްގެ ނައިބްރައީސްކަމަށް އާސިމާމަންޒިލް މުހައްމަދު ރަޝީދުވެސް ޝަޢުޤްވެރިކަން ފާޅުކޮށް މަސްލަހަތަށްޓަކައި އެޝަޢުޤް އަނބުރާގެންދެވިކަމަށް މުހައްމަދު ބުނެއެވެ.
ނިމިދިޔަ ކައުންސިލުން ރައްޔިތުންނަށްޓަކައި ރަގަޅު ކަންތައްތަކެއް ކުރައްވާފައިވާކަމަށް ކައުންސިލްގެ އަހަރީ ރިޕޯޓްތަކުން ދައްކައެވެ. ކުޑަކުދިންގެ ޕާކަށް އެންމެ ޒަމާނީ ފަހުގެ ކުޑަކުދިން ކުޅެ މަޖާކުރާ ކުޅިވަރު ސާމާނުގެނެސް ހިއްޔެވަނީ އެތަކެތި ޕާކްގައި އިންސްޓޯލްކޮށްފައެވެ.

Comments