ގޭގޭދޮށުގައި ކުނި ފުނިޖެހިއްޖެ
އިންޖީނުގޭގެ 4 މުވައްޒަފުން ގޭގައި މަޑުކުރުމަށް އަޕަރު ނޯޓު ޔޫޓިލިޓީސް ލިމިޓެޑުން އެންގުމާއި ގުޅިގެން، އެކުންފުނިން ދެމުންގެންދާ ޚިދުމަތެއްކަމަށްވާ ކުނިއުކާލުމުގެ ނިޒާމަށް ، ބޮޑެތި ލޮޅުންތަކެއް އަރައި ، ކުނިބުނި ގޭގޭދޮށުގައި ފުނިޖެހިއްޖެއެވެ.
" މިހާރު މިއުޅެނީ އެކަނި. އެހެންވެ، ބޮޑެތި ކުންޏެއް ނުގެންދެވޭނެ. ގެންދެވޭނީ ކުނިވާކުނި" ގޭގެ ކުނި ޓައްޕު ގެންދަމުން މޫސަބޭ ބުންޏެވެ.
ކޮންމެ ދުވަހަކުވެސް ކުނި ޕިކަޕްއައިސް ކުނިވާކުނި ގެންދެއެވެ.
ކުނި އުކާލުމަށް ޔޫޓިލިޑީސްއަށްވަނީ މިމަހަށް ފީދައްކާފައެވެ. ޚިދުމަތެއް ނުލިބެއެވެ. ޚިދުމަތް ނުލިބުމަކީ ވެސް ރައްޔިތުންގެ ޝަކުވާއެކެވެ. ބޮޑު ޝަކުވާއެކެވެ. ކުންފުންޏާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެކެވެ. ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އެއްބާރުލުމެއް ނުލިބެއެވެ.
4 މުވައްޒަފުން ވަޒީފާއަށް ނުނިކުމެ މަޑުކޮށްލުމަށް އަންގައި ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސިޓީގައިވެއެވެ. "(މުވައްޒަފުގެ ނަން)ގުޅިގެން ތަފާތު ޝަކުވާތައް ލިބެމުންދިއުމާއި ކުންފުނީގެ ޚިދުމަތްތައް ފުރިހަމައަށް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުންނުދާތީއާއި މިކަމުގެ ސަބަބުން އާންމު ރައްޔިތުން ކުންފުންޏާ ދޭތެރޭ ހިތްހަމަނުޖެހޭގޮތް މެދުވެރިވަމުންދާތީވެ، މިމައްސަލަ ތަޙުޤީގު ކުރުމަށްޓަކައި 25 ސެޕްޓެމްބަރ 2012 ވަނަ ދުވަހުން ފެށިގެން މެނޭޖްމެންޓުން ވަކިގޮތެއް އަންގަންދެން ވަޒީފާއަށް ނުނިކުތުމަށް އަންގަމެވެ."
ކުންފުނި ރީބުރޭންޑްކޮށް ރީސްޓްރަކްޗަކޮށް ، މައްސަލަތައް ތަހުޤީޤްކުރުމަށްޓަކައި ، ވަގުތީ ގޮތުން ކުންފުނީގެ ޚިދުމަތްތައް ހުއްޓާލަންވީ ނޫންތޯ އެވެ. ކަރަންޓްގެ ޚިދުމަތް ފިޔަވައެވެ. އޭރުން ތަންކޮޅެއް ރަގަޅަށް ތިޔަ ކުޅިބާ އަތުރާލެވިދާނެއެވެ. ކުންފުނި އުވާލާ ، ފެނަކަ ކިޔާ ، ކުންފުނީގެ ދަށަށް ހިތްއެދޭހާ ބަޔަކު ލާ ، "ފުށްތައް" އަތުރާލީމާ ކިޔޭނެ އެއްޗެއް ކުރެވޭނެ ޝަކުވާއެއް ނޯންނާނެއެވެ.
ރަށަށް ، ގައުމަށް ޖެހޭނީ އެއްދަތުރެކެވެ. މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެހުނު ހާލެވެ. ގުޑީގެ ބޮލުރޮދި ކެނޑުނީމާ ވާގޮތް ދެކެން ތިބޭށެވެ.
އިންޖީނުގެއާ ހަވާލުވާން ހޯދި ކުއްޖާ، އިންޖީނުގެއާ ހަވާލުވަން ، އާބަސްބުނެ، ވަލީވެރިން ވަލީދިނީމާ އެސޮރު މިހާރު ރޫރޫ އަޅަން ފަށައިފި އެވެ. އިންޖީނުގެއާ ހިތާނުވާކަމަށް ބުނެފި އެވެ. މަށެއް އެތަނަކަށް ދާކަށް ބޭނުމެއްނެތޭ ބުނެފިއެވެ.

ބާކީ
Comments
ehen baiverin kandaileema ekamuge hasadha rayyithunnah baalanee kannege