މަޖުބޫރުކުރުވި އިސްތިޢުފާ
ކުރޮޅި އާދަމް ޒާހިރު
އަހުރެން އޭނާއާ ރުހުނީ ބައްޕަގެ ރުހުމަކު ނޫނެވެ. ބައްޕަ
ރުއްސައިގެނެއްވެސް ނޫނެވެ. އަދި ބައްޕަ ވަލީ ދެއްވައިގެނެއްވެސް ނޫނެވެ.
ގެއަށް ވެއްދި ފުރަތަމަ ދުވަހުވެސް މަންމަ ރުޅިދުރުވިއެވެ. ނުރުހުމާއެކު
އެތައް ބަންޖެއް ކިޔައިދެއްވިއެވެ. ނަސޭހަތުގެ އެތައް ފޮތެއް ހިތަށް
ލައިދެއްވިއެވެ. ދޮންބެ އެދުވަހަށްފަހު މިގޭގެ ދޮރުން ނުވަންނަވައެވެ.
މަގަކުން ދިމާވިޔަސް ނަޒަރު ދުރަށްލައްވައެވެ. ނަމަވެސް އޭނާގެ ފޮނި
ވާހަކަތަކާއި ކެރުން ހުންނަ ގޮތުންނާއި ބައްދަލުވާހިނދު އެ އުޅޭ ގޮތަކުން
އެއީ ކާކުކަން ނޭނގުނީއެވެ. ވިސްނަން ނޭނގުނީއެވެ. އާއެކެވެ ތަޖުރިބާ މި
ކުރެވުނީ އެކަމުގެ ޝަޒާއެވެ.
މަތީ ސާނަވީ އަށް ކިޔަވަން ފެށި ފުރަތަމަ ދުވަސް އެއީ އަޅުގަނޑަށް
އޭނާވެސް ފެނުނު ފުރަތަމަ ދުވަހެވެ. ބުޅިކޮށްހުރި ބޯ ފެނުމާއެކު އަޅައިގަތީ
އަހުރެންގެ ބައްޕަގެ ބޯވެސް ބުޅިކޮށް ހުންނާތީއެވެ. އޭނާގެ އިސްކޮޅާއި
މޫނުގެ ސޫރައާ ގުޅޭ ނަލަ ގޮތެއް ހުރީމައެވެ. އޭނާ އަހަންނަން ރީތިވީއެވެ.
ކަޅަސް އޭނާ ފެންނުނީ ދޮންކޮށެވެ. އަޖައިބުވީ ދުވަހަކުވެސް
ފިރިހެންކުދިންނަށް ޝައުޤުވެރިކަމެއް ނުދެވި ވީއިރު މިއަދު މި
ވީގޮތުންނެވެ. ނަމަވެސް އަޅައިގެންފިއެވެ.
އެ ދުވަހަށްފަހު ކޮންމެ ދުވަހަކު އޭނާ އަމީނިއްޔާގެ ހުޅަނގު އުތުރު
ކަންމަތިން ދިމާވެއެވެ. އެ ހުންނަނީ އިންތިޒާރުގައި ކަމަށް ހީވިއެވެ.
އިސްކޮޅު މެދުމިނަސް ފެންނަ ފެނުމަށް އަޅުގަނޑަށްވުރެ އޭނާ ދިގެވެ. އަދި
ރޫފަވެސް ނިކަން ސްމާޓެވެ. އެއީ 16 ނަމްބަރުގެ ފަޓްލޫނު ލިޔަސްމެއެވެ.
އޭނާގެ ކަޅިރަވައިގައި ޢިޝްޤީ ގޮތެއް ހުރެއެވެ. މަކަރުވެރިންގެ ލޮލުގައި
ހުންނަކަމަށް ބުނާ ކުއްލި ބަދަލާއި ސީދާ އަމާޒުގެ ގޮތް ހުއްޓަސް ހަތަރުކަޅި
ބައްދަލުވާހިނދު އޯގާތެރިކަމާއި އާއިލިސްލޫބު ހުންނަހެން ހީވިއެވެ.
ބައްދަލުވުންތައް ރޭވިގޮތުންނާއި ދޭ ކޮފީ ތަށިތަކުގެ މޮޅުކަމުން
އަޅައިލުމާއި ފައްކާ ހިންގުމެއް ހުންނަކަމަށް ބެލެވުނީއެވެ. އަހުރެންގެ
އެކުވެރިންގާތު ލަފާ އަހައިލުމުގެ ބަދަލުގައި އޭނާގެ އެކުވެރިންގެ ބަސް
ޤަބޫލުކުރެވުނީއެވެ. އަޅުގަނޑަށް މި ލިބުނީ އެކަމުގެ އަނިޔާއެވެ.
