ގަން އިންޓްނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ޗަމްޕާގެ
މަސްލަހަތު ހިމެނޭ ކުންފުންޏަކުން
ޕްރޮޕޯސްކުރުމުން، އެކަން ވިޔަނުދޭން ގާސިމް އިބްރާހިމް މަސައްކަތްކުރާ ވާހަކަ މީގެ ކުރީގެ ލިޔުމެއްގައި
އަޅުގަނޑުމެން ކިޔުންތެރިންގެ
ސަމާލުކަމަށް ގެނެސްދިނީމެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެކަންތައްގަނޑު މީޑިޔާއަށް ތިލަވުމުގެ ސަބަބުން
އެއީ ހަގީގީ ވާހަކައެއްކަން
އާއްމުންނަށްވެސް މިހާރު ވަނީ އެނގިފައެވެ.
ދެފަރާތުގެ ބަހުގެ ހަމަލާތައް ގަދަވުމުން ކަމުގެ ހަގީގަތް
ހާމަކުރުމަށް އައްޑޫ އިންޓަނޭޝަނަލް
އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް ގެ އެމްޑީ އަދި އެސްޓީއޯގެވެސް އެމްޑީ ޝާހިދު ވަނީ އެކަން ހިނގައިދިޔަ ގޮތް
ހާމަކޮށްފައެވެ.
ޝާހިދުގެ ވާހަކައިން އަދި ކުރީގެ ލިޔުންތަކުންވެސް އެނގޭގޮތުގައި
ގަން އެއާޕޯޓް ކުންފުނީގެ
އިކުއިޓީ ޕާޓްނަރުންގެ ގޮތުގައި ޕްރައިވެޓް ޕާޓީތައް ބައިވެރިކުރުމަށް ފުރުސަތު ހުޅުވާލީ އާއްމުކޮށް
އިއުލާނުކޮށްގެންނެވެ. އަދި އެ އިއުލާނާއި ގުޅިގެން ވިލާގެ އެއްވެސް ކުންފުންޏަކުން
ނުވަތަ ގާސިމްގެ މަސްލަހަތު
އޮންނަ އެއްވެސް ކުންފުންޏަކުން ކުރިމަތިލާފައެއް ނުވެއެވެ.
ދެން އެހެންވީރު މިހާރު މިއުޅެނީ ކޮން
މައްސަލައެއް ޖެހިގެންހެއްޔެވެ؟
މިމައްސަލައިގަ ގާސިމްގެ ބުއްދި ގޯސްވެއްޖެކަމަށް ދޭހަވާވަރަށް
ރުޅިގަދަވެ، މީޑިޔާ ބޭނުންކޮށްގެން
އެހެން މީހުންނަށް އެއްޗެހިކިޔައި، ދެބަހުން އެއްބަހަކަށް ގައުމު ބަރަހަނާވާ ވާހަކަ
ނުވަތަ އޮރިޔާމުން ހިނގާވާހަކަ ދެއްކުމުން މިކަމުގެ ފަހަތުގައި ވަރަށް ބޮޑު އަމިއްލަ މަސްލަހަތެއް
އޮންނާނެކަން ސިޔާސީ
ކަންކަން ހިނގާނުހިނގާ ގޮތް އެނގޭ އެންމެންނަށްވެސް އެނގުނެވެ.
ސިޔާސީ އެއްވެސް މީހަކު ހަމައެކަނި
ގައުމާއިގެން މިހާވަރަށް ނޫޅޭނެކަން މިއަދު ނޫކަށިފުރައިގެ ޒުވާނުންނަށްވެސް އެނގެއެވެ.
އެހެންކަމުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އަޅުގަނޑުމެންވެސް
މަސައްކަތް ކުރީމެވެ.
