އިހަވަންދޫގައި ޕީޕީއެމް ޖޭޕީ ކޯލިޝަންތެރޭގައި ، އެންމެ ބޮޑު ނުތަނަވަސްކަމެއް މިދުވަސްކޮޅު ކުރިމަތިވެފައިވަނީ ، މަޖިލިސް އިންތިހާބަށް ކޯލިޝަންގެ ޕްރައިމަރީއެއް އޮންނާނެތޯ ނުވަތަ ނޫންތޯ އެކޯލިޝަންގައި ހިމެނޭ، މަޖިލީހުގެ ގޮނޑިއަށް ޝައުޤުވެރިވާ މީހުންގެ މެދުގައެވެ. އެހެންވެ، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރައިމަރީއަށް ދިޔައީ ނުހަނު ބޮޑަށް ތައްޔާރުވަމުންނެވެ.
ކަންމިހެންއޮއްވައި، މަޖިލިސް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓަށް ވާދަކުރުމަށް ފުރުޞަތު ހުޅުވާލިއިރު އިހަވަންދޫގެ ދާއިރާއެއް ނުހިމެނެއެވެ. އިހަވަންދޫގެ މިކަމަށް ޝައުޤުވެރިވާ މިކޯލިޝަންގައި ހިމެނޭ ޒުވާނުންގެ ހިތުގައި ، އުފެދިގެން މިދިޔައީ ވަރަށް ބޮޑުނުތަނަވަސްކަމެކެވެ. ޑިމިކްރެޓިކް ވެއްޓެއްގައި ކަންވެގެން މިދިޔައީ ވަރަށްވެސް ބޭއިންސާފުންކަމަށް އެފަދަ ޒުވާނުން ދެކިލައްވައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އަތޮޅުތަކުގެ ތެރެއިން ޕީޕީއެމުން ވާދަކުރާ ދާއިރާތަކަކީ، ބާރަށާއި ކެލަ އާއި ކުޅުދުއްފުށީ ދެކުނާއި ފުނަދު އާއި ދުވާފަރާއި އަލިފުއްޓާއި އުނގޫފާރާއި އިނގުރައިދު އާއި މަޑުއްވަރީ އާއި ތުޅާދު އާއި އޭދަފުއްޓާއި ހިންނަވަރާއި ތުލުސްދު އާއި ގުރައިދު އާއި މަހިބަދު އާއި ފެލިދު އާއި ދިއްގަރާއި މުލަކާއި ނިލަންދު އާއި ވިލުފުއްޓާއި ތިމަރަފުށި އަދި ގުރައިދޫ ދާއިރާ އެވެ. މީގެ އިތުރުން އިސްދު އާއި ގަމާއި ފޮނަދު އާއި މާވަށާއި ދާންދު އާއި ވިލިނގިއްޔާއި ގެމަނަފުއްޓާއި ތިނަދު އާއި ފަރެސްމާތޮޑަ އާއި މަޑަވެއްޔާއި ފުވައްމުލަކު އުތުރާއި ފުވައްމުލަކު މެދު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އާއި ހުޅުދު ދާއި ފޭދު އާއި ހިތަދޫ އުތުރާއި ހިތަދޫ މެދު ދާއިރާ އެވެ.
އިހަވަންދޫ ދާއިރާ ވަނީ ޖޭޕީއަށް ދީފައެވެ. އެހެވެ، ޕީޕީއެމްގެ ޒުވާނުންނަށް ޕާޓީގެ ނަމުގައި މިދާއިރާއަށް ކުރިމަތި ލުމުގެ ފުރުޞަތެއް ނެތެވެ. ޖޭޕީން މިދާއިރާއަށް ޕްރައިމަރީއަކާ ނުލާ ވާދަކުރައްވަނީ މުހައްމަދު ޢަބުދުﷲ (މުހައްމާ ) އެވެ. ޖޭޕީގެ ތެރޭގައިވެސް މަޖިލިސް ގޮނޑިއަށް ޝަޢުޤުވެރިވާ ޒުވާނުން އެބަތިއްވެ.
ޕީޕީއެމުން 49 ދާއިރާއަށް ވާދަކުރާއިރު ޖޭޕީން ވާދަކުރަނީ 28 ދާއިރާއަށެވެ.
އިހަވަންދޫ ދާއިރާ ޕީޕީއެމް ގައި ހިމެނޭ، މަޖިލިސް ގޮނޑިއަށް ޝައުގުވެރިވާ ޒުވާނުންނަށް ދެންއޮތް ދޮރަކީ އަމިއްލަގޮތުން ކުރިމަތި ލުމެވެ.
އިހަވަންދޫގެ ގިނަ ޒުވާނުންގެ ހުވާސް ހުރީ ދާއިރާއަށް އުފަން، ގާބިލް ތަޢުލީމީ ދަރިއަކު ދާއިރާގެ ގޮނޑިއަށް މިފަހަރު އިންތިޙާބު ކުރުމެވެ. ޕާޓީގެ ފިކުރުގައި އުޅެނީ ވަރަށް މަދު ޒުވާނުން ކޮޅެކެވެ.

Comments