އޭނާގެ ހިނިތުންވުމާއި ކުޑަކޮށް ހީނލީމައި އެ ހުންނަ ފިރިހެން ވަންތަ
ކަމަކުން އޭނާގެ ލޯބި ސިޔާސީކަމެއް ނުއެނގި ހިތްކިޔުނީއެވެ. މަހެއްހައި
ދުވަސް ނުވަނީސް އޭނާއާ އަޅުގަނޑަކީ މަގުމަތީގެ ދެ
ރައްޓެހިންކަމުގައިވިއެވެ. އެހެންކަމުން ބައްދަލުވުމަށްވެސް މަގުމަތި
ޚިޔާރުކުރީމެވެ. ބައެއް ފަހަރު ލޮނުޒިޔާރަތްކޮޅު ޕާކުންނެވެ. ބައެއްފަހަރު
ގުޅަކުޅޭ ފަސްގަނޑު ކައިރިންނެވެ. އަދި ބައެއް ފަހަރުފަހަރު ސްކޫޕަށް
ވަދެލަމެވެ. ކޮންމެވެސް ޖޫހެއް ނުވަތަ އައިސްކްރީމެއް ބޮވެނީ
ދޮޅުގަޑިއެއްހާއިރުންނެވެ. ވާނީއެހެންތާއެވެ. ހިތް އެންމެ އެދޭ އެ
ލޯބިވެރިޔާގެ ގައިން ދުވާ ހުސްނުހީނާމަލުގެ އަސަރުގައި ޖެހެން
އެދެވުނީއެވެ. ކާފަ ބުނެދެއްވި ޖިންނި މަލުގެ ވަސް އޭރު ބިރުން ރޮއްވިޔަސް
މިއަދު އެއީ މީރުވަހެއްކަމުގައިވީއެވެ. ޢުމުރުގެ އެންމެ އުފާވެރި ފުރާގައި
ހިތާމައެއް އުފުލަން މިޖެހުނީ އެހެންވެކަން ނޭނގެއެވެ.
ދެ އެކުވެރިންގެ ގުޅުން ބަދަހިވަމުން ބަދަހިވަމުން އައިސް އެންމެފަހުން
ގެއަށްގެންދަން ބޭނުންވިއެވެ. މަންމައަށް ދަންނަވާނެ ގޮތެއް ނުވިސްނިގެން
އެންމެފަހުން އޮޅުވައިލީމެވެ. އެ މިތުރާގެ ބަސް އަހައިގެން ދިން ރޭވުމާއެކު
ދަންނަވައިފީމެވެ. މަންމަ ވަރަށް ބޮޑަށް ރުހިލެއްވިއެވެ. "ތިޔަބުނީ
ތެދެއް. މިހާރުވެސް ދަރިފުޅު ހިސާބަށްވަރަށް ދަށް. އެހެންވީމާ މީހަކު
ގެނެސް ޓިއުޝަން ނެގުމަށްފެނޭ" މަންމަ ބުނުއްވިއެވެ. ހީވީ އުފަލުން ބޮލުގެ
ދެ ފަރާތަށް ބޯޅަ ކިންކިރި މަލެއް ޖެހުނުހެންނެވެ. އެއީ އެ މަލަކުން
ވަސްބަލައިފިނަމަ ކައްޑެވި އަޅައިގަންނާނެކަމަށް މާމަ ބުނެދެއްވި މަލެވެ.
މިއަދު އެމާ ބޮލަށް ޖަހަން ބޭނުންވީ އެއީ ވާން އުޅޭ ހިތުގެ ރަސްގެފާނަށް
އެންމެ ކަމުދާ މަލަށް ވީމައެވެ. ހެޔޮ މަގުން ކަސިޔާރު ވެވުނީ
އެހެންވެކަންނޭނގެއެވެ.
ނަހީދު ގެއަށް އަންނަން ފަށައިފިއެވެ. ޓިއުޝަން ދިނުމުގެ ނަމުގައެވެ.
ނަމަވެސް މަންމައަށް ނަހީދު ފެނުމާއެކު މޫނުގެ ކުލަ ފިޔާތޮށިވުމުގެ
ބަދަލުގައި ފެނުނީ ރީނދޫ ވިތަނެވެ. މީހާ ހުންއައިސްގެން ދާ ގޮތަކަށް
ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. "ހައިފާ! އިހަށް އައިސްބަލަ މި ފަރާތަށް"
ބުނެލަމުންނެވެ. ވާނުވާ ނޭނގި ގައިން ބިރެއް އުފެދޭ ޙަލުވެސް މަންމަގެ
ބަހަށް ދިޔައީމެވެ. "ސާބަސް ދަރިފުޅާ. އެއީ މޮޅު މީހެއްތަ. ބަލާބަލަ އެހުރި
ބޮލެއް. ބުޅި. ރާބޯ މީހުންގެ ގޮތް. އެ ހުރި ފައިކުރިވެސް ބަލައިލާ. ޔަޤީން
ބައްޕަ އެ ދުއްވާ ދޯނީގައި އެ ފަޓްލޫނުން ދެ ރިޔާނެގޭނެ. ކަމަކުނުދޭ.
އަނެއްކާ ގެއަށް އެވަނީ ސަލާންވެސް ނުގޮވާ. ގޮތެއް ނެތް މީހެއް. އަނެއްކާ
ނުބޮއިބާ. ދަތުރުކުރާމީހެއްތަ އެއީ. އެ އޮތީނު އެ ފާޑު ގަޑިއެއްވެސް
އަޅައިފައި" މަންމަގެ އަނގަ ހުއްޓުވަން ޖެހުނީ ގަދަކަމުންނެވެ. އޭނާގެ
މޮޅުވާހަކަ ދައްކަމުންނެވެ. އަޅުގަނޑަށް ޠޫފާނުގައި ފީނަން މި ޖެނުނީ އެ
ދުވަހު އޮޅުވައިލީމާކަން ނޭނގެއެވެ.
