ކިހިލިފަތްދަށުން ދާހިއްލަނީ ކީއްވެ؟
ގުލްފަތުގެރަމީޒް

ދަލަކީ ފެނުން އުފެދިފައިވާ
އެއްޗެކަށްވުމާއެކު، އޭގައި އެއްވެސް ކަހަލަ ވަހެއް އެކުލެވިގެނެއްނުވެ އެވެ. ނަމަވެސް ހަންގަނޑުގައި
ދާ ހަރުލާފައި، ދަލާ އެހެން މާއްދާތަކާ
ބެކްޓީރިއާ އުފެދުމަށް މަގުފަހިވެ، ނުބައިވަސް ހިފަ އެވެ. ފަސޭހައިން ދާ ހަރުލާފައި ހުންނަ ހިސާބުތަކުގައި،
މިސާލަކަށް ކިހިލިފަތް ދަށުގައި، ބެކްޓީރިއާ
އިތުރަށް ގިނަވާގޮތް ދިމާވެ އެވެ. އަދި
ދާހިއްލުމުން ނުބައިވަސް ދޮވައެވެ. މިހެންވުމުން މާބޮޑަށް ކަންބޮޑުވެއެވެ.
ކިހިލިދަތުން ދާހިއްލަނީ ކީއްވެ
ހެއްޔެވެ؟ އިންސާނާގެ ހަށިގަނޑުގައި 2 މިލިއަން ސްވެޓްގުލޭންޓް ހަށިގަނޑުގެ
އެތަންމިތަނުގައި ހުރެއެވެ. އެންމެ ރަގަޅަށް ދާއުފައްދާ ސުވެތްގުލޭންޑް "އެޕޯކްރައިން ގްލޭންޑް" ނަމަކަށް ކިޔާ ހާއްސަ ވައްތަރެއްގެ
ސުވެޓް ގްލޭންޑު ހުންނަނީ ކިހިލިފަތްދަށުގައެވެ. ފުރާވަރު އުމުރުގައި
ހަށިގަނޑުގައި އުފެދިގެން އަންނަ މިގްލޭންޑްގެ އެހީގައި ޕްރޮޓީން އާއި ކާބޯހައިޑްރޭޓްސް ދަލާއެކުވެ އެވެ.
އަދި ކިހިލިފަތްދަށުގެ ދާބޯވެ، ނުބައިވަސް ދުވައެވެ. ޕްރޮޓީން އާއި ކާބޯހައިޑްރޭޓްސް ދަލާއެކުވެ،
ކިރުކުލަ ނުވަތަ މަޑުރީނދޫ ކުލާގެ ފަށަލައެއް އުފެދއެވެ. މިހެންވުމުން
ކިލިފަތްދަށުން ދާހިއްލާ މީހުން ލާ ހުދުހެދުމުގެ ކިހިލިދަށް ރަތްވާގޮތްވެއެވެ.
Comments