އައްޑޫ އަތޮޅުން މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ އެއާޕޯޓް
ތަރައްގީކުރުމަށް ހުށަހެޅި ބޭރުގެ ކުންފުންޏާއި
ގާސިމާއި ދެމެދު ވަނީ ނެގޯޝިއޭޝަންތަކެއް
ހިންގާފައެވެ. ގަން އެއާޕޯޓް އެ ކުންފުންޏަށް ލިބިއްޖެނަމަ އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ފޭދޫއާއި
ވީކޮޅުން ހިއްކާ ބައި
ހިއްކުމުގެ މަސައްކަތާއި އަދި އެހެނިހެން ބޮޑެތި މަސައްކަތްތައް
ގާސިމްގެ ވިލާއާއި ހަވާލުކުރުމަށް
ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
އެ ޑީލަކީ ހުރިހާގޮތަކުން ބެލިޔަސް ވިލާއަށް އަދި ގާސިމްގެ
ރިޔާސީ އިންތިހާބަށް
ސީދާ ބޮޑެތި ފައިދާތަކެއްކުރާނެ ޑީލެކެވެ. ބިން ހިއްކުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތް ކުރުމުން ވިލާއަށް
ލިބޭ މާލީ ފައިދާ އިތުރުން އައްޑޫގެ
އެތައް ބަޔަކަށް ވިލާގެ ފަރާތުން ވަޒީފާގެ ފުރުސަތު އަދި މަސައްކަތްތައް ލިބޭނެއެވެ.
ގަން އެއާޕޯޓް ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް
ތިމަންނަމެނަށް ލިބޭނެކަމަށް
އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ކައިރީ ހިތަދޫ ހުސެން ސޯލިހު(ޑީއާރުޕީގައި ހުރެފަ މަސްދޯންޏަކަށާއި،
ވެހިކަލްތަކަކަށް ޖުމްހޫރީ ޕާޓީއަށް ބަދަލުވި) ވަނީ ދައްކާފައެވެ. ބައެއް މީހުންނަށް
ވަޒީފާގެ ފުރުސަތު
ދޭނެކަމަށް ބުނެފައިވާއިރު، ބައެއް މީހުންނަށް އެކިކަހަލަ މަސައްކަތްތައް ދޭނެކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
ކޮންމެއަކަސް ގަން އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން ބޮޑަށް ބުރަވީ
ވިލާ އަށް މަސައްކަތްތައް
ދޭން އެއްބަސްވެފައިވާ ބޭރުގެ ކުންފުންޏަށް ފުރުސަތު ނުދިނުމަށެވެ. ސަބަބެއްކަމަށް ކުންފުނީގެ އެމްޑީ ބުނީ އެއީ
ބޭރުގެ ކުންފުންޏަކަށް
ވެފައި، އެކަމުގައި ލީގަލް ކޮންސްޓްރެއިންތަކަކާއި ރިސްޓްރިކްޝަންތަކެއް އެބަހުރިކަމަށް ޤާނޫނީ ލަފާ
ލިބިފައިވާކަމަށެވެ.
އެހެންކަމުން މިއުޅެނީ ކޮންމެހެން ޗަމްޕާގެ މަސްލަހަތު ހިމެނޭ
ކުންފުންޏަކަށް ހިއްސާގެ ބައެއް ވިއްކާލާތީ އުފެދިގެން އުޅޭ ރުޅިވެރިކަމެއްނޫނެވެ.
މައްސަލައަކީ ގާސިމަށް
ލިބެން އޮތް މަންފާތަކެއް ނުލިބިދާނެތީ އުފެދިގެން އުޅޭ މައްސަލައެކެވެ. ކޮންމެ ބަޔަކު ކޮންމެ ޕްރޮސެސްއެއް
ތެރެއިން ގަން އެއާޕޯޓް ކުންފުނީގެ
ހިއްސާ ގަތަސް ވިލާއަށް މަސައްކަތްތައް ހަވާލުކުރީމަ މައްސަލަ
ހައްލުވީއެވެ. މިއީ ވަރަށް ސިމްޕަލް
ކަމެކެވެ.
އޭރުން ޗަމްޕާވެސް ހެޕީ، ގާސިމްވެސް ހެޕީ
އަދި އައްޑޫ ރައްޔިތުންވެސް ހެޕީވީއެވެ. އެންމެން ހެޕީވީމަ ޑިމޮކްރަސީވެސް
ހެޕީވާނެއެވެ.
Comments