ކޮންމެއަކަސް ނުރުހި ހުރެވެސް މަންމަގެ ހުއްދަ ލިބިގެން އޭނާ ގެއަށް
އާދެއެވެ. ގޭގައި ވޭތުކުރާ ހަފުތާގެ ކޮންމެ ރެއަކުވެސް ދަނީ ތޮޅިއަށެވެ.
ހިސާބުގެ ދޭއް އެއްކުރަން ދޭއްވެސް ނުނިމެނީސް ގަޑިން 90 މިނިޓް
ހިނގައިދެއެވެ. މި ވާގޮތާމެދު މަންމައަށް ކިރިޔާވެސް ރޭކާލީ ފުރަތަމަ
ސެމެސްޓަރުގެ ނަތީޖާ ލިބުނީމައެވެ. "ތިޔަހާވަރަށް ޓިއުޝަން ނަގާއިރުވެސް
ތިޔަ ލިބުނީ ޑީ. ކަމަކުނުދާނެ. އެހެންމީހަކު ބައްޕަ އެބަ ހޯދާ" މަންމަގެ
ޚިޔާލު ފާޅުކުޅައެވެ. މިއަދު ހުރިގޮތަށް އަލިފާނުގައި ނުޖެހި މިހުރެވުނީ
މަންމަގެ އެ ފިޔަވަޅުންކަން ނޭނގެއެވެ. އެއީ ނަހީދު ވަރަށް ގިނައިން އެދޭ
ކަމަކުން ސަލާމަތްވީމައެވެ.
ކޮންމެ އަކަސް ކަންތައް މަންމަ ބުނިހެންނިމިއްޖެއެވެ. ނަމަވެސް ނަހީދު
މަންމައާ ގުޅައިލައިގެން ދޭތެރެދޭތެރެއިން ގެއަށް ވަދެލައެވެ. އަދި
މަދުރަސާއިން އަންނަ މަގުމަތީގައި ނަހީދާއި އަހުރެންގެ ރޭވުމާ އެއްގޮތަށް
މަގުމަތީ ބައްދަލުވުންތައްވެސް ބާއްވަމެވެ. މީގެތެރެއިން އެއް ދުވަހަކު
ގައިން ހީބިހި ނެގިއެވެ. ސްކޫޕުގައި އަހުރެމެން ދެމީހުން ތިއްބައި ބައްޕަ
އެތަނަށް ވަންނަވައިފިއެވެ. ފެނިފައި ދިޔައީ ސިހިގެންނެވެ. "އަހަ ދަރިފުޅާ
މިތަނުގައި؟ ނަހީދުވެސް އެބަ އިނިންތަ. ތިޔޯ؟" ނަހީދު ވަރަށް
ހީލަތްތެރިއެވެ. އެފަދަ ޙީލަތްތެރިންގެ އަވާގައި ޖެހުމުން ލިބުނު ޢިލްމާއި
ޙިލްމު މިއަދު މިވަނީ ވިއްސި ވިހާލިވެފައެވެ.
ނަހީދުގެ އާދައިގެ ސަޅި ވާހަކައާއި އޮޅުވައިލުމުގެ ކުޅަދާނަކަން އެ
ދުވަހު އެނގުނެވެ. ވަރަށް ހުޝިޔާރެވެ. "އަޅުގަނޑު މިތަނުގައި އިންދައި
ފެނުނީ ހައިފާ މިހެން ދާތަން. އެކަނި އިނީމާ ހިތަށްއެރީ ވައްދައިފައި
އެއްޗެއް ދޭނަމޭ. ބުނިން މަންމައަށް ގުޅައިފައި ދަންނަވަން. ނަމަވެސް ބުނީ
ފޯނު އޮތީ ނިވިފައިކަމަށް އެހެންވެ ނުގުޅައި އިހަށްވަނީ" ނަސީބު ވަރަށްވެސް
ދެރައެވެ. ހީނލުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. ބައްޕައާއެކު އައި
މީހާ ކޮންމެވެސް ވާހަކައެއް ކައުންޓަރުގައި ހުރި ކުއްޖާއާ ދެއްކުމަށްފަހު
ނުކުމެއްޖެއެވެ. އަހުރެން ގެއަށް ދިޔައީ އެދުވަހު ކަންތައްގަނޑެއް
ލައްވައިލާނޭ ކަމަށް ހީކޮށެވެ. ނަމަވެސް އެއްވެސް ކަމެއް ނުވެއެވެ. އެ
ދުވަހު ބައްޕަ ނުރުހި އެއްޗެއް ބުނުއްވި ނަމަ ނަހިދާ އޮންނަ ގުޅުން
ކެނޑުނީހެވެ. އެހެން ނުވީމާ މިއަދު މި ވާހަކަވެސް މިއުފަންވީއެވެ.
