ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަނުގެ ހިމާޔަތުގައި ދިވެހިރާއްޖެއަށް މިހާރު ދިމާވެގެން މިއުޅެނީ މުޅިން އާ ކަމެކެވެ. މުޅީން އާ ސިޔާސީ ކަމެކެވެ. މީހެއްގެ ޚިލާޔަށް ވިސްނުމަށްވެސް ގެނެވިފައިނުވާ ކަމެވެ. ރައީސްކަން ކުރެއްވި ބޭފުޅަކު އަމިއްލަ ސަލާމަތަށް ކަމަށް ވިދާޅުވެ ހައި ކޮމިޝަނެއްގައި މިހާތަނަށް ދިރިއުޅުއްވަން ފައްޓަވާފައެއް ނެތެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑީޔާގެ ހައިކޮމިޝަންގައި ދިރިއުޅުއްވާތާ މިހާރު ހަފުތާއެއް ވަނީ އެވެ. ކަމުގެ ބޮޑުކަމުން މުޅި ދުނިޔޭގެ ނަޒަރުވަނީ ރާއްޖޭއާ ދިމާއަށް ހުއްޓިފައެވެ.
ރަށުތެރޭގައި ގިނަބައެއްގެ ތުންތުން މަތިން ދައްކާ ވާހަކަ