މުހައްމަދު ޢަބްދުﷲ -މުހައްމާ
ލިޔުނީ: ގުޒުފަތުގެ އަޒީޖް
ދިވެހިރައްޔިތުންނަށް ފަރުދީ މިނިވަންކަން ލިބި، މަލްޓި-ޕާޓީގެ
ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހި ޤައުމު
ވާޞިލްކޮށްދިން ޤާނޫނުއަސާސީގެ ދަށުން ، 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ
ދާއިރާއަށް ވާދަކުރެއްވި 6 ބޭފުޅުންގެ ތެރެއިން ، ހަނިގޮތަކުން އެ އިންތިޙާބުން
ނާކާމިޔާބުވެ ވަޑައިގެންނެވި މުހައްމަދު ޢަބުދުﷲގެ ސިޔާސީ ތޫނު ފިލިކަންފެނި،
ސިޔާސީ ޕާޓީތަކުގެ ބޮޑެތި ބޭފުޅުން އާޝޯޚްވި އެވެ. 30 އަހަރު ރާއްޖޭގެ ވެރިކަން
ކުރެއްވި ރައީސް މައުމޫނުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި އަބުދުﷲ
ކަމާލުއްދީނާއި، ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުންގެ ގާތް މިތުރަކާއި އަދިވެސް
އިތުރު 4 ބޭފުޅަކާއި ، ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު
ޢަބުދުﷲ ހޯއްދެވި ކާމިޔާބީގެ ސަބަބުން އެތައްބަޔަކު ޚައިރާންވިއެވެ. ސިޔާސީ ގަދަ
ކަނޑަށް ގިނިކަންޏާ ނިކުމެވަޑައިގެން ދާއިރާގެ ރައްޔިތުންގެ ރުހުމާއި ލޯބި
ހޯއްދެވިއެވެ.
ސިޔާސީ ގޮތުން ބައެއް
ބޭފުޅުން ދަތުރުކުރައްވާ އޮޑި އަވަސް އަވަހަށް ކުއްލިކުއްލިއަށް މުދަލާއި
ފައިސާއާއި މަގާމަށްޓަކައި ބަދަލުކުރައްވާއިރު، ސިޔާސީ ފިކުރު އަދިވެސް
ދެގޮތެއްނުވެ، ޖުމުހޫރީ ޕާޓީގައި ، އެޕާޓީ އިހަވަންދޫ ދާއިރާގައި ދިރުވައި
ކުރިއަށްގެންދިއުމަށް ބުރަ މިންނެތް މަސައްކަތްތަކެއް ކުރެއްވި ސިޔާސީ
މުފައްކިރަނީ 1974 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ދުނިޔޭގެ
އަލިކަން ދެކެވަޑައިގެންނެވި ، އިހަވަންދޫގެ ވަރަށް އާދައިގެ އާއިލާއަކަށް އުފަން
މުހައްމަދު ޢަބުދުﷲ (މުހައްމާ ) އެވެ.
މުހައްމަދު ޢަބުދުﷲ
ގެ މަންމާ ފުޅަކީ އިހަވަންދޫ ޗާންދަނީގެ ފާޠިމަތު ނަޞީރު އެވެ. ބައްޕާ ފުޅަކީ
އެރަށު އުސްއަކުރުގޭ އަލްމަރުހޫމް ޢަބުދުﷲ މުހައްމަދު އެވެ. އާއިލާގައި 13
ބޭފުޅުން ތިއްބަވާ މުހައްމަދު ޢަބުދުﷲ ކައިވެނި ބައްލަވާގެން އުޅުއްވަނީ
އިހަވަންދޫ ސަތަރުގޭ ޚަދީޖާ ނަޒުމީލާ އާ އެވެ. މިކައިވެންޏަށް 3 ކުދިން މުހައްމަދު
ޢަބުދުﷲ އަށް ލިބިވަޑައިގެންފައިވެއެވެ.
އުފަން ރަށް،
އިހަވަންދޫއިން ލިބެންހުރި ތަޢުލީމަކާއި ހުނަރެއް ޢުމުރާ ގުޅޭގޮތުން ހޯއްދަވާ، އާއިލީ ތިމާގެ ބޭފުޅެއް އެހީތެރިކަމާއެކު، ޅަފުރައިގެ
އަހަރުތަކުގައި ތައްލީމު ޙާޞިލް ކުރެއްވުމަށް މާލެވަޑައިގެން ، މާލޭ އިންގްލިޝް
ސްކޫލުންނާއި މަޖީދުގެއިން ލިބިވަޑައިގެންނެވި ތަޢްލީމަކާއި ތަމްރީނެއް
ހޯއްދަވައި، ކަންކަމަށް ނަޒަރު ހިންގަވައި
މުރާލިކަމާއެކު ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. އިމާރާތްކުރުމާއި ރެކުރޫޓުކުރުމާއި ، ފިލްމު އުފެއްދުމާއި
ޑައިރެކްޓްކުރުމުގައި ދިވެހި ގައުމަށް ޚިދުމަތްކުރައްވަމުން ގެންދެވިއެވެ. ޕާރފޯމިންސް އާރޓްސްގައި ރާއްޖޭގައި
ދެވަނައެއްނެތް ކޮމީޑިއަނެއްގެ ގޮތުގައި މީހުންގެ ހިތްތައް ފަތަޙަކުރައްވަމުން
ދާއިރާގެ ރައްޔިތުންގެ އިތުރުން ދިވެހި ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް
ހޯއްދެވިއެވެ.