މިގޮތަށް ކުރަމުން އައި ބައްދަލުވުމަށް ނިމުން އަންނަން އުޅުނީ ފޮތުގައި
އޮތް ލިޔުމެއް މަންމައަށް ފެނުމުންނެވެ. އެ ދުވަހު މަންމަވަނީ ނަހީދުގެ
ވަރަށް ގިނަ ވާހަކަތައް ކިޔައިދެއްވިއެވެ. އޭނާގެ މަންމައާއި ބައްޕަގެ
އަޚުލާޤު ކަމު ނުދާކަމާއި ނަހީދުވެސް ވާނީ އެހެންކަމުގައި ބުނެދެއްވިއެވެ.
މިހާރުވެސް އެ ހުންނަނީ ނުކިޔަވައި ކަމާއި ގްރޭޑް 10 އިން ކަނޑައިލީމާ
ބައްޕައަކީ މުއްސަންޖެއްކަމުން ލަންކާއަށް ފޮނުވައިގެން ފާޑެއްގެ އެއްޗެއް
ކިޔަވައިދީފައި ގެނައީކަމަށް މަންމަ ބުނެދެއްވިއެވެ. އެ ދުވަހު މަންމަގެ
ހަޅޭކާއި ރުޅި މައިތިރިކުރެއްވީ ބައްޕައެވެ.
އެއްދުވަހަކު ބައްޕަގެ އެދިލެއްވުމަށް ނަހީދު ގެއަށް ގެނައީމެވެ. އެއީ
ގޭގައި ކޮއްކޮ ޚަތިމްކުޅައީތީ ކެއްކި ދުވަހެކެވެ. އެހެންވެ ނަހީދުވެސް
ގެނައީއެވެ. ބައްޕަގެ ރައްޓެހި ދެތިން މީހުންވެސް އެތަނުގައި ތިއްބެވިއެވެ.
ކުއްލިއަކަށް ބައްޕަ ތެދުވަންނަވައި ނަހީދަށް ގޮވައިލެއްވިއެވެ. އަދި އެ
ހަފްލާގައި ޞަލަވާތްކިޔަވައިދިނުމަށް އެދުނެވެ. ނަމަވެސް ނަހީދު ޖެހިލުމެއް
ނެތި ތެދަށް ބުންޏެވެ. "ނޭނގޭ. ޞަލަވާތް ކިޔަވާކަށް ނޭނގޭ. މިހާރު
ނަމާދަކަށްވެސް ނާރާތާ ވެދާނެ އަހަރެއްހައި ދުވަސް." ބައްޕަ އޭނާއަށް
ދައްކައިލެއްވީ ގޭގެ ދޮރެވެ. އެއްވެސް ބަހެއް ނުބުނުއްވައެވެ. އެ ދުވަހު
ހުރިހާ ވާހަކައެއް ކިޔައިދެއްވިނަމަތާއޭ މިއަދު ހިތަށް އެރިއެވެ.
ނަހީދު ވަރަށް ސާބިތުކަމާއެކު ނުކުމެގެން ދިޔައެވެ. ނަމަވެސް
ގަޑިއެއްހާއިރުވެސް ނުވަނީ ފުލުހަކާއެކު ގެއަށް އައެވެ. އަދި ގާތުގައި
ބޭރުގެ ދޮންމީހަކުވެސް ހުއްޓެވެ. ބައްޕައަށް ފުލުހުން ދެއްކެވީ ލިޔުމެކެވެ.
އޭގައި އޮތްކަމަށް ފަހުން އެނގުނީ ނަހީދުގެ އިންސާނީ ޙައްޤު ގެއްލިއްޖެ
ކަމަށާއި އެކަމާ ގުޅޭ ގޮތުން ބޭނުންވާ މަޢުލޫމާތެއް ނެންގެވުމަށް ފުލުހަށް
ދުރުވުމަށް އެދޭ ކަމުގައެވެ. ކުރާނީ ކީއްހެއްޔެވެ. ބައްޕަގެ
ނުރުހުންވެލެއްވުން އޭނާއާމެދު އިތުރުވިއެވެ. އެކަމަކު ނަހީދުގެ ސޫރަ
އަހުރެންނަށް ވަރަށް ކަމުދިޔައެވެ. ދޮންބެ ބުނެދެއްވި ވާހަކަ މިއަދު
ދިމާވެއްޖެއެވެ. ބައްޕަގެ ނުރުހުމުގައި ދަތުރަށް އަރާދޯނީގައި މުސީބާތް
ނުޖެހޭނެކަމަށް ނުވިސްނާށޭ އަކީ ދޮންބެ ވަރަށް ގިނައިން ކިޔާ ބަންޖެކެވެ.
މިއަދު މި ފެނުނީ އެކަމުގެ އަސަރެވެ.
އެދުވަސްވީ އަޅުގަނޑާއި ނަހީދުގެ ގުޅުމަށް ކުޑަ ބުރުލެއް
އެރިދުވަހަކަށެވެ. ނަމަވެސް ނަހީދު ބައްދަލުކުރެއެވެ. އޭނާ ބުނަނީ އެ
ދުވަހު ކަންތައްކުރި ގޮތުން އެއީ ގެއްލުމެއްކަމަށް ހީވެދާނޭކަމުގައެވެ.
