ކަތިވަޅި ގެއްލި، މަރިޔަބު ގެއްލި، ކޮށިދަނޑުވެސް ގެއްލިދާނެއެވެ!
މުހައްމަދު ނަޞީރު ފުސްތަޅާ
އިންޑިޔާގެ ބީޖޭޕީ ޕާޓީގައި މީހުން ގިނައެވެ. އިންޑިޔާގެ ރައްޔިތުން ސިފަކުރަނީ ބީޖޭޕީއަކީ ނާކާމިޔާބު ޕާޓީއެއްގެ ގޮތުގައެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ - އެމް.ޑީ.ޕީ އަކީ ވެސް މީހުން ގިނަ ، ނާކާމިޔާބު ސިޔާސީ ޕާޓީ އެއްކަމަށް ގިނަ ދިވެހި ސިފަކޮށް އުޅެއެވެ. ސަބަބުތަކެއް މެދުވެރިކޮށެވެ.
އެމްޑީޕީ އުފެދުނީ ވަރަށް ގިނަ ދިވެހިންގެ މިންނެތް މަސައްކަތުން، ދިވެހި ގައުމަށް ވަރަށް ބޭނުންތެރި ދަނޑިވަޅެއްގައެވެ. އެމް.ޑީޕީ އުފެދި މަގުތައްކޮށެވި، ފަހިވަމުން އައީ ވަރަށް ތނަވަސް ޖައްވެއްގައެވެ. އެދުވަހުން ފެށިގެން ޕާޓީއަށް ހެޔޮއެދޭ އޯގާތެރި މީހުން ބުނެއެވެ. ޕާޓީގެ ގަވާޢިދުގައި " ޗެއަރ ޕާސަން" މަގާމުން ޕާޓީ ކަތުރުފަނީ ކާފާނެއެވެ. ގަވާޢިދުގައި ޗެއަރ ޕާސަންގެ ނުފޫޒު މާބާރުގަދަ އެވެ. މިބާރު ވަނީ ޗާޓުންވެސް ބޭރުވެފައެވެ.
މި ބާރުގެ ނުފޫޒުން އިބްރާ އާއި މުނައްވަރާއި، ޑީޑީ ފީ ކަރުދާހަށް ވީ އެމްޑީޕީގެ މެންބަރުގެ ލޮލުގެ ކުރިމަތީގައެވެ. އެމީހުންގެ ވަސްފިލާ މޯޅިވީ ރައްޔިތުންގެ ނޯށުގެ އަރިމަތީގައެވެ.
މުނައްވަރު ބުންޏެވެ. އެމްޑީޕީގެ ފުރަތަމަ ރިޔާސީ އިންތިޙާބު ގައެވެ. ތިމަންނަ ކުރިމަތި މިލަނީ ރައީސްކަން ކުރެވޭނެ ބޭފުޅަކު ކުރިމަތި ނުލައްވާތީ އެވެ. ރައީސަށް ވުރެންމަތިން ބާރެއް ހުރެ، ފުރަތަމަ ކުރިމަތިލި ރިޔާސީ ރެފްރެންޑަމްގައި ވީ ބައްޔެވެ. ޙާއްޞަ މަޖިލީހުގެ ވެސް ބައްޔެވެ.
ދެން އައީ ރިޔާސީ އިންތިޙާބެވެ. ހަފޮޅުން އެތެރެވީ ކިރިޔާ އެވެ. ލިބުނީ 20 % އެވެ. ވަޠަން އެދޭ އިއްތިޙާދުން ކަށިން ހިތްވަރު ނެރެގެން ރިޔާސީ އިންތިޙާބު ކާމިޔާބުކޮށް ، އިއްތިހާދު ފޯސްކޮށްލީ އެވެ.
މަޖިލީސް އިމްތިޙާނުތޯ އެވެ. ދިޔައީ ފުޅަށް ބޭރުންނެވެ. މިހިސާބުން އިދިކޮޅު ފަރާތްތަކުގެ އަތްމަތަށް އެމްޑީޕީ ސަރުކާރު ވެއްޓުނީ ، ޕާޓީގެ ހުންގާނު ހަލާކުވެ، މިސްރާބު ގެއްލި މަޑޫތައް ނެއްޓުނީއެވެ. އަޑަށް ކިތަންމެ ބާރެއްލިޔަސް، އެމްޑީޕީއަކީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫނެވެ. އިސްލާމީ ޙަޟާރަތްތަކާ ގުޅުން ހުރި އެއްވެސް ކަނޑެއްގައި ތިޔަ އޮޑިއަކަށް ހިފައްޓައެއް ނުލެވޭނެއެވެ.
ދެން އައީ ލޯކަނު އިންތިހާބެވެ. މިއިންތިހާބުގައި އެމްޑީޕީ އޮތީ ޗާޓުން ބޭރުގައެވެ.
ވެރިކަން ވެއްޓުނީ ރައީސް ޗާޓުން ބޭރުވެ، އިސްތިޢުފާ ދެއްވީމައެވެ. ޕާޓީގެ ކަމުވޮށިގެންވާ މީހުން އިއުތިރާޟް ކޮށްކޮށް އޮއްވައެވެ. ތިމަންނަ ބޮލަށް ބަޑިޖަހަނީ ކަމަށް ބުނެއެވެ.

Comments