2008 ވަނަ އަހަރު
އޮތް ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ
ޕާޓީގެ ލީޑަރ އޮނަރުބަލް ގާސިމް އިބްރާހީމަށް ތާއީދުކޮށް އެނިކުފާނަށް
އިޚްލާޞްތެރިކަމާއެކު ކެމްޕޭންކުރައްވާ، 2013 ވަނަ އަހަރު އޮތް ރިޔާސީ
އިންތިޙާބުގެ ފުރަތަމަ ބުރުން އިހަވަންދޫ ދާއިރާ އިން ބޮޑު ތާއީދެއް
ހޯއްދަވާދެއްވުމުގައި މުހައްމަދު އަބުދުﷲ އަދާކުރެއްވި ދައުރަކީ ސިޔާސީ ދަނޑުގައި
އެބޭފުޅާއަށްވުރެން ވަކިން މޮޅަށް މިދާއިރާގައި ކުޅެވޭނެ އިތުރު ބޭފުޅަކު ނެތްކަން
އަންގާދޭ ރީތި މިސާލެކެވެ. 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޙާބުގެ ދެވަނަ
ބުރުގައި އަމިއްލަފުޅަށް އިސްނަންގަވައިގެން ، ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ
ޢަބުދުﷲ ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށް ނުހަނު ބުރަ މަސައްކަތްތަކެއް
މުހައްމަދު ޢަބުދުﷲ ކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަނުން
ވާދަކުރެއްވުމަށް މުހައްމަދު އަބުދުﷲއަށް
ކޯލިޝަނުގެ ޓިކެޓް ލިބިވަޑައިގަތުމުން އެކަމަށް ހަސަދަވެރިވާނެ އެތައްބަޔަކު
ތިބޭނެއެވެ. މިކަން ހަޖަމު ނުކުރެވޭނެ ބަޔަކު އަމިއްލަގޮތުން މަޖިލީހަށް ކުރިމަތި
ލައްވަފާނެއެވެ. އަދި އަދުގެ ސަރުކާރަށް އިހަވަންދޫގެ ގޮނޑި ގެއްލުވާލުމަށް
ފާޅުގައި މަސައްކަތްވެސްކޮށްފާނެއެވެ.
މަޖިލިސް އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވާ
ކެންޑިޑޭޓުންނަށް ބަލާއިރު މިހާރު ދާއިރާގެ ޙާލަތަށް ބަލާއިރު ސިޔާސީގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އަދި މިނޫންވެސް ހުރިހާ ދާއިރާތަކަކުން، ދާއިރާގެ ރައްޔިތުން އެދޭ ބަދަލުތަކާއި ކުރިއެރުންތައް ރައްޔިތުންނަށް ގެނެސްދެއްވޭނެ އެންމެ އެކަށީގެންވާ އެންމެ ހިންގުންތެރި އެންމެ މުރާލި ބޭފުޅަކީ، މުހައްމަދު ޢަބުދުﷲ އެވެ.
އަދުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ
ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުންދީ
ސަރުކާރު ނަގަހައްޓާ، ދަމަހައްޓަދޭނެ ސަރުކާރުގެ މިތުރަކީ ، ދާއިރާގެ ރައްޔިތުންގެ އަޣްލަބިއްޔަތު ކަމުގައި ހިމެނޭ ގިނަބަޔަކު މިހާރު ބުނާނީ އެމީހަކީ، މުހައްމަދު ޢަބުދުﷲ ކަމަށެވެ.
2009 ވަނަ އަހަރުންފެށިގެން، ކުރިއަށް އޮތް ރައްޔިތުންގެ
މަޖިލީސް އިންތިޙާބު ކާމިޔާބުކުރެއްވުމަށް އަޒުމުކަނޑައަޅައި އެކަމަށް އަމާޒުހިފި
ހަމައެކަނި ކެންޑިޑޭޓަކީ މުހައްމަދު ޢަބުދުﷲ އެވެ. ދާއިރާގެ ރައްޔިތުންނާއި ގުޅުން
ބަދަހިކޮށް، އިޖުތިމާޢީ ގުޅުން ދެމެހެއްޓެވި ހަމައެކަނި ބޭފުޅަކީ މުހައްމަދު
ޢަބުދުﷲ އެވެ. ދާއިރާގެ ޒުވާނުންގެ އިހްސާސްތަކާއި އެބޭފުޅުންގެ ވިންދު
އެގިވަޑައިގެން، އެބޭފުޅުންނަށްޓަކައި ކަންތައްތަކެއް ކުރެއްވި ބޭފުޅަކީ
މުހައްމަދު ޢަބުދުﷲ އެވެ.
އަދުގެ ސަރުކާރާއި ގުޅިގެން ، ދާއިރާއަށް ތަރައްގީ
ނެގެސްދިނުމަށް ، ދާއިރާގެ ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދުތަކުގައި
ކުލަޖެއްސުމަށް ކެންޑިޑޭޓް ނަންބަރު 1 ، މުހައްމަދު ޢަބުދުﷲ ( މުހައްމާ ) ، ވޯޓް
ދެއްވާށެވެ.
Comments