ނަމަވެސް ކާވެންޏަށްފަހު ހުރިހާކަމެއް ރަނގަޅުވާނޭކަމުގައެވެ. ބައްޕަމެން
ޙައްޖަށްފޮނުވައިދޭނޭކަމުގައެވެ. އަދި ގޭގެ ކަންތައްވެސް ކޮށްދީ ހުރިހާ
ކަމެއްގެ ޒިންމާ އުފުލާނޭ ވާހަކައެވެ. ތިމަންނައަކީ ހަމަ އެކަނި ހައިފާގެ
މީހެއްކަމަށް ނުބަލާށޭއެވެ. ތިމަންނާގެ ގޮތް ބައްޕައާޢި މަންމައަށް
ނޭނގެނީއެވެ. ތިޔަ މަޤާމު ލިބިއްޖެނަމަ އުފާކުރާނީ
މައިންބަފައިންކަމުގައިވެސް ނަހީދު ބުނެއެވެ. އެހެންވެ އަނެއްކާވެސް
އޭނާދެކެ އުފެދުނު ލޯބި އިހުނަށްވުރެ ހެޔޮ ވެއްޖެއެވެ. ގިނައިން ކުރުސި
ނުކިޔޭތީކަން ނޭނގެއެވެ. އިސްލާމްފޮތުގައި އޮންނަހެން އިބުލީހުގެ ބަސް
މާތްވީއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ކިޔެވުމުގެ ކަންތައްވެސް ނިމި
ހިނގައްޖެއެވެ. ފަހު އިމްތިޙާން ނިމުނުތާ ކިތަންމެ ދުވަހެކެވެ. ކުރާނެ
ކަމެއް ނެތިފައި ހުންނަން ޖެހުމުން ފޫހިކަން ހިތަށްވަދެއްޖެއެވެ. ވީ
ނުވީއެއް ނޭނގި ކާވެއްޏަށް ދަހިވާން ފަށައިފިއެވެ. ކޮންމެހެން ނަހީދު
ދިންދަތުރެއްގައި ރިސޯރޓަށް ދެވުމުން ވީ ކަމެއް ނޫނެވެ. ހަމަ އެދެވެނީއެވެ.
އާއެކެވެ. ނަހީދު ދެއްކި ކަނު ލޯބީގެ ދަންމަޅީގައި އަޅުގަނޑު ޖެހި
ތާށިވެއްޖެއެވެ. އެހެންވެ އެންމެފަހުން ކާވެއްޏަށް ބޭނުންކަމަށް މަންމައަށް
ދަންނަވައިފީމެވެ. ވަރަށް ވިސްނައިފައި ނަހީދުގެ ރޭވުމުގެ މަތިން ގެނައި
ލިޔުމަކާވެސް އެކުގައެވެ. އިނގިރޭސީ ވިލާތުން ލިބުނު އުނގެނުމުގެ
ދަޢުވަތުގެ ލިޔުން ބައްޕައަށް ދެއްކުމަށްފަހުގައެވެ. އަދި އެދަތުރަށް
ދައްކަން ޖެހޭ ފައިސާގެ ޗެކުވެސް ލިބުމާއެކުގައެވެ. އަމިއްލަ އެދުން
އިސްކުރެވުނީއެވެ. ދަހިވެތިކަމާވެސް އެކުގައެވެ.
ހީކުރި ގޮތާ ޚިލާފެވެ. ބައްޕަ އެ ކާވެއްޏަކާ ރުހިއެއްނުލެއްވިއެވެ.
ބައްޕައަކީ ބައްޕަ ނޫންކަމަށް ކާވެނިކުރާށޭ ބުނުއްވިއެވެ. މަންމަވެސް
އިންނެވީ ހަމަ އެ ރޫހުގައެވެ. ކުރާނެކަމެއްނެތެވެ. ބައްޕައާ މަންމައަށް
ނުވިސްނެނީ ކަމުގައި އެ ވަގުތު ހިތަށް އެރިއެވެ. ވާނީ އެހެންތާއެވެ.
"އެބައިމީހުންގެ ކާވެނީގައި 30 އަހަރު ވޭތުވީ އިރުވެސް ދިރިއުޅުން
ވޭތުކުރައްވަނީ އެއް ހަމައެއްގައެވެ. އުޅުން އެއް ފިކުރެއްގައެވެ.
ތިއްބަވަނީ ވަކި ފިކުރެއްގައެވެ. ވިސްނުމުގެ ޒަމާނީ އުސޫލު ނޭނގޭނެއެވެ.
ޖެހޭނީ ބަދަލުކޮށްލާށެވެ." މިއީ ނަހީދު ވިސްނައިދިން ގޮތެވެ. އެހެންކަމުން
ބަލާކަށް ނުހުރެ ކާވެނި ކުރުމަށް ވިސްނައިފީމެވެ. ނުރުހުމުގައިވިޔަސް
ހެވެވެ. އަޅުގަނޑު ކިޔަވައިގެން އައުމުން ފައިދާވާނީ ހަމަ އާއިލާއަށެވެ.
މިހެން ހިތައި ހުވަފެނީ ދުނިޔެއަކަށްވަނީމެވެ. ވާނީ އެހެންތާއެވެ. އޭލެވެލް
ހެއްޖަސް ބުއްދި އޮތީ ނިދައިފައެވެ.
ކާވެނި ވެވިއްޖެއެވެ. ސިލޯނުގައެވެ. ކާވެނީގެ އެންމެހާ ކަމެއްގައި
އުޅުނީ ނަހީދުގެ ގާތްއެކުވެރި ވަޙީދުއެވެ. އޭނާއަކީ ވަރަށް ފަލްސަފާވެރި
މީހެކެވެ. އެހެންކަމުން މޮޅު ރޭވުމަކާއެކު ކާވެނި ވެނިމިއްޖެއެވެ. މާލެއަށް
އަތުވެއްޖައީމެވެ. ގެއަކަށް ނުވެއްދިއެވެ. އެހެންވެ ނަހީދުގެ ގޭގައި
ދިރިއުޅެން ފެށީމެވެ. ސުބުޙާނަﷲ އެވެ. ބައްޕަގެ ގެއާއި ނަހީދުގެ ގެ ވަރަށް
ތަފާތެވެ. އެގޭގައި މުސައްލައެއް ނޯވެއެވެ. އެހެންވެ ކޮޓަރީގެ ކަނެއްގައި
ނަމާދުކޮއްލަމެވެ. ހަނދާންވީ ކުޑަބެ ދަތުރުކުރަން އުޅުނު އިރު ފައްޅިއެއްގެ
ކަނެއްގައި ނަމާދުކުރިކަމަށް ބުނި ބުނުމެވެ. ނަމަވެސް އަހުރެންނަށް
މިވަދެވުނީ ފައްޅިއަކަށް ނޫނެވެ.
ކާވެނީގެ ފުރަތަމަ މަހެއްހައިދުވަސްވީ ޠޫފާނަކަށެވެ. ބައްޕައާއި މަންމަ
ނުފެނި ނުދެކި ނުގުޅި އުޅެންޖެހުމުންނެވެ. ވަކިވެގަނެގެން މާ ބާރުގައި
އުޅެން ދިމާވުމުންނެވެ. އަދި ގޭތެރެއިން ފިރިމީހާ ފެނުނަސް ފިރިއަކު
ކޮޓަރިން ދިމާ ނުވާތީއެވެ. އެއީ އަމުރުގައި ހަރު ގޮތެއް ހުންނަ ވެރިއެކެވެ.
އޭނާގެ ގޮތް ނޫންގޮތެއް ކަމަކު ނުދާނެއެވެ. ޖެހެނީ ބޯ ތިރިކޮށްގެން
ކިޔަމަންތެރި ޚާދިމަށްވެގެން އިންނާށެވެ. ކިޔަވަން ދިއުން އޮތީ
އަދިވެސްފަހުގައިކަމަށްވިއެވެ. ވަޢުދު އޮންނާނެތާއޭ ބުނެލުން ފިޔަވައި
އިތުރުކަމެއް ނުހިނގައެވެ. ދޮންތަބޭބުނިހެން ވަޢުދާ ޚިލާފު ވާ މީހުންގެ
ފަހަތުން އުޅޭނަމަ އޮއި ގަދަ ކަނޑެއްގައި ބެހިގެންދާން ފަހެއް ނުވާނެއެވެ.
އެއީ ތެދެކެވެ. މިއަދު މި އޮތް އޮޔާދަނީއެވެ.
ނަމަވެސް ކާވެނީގައި ކެތްކުރެވުނީ އެންމެ ތިންމަހުއެވެ. ވަރަށް
ރަނގަޅަށް މިހާރު ނަހީދު އެނގިއްޖެއެވެ. ދަސްވެއްޖެއެވެ. އޭނާއަށް މުހިންމީ
އޭނާގެ އެކުވެރިންނާއެކު ދުން ބުރުވުމެވެ. އާއިލާއަކާމެދު ވިސްނުމެއް
ފިކުރުކުރުމެއް ނެތެވެ. އޭނާއަށް ބޭނުންވަނީ ބޭރުގެ ތައްޔާރީ ޝަރުބަތެވެ.
އޭގެ ރާހަތުތައި ހޭ ކުޑަވުމެވެ. އަޅުގަނޑު ދިއްކޮށްލާ ކިރުތަށި ކަމަކު
ނުދެއެވެ. އެންމެ ހިތްދަތިކަމަކީ ވޭތުވި ތިންމަހުގައިވެސް ތަންމަތިން
ފިރިއަކު ނުފެނުމެވެ. އަންހެނަކު ފެނެއެވެ. ލޯބި އޮތީ ނޭގިނަމަވެސް
ކަފުންކުރެވިފައެވެ. އަބަދުވެސް ހިތުހުރި ގޮތަކަށް ކަންތައް ނިންމައެވެ.
ތިމާގެ އެނދުގައި އެހެންމީހަކު އޮންނަކަމެއް ކާވެންޏެއްކުރެވުނު ކަމެއް މި
ވީ ތިންމަހުގައި އޭނާއަކަށް ނޭނގެއެވެ. އަޅުގަނޑަށްވެސް އެކަމެއް
ދިރުމަކުން ނެނގުނެވެ. ހަމަ ރަނގަޅަށްވެސް މަޅިއަށް ފެތިއްޖެއެވެ.
ކާވެންޏަށް ތިންމަސްވީފަހުން ހިންދީގައި އެ ކިޔާ ސުހާގުރާތު
އަތުވެއްޖެއެވެ. އެނދު އޭނާއަށް ފެނުނެވެ. ނަމަވެސް އެރޭ ތަންމަތީގައި
ފެތުރިފައިވަނީ ރަތް ސާލެކެވެ. އަހުރެންގެ ހިތުގައި އެ ރެއަށް ފޮޅުވާނޭ
މަލެއް ނެތެވެ. ގަހަށް ފެންނުލިބި އިނދެއިނދެ މޯޅިވެއްޖެއެވެ. ގަސް
މިލައިފިއެވެ. މިއަދު މި ގަހުން މަލެއް ފޮޅުމަށް ތެތްކަމެއްވެސް ނެތެވެ.
ދެންވެސް ފަޅާއެރީ އިތުރުކަމެކެވެ. އޭނާއަށް މިރޭ އައީ ހަމައިގައި
ނެތީމައެވެ. ތެދެކެވެ. އޭނާއަށް އަންނަނީ އަހަރަކު 4 ދުވަހެވެ. އެއީ
ތިންމަހުން އެއްމަހު އަންނަ އެއްދުވަހެވެ. މިއީ އެދުވަހުގެ ރޭކަން
ނޭނގެއެވެ. އެހެންކަމުން މިރޭ ކަންކަން ސާފުކޮށްލާހިތް ވެއްޖެވެ. ވަނަވަރު
އަހައިލީމާ އެތައްވާހަކައެއް ކިޔައިދީފިއެވެ. ސުބުޙާނަﷲ އެވެ. މިއީ
އަޅުގަނޑު ބަލައިގަތް ނަހީދެއް ނޫނެވެ. ޝައިޠާނެކެވެ.
އަޅުގަނޑަކީ އަންހެނަކީމެވެ. އިންނަން ބޭނުންވީ ފިރިހެނަކާއެވެ.
އިނދެވުނީ އަންހެނަކާކަށް މިރޭ ވިސްނިއްޖެއެވެ. އަޅުގަނޑަކީ ޢިލްމަށް
ލޯބިކުރި މީހަކީމެވެ. ނަމަވެސް މިއަދު މި ހިފުނީ ޖާހިލީ ގަހެއްގެ
އޮތްޕެއްގައެވެ. އަޅުގަނޑު ދީނަށް ލޯބިކުރީމެވެ. ނަމަވެސް މި ޝައިޠާނާގެ
ވަސްވާހުން މިއަދު ދީނުގެ އެތައްކަމަކާ މިވަނީ ދުރުވެވިފައެވެ. މިއީ
ބައްޕައާއި މަންމަގެ ލޯބި ލިބުނު ޝަޚްސަކީމެވެ. ނަމަވެސްމިއަދު
އެގުޅުންވަނީ ކެނޑިފައެވެ. އަޅުގަނޑު ބޭނުންވީ ޙަޔާތް އާރާސްތުކުރާށެވެ.
ނަމަވެސް މިއަދު މިވަނީ އޮޅުމަކުން ދެވުނު ވޯޓެއްގައި ރަނގަޅަށް ބަރުބާދުވީ
ޙަޔާތެއްގައި ބަލަން އިނުމަށް މަޖުބޫރުވެފައެވެ. ނަމަވެސް "އިސްތިޢުފާ"
ގެބަސް ވަނީ އޭނާގެ އަތުގައެވެ.
އެރޭ އަޅުގަނޑު އުޅުނީ މުސީބާތުގައެވެ. ނުނިދަމެވެ. ނަހީދު އޮތީ
ހަމައަކު ނޫނެވެ. ބުރާންތިވެގެން އޮވެ ނިދިއްޖެއެވެ. މިއީ ހެޔޮ
ވަގުތެއްކަމަށްބަލައި އޭނާގެ ގިނަ ލިޔެކިޔުމާއި ވަތު ބަތާނަ ބެލީމެވެ.
ކޮނުނުކޮނުނުހެން ފަޅާއެރީ އޭނާގެ ކުފޫ އޮތް ވަރެވެ. ހަމަ ރަނގަޅަށްވެސް
އެއީ ޖާހިލެކެވެ. ކާފިރެކެވެ. ޝައިޠާނެކެވެ. ބައެއްގެ ލާދީނި ވަސްވާސް
ފަތުރާ ޣައިރުޤާނޫނީ ނޯކިރީއެކެވެ. ބައްޕަގެ ދުޝްމަނެކެވެ. މަންމައަށް
ނަފުރަތުކުރާ އިބުލީހެކެވެ. ތިއްތިބޭގެ ޤާތިލެވެ. އަޅުގަނޑުގެ ބަރުބާދެވެ.
އެންމެ ބޮޑު ހިތާމައަކީ އިދެވުނީ ފިރިހެނަކަށް ނުވުމެވެ. އާއެކެވެ. މިއަދު
މި މަޤާމުން ދުރަށް ދާންވެއްޖެއެވެ. އޭނާ ހޭލުމުން އިސްތިޢުފާދޭން
އަންގާނަމެވެ. މަޖުބުރުކުރާނަމެވެ.
ފަތިހު އޭނާ ހޭލުމުގެކުރިން އަޅުގަނޑު އެ ކިއްލާއިން ނުކުމެއްޖައީމެވެ. އަމިއްލަ ގެއަށް ގޮސް ބައްޕަގާތު މައާފަށް އެދިއްޖައީމެވެ. މަންމަގެ ކިބައިން ޙިމަޔަތަށް އެދި އާދޭސްކުރީމެވެ. އާއެކެވެ. އެ ދެމަފިންނަށް މިއީ ދަރިފުޅުކަން އެނގުނެވެ. ތިންމަސް ވީއިރުވެސް ނަހީދަށް މިއީ އަނބި މީހާކަން ނޭގުނަސްމެއެވެ. ނަސީބަކުން އެ ނަރަކައިން ނުކުމެވުނު އިރު މި އިނދެވުނީ ޠާހިރުކަންމަތިގައެވެ.
ފަތިހު އޭނާ ހޭލުމުގެކުރިން އަޅުގަނޑު އެ ކިއްލާއިން ނުކުމެއްޖައީމެވެ. އަމިއްލަ ގެއަށް ގޮސް ބައްޕަގާތު މައާފަށް އެދިއްޖައީމެވެ. މަންމަގެ ކިބައިން ޙިމަޔަތަށް އެދި އާދޭސްކުރީމެވެ. އާއެކެވެ. އެ ދެމަފިންނަށް މިއީ ދަރިފުޅުކަން އެނގުނެވެ. ތިންމަސް ވީއިރުވެސް ނަހީދަށް މިއީ އަނބި މީހާކަން ނޭގުނަސްމެއެވެ. ނަސީބަކުން އެ ނަރަކައިން ނުކުމެވުނު އިރު މި އިނދެވުނީ ޠާހިރުކަންމަތިގައެވެ.
ޖެހިގެން އައިދުވަހު މިއާއިލާގެ ރަސްގެފާނުގެ މަޤާމުން
އިސްތިޢުފާދިނުމަށް ނަހީދަށް އެންގީމެވެ. މި ކަމަށް މަޖުބޫރުކުރީމެވެ.
ނަމަވެސް ފުރަތަމަ އުޅުނީ އޭނާގެ ހަރުކަށި އުސޫލު ބޭނުންކޮށްގެން މަޤާމު
ދޫނުކޮށް ހުރުމަށް ހެދޭނޭ ފަންޑިތައެއް ހަދާށެވެ. އޭނާގެ ގުރޫޕެއް ގެއަށް
އައެވެ. އަދި ބައްޕަމެނަށް އިންޒާރު ދީގެން މަޤާމުގައި ސާބިތުވުމަށް
ތައްޔާރުވިއެވެ. އަޅުގަނޑު ގެންގޮސް ޙަޔާތް ރުކުރުވާލަން މަސައްކަތް
ކުޅައެވެ. ނަމަވެސް ހިލާ އެހެނެއް ނުވިއެވެ. އިރު އަރައިފިއެވެ. ހޭ
ޖެހިއްޖެއެވެ.
ބައްޕައާއި ބައްޕަގެ އެކުވެރިންނާއި އަޅުގަނޑާއި އެކުވެރިންގެ ގުރޫޕެއް
އެ ހިގައްޖައީމެވެ. ރޭގައި ފެނުނު ކަންތައްތައް ކިޔައިދީ ފެނުނު
ނުރައްކާތެރި ލިޔުންތައް ދައްކައިފައި އަޅުގަނޑު ވަރިކޮށް "އިސްތިޢުފާ"
ދިނުމަށް އެންގީމެވެ. ނޫނީ ހުރިހާކަމެއް ފަޅާ އަރުވައިލާނޭކަމަށް ބުނީމެވެ.
އެކަމާ އޭނާ ބިރުގަތެވެ. "ޢާއިލާގެ މަސްލަހަތަށްޓަކައި އަހުރެން ނަހީދު،
ކާވެނި ރޫޅައި ހައިފާ ވަރިކޮށްފިން" ނަހީދުގެ މި އުފާވެރި ބަސް އިއްވިއެވެ.
ހަތިޔާރު އޮތަސް ނުނަގައި އަޅުގަނޑު ދިއްކުރި ބަޑީގައި ވިދިގެން ހުރެ މި
ޙަޔާތުން އިސްތިޢުފާ ދީފިއެވެ. ބައްޕަގެ މޫނު މަތިން އުފާވެރިކަމުގެ
ކުލަވަރު ފެނިއްޖެއެވެ. ގޭގެ ރަސްކަން މިނިވަން ވީއެވެ. އިންސާނެއްގެ
ސިފައިގައި ހުރި ޝައިޠަނަކު ފޭރިގަތް އެމަޤާމުން މަޖުބޫރިގައި އިސްތިޢުފާ
ދިނީއެވެ. އޭރު އޭނާގެ އެކުވެރި ވަޙިދު ބައްޕަގެ ވަރަށް ގާތުގައި ހުއްޓެވެ.
އަދި ހީނލިއެވެ. (ނިމުނީ